އިބޫ: އޭނާ ދޫނިދޫގައި ބަންދުކުރީ މުޖުތަމައަށް ނުރައްކާވެދާނެތީ ހެކި ފޮރުވަފާނެތީ ކަމަށް ފުލުހުން ބުނޭ. - ފޮޓޯޯ: ހުސެއިން ވަހީދު/ މިހާރު
27 މާޗް 2018 - 08:21
ސިޔާސީ މަސައްކަތުގައި ގައުމަށް ނަމޫނާއެކެވެ. އަބަދުވެސް އިސްކަން ދެއްވަނީ ގައުމީ މަސްލަހަތަށެވެ. ތަފާތު ފިކުރުތަކާ އެކު މަސައްކަތް ކުރެއްވުމުގެ ގާބިލްކަން ހުންނެވި ވިސްނުން ތޫނު ބޭފުޅެކެވެ. އެއްވެސް މީހަކާ މެދު ޒާތީ ކަމެއް ނުބާއްވަވަ އެވެ. ސުލްހަވެރިކަމާއި އުސޫލްތަކަށް ލޯބި ކުރައްވަ އެވެ. އެހާމެ މަޑުމައިތިރިވެފައި ނިންމުންތައް ހިކުމަތްތެރި އެވެ.
ދިވެހިން ދަންނަނީ، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ މި ސިފަތަކެވެ. ސިޔާސީ މައިދާނުގައި އިބޫ ހޭދަކުރެއްވި 24 އަހަރުގެ ތެރޭގައި ވެސް އޭނާގެ މި ނޫން ސިފަތަކެއްގެ ވާހަކަ ރައްޔިތުން ދެއްކި އަޑެއް ނާހަމެވެ. ޅ. އަތޮޅު މެމްބަރުގެ ގޮތުގައި 1994 ގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން ފަސް ވަނަ ދައުރު ފުރުއްވަމުން ގެންދަވާ އިބޫ އަކީ ގާނޫނީ ދާއިރާގެ ތަޖުރިބާކާރެކެވެ.
އެކަމަކު، ޖަލު ބަންދުގައި އިބޫ ފުރަތަމަ ފަހަރަށް އެ ހުންނެވީ، އޭނާގެ ވަރަށް "ނުރައްކާތެރި" ސިފައެއް މި ސަރުކާރަށް ފެނިގެންނެވެ. ދޫވެފައި ހުރެއްޖެ ނަމަ "މުޖުތަމައަށް ނުރައްކާ މާ ބޮޑީ" އެވެ. ސަރުކާރުން، ދެކޭ ގޮތުގައި، އިބޫ އަކީ "ނުރައްކާތެރި ކުށްވެރިއެކެ"ވެ.
އިބޫ ހައްޔަރުކުރި ރޭ ޖުމްހޫރީ މައިދާނުގައި: ވިސްނުންތޫނު ސިޔާސީ ވެރިއެއް --ފޮޓޯ: ސޯޝަލް މީޑިއާ
އިބޫގެ ކުށަކަށް ވީ، ސަރުކާރާ މެދު ނުރުހުންވެ، އިދިކޮޅު ޕާޓީތަކުން ބޭއްވި ސިލްސިލާ މުޒާހަރާއެއްގެ ތެރެއިން، ޖުމްހޫރީ މައިދާން ސަރަހައްދަށް ވަދެވަޑައިގަތުމެވެ. އެއީ، ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން، އެއްވުން މަނާ ސަރަހައްދެކެވެ. އެ މައްސަލައިގައި ހައްޔަރުކޮށް، ކޯޓުން މުއްދަތު އިތުރުކުރީ ނުވަ ދުވަހަށް ޖަލު ބަންދަށެވެ.
އިބޫ އަކީ ބަންދުގައި ގެންގުޅެން ޖެހޭ ވަރުގެ "ކުށްވެރިއެއް" ކަމަށް، މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނޭ ގޮތުން، އެތައް ބަޔަކު ގަބޫލެއް ނުކުރެ އެވެ.
އިބޫ މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ވިދާޅުވިއިރު ނަގާފައިވާ ފޮޓޯއެއް:
ރާޒުވާ ކުޅެން ލޯބި ކުރައްވާ، އިބޫ، ސިޔާސީ މައިދާނުގައި "ކުޅިބައި" އަތުރާ ލެއްވީ ވިސްނުންތެރިކަމާ އެކުގަ އެވެ. ކޮންމެ ކުޅިއެއް ވެސް މައިދާނުގައި ކުރިއަށް ޖެއްސެވުމުގެ ކުރިން ވާނޭ ގޮތް ލަފާކުރައްވަ އެވެ. މަޑުމައިތިރިކަމާއި ހުށިޔާރުކަމާ އެކުގަ އެވެ.
ކުނޫޒްގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި ލީޑަރުންނާ އެކު އިބޫ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ބަލިވާ އަތަށް އެޅިޔަސް މިހާތަނަށް މައިދާން ދޫކޮށެއް ނުލައްވަ އެވެ. ވިސްނުން ވެސް ބަދަލެއް ނުކުރައްވަ އެވެ. އަބަދުވެސް ފެނުނީ، ހިކުމަތްތެރިކަމާ އެކު ކުރިއަށް ވަޑައިގެންނެވި ތަނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް، އެކުލަވާލި އިސްލާހީ ހަރަކާތުގެ އިސް އެއް ބޭފުޅެއްގެ ގޮތުން، ކުރެއްވި މަސައްކަތް ހެއްކަކަށް ފުދެ އެވެ.
އިބޫގެ ގާތް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާއާ ޖެހުމުން، ސަރުކާރަށް ކުރި ނުލިބުނީ އެވެ. ބާރުގެ ބޭނުންކޮށް އިބޫ ބަންދުކޮށް، ސަރުކާރަށް ފަހިވާ ގޮތަށް ކުޅިބައި އަތުރާލަން މަޖުބޫރުވީ އެ ސަބަބާ ހެދި ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
"އިބޫގެ ގޭމްގައި ސަރުކާރުގެ ޕްލޭޔަރުންނަކަށް ނުކުޅެވުނު. ރާޒުވާ ކުޅުންތެރިއެއް، އިބޫ މާ ބޮޑަށް ވެސް މޮޅީ. އިބޫ ހުސްވާނީ ކުޅި ގޮސް ހުސްވީމަ،" ކުޑައިރުން ފެށިގެން އިބޫއާ ގާތް ގުޅުމެއް އޮންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު ވިދާޅުވި އެވެ.
"އޭގެ ކުރިން އިބޫ ހުހެއް ނުވާނެ. އަނިޔާކޮށްގެން ގޭމް ކުރިއަށް ގެންދަން އުޅެނީ އެހެންވެ ކަމަށް ގަބޫލުކުރެވެނީ."
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެ އުޅެނީ އެއްގޮތަކަށް ވެސް އިބޫ އަށް ކުށެއް ކުރެއްވިގެންނެއް ނޫނެވެ.
"އެހެން މީހަކަށް މާ ބޮޑަށް އުނދަގޫވީ އިބޫއާ ހެދި. އެހެންވީމަ އެކަހެރި ކުރެއްވީ،" ވަކި ބޭފުޅެއްގެ ނަން ނުގެންނަވައި، ނާޝިދު ވިދާޅުވި އެވެ.
އޭނާގެ މި ވާހަކައަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ތާއީދުކުރެއްވި އެވެ.
ނަޝީދާއި އިބޫ ކްރިކެޓް ކުޅުއްވުމުގައި.
ހަސަން ވިދާޅުވީ އިބޫގެ ބަންދުކުރީ ކުށެއް ކުރައްވައިގެން ނޫން ކަމަށެވެ. އޭނާ ބަންދުކުރުމަކީ، މި ސަރުކާރުން، "ނުހައްގުން ކަންކަން ކުރާ ކަމުގެ ލާމަސީލު މިސާލެއް" ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ، ރައީސް ޔާމީނަށް ސަރުކާރު ނުހިފެހެއްޓޭނެ ކަން ރަމްޒުކޮށްދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މިސްރާބު ހުރި ގޮތުން، ސިޔާސީ ބޭފުޅުންނަށް ރައްކާތެރިކަމެއް ނެތް ކަން އިދިކޮޅު ޕާޓީތަކަށް ގަބޫލުކުރެވި، އެކުގައި މަސައްކަތް ކުރަން ރަސްމީ އެއްބަސްވުމަކާ ހަމައަށް އާދެވުނީ، މެއި، 24، 2017 ގަ އެވެ. އޭގެ މާ ކުރިން ވެސް އިބޫ ގެންދެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުން، ސިޔާސީ އެތައް މަސައްކަތެއް ކުރައްވަމުންނެވެ. ޓެރަރިޒަމްގެ ކުށުގައި ނަޝީދު ޖަލަށް ލުމާއި އޭގެ ފަހުން، އެމަނިކުފާނު ބޭރަށް ވަޑައިގެން އިނގިރޭސިވިލާތުގެ ހިމާޔާތް ހޯއްދަވައިގެން ކުރައްވާ ސިޔާސީ މަސައްކަތްޕުޅުގައި ވެސް އިބޫގެ ދައުރު ބޮޑެވެ.
"ސްކޫލްގައި [މަޖީދިއްޔާގައި] އުޅުނުއިރު ކުޅިވަރުގައި އަދި ފަހުން ސިޔާސީ މައިދާނުގައި ވެސް އިބޫ އަކީ ވަރަށް ޓީމު މީހެއް. އެއްވެސް ކަމެއްގައި އަމިއްލަ ގޮތްތަކެއް ނިންމަނީކީއެއް ނޫން، ވަރަށް ބޮޑު ޓީމް ޕްލޭޔަރެއް. ހުރިހާ ކަމެއްގައި ވެސް."
ވަކިން ޚާއްސަކޮށް، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އެކި ފިކުރުތައް ގުޅުވައިދީ، އެންމެންގެ މަސްލަހަތު ހިމާޔަތްކޮށް، ދެމެހެއްޓުމުގައި ހިކުމަތްތެރި މަސައްކަތްތަކެއް އިބޫ ގެންދަވަނީ ކުރައްވަމުންނެވެ. ތަފާތު ފިކުރުތަކުގެ ހަތަރު ޕާޓީ ގޮވައިގެން، އެމްޑީޕީގެ އިސް ބޭފުޅެއްގެ ގޮތުން، އުޅުއްވުމަކީ އާދައިގެ ކަމެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީ ދުވަސްވަރު އިބޫއާ ދެކޮޅަށް މަސައްކަތްކުރެއްވި އެކަމަކު މިހާރު އެމްޑީޕީގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިބޫ އަކީ ދުރު ވިސްނުމާ އެކު އެންމެން ގޮވައިގެން މަސައްކަތް ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ހައިސިއްޔަތުން ވެސް އިބޫ އަށް އެންމެ މުހިއްމު އެއްޗަކީ އެންމެންގެ މަޝްވަރާކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.
އިބޫ: އަމިއްލަ ނިންމެވުންތަކަށް ވުރެ މެމްބަރުންގެ މަޝްވަރާ އިން ކަންކަން ހައްލު ކުރަން މަަސައްކަތް ކުރައްވާ ކަމަށް ގާތް ބޭފުޅުން ވިދާޅުވޭ.
"އިބޫ އަށް އަދި ކޮންމެ ގޮތަކަށް ފެނުނަސް، އެހެން އެންމެންގެ މަޝްވަރާ އަށް އިސްކަން ދެއްވާނީ. އުސޫލުން ކަންކަން ކުރައްވަން ލޯބި ކުރައްވާ،" އޭނާ ވިދާޅުވި އެވެ.
ރޮޒައިނާގެ މި ވާހަކަ އަށް ބާރު ލިބެނީ ނާޝިދު ދެއްކެވި ވާހަކަތަކުންނެވެ.
"ސްކޫލްގައި [މަޖީދިއްޔާގައި] އުޅުނުއިރު ކުޅިވަރުގައި އަދި ފަހުން ސިޔާސީ މައިދާނުގައި ވެސް އިބޫ އަކީ ވަރަށް ޓީމު މީހެއް. އެއްވެސް ކަމެއްގައި އަމިއްލަ ގޮތްތަކެއް ނިންމަނީކީއެއް ނޫން، ވަރަށް ބޮޑު ޓީމް ޕްލޭޔަރެއް. ހުރިހާ ކަމެއްގައި ވެސް،" ނާޝިދު ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާ ކައިރިން އެސްއޯ ފުލުހުން ހަރަކާތްތެރިވާއިރު އިބޫ މެމްބަރުންނާ އެކު އެ ސަރަހައްދުގައި. -- ފޮޓޯ: ނިޝާން އަލީ /މިހާރު
އިދިކޮޅުގެ އިސްލާހީ މަސައްކަތުގައި ވެސް އިބޫގެ ފަރާތުން އެންމެންނަށް ވެސް ފެނުނީ އެ ކަމެވެ. އެ ހަރަކާތުގައި އިސްކޮށް އުޅުނު އެންމެން ޖަލަށް ލާން ފެށުމުން، އިބޫ އަށް ވެސް ރޯޅި އަންނާނެ ކަމަށް ގަބޫލުކުރެވިގެން އޭނާގެ ގާތް ބޭފުޅުން ކަންބޮޑުވެ އަހާ ސުވާލެއް އޮވެ އެވެ. "އިބޫ ތައްޔާރުތޯ" އެވެ.
"އިބޫގެ ޖަވާބަކީ ވަރަށް ރެޑީ. އިބޫ އަށް އެނގޭ މިކަން އަންނާނެ ކަން. އަޅުގަނޑަކަށް ހިއެއް ނުވޭ މިއީ އިބޫ އަށް ޝޮކަކަށް ވެސް ވާނެހެނެއް. އޭނާގެ ކަލްކިއުލޭޝަންގައި މީގެ ބައެއް އޮންނާނެ. ގިނަ ކަންކަމުގައި އިބޫ އޮންނާނީ، އިވެލުއޭޓްކޮށްފައި ޖަޖްމެންޓަކަށް،" ނާޝިދު ވިދާޅުވި އެވެ.
ތެދެކެވެ؛ "ވެރިކަން ދަަމަހައްޓަވަން ރައީސް ޔާމީން ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެ" އެވެ. މިއީ، ފަހަކަށް އައިސް ޕްރެސް ކޮންފަރެންސްތަކާއި އިންޓަވިއުތަކުގައި އިބޫ ވަރަށް އާއްމުކޮށް ވިދާޅުވާ ވާހަކައެކެވެ.
އިބޫގެ ގާތް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާ އަށް ގޮތެއް ހުހެއް ނުވާނެ އެވެ. ތާށިކޮށްފައި މިވަގުތު ބެހެއްޓި ނަމަވެސް ގޮޅިން ނުކުމެވަޑައިގަންނަވާނީ، ކުރިއަށް ވުރެ މާ ވަރުގަދަ ކޮށެވެ.
ނާޝިދުގެ ކަންބޮޑުވުމަކީ ޖަލު ބަންދުގައި ބަހައްޓައިގެން އިބޫ އަށް "އަނިޔާ" ދިނުމެވެ. ޖަލަށް ލުމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު އަދަބަކަށް ވާއިރު، ހޫނުވާ ގޮތަށް ގޮޅީގައި ބެހެއްޓުމާއި ބޭސްފަރުވާ އިން މަހްރޫމްކުރުން ފަދަ ކަންކަމަކީ އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއްގެ ގޮތުގައި ނާޝިދު ސިފަކުރެއްވި އެވެ.
އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ހަަސަން ލަތީފް ވިދާޅުވީ އެންމެންގެ މަސްލަހަތު ހިމާޔަތްކޮށްގެން މަސައްކަތް ކުރައްވަން އިބޫ ކުޅަދާނަ ކަމަށެވެ. ރައީސް ނަޝީދުގެ މަންދޫބެއްގެ ހައިސިއްޔަތުން ކުރެއްވި ހިކުމަތްތެރި މަސައްކަތަށް މަޑު ޖެހުމެއް، ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހް ޖަލުން ނުކުންނަވާއިރު މިހާރަށް ވުރެން މާ ބޮޑަށް އަޒުމް ވަރުގަދަވާނެ، ހިތްވަރު ވެސް ގަދަވާނެ. އެއީ އަޅުގަނޑުމެންގެ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" ހަސަން ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވި ގޮތުގައި ބަންދުން ވީއްލުމާ އެކު އިބޫ ދެން ވެސް ފެންނާނީ ސިޔާސީ މަސައްކަތުންނެވެ.
"އިތުރު ވަގުތެއް ނުނަގާނެ، ގެއަށް ގޮސް ފެންވަރާލައި އެއްޗެހި ބަދަލުކޮށްލަން ވަގުތު ކޮޅެއް ހޭދަވާނީ. ވަކި ޕާޓީއެއްގެ ތެރެއިން އަޔަސް އެއީ ގައުމީ ލެވެލްގެ ޕޮލިޓީޝަނެއް،" ނާޝިދު ވިދާޅުވި އެވެ.
"ހިތްހަމަޖެހުމަކީ އިބޫ އަށް ކުރެވޭ ކަންކަމާއި ނަތީޖާ ރަނގަޅަށް އެނގިވަޑައިގެން ކަންކަން ކުރައްވާތީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
28 March 2018
އިބޫއަކީ ސަރުކާރުގެ މެންބަރުންނާއި އިދިކޮޅުހުރިހާ މެންބަރުންގެ ވަރަށް ބޮޑު އިހްތިރާމްއެއް އަބަދުވެސް އޮންނަ ބޭފުޅެށް ،،،، ނަޝީދު ވަރަށް ކުރީންސުރެން ފެއްޓެވި ދަތުރުގައި ދެގޮތެއްނުވެ ކެއްތެރިކަމާއިއެކު ނަޝީދުއާޢި އެކު މުޅިހަޔާތް ގާތްގަޑަކަށް ވޭތުކުރައްވަމުން ގެންދަވާ ބޭފުޅެށް ،،،، ދުވަހަކުވެސް އިބޫއާޢި ބެހޭގޮތުން ބޭއަދަބީ ބަހެއް މީހަކު ބުނާތީވެ އަޑުނާހަން ،،،، ފަހަރުގައި ކަންދިމާކުރާގޮތުން އިބޫއަކީ މިފަހަރުގެ އިދިކޮޅުކެންޑިޓޭޑްއަށްވެސް ވުަމަކީ ވަރަށްގާތްަކަމެށް ،،،، ނަމަވެސް އެފުރުސަތު އޮތީ ޔާމިންވެރިކަމުގައި ހުރެވިއްޖިއްޔާމުން ،،،، ވެއްޓިއްޖިއްޔާމުން އެމްޑީޕީގެ ކެންޑިޓޭޓްކަމަށް ވެގެންދާނީ ނަޝީދު ފިޔަވައި އެހެންބޭފުޅެށްނޫން ،،،، ދެންއޮތީ ނަޝީދު އިބޫއަށް ދޫކޮއްލުން ،،، އެއީ ސިޔާސީގޮތުން ބަލާޢިރު ވަރަށް ނާދިރު ކަމެކޭ ދެންނެވޭނީ ،،،، މީއަޅުގަނޑަށް ފެންނަގޮތް ،،، ފަހަރުގައި އެހެންމީހުންނާއި ޙިލާފްވެދާނެ ،،،، މައައްސަލާމާ
ސާހިދާ
27 March 2018
އައިލަވްޔޫ އިބޫ.! މި ޖީލުގެ ނަމޫނާ އިޙްލާސްތެރި ވެރިއެއް. އެމްއޯޔޫގެ 2018 ގެ ކެނޑިޑޭޓު
ކިޔުންތެރިއެއް
27 March 2018
އިބޫއަކީވަރަށް ނިޔަނެތި މަޑުމައިތިރި ރިވެތިސިފަ ތަކެއްގެ ވެރި ބޭފުޅެއް ނަމޫނާ ލީޑަރެް
ތިބެބަލަ
27 March 2018
ތިއެއް ދައްކާލާނަން ތަމެން ނެރެލަބަލަ އިބޫ ދެން. ތިޔާވީ ގޮތުން ތޭރައިގެ ޕެކޭޖެއް ޗާރޖް ކޮށް ދޮންކުރަންވީތާ.
އަހުމަދު އިބްރާހިމް
27 March 2018
އަޅުގަނޑުމެން ބޭނުންވަނީ ނަޝީދުގެ ސަޕޯޓް އާއި އެކު ކެންޑިޑޭޓަކަށް އިބޫ ނެރުން.. އިރާދަ ކުރެއްވިއްޔާ އެއްބުރުން ކާމިޔާބު ކުރާނަން.....
އައިޝަތު ނަތާޝާ/ލ. ފޮނަދޫ
27 March 2018
"ދައްކަގަ" އަދި "ޑާޑާޑާޑާ" ނަމުގަ އަދި މިނޫންވެސް ހިތަށް އެރިހާ ނަމެއްގަ އެމެންނޭ މަމެންނޭ ފްލޯލެސް އެންޑް އޯސަމް ބިއުޓިފުލް ސަރުކާރޭ ކިޔައިގެން ކޮމެންޓް ކުރާ ފަރާތަކީ ކަނޑައެޅިގެން މުޖުތަމަޢުގެ މަސްލަޙަތު ނަގާލާ ފިތުނަފަސާދަ އުފެއްދުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ގޮތަށް އޮންލައިން ނޫސްތަކަށް ކޮމެންޓް ކުރާ ވަރަށް ދަށުދަރަޖައިގެ ފަރާތެއް ކަމަށް ދަންނަވަން ޖެހެނީ ނުހަނު ހިތާމަޔާއި އެކު. އިބޫ އެއް އެފަރާތަކަށް ނޭނގޭ. ސަރުކާރު ވައްޓާލާކަށް ނޫން. ސަރުކާރު ޖަވާބުދާރީ ކުރުވުން އެއީ. ޤާނޫނީ އެއްވެސް މުއައްސަސާއެއް ފަންކްޝަން ވިޔަ ނުދީ ނެތް ޙާލަތެއްގެ މައްޗަށް އެސް.އޯ.އީ އިއުލާނުކޮށް، އެންމެމަތީ ކޯޓުގެ ސީ.ޖޭ އާއި ޖަސްޓިސް އަކު އަދި ޤައުމީ ތަރިކައެއް ކަމަށްވާ ކުރީގެ ރައީސް އޒ މައުމޫން އަބްދުލް ޤައްޔޫމު އާބިބްރަރީކޮށް ހައްޔަރުކޮށްގެން އަދި މިހާރުވެސް އެހިންގާ ޢަމަލުތަކަކީ ސަރުކާރެއް ކީއްކުރަންތޯ ފިލްމެއްގަވެސް ނުފެންނާނެފަދަ މަންޒަރުތަކެއް. ފަހަތަކަށް ނުޖެއްސޭނެ. ސަލާމް
ރޯނުއެދުރު
27 March 2018
ކަލެއަށް ހާދަ ވަރެއް ތިއެރީ..؟!
ބާއުބާއު
27 March 2018
ތަމެން މަހަށް ދޭބަލަ ދެން. މަހަށް މަަހަށް މަހަށް ދޭބަލަ. ބާއުބާއު ބާއުބާއު. ހާއްހަހަހާހާހާ ހޮހޮހޮހޮހޮ..
ހަހަހަ
27 March 2018
ހަހަހަހަހަހަހަހަހަހަހަހަހހަހަހަހަހަ މަޖާ އާޓިކަލް އެއް
އަޙްމަދް.
27 March 2018
ހެހޭ ކޮން ޙިކްމަތެއްތޯ؟ ހިކުމަތްތެރި ވެގެން، ހިތްވަރު ގަދަވެގެން ނުގުޑާ ޢަޒުމުގައި ދެން އޮއްނަވާ ޖަލުގައި.ހެހޭ
ޖަހަންގިރު
27 March 2018
އިބޫ އަކީ ކަންކަމައް ލޯހުޅުވޭ ހިކުމަތްތެރިޔެއް ނަމަ މަނާ ސަރަހައްދައް އެއްވެ ގުއިރޯނުގަ އަމިއްލަޔައް ނުޖެހުނީސް އަދި ތިޔަބުނާ ހިކުމަތްތެރި ވިސްނުންތެރިޔެއްނަމަ އަންނިޔައް ވެރިކަމުގަ ގޯސްތައް ހެދުނީ ކިއްވެހެއްޔެވެ ގާނޫނުން ބޭރުގަ ގާޒީޔަކު ހައްޔަރު ކުރުމާ އަމިއްލަޔައް އިސްތިއުފާ މިދިނީ އިބޫމެން ޕާޓީގަ އިސްސަފުގަ ނަގާކިޔަން ހުއްޓައެވެ
ދައްކަގަ
27 March 2018
ކަންކަމަށް ލޯހުޅުވައިގެންނޭ އެންމެ މަގުމަތީގައި ހިނގާނީ ވެސް ދުއްވާ އެއްޗެހި ދުއްވާނީ ވެސް އެއީ އެކަން އޮންނަ ގޮތޭ އެހެންވެއޭ އިންސާނާ މޫނުގެ އެންމެ ޕާރފެކްޓް ލޮކޭޝަން ގައި ދެލޯ ލައްވަވާފައިވަނީ. އެއީ ބަޔޮލޮޖިކަލް ސައެންސް ބުނެދޭ ކަމަކީ. އެއާއި ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ނެގުން މީ ދެ ޗެޕްޓަރ އެކޭ. 1994 އިން ފެށިގެން އިބޫ އަށް ހިންނަވަރު އެއީ ވަރުގަދަ ސްޓްރޯންގް އިކޮނޮމީ އަކަށް ނެހެދުނޭ ދެން އަނެއް ކޮޅުން ސިޔާސީ ގޮތުން ކެނެރީގެ ނަޝީދުގެ ނިވައިގައި ހުރެގެން އެމްޑީޕީގެ ޕީޖީ ގްރޫޕް ގެ ލީޑަރަކަށް ވުން ނޫން ކަމެއް ނެތޭ. ރީކޯ މޫސާ މެން ނޭ މިއަދު ވެސް އަދި އިއްޔެވެސް ޕޯރޑިއަމް ތަކުގައި ކިންގް ކަން ކުރަނީ އެމެން ޕޯރޑިއަމް އަކަށް އަރައިފިނަމަ އަދިވެސް ޕޯރޑިއަމް ކިންގް އަކީ އެމެން ކަން އޯޑިއެންސް ގަބޫލުކުރެއޭ ދެން އިބޫ އަށް އެ ޗާންސް ވެސް ނުލިބެއޭ ދެން ކޮބާތޭ އިބޫ މެން ތިޔާ ބުނާ ޕޮޓެންޝަލް ކެޕޭސިޓީ އަކީ. ދައްކަގަ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން އޭނާގެ ޓްރެކް ރިކޯރޑްސް ތައް އަންފޯލްޑް...
ޑާޑާޑާޑާ
27 March 2018
އިބޫ ޖަލަށް ދާން ޖެހުނީ އެއީ އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ޚިލާފަށް އެމެން މަމެންގެ ސަރުކާރު ވައްޓާލާނެ ކަން އިއުލާން ކުރުމަށް ފަހު އެމެން މާލެ ތެރޭގައި ނިކުމެގެން ޖެއްސި މުޒާހަރާ ގައި އިބޫ މެން ސީދާ ޖުމްހޫރީ މައިދާނަށް އިސްވެ ގޮސް އެތަނަށް މީހުން އެއްކޮށް ގެން އެމެން އެމްޑީޕީގެ ވެރިކަމުގައި އެމެންގެ ބޮޑޭ ރޭރު ވެގެން ވެރިކަން ދޫކޮށްލި ގޮތަށް މަމެން ވެރިކަން ދޫކޮށްލާނެ ކަމަށް ހީކޮށް އެމެން ކުރި ކަމެކޭ އެއީ ސީދާ އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ޚިލާފު ކަމެކޭ އެކަން ކުރީ އިބޫ އަށް ވިނަމަވެސް ގާނޫނުގައި ވާ އަދަބު ޖެހޭނެއޭ ދެވެން. އެކަން ދިފާއު ކުރުމަކީ އެއީ އިބޫގެ ލޯޔަރޭ މެންގެ ޒިންމާ އެކޭ އެކަން ކުރަން ތަމެން ތައްޔާރުވޭ އެނިމުނީއޭ މަކަރާއި ހީލަތުން މީޑިއާ އިން ޕްރޮޕެގެންޑާ ފަތުރައިގެން އދ. އިން ޕްރެޝަރ ކޮށްގެން ވެސް މަމެން ގުޑާ ނުލާނަމޭ. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑީޑަޑަޑާޑާ ޑާޑާ
ކެނެޑީ
27 March 2018
މިހާތަަނަށް އަޅުގަނޑާ ދިމާވި ހުރިހާ އިބޫތައްވެސް ވަރަށް ކޫލް އެެހެންވީމަ މިއިބޫ ވެރިކަމަށް ގެންނަން ވަރަށް ފެނޭ
ދިސްވޭއޭ
27 March 2018
ރާއްޖޭގެ ވެރިކަން ދޭން ނުވާނެއޭ ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކާ މީހުން ކޫލް އޭ ބުނާ މީހުންނަށް ވެސް އަދި މަގުމަތީގައި ފައިވާން އަތަށް ލައިގެން ފުލުހުން އަތު ނުޖެހެން ދުވާ މީހުންނަށް ވެސް. އަދި އަތުން ފައިން އެއްވެސް ފިރިހެން ވަންތަ މަސައްކަތެއް ކުރަން ނުދަންނަ ސަރުކާރުގައި މަދުވެގެން ސިޔާސީ މަގާމެއް ވިޔަސް އަދި ސިވިލް ސާރވިސް މަގާމެއް ވިޔަސް އަދި ސަރުކާރުގެ ކުންފުންނެއް ގައި ނަމަވެސް މަދުވެގެން 10 އަހަރު ދުވަސް ހޭދަ ނުކުރާ މީހަކު ނުވަތަ އަމިއްލަ ކުންފުންނެއް ގައި ނުވަތަ ރިސޯރޓެއްގައި މަދުވެގެން 10 އަހަރު މެދުނުކެނޑި ވަޒީފާ އަދާ ކޮށްފައިވާ މީހަކަށް މެނެވީ. މީހަކާއި ދިމާވުމުން އޭނާ ކޫލް މީހެކޭ ބުނާ މީހަކަށް ވެރިކަން ދިނުމުން އެމްޑީޕީގެ ވެރިކަން ކެނެރީގެ ނަޝީދު ކޫލް މީހެކޭ ބުނެގެންއޭނާ އަށް ރާއްޖޭގެ ވެެރިކަން ދިނުމުން އޭނާ އިންޑިއާ ގެ ކޮރަޕްޓް ބޭންކް ރަޕްޓް ވެފައިވާ ކުންފުނި ތަކަށް ރާއްޖޭގެ މައި އެއާރޕޯރޓް ވިއްކާލީ. އޭނާ ހީކުރީ އޭނާ ކުރާ ކަންކަމަށް އެހެން މީހުންނަށް ފާޑު ކިޔަން...
އަޙްމަދުއެވެ.
27 March 2018
ބަލަ ދިސްވޭއޭ ކިޔާ މީހާ އަކަށް ނޭނގޭތަ "ރާއްޖޭގެ މައި އެއާރޕޯރޓް ވިއްކާލީ" އޭ ތިކިޔަނީ އެކަމާ ދެކޮޅަށް ނުކުތް މީހުންވެސް މިހާރު އެތިބީ ޖަލުގަ. ވިސްނުމެއް ލަދެއް ހަޔާތެއް ނެތް ތިކަހަލަ މީހުންނާހެދި މުޅި ގައުމު ހަލާކުވަނީ