ރިޕޯޓް / ތައުލީމް

ދިވެހި އަދަބިއްޔާތު މާއްދާ އިން ޝައުގުވެރިކަން ބޮޑުކުރާނެ

ދިވެހި އަދަބިއްޔާތު-1 އަދި 2 ގެ ފޮތް: މިއީ އާ ފެށުމެއް

11 ފެބުރުއަރީ 2019 - 08:11

7 comments
happy icon 93%

ދިވެހި މާއްދާ ކިޔަވަން ދަރިވަރުން ފޫހިވާކަމުގެ ވާހަކަތައް އަބަދު ވެސް އިވެ އެވެ. މާދަރީ ބަސް ކަމަށް ވިއަސް، އެހެން ބަސްތަކަށް ވުރެ ދިވެހި ބަހަށް ބައެއް ދަރިވަރުން ދޭ ސަމާލުކަމާއި ޝައުގުވެރިކަން ކުޑަކަމަށް ބުނެ ޝަކުވާކުރާ މީހުން ވެސް މަދެއް ނޫނެވެ. ދިވެހި މާއްދާގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮއްވައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) އިން މިވަނީ މުހިއްމު ނިންމުމެއް ނިންމައިފަ އެވެ؛ އެއީ ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދޭން ފެށުމެވެ.

ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދޭން އަންނަ އަހަރު ފަށަނީ ގްރޭޑު ނުވަކުން ފެށިގެން މަތީގެ ގްރޭޑުތަކަށެވެ. އެކަމަށް ބޭނުންވާ ފޮތްތައް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ. މިއީ ތައުލީމީ ދާއިރާއަށް ވެސް އަންނާނެ ބޮޑު ބަދަލެއް ކަމަށް އެންއީއައިގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު އަޒްރާ ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަަކަށް އަށެއްކަ މަސް ދުވަހުގެ ތެރޭގައި ވަރަށް ހިތްހަމަޖެހޭ ފޮތްބައެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެގޮތުން ގްރޭޑު 9 އަދި 10 ހިމެނޭ ކީ ސްޓޭޖް ހަތަރަކަށް އަދަބިއްޔާތު-1 އަދި ގްރޭޑު 11 އާއި 12 ހިމެނޭ ކީ ސްޓޭޖް ފަހަކަށް އަދަބިއްޔާތު-2 ވަނީ ތައްޔާރުކޮށްފަ އެވެ. އެ މާއްދާ ކިޔަވައިދޭން ފަށަނީ އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ކަމަށް ވިއަސް، ގިނަ ދަރިވަރުން ދިވެހި އަދަބިއްޔާތު ކިޔަވާނެ ކަމަށް އެންއީއައިން ދެކެ އެވެ.

ދިވެހި އަދަބިއްޔާތު-2 ގެ ފޮތް: ދަރިވަރުން ބަހާ މެދު އާ ވިސްނުމަކަށް ގެންދާނެ --މިހާރު ފޮޓޯ

"ބަހާއި އަދަބިއްޔާތަކީ ވަކިނުކުރެވޭނެ ދެ އެއްޗެއް. އަދަބިއްޔާތު ވަކިން ކިޔަވައިދޭން ފެށުމުން ދިވެހި ވަންތަކަމާއި ދިވެހިންގެ ސަގާފަތާއި އެފަދަ ކަންތައްތަކަށް ދަރިވަރުންގެ ލޯބި ޖެހިގެންދާނެމ" އަޒްރާ ވިދާޅުވި އެވެ.

"އަދަބީ އުފެއްދުން ކިޔައި ބެލުމުގެ ސަބަބުން އަދަބިއްޔާތަށް ލޯބި ޖެހުމާ އެކު އަދަބީ އުފެއްދުން ކިޔައި ބެލުމުގެ ތެރޭގައި ބަހަށް ލޯބިޖެހި އަދަބީ އުފެއްދުންތަކަށް ފުންކޮށް ވިސްނާނެ، އެއަށް ފާޑުކިޔުމާއި އަދަބީ އުފެއްދުންތަކުން އުފާ ލިބިގެންދާނެ."

އޭނާ ވިދާޅުވީ އަދަބިއްޔާތުގެ ތެރެއިން ވެސް ބަހުގެ ހުނަރު ތަރައްގީކުރަން ލިޔުމާއި ކިއުމުގެ ހުނަރު ލިބޭނެ ކަމަށެވެ. މި ހުރިހާ ހުނަރުތަކެއް ޝާމިލްވެ، އަދަބީ އުފެއްދުންތަކާ މެދު އެކި ގޮތްގޮތުން ދަރިވަރުން ވިސްނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދަބިއްޔާތުގައި ހުރި ރީތިކަމާއި ދިވެހި ބަހަކީ މުއްސަނދި ބަހެއްކަން އެނގިގެންދާނެ. އޭގެ ސަބަބުން ބަހާ މެދު ކުދިން ދެކޭ ގޮތް ބަދަލުވެ ޝައުގުވެރިވާނެ."

އަޒްރާ ވިދާޅުވީ ފޮތްތައް ވެސް ތައްޔާރުކޮށްފައިވަނީ ދިވެހި ބަހާ މެދު ޝައުގުވެރިކަން ބޮޑުވާނެ ގޮތަށް ކަމަށެވެ.

ދިވެހި އަދަބިއްޔާތަށް ހާއްސަކޮށްގެން ހަދާފައިވާ ފޮތް: މި މާއްދާ އަދި އޮންނާނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި .--މިހާރު ފޮޓޯ

މިހާރު ވެސް ދިވެހި މާއްދާގައި އަދަބިއްޔާތުގެ ބައި ކޮންމެވެސް ވަރަކަށް ހިމެނެ އެވެ. އެގޮތުން އަދަބިއްޔާތުގެ ބައިތަކާއި ބައެއް އުފެއްދުންތަކާއި އަދީބުންގެ ފިލާވަޅުތައް ކިޔަވައިދެ އެވެ.

ލިޔުންތެރިކަމާއި ވަޒަން ބަހުރުވައިގެ މައްޗަށް އެކުލެވޭ އަދަބިއްޔާތުގެ ތެރޭގައި ކުރު ވާހަކަ، ދިގު ވާހަކަ، ޅެން، ރައިވަރު، ބަނދި، ފަރިހި، ލަވަ ހިމެނެ އެވެ. އެ ފޮތްތައް ތައްޔާރުކޮށްފައިވަނީ އަދަބިއްޔާތުގައި ހިމެނޭ މައިގަނޑު ތިން ބަހާއަށް އަމާޒުކޮށްފަ އެވެ. އެއީ ވާހަކައާ ވަޒަން ބަހުރުވައިގެ ބާވަތްތަކާއި ތަމްސީލެވެ. ކީ ސްޓޭޖް ހަތަރެއްގައި އެ ބާވަތްތައް ތަފްސީލުކޮށް ތައާރަފުކޮށްފައިވާއިރު ކީ ސްޓޭޖު ފަހެއްގައި އެ ތިން ބައި ކިޔަވައިދޭނީ އެއަށް ވުރެ ފުޅާކޮށެވެ.

"ކީ ސްޓޭޖް ހަތަރެއްގައި މި ހުންނަނީ ވާހަކައިގެ ތެރެއިން ކުރު ވާހަކަ. ކީ ސްޓޭޖް ފަހެއްގައި ހުންނާނީ ދިގު ވާހަކަ. ތަމްސީލުގެ ތެރޭގައި ވެސް ހުންނާނެ ރޭޑިއޯ ތަމްސީލާއި ސްޓޭޖު ތަމްސީލު، ދެ ބައި. ވަޒަން ބަހުރުވަ ބައިގެ ތެރޭގައި ވެސް ހުރިހާ އެއްޗަކަށް ހުންނާނެ އަމާޒުކޮށްފައި،" އަޒްރާ ވިދާޅުވި އެވެ.

ނަމަވެސް އަދަބިއްޔާތުގެ ފައިނަލް އިމްތިހާނު ދޭނީ ގައުމީ ފެންވަރުގައިތޯ ނުވަތަ ސްކޫލު ފެންވަރުގައިތޯ އަދި ނުނިންމަ އެވެ.

މުހިއްމު ކަމެއް، ހެޔޮ ފާލެއް

ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އަދަބިއްޔާތަކީ ގައުމެއް އެއްބައިވަންތަ ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ. އެހެންވެ ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ އަދަބިއްޔާތު ވަކިން ކިޔަވައިދޭން ފެށުމަކީ މުހިއްމު ބަދަލެއް ކަަމަށް ވިދާޅުވި އެވެ.

ނަމަވެސް އަޝްރަފު ގަބޫލުކުރަައްވާ ގޮތުގައި އަދަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނަސް އެކަމުގެ ފައިދާކުރާނީ މަޖުބޫރު މާއްދާއެއްގެ ގޮތަށް ބަދަލުކޮށްގެންނެވެ. މަޖުބޫރު މާއްދާގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އިސްލާމާއި ދިވެއްސާއި އިނގިރޭސި އަދި ހިސާބުގެ ތެރެއަށް ދިވެހި އަދަބިއްޔާތު ވެސް ހިމަނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެޔޮ ބަދަލެއް. އެކަމަކު މަގުސަދު ބޮޑަށް ހާސިލްވާނީ މަޖުބޫރުކަމެއްގެ ގޮތުގައި އޮވެގެން،" އަދަބިއްޔާތުގެ މުގައްރަރު ތައްޔާރުކުރުމުގައި ވެސް މަސައްކަތް ކުރެއްވި އަޝްރަފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ބަހަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމަކީ އެ މާއްދާ ކިޔަވައިދޭ ޓީޗަރުންގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކިޔަވައިދިނުމުގެ އުސޫލު ބަދަލުކޮށް ޝައުގުވެރިވާނެ ގޮތަށް ކިޔަވައިދިނުމުން ދިވެހި ބަހަށް ދަރިވަރުންގެ ލޯބި ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ގައުމީ ޔުނިވާސިޓީގައި ދިވެހި ބަސް ކިިޔަވައިދެއްވާ ލެކްޗަރާއެއް ކަމަށްވާ އަބްދުﷲ ޖަމީލް ވިދާޅުވީ އަދަބިއްޔާތު ވަކިން ކިޔަވައިދޭން ފެށުމަކީ ދަރިވަރުންގެ ލޯ ހުޅުވައިދޭނެ ކަމެއް ކަމަށެވެ. އެއާއެކު އަދަބީ މަސައްކަތްތަކަށް ދަރިވަރުންގެ ޝައުގު އުފެދި އުއްމީދީ ޖީލެއް ބިނާވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދަބިއްޔާތުގެ ފޮތެއް: އަންނަ އަހަރު މި މާއްދާ ތައާރަފުކުރާނެ -- މިހާރު ފޮޓޯ

"މިހާރު ފޮތްތަކުގައި ހުންނަނީ ވަރަށް މަދުން. އެހެންވެ ވަކި މާއްދާއެއް ކިޔަވައިދޭން ފެށުމަކީ މުހިއްމު ބިންގަލެއް. އަދަބިއްޔާތެއް ލޯބިކުރާ ދަރިންތަކެއް އުފެދިގެންދާނެ،" އަދަބިއްޔާތުގެ ސިލަބަސް ލިޔުނު އަދި ދިވެހި ބަސް ކިޔަވައިދިނުމުގައި 20 އަހަރު ހޭދަކުރައްވާފައިވާ ޖަމީލް ވިދާޅުވި އެވެ.

"އަދަބީ އުފެއްދުންތައް އުފައްދާ މިންވަރު އިިތުރުވެގެންދާނެ. އެ މާއްދާ ކިޔަވާ ކުދިން، އެެހެން ކުދިންނާ ތަފާތުވެގެންދާނެ."

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްކަން ކުރައްވާފައިވާ ޑރ. އަބްދުﷲ ރަޝީދުގެ ނަޒަރުގައި ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދޭން ފެށުމަކީ ކުދިންގެ ސަމާލުކަން އެ ދާއިރާއަށް ބޮޑުވާނެ ކަމެކެވެ. އޭރުން ކުދިންގެ ވިސްނުން ހުންނާނީ ނަތީޖާއެއްގެ ބަދަލުގައި އަދަބިއްޔާތު ދިރުވައި އާލާކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

7 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒައީ

11 February 2019

ފޮތުގެ ބޭރުގަނޑު ފެނިފަވެސް ފޫހިވެއްޖެ..

The name is already taken The name is available. Register?

އާރު

11 February 2019

މި ފަދަ ރިޕޯޓެއްގައި ފޮތް ލިޔުނު މީހުންގެ ބަހެއް ހިމަނާލިނަމަ ރިޕޯޓު ފުރިހަމަ ވީސް!

The name is already taken The name is available. Register?

މުހައްމާ

11 February 2019

އިސްލާމާއި ދިވެހި އޮތީ މަޖުބޫރު މާއްދާއަކަށް ހަދާފައިތަ؟ އެހެންވިއްޔާ ސުކުނެއްހައި ހިސާބުވެސް ރަނގަޅަށް ލިޔަން ދަރިވަރުންނަށް ނޭނގިގެން މިއުޅެނީ ކީއްވެ؟ ސިޓީގަނޑެއް ލިޔެލަން އޭޕްލަސް ހޯދައިގެން ނުކުންނަ ކުއްޖާއަށް ނޭނގެނީ ކީއްވެ؟ ފޮތްތައް ނުބައިކޮށް ލިޔެފައި ހުރީތަ؟ ނޫނީ މުދައްރިސުންނަށް ނޭނގެނީތަ؟ ބުނާތީ އަޑުއިވެނީ ހައްތާވެސް ތިބީ ޑިގްރީ ނަގައިގެން ތިބި މީހުންނޯ؟ ދަންނަ މީހަކު ހުރިނަމަ މިވާގޮތެއް ކިޔައިދީބަލަ!

The name is already taken The name is available. Register?

ސިލް

11 February 2019

ޕްރައިމަރީ ގްރޭޑްތަކުގައި ހުންނަ ފޮތްތަކުގައި ޖުމްލަތައް ބައެއް ފަހަރު ވަރަށް ދިގުކޮށް ލިއެވިފައިވޭ. އަދި އެ ޖުމްލަތަކުގައި ބޮޑެތި، އާއްމުކޮށް ބޭނުންނުކުރާ ދިވެހި ބަސްބަސް ހިމަނާފައިވޭ. އެހެންވުމުން ޖުމްލަ ފައްޓައިގެން ނިންމަންދާއިރު ކުއްޖާއަށް އެ ޖުމްލައިގައި ބުނާ އެއްޗެއް ބައެއްފަހަރު ދޭހަނުވޭ. ބައެއް ފަހަރު ބަސްކޮށާރު ނުހިމަނާތީ ކުދިންގެ އުމުރާ ނުބައްދަލު މިހާރު ހުންނަ ދިވެހި ކިޔަވައިދޭ ޓެކްސްޓް ފޮތްތައް.

The name is already taken The name is available. Register?

ރަދީފުގެ ދަރި ކުމާރު

11 February 2019

އަދަބިއްޔާތު ކިޔަވައިދޭން ގެންދަންވީ މިތާވކޮމެންޓުކުރާ މަރޭމިތުރާ.

The name is already taken The name is available. Register?

ޙަސީ

11 February 2019

އާ މަންހަޖާއެކު ކިޔަވައިދޭ ދިވެހި ފޮތްތައް ލިޔެފައިވަނީ ފޮތް ލިޔުއްވި ބޭފުޅުންގެ ފެންވަރަށް. ކުދިންގެ ފެންވަރަށް ބެލިގެން ފޮތް ލިޔެވިފައިނެތް. ޢެހެން ވުމުން ބަސްދެކެ ފޫހިވުން ނޫންކަމެއް ނުވާނެ.

The name is already taken The name is available. Register?

ހަސަނު

11 February 2019

މަދަރުސާ ކުދިންގެ މެދުގާ ފޮތް ކިޔުން އާދަ ކުރުވާ ފޮތް ކިޔުއްވުން މުހިންމު. މީގެ ތެރޭގައި ދިވެހި އަދަބީ ފޮތް ހިމަނާ، އެއަށް ޝައުގުވެރި ކުރުވުން މުހިންމު.. ތާރީހީ ބޮޑެތި ފޮތް ފޮތް ހުންނަ ކަމަށް ދިވެހި ފިލާވަޅުގާ ކިޔަސް އޭގެން ފޮތެއް ލޮލު ކޮޅުންވެސް ނުފެނޭ ސުކޫލު ނިންމާލާއިރުވެސް.. ގަދީމީ ދިވެހި އަދަބީ ކަންކަން ދެނެ ގަންނަން ކިޔާން ޖެހެނީ އެންމެ ދިހަ ބާރަ ފޮތް.. އެ ފޮތްތައް ޗާޕުކޮށް މަދަރުސާ ކުދިންނަށް ފަސޭހައިން ލިބޭނެ ހެން ހެދުން ވަރަށް މުހިންމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!