ރިޕޯޓް / ވީއައިއޭގެ އާ ރަންވޭގެ މަޝްރޫއު

އާ ރަންވޭ: މުހިންމު މަޝްރޫއެއްގެ ނިމުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ. ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ޖެއްސޭނެ -- ފޮޓޯ:އަހުމަދު ނިޝާތު

ހުޅުލޭގެ ދެކުނު ކޮޅުން އާ ރަންވޭ ފެށޭ ހިސާބުގައި މަޑުކޮށްލުމާ އެކު، އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް މެދުކެނޑުމެއް ނެތި ހިނގަމުން ދާ ތަން ފެނެ އެވެ.

މިހާރު ތާރު އަޅާ ނިންމާފައިވާ ރަންވޭއަކީ އޭގެ އެއް ބަ އެވެ. އަހަރަކު ހަތް މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދިނުމަށް އާ ޓާމިނަލަކާއި ކާގޯ ޓާމިނަލަކާއި ސީ ޕްލޭން ޓާމިނަލަކާއި ފިއުލް ފާމް ހެދުން ފަދަ އެތައް ކަމެއް ދަނީ ކުރިއަށެވެ. މިއީ، ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް، ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މުޅި ތާރީޚުގައި ވެސް ހިންގާ މި ވަރުގެ ފުރަތަމަ މަޝްރޫއުތަކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ. ތިން މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ .-- ފޮޓޯ:އަހުމަދު ނިޝާތު

އެ މަސައްކަތްތަކުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކުރެވެން އޮތީ އެއާޕޯޓްގެ ފެންވަރު މަތިކޮށް، ބޮޑުކޮށްގެންނެވެ.

އާ ރަންވޭ ޓެސްޓް ފްލައިޓްތަކަށް ތައްޔާރު

އާ ރަންވޭގެ ދެކުނު ކޮޅުގައި ހުންނަވައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ހުޅުލޭގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބަޔަކީ އާ ރަންވޭ އެވެ.

އާ ރަންވޭގައި މިހާރު ކުރިއަށް ދަނީ ހުދާއި ރީނދޫ ކުލައިން މާކްތައް ޖެހުމުގެ މަސައްކަތެވެ. ޓެކްސީވޭ ހަދައި ނިންމައި ރަންވޭގައި ލައިޓްތައް ވެސް ޖަހައިފި އެވެ. ޓެސްޓް ފްލައިޓުތައް ޖައްސަން ފެށުމުގެ ގޮތުން ލައިޓްތައް ދަނީ ޓެސްޓްކުރަމުންނެވެ.

އިންސްޓްރޫމެންޓަލް ލޭންޑިން ސިސްޓަމެއް -- ފޮޓޯ:އަހުމަދު ނިޝާތު

"އެންމެ ފަހުގެ މަސައްކަތް ނިންމާފައި ސެޕްޓެމްބަރު މަހު ތަން ދޭނެ ޓެސްޓް ފްލައިޓެއް ޖައްސަން. ތާރީހެއް ފައިނަލް ކުރުމަށް ސަރުކާރާ މަޝްވަރާ ކުރަމުން މި ދަނީ. ވަރަށް މުހިންމު މަޝްރޫއެއް ނިންމުމާ ގުޅިގެން ސަރުކާރުގެ ބޮޑު އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައި އޮތީ،" ޕައިލެޓުންނަށް އެހީތެރިވުމަށް ހަދާފައިވާ އިންސްޓްރޫމެންޓަލް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ކައިރީ ހުންނަވައި އާދިލް ވިދާޅުވި އެވެ.

އައިއެލްއެސް ހުޅުލޭގެ އުތުރު ކޮޅުގައި ވެސް ހުރެ އެވެ. މިހާރު ބޭނުންކުރާ ރަންވޭގައި އައިއެލްއެސް ހުންނަނީ އެންމެ ފަޅިއެއްގަ އެވެ. މިހާރު އޭގެ ދެ ސިސްޓަމް ހުރުމުން އާ ރަންވޭ ބޭނުން ކުރުމުގައި މާ ފުރިހަމަ ވެގެންދާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން ހަދަމުން އަންނަ ރަންވޭގެ މަސައްކަތަށް އެކަނި ވެސް 400 މިލިއަން ޑޮލަރު ހަރަދުވެ އެވެ. އާ ރަންވޭ ހަދާފައި ވަނީ ދުނިޔޭގެ ބޭނުން ކުރާ އެންމެ ބޮޑު ބޯޓު އެއާބަސް އޭ380ގެ މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށެވެ.

އާދިލް ލަފާކުރައްވާ ގޮތުގައި އަމާޒަކީ ރަންވޭގެ ކޮމާޝަލް އޮޕަރޭޝަންތައް ތިން މަސް ތެރޭގައި ފެށުމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ބޮޑު ރަންވޭ. - ފޮޓޯ: އެމްއޭސީއެލް

އާ ރަންވޭ ބޭނުންކުރަން ފެށުމާ އެކު މިހާރުގެ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއަކަށެވެ. މިހާރު ނަމަ، ބޮޑު މަތިންދާބޯޓެއް ޖައްސާތާ 10-12 މިނިޓު ފަހުން ނޫނީ، އިތުރު މަތިންދާބޯޓެއް އެއާޕޯޓަކަށް ނުޖެއްސެ އެވެ. އާ ރަންވޭއަށް ބޯޓެއް ޖައްސާތާ ދެ މިނިޓެއް ހާއިރު ފަހުން އެހެން ބޯޓަކަށް ޖެއްސޭނެ ކަމަށް އާދިލް ވިދާޅުވި އެވެ.

"އޭރުން އެއާލައިންތަކަށް، އޮޕަރޭޝަނަށް ވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެ،" އާދިލް ވިދާޅުވި އެވެ.

ވެހިކަލްގައި ދެ ތިން މިނިޓެއް ހާއިރުގެ ދަތުރަކަށް ފަހު، އާދެވުނީ ހުޅުލޭގެ އުތުރު ކޮޅަށެވެ. މީގެ ކުރިން ނަމަ އެއީ ފަޅެކެވެ. އޭރު އެތަނުގައި އަޅާފައި އޮންނަނީ ބޮޑެތި ދޯނިފަހަރާއި ސަފާރީތަކެވެ. މިހާރު އެ ސަރަހައްދު އޮތީ ހިއްކައިފަ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެއާޕޯޓުގައި ހިނގަމުންދާ ބައެއް މަޝްރޫއުތައް:

- ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމަށް އާ ޓަމިނަލެއް.

- ދިގުމިނުގައި 3،400 މީޓަރު، ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭއެއް.

- ތިން ފިއުލް ޓޭންކާ އެކު، އާ ފިއުލް ފާމެއް.

- އޮޓޮމޭޓަޑް ކާގޯ ޓާމިނަލެއް، އެޕްރަން ބައި ބޮޑުކުރުން.

- މުޅިން އާ ސީ ޕްލޭން ޓާމިނަލެއް، ސީ ޕްލޭން މެއިންޓަނެންސް ވަސީލަތްތައް.

- މަތިންދާބޯޓު މެއިންޓަނަންސް ވަސީލަތްތައް.

- ފަސް ބުރީގެ ވީއަޕީ ޓާމިނަލެއް.

އެއާބަސް އޭ380ގެ މަތިންދާބޯޓު ޖެއްސުން އާ ޓާމިނަލަށް ފަހު

އާ ރަންވޭއަށް އެއާބަސް އޭ-380ގެ މަތިންދާ ބޯޓު ޖެއްސުނަސް އެ މަރުކާގެ ބޯޓު ފަހަރަށް ޚިދުމަތް ދޭން އެއާޕޯޓުގެ އެހެން ވަސީލަތްތައް ވެސް ރަނގަޅުކޮށް، ފުޅާކުރަން ޖެހެ އެވެ. އެގޮތުން އިންޓަނޭޝަނަލް ޓާމިނަލްގެ ކެޕޭސިޓީ ބޮޑުކޮށް، އެއްފަހަރާ ޚިދުމަތް ދެވޭ މީހުންގެ އަދަދު އިތުރުކުރެވޭ ވަރަށް ހިދުމަތްތައް ގާއިމު ކުރަން ޖެހޭ ކަމަށް އާދިލް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 700 ފަސެންޖަރުން (އޭ-380 އިން) އެއް ފަހަރާ އަންނައިރު، އަޅުގަނޑަކަށް ހިއެއް ނުވޭ މިހާރު ހުރި ޓާމިނަލްގެ އެރައިވަލްގައި އެ ކެޕޭސިޓީ ޕީކް ގަޑިތަކުގައި ހުރިހެން،" އާދިލް ވިދާޅުވި އެވެ.

އެހެންކަމުން އެ މަރުކާގެ ބޯޓުފަހަރު ޖައްސަން ފަށާނީ މިހާރު މަސައްކަތް ފަށާފައިވާ އާ ޓީމަނަލް ހުޅުވުމުންނެވެ. އާދިލް ވިދާޅުވީ އެ މަސައްކަތް ނިންމަން ތިން އަހަރު ނަގާނެ ކަމަށެވެ.

ހުޅުލޭގައި ހަދަމުން އަންނަ ފިއުލް ޓޭންކެއް. ހަ މަސް ތެރޭގައި ތިން ޓޭންކުގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށޭނެ ކަމަށް އެމްއޭސީއެލުން ބުނޭ.:.-- ފޮޓޯ:އަހުމަދު ނިޝާތު

ފިއުލް ޓޭންކުތައް ހަ މަސް ތެރޭގައި ނިމޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކަށް ތެޔޮ އަޅަން ހަދަމުން އަންނަ އާ ފިއުލް ޓޭންކްތަކުގެ މަސައްކަތް ކުރިއަށް ދަނީ ހުޅުލޭގެ އުތުރު ފަރާތުގަ އެވެ. އެއާޕޯޓުގައި އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީއަކީ 45،000 މެޓްރިކް ޓަނެވެ. މިހާރު އެއާޕޯޓުގެ ފިއުލް ފާމް ކެޕޭސިޓީއަކީ އެންމެ 15،000 މެޓްރިކް ޓަނެވެ. އަލަށް ހަދާ ފިއުލް ޓޭންކުތަކާ އެކު، ފިއުލް ފާމް ކެޕޭސިޓީ 60،000 މެޓްރިކް ޓަނަށް އިތުރުވާނެ އެވެ.

"ފިއުލް ފާމްގެ މަސައްކަތަށް ބަލާއިރު، ތިން ޓޭންކުގެ އެންމެ މުހިންމު މަސައްކަތްތައް ހުރީ ނިމިފައި. ފައުންޑޭޝަން ނިމި ފުރަތަމަ ޓޭންކްގެ ޓޮޕް ރޫފްގެ މަސައްކަތް މިހާރު ދަނީ ނިމެމުން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިއުލް ފާމް ނިމުމުން، މަތިންދާބޯޓުތަކަށް ތެޔޮ އަޅާނީ ހައިޑްރަންޓެއް މެދުވެރިކޮށެވެ. މިހާރު އެކަން ކުރަނީ ބޯޓުފަހަރު ކައިރިއަށް ތެޔޮ ބައުޒަރު ފޮނުވައިގެންނެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު އަންނަ ބުރާސްފަތި ދުވަހު ހުޅުވައި ބޭނުން ކުރަން ހުޅުވާލާ އިރު، ހުޅުލެއަކީ ވެހިކަލްތަކަށް ވަދެވެން އޮންނަ އެއް ޕޮއިންޓެވެ. އެހެންކަމުން ބްރިޖާ ގުޅޭ، ހުޅުލޭގެ މަގުތައް ހަދައި ނިންމައި، މިހާރު ކުރަމުން އަންނަނީ ޕާކިން އޭރިޔާ ހެދުމުގެ މަސައްކަތެވެ.

"ޕާކިންގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އެ ދަނީ. ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވި، ޕާކިން އަށް ބޭނުންވާ ޖާގަ ހަމަޖެހިގެންދާނެ،" އާދިލް ވިދާޅުވި އެވެ.

މާލެ-ހުޅުލެ ބްރިޖު ނުވަތަ ސިނަމާލެ ބްރިޖު ހުޅުވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ވެހިކަލްތަކަށް ޕާކިން އޭރިއާ ހަދަނީ ހުޅުލޭގެ ފަޅުން ބައެއް ހިއްކައިގެންނެވެ.

62 ކޮމެންޓް, 88 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންބެކަލޮ

30 August 2018

ރީނދު ހުންޖެހުނީމަ ފަރުވާއެއްވެސް ނެތީތަ ހަމަ ބާލިދި އެެއާރޕޯޓް ގަ ބާލިދި ބައިންދާގެންވެސް ނެތްވާކައް ބާލިދީ ނަގައިގެންވެސް ނެތްވާކައް ރަނގަޅު ނެތޭ އެއްކަމއއްވެސް މިމީހުންނައް މޯދި ކައިރިއައް ގެރިހިމާޔަތް ކުރަން ދޭބަލަ އެމްޑީޕީ ކުދިން

The name is already taken The name is available. Register?

ރާވެރިބެ

30 August 2018

އަދި މިއަށްވުރެންވެސް ބޮޑު ފިއުލް ފާމްއެއް ބޭނުންވާނެ އަސްލު! އޭރުން ދޯ ރާއްޖޭގައި ޓުރާންސިޓްވާ ފުލަޓް ތައް ގިނަވާނީވެސް. އޭރަށް ޓިކެޓްތަކުގެ އަގު ހެޔޮވެފައި، އެއާރޕޯޓަށް ވަންނަ ލާރިވެސް ގިނަވާނީ. "ޥޭސިޓު" މެން އެއާޕޯޓް އޮޕަރޭޓް ކުރާގޮތް ނޭންގިވެސް ކޮމެންޓް ތި ކުރަނީ!

The name is already taken The name is available. Register?

އަބްދުއްالله

30 August 2018

ޔާމީނަށް ވޯޓު.

The name is already taken The name is available. Register?

މޮޔަ ސޮރު

30 August 2018

މި ތަނަކަށް އޭ380 ބޯޓެއް ނުޖައްސާނެ، ދިވެހިން ގަޅި ހައްދަން ރާވާފައި އޮތީ ޤަތަރުގެ އޯވަރ ފްލައި އޭ380 ޖައްސުވަން އެއިގެ ބަދަލުގައި އެމީނުން ޑިމާންޑްކުރަނީ އަންނަ ސީޒަންގައި ފްލައިޓެއް ލޯއޯވަރ ކުރަން ސްލެޓެެއް ހޯދަން. އޭ380 އެއީ ބޮޑު ފްލޮޕެއް މިހާތަނަށް ތި ބޯތުގެ ދަތުރުގައި އެއްކޮޅުވެސް ފުލްވެފައެއް ނެތް. އިތުރަކަށް އިމޮޑެލްގެ ބޯޓެެއް ނުވެސް އުފައްދާނެ މިހާރުގެ އޯޑަރުތައް ނިމުމުން.

The name is already taken The name is available. Register?

ކަރީންބެ

30 August 2018

ތަރައްގީ ޔަގީން. ސާބަހޭ ރައީސް ޔާމީން

The name is already taken The name is available. Register?

ޥޭސިޓު

30 August 2018

ތިޔަވަރުގެ ރަންވޭއެއް ހަމަ މިވަގުތަށް މުހިއްމު ނޫނަސް ތިޔައީ ކުރިމަގަށާއި މިހާރުގެ ރަންވޭގެ ހާލަތައް ބަލާއިރު ރަނގަޅު ކަމެއް. ޢެކަމަކު ތިޔަ އަޅާ ޓަރމުނަލްގެ ބޮޑުމިނާ، ފިއުލްފާމުގެ ބޮޑުމ8ނަށް ބަލާއިރު ހީވަނީ އިސްރާފުހެން. ޢެތަންތަން ބޭނުންޖެހޭވަރަކުން ބޮޑުކުރެވޭގޮތައް ކުޑަކޮށްހެދިނަމަ ހަރަދުކުޑަވެފަ ތަންވީރާނާވާން ބޭނުންނުކޮށް ބަހައްޓަކަށް ނުޖެހޭނެ. ޢެންމެފަހުން ހެދި ގޭޓުތައްވެސް ހުރީ ބަނޑަހަގެއަކަށް ހަދާފަ. އެކަމުވެސް ޕްރޮޖެކްޓުގެ އަގުންތާ ޖީބައް ބައެއްވެސް އެޅޭނީ.

The name is already taken The name is available. Register?

ކޮސްގޮވާ

30 August 2018

މަގޭ ކޮސް ބުއްދި އަށް ހީވާ އެއްޗަކީ އަހަރަކު 7 މިލިއަން ޕަސެންޖަސް އަށް ޚިދުމަތް ދެވޭ ވަރަށް ހުޅުލޭ ވެލާނާ އިބްޓަނޭޝަނަލް އެއަރ ޕޯޓް ތަރައްޤީ ކުރުމުން ވާނެ ގޮތަކީ މާލޭ ސަރަހައްދުގައި ވައިފެ ޓްރެފިކް ތޮށްޖެހި ފްލައިޓްތަށް ޑިލޭވުން ގިނަވެ، ޑޮމެސްޓިކް ފްލައިޓް ތަކަށް އޮޕަރޭޓް ކުރުމުން ފާލުލް ނެއްޓި ބޮޑު މައްސަލަ ގަޑަކަށް ތިކަން ނުވާނެ ބާއެވެ. މިއީ އަނެއްކާ ކޮސް ވިސްނުމެއް ބާއެވެމ

The name is already taken The name is available. Register?

އުއްމީދު

30 August 2018

ވަރަށް ވެސް ފުރިހަމަ. މިފަދަ އިޤްތިސާދީ ކުރިއެރުން ގެނެސްނުދެވޭނެ ރައީސް ޔާމީން ފިޔަވައި އެހެން މީހަކަށް

The name is already taken The name is available. Register?

ވަތުބަތާނަ

30 August 2018

ސާބަސް ރައީސް ޔާމީނު!!!!

The name is already taken The name is available. Register?

ސޭކުބޭ

29 August 2018

އަޖައިބުން މީހަކު އަޅެ އަންތަރީހެއްނުވާނެތަ ތިޔައީ ހަމަ އަސްލުތަ ނޫނީ ތަނަކުން ގެނެސް ފަތުރާލި ދޫލައެއްތަ މިހާރު ހިތާރޫހުން ގަބޫލުކޮށްފީން ތިޔައީ އިގްތިސާދީ މާހިރެއްކަން އަދި ބޮޑު ޖަވާހިރެއް ކަން ތިފަދަ ހިންގުންތެރި ވިސްނުންތެރި ކުޅަދާނަ މޮޅު ވެރިޔަކު ދެނެއް މިގައުމަކަށް ނާންނާނެ ހަމަ ޔަގީން ކަށަވަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454