ކުރިން ބޭއްވި ހިނގާލުމެއް: އާ ސަރުކާރުން ބުނަނީ ކުރިއެރުން ފެންނަ ކަމަށް
16 ޖޫން 2019 - 09:06
މީހަކާ މެދު އެންމެ އިހުލާސްތެރި ފާޑެއްކިޔޭނީ އޭނާގެ ގާތް މީހުންނަށެވެ. ޒާތީ ތައައްސުބެއް ނެތި ފާޑެއް ކިޔޭނީ ވެސް އެމީހުންނަށެވެ. ހަތް މަސް ފުރިި އަށް މަހަށް އަޅާފައިވާ ސަރުކާރާ މެދު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުން ދެކޭ ގޮތް، އެ ނަޒަރުން ބަލާއިރު، އެންމެ ރަނގަޅެވެ.
އަބްދުއް ރަހީމް 40، އަކީ އެފަދަ މީހެކެވެ. މި ސަރުކާރު ގެންނަން އޭނާ ނުކުރާ މަސައްކަތެއް، ނުހިނގާ މަގެއް ނެތެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާ ކުރެއްވިތާ ދެ ދުވަހެއް ފަހުން ދިމާވި ގޮތަށް ނުފެނި ހުރެފައި އޭނާއާ ބައްދަލުވުމުން އެންމެ ޝައުގުވެރިވީ ސަރުކާރާ މެދު އޭނާ ދެކޭ ގޮތެއް ބަލައިލާށެވެ.
"އަދި މިދާ ގޮތުން މާ ބޮޑު އުފަލެއް ނުވޭ. މިހާ ބޮޑު ތާއީދަކާ އެއްކޮށް ސަރުކާރު ހިންގަން ލިބުނީމާ ވާން ޖެހޭނީ މިވަރެއް ނޫން،" އޭނާ ބުންޏެވެ.
އެންމެ ފުރަތަމަ ވެސް އަބްދުއް ރަހީމް ދެއްކީ އިންސާފުގެ ވާހަކަ އެވެ. އޭނާ ދެކޭ ގޮތުގައި ތަރައްގީ އާއި ފުދުންތެރިކަމަކީ އިންސާފު ނުލިބި ހާސިލުވާން ހުރި ކަންތައްތަކެއް ނޫނެވެ. އޭނާ ބުނީ ހުރިހާ ކަމެއް ވެސް ރަނގަޅުވާން އޮތީ އިންސާފު ލިބިގެން ކަމަށެވެ. އިންސާފު ނުލިބުމުގެ މިސާލު މާ ދުރު ދުރުން ދެއްކުމުގެ ބަދަލުގައި އަބްދުއް ރަހީމް މިސާލަކަށް ނެގީ އަމިއްލަ ނަފުސެވެ.
"އަންހެނުން ވިހަން ވެގެން މާލެ ގެންނަން ރަށަށް ދާން އުޅުނީމާ ރިސޯޓުން ބުނީ އޮފެއް ނުލިބޭނޭ. މި އިރު މަ އޮފެއް ނުނަގާތާ ފަސް މަސް ވެއްޖެ،" މަސައްކަތްތެރިންގެ ހައްގު ރާއްޖޭގައި ނުލިބޭ ނުލިބުން އަދިވެސް އޮތީ އެގޮތުގައި ކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.
އޭނާ އުޅޭ ރިސޯޓުގައި ސާވިސް ޗާޖް ވެސް ހައްގުވާ މިންވަރަކަށް ނުލިބެ އެވެ. ބަންދު ދުވަހެއް ލިބޭނީ ޑިޕާޓްމަންޓްގެ ވެރިޔާ ރުހޭ ހާލަތެއްގައި އެކަންޏެވެ.
"ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ގާނޫނުތައް ރަނގަޅަށް އެބަ ހުރި. ސަރުކާރުން އަހަރެމެންގެ ކަންތައްތައް ބަލާ ރިސޯޓްތަކަށް ފިޔަވަޅު ވެސް އެޅޭނެ. ދެން އެވަރު ނުވަންޏާ ކޮން އިންސާފެއް؟" އޭނާ ސުވާލުކުރި އެެވެ.
އަބްދުއް ރަހީމް ބުނީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ބޮޑެތި މައްސަލަތައް ސަރުކާރަށް ބެލޭނީ ފުރަތަމަ މިފަދަ ކުދިކުދި ކަންތައްތައް ކުރަން ފެށޭވަރު ވެގެން ކަމަށެވެ. އަދުލު އިންސާފުގެ ދާއިރާ އިސްލާހު ކުރެވޭނީ ވެސް މިވަރުގެ ކަންކަމުގައި އިހުލާސްތެރިކަން އޮތް ބަޔަކަށް ކަމަށް އޭނާ ދެކެ އެވެ.
"ފަނޑިޔާރުގެ ހަމަޔަކަށް އަޅުވާނީ ކިހިނެއްތޯ ވިޔަފާރިވެރިއަކު ފަނޑިޔާރުގެއަށް ގެންދަން ނުކެރޭ ބަޔަކަށް،" އޭނާ ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިއްކެވި އެންމެ ގަޔާވާ ވާހަކަޔަކީ "ޖަޒީރާވަންތަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދޭނަމޭ" ވިދާޅުވި ދެއްކެވި ވާހަކަފުޅެވެ. ހއ. އަތޮޅު ރަށެއްގައި އަނބިދަރިން ބައިތިއްބާފައި އައިސް މާލެ އަތޮޅު ރިިސޯޓެއްގައި މަސައްކަތް ކުރާ އަބްދުއް ރަހީމް މެން ފަދަ މީހުންނަށް އެއީ އަދި މާ އަސަރުގަދަ ވާހަކައެކެވެ.
"އަހަރެން ހީކުރީ އަހަރެމެންނަށް އަތޮޅު ތެރެއަށް ބަދަލުވެވޭ ފަދަ މަޝްރޫއުތަކެއްގެ ކަންތަކާ އުޅޭނެ ކަމަށް. ވަޒީފާތައް ހީކުރީ އިތުރުވާނެ ކަމަށް. އެކަމަކު އަދި ހަމަ އެކަހަލަ ހިލަމެއް ވެސް ނުވޭ،" އޭނާ ބުންޏެވެ.
ބޮޑެއްގެ ބަފައިބެ މީގެ 14 ވަރަކަށް އަހަރު ކުރިން ނަގާފައި އޮތް ރަށެއް، އަބްދުއް ރަހީމްމެން ރަށް އޮންނަ ފަޅުގައި ޅ. އަތޮޅުގައި އެބަ އޮތެވެ. އެރަށަށް ހަމައެކަނި ކުރަން އޮތް ކަމަކީ ތަރައްގީކުރެވޭ ވަރުގެ މީހަކާ ހަވާލުކުރުމެވެ.
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވި ގޮތުގައި ހެޔޮ ބަދަލުތަކެއް އަތުވެއްޖެ އެވެ. ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ގައުމަށް އައި ހެޔޮ ބަދަލުތައް ފެންނަ ކަމަށެވެ. ކޮރަޕްޝަން އާއްމުވެ، ކުރީގެ ސަރުކާރުގައި އަނިޔާ އާއި އިންސާފަށް ކުރި ޝަކުވާތަކުގެ އަޑު މިހާރަކު ނީވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ތަރައްގީގެ ދުވެލި މިންއެޅުން އޭނާ ދޫކޮށްލެއްވީ ރައްޔިތުންނަށެވެ. ބޮޑެތި މަޝްރޫއުތައް ނުފެށޭ ކަމުގެ ޝަކުވާއާ މެދު ހޫދު ވިދާޅުވީ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ހަ މަސް ތެރޭގައި އެފަދަ މަޝްރޫއުތައް ފެށިފައި ނެތް ކަމަށެވެ. އެއީ ތެދު ވާހަކައެކެވެ.
"ސަރުކާރުގެ ސްޕީޑު، ފާސްޓުތޯ، ސްލޯތޯ، އިންޓަމީޑިއެޓްތޯ ގޫގްލްތޯ ދަންނަވާކަށް އަޅުގަނޑަކަށެއް ނޭނގެ. އެ ނިންމަވާނީ ރައްޔިތުން، އެކަމަކު އަޅުގަނޑަށް އެނގޭ ކަމަކީ ބަދަލުތަކެއް އައިސްފި ކަން،" ހޫދު ވިދާޅުވި އެވެ.
އަބްދުއްރަހީމަކީ ރައްޔިތުންގެ ތެރެއިން އެކެވެ. ސަރުކާރުގެ ކަންކަމާ މެދު އާންމު މީހަކު ނުވިސްނާ ވަރަށް ވިސްނާ މީހެކެވެ. ކުރީގެ ސަރުކާރު ބަދަލުކުރަން މަގުތަކަށް ނުކުތް އެކެކެވެ.
އޭނާ ބުނާ ގޮތުގައި ކުރިއެރުން އިހުސާސްވާން ޖެހޭނެ އެވެ. އެހެންވީމާ ރަނގަޅަށް ކަންތައްތައް ދާ ނަމަ ސަރުކާރުން އެގޮތަށް ވާހަކަ ނުދެއްކިޔަސް އާންމުންނަށް އެނގޭނެ އެވެ.
އޭނާއަށް އިހުސާސް ވަނީ ސަރުކާރުގެ ތެރޭގައި ކޯޅުންތަކެއް އުޅޭ ކަމެވެ. އެކަމަކު އެއީ ޑްރާމާއެއް ކަމެއްް ނޫނީ ހަގީގީ ކޯޅުމެއްކަން ބުނާކަށް އަދި ނޭނގެ އެވެ.
"އެހެންވީމާ މި ބަލަނީ މި ބައިބައިވުން ކޮންމެވެސް ގޮތަކުން ހައްލު ވެއްޖެއްްޔާ ސަރުކާރު ހިނގައިގަންނާނެ ކަމަށް،" ސަރުކާރާ ގުޅިފައިވާ ދެ ފެކްޝަނެއް އެބަ އޮތް ކަމަށް ތުހުމަތުކުރަމުން އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥާނުވާ
20 June 2019
6 މަސްތެރޭ ކުރަންބުނި ކަންތައް ތައްވެސް އަދި އެއުޅެނީ އޮޅުންފިލުވައި ނުލެވިގެން ނޯޓުކުރި ކަރުދާސްގަނޑު ލެވުނުތަނެއް ނޭނގިގެން
މަގޭޕްލޭން
20 June 2019
ތިހުރިހާކަމެއް ހައްލުވާން އޮތްގޮތަކީ މަގުހެދި ބަނދަރުހެދި އިންޓަނޭޝަނަލް އެއާޕޯޓުއެޅި ވަޒީފާތައްހުރި ޓާސަރީ ހޮސްޕީޓާހުރި ޒަމާނީ މިސްކިއްތައްހުރި ޔުނިވާސްޓީތަންހުރި ފެނާނަރުދަމަޔާ ކަރަންޓާ ހުރިތަނަކައް އެންމެންލީމާ ތިހުރިހާ ހިދުމަތެއް ރައްޔަތުންނައްލިބުނީ އަހަރަކު ބިލިޔަނުން ބިލިޔަނުން ސަރުކާރުން ކުރަމުންއައި ރިކަރަންޓް ހަރަދު އެތައްތަނަކުން ކުޑަވީ ދެން އެއައްފަހު އާބާދީ ތޮއްޖެހުން ކުޑަކުރަން ރައްރައް ޑިވެލޮޕްކޮށް ނިންމާފަ މީހުން ބަދަލުކުރާނީ
ޙާޖީ
20 June 2019
ވަރައްގިނަ ބޭފުޅުން ފާހަގަކުރާ ކަމެއް ބޮޑުކުލީގެ ވާހަކަ ދަންނަވަންއިތީ މިވަގުތައް ބޮޑުކުލިނުދައްކާ ވާންއޮތް ހަމައެކަނިގޮތަކީ މާލެއާ ގުޅުވައިގެން އާބާދުކުރުން މިސާލަކައް ކާކުތޯ ބޭނުންނުވަނީ އެމީހުންގެ ދަރީން ޑިގްރީއައް ކިޔަވައިނުދޭން އެކަންވާނެތޯ 198 ރަށުގައި
ހާރޫން
16 June 2019
ބޯހިޔާވަހިކަމުގެ ޕޯޓަލް ހުޅުވިއިރު އެކެއްޗެއްވެސް އެއަކު ނެތް... އެކަމު އެފުއްދުނީވެސް ވައުދެކޯ... ބޮޑުވަރު...
މުސްތަފާ
16 June 2019
ކޮބާތަ ފުލެޓް ކޮމިޓީ ގެ ހަބަރަކީ... ބޯހިޔާވަހިކަން ޗޮކުން މިދަނީ...
ކޮރަލް
16 June 2019
ދެރައީސުން ވެރިކަން ކުރީމަ ކަންކަން ހައްލެއް ނުވާނެއެވެ. އިބޫ އަށް ފުރުސަތު ދޭން ވީއެވެ.
ޖަމްހަރު
16 June 2019
ކޮބާހޭ ބޯހިޔާވަހިކަން
ގުނބޯއަލީ
16 June 2019
ސަރުކާރަށް ކަމެއް ނުކޮއްދެވޭ ވާހަކަ ދައްކަން އަދި އަވަސް. އިބްރާހިމަކީ ސުލޭމާނުގެ ފާނުހެން އިރު އަރާއިރު ބޮޑެތި ގަނޑުވަރު ތަކުން މަދީނާ ފުރާލެވޭ ވަރުގެ މީހެއް ނޫން. ބޭން ކަކަށް ލޯނަށް އެދި ހުށަހެޅީމާ 3 މަސް ދުވަހުން ލާރި އަތަށް އަރާ ވަރު ވަނީ. ދައުލަތުގެ ތާކަށް ސިޓީ އެއް ފޮނުވީމާ ތިން ހަތަރު ހަފްތާއިން ޖަވާބު ލިބެނީ. ބޮޑު ސިންގާ މަޝްރޫއެއްގެ ތަޞައްވުރެއް އެކުލަވާ ލުމަކީ ފެންމެޓާ ކަމަށް ވަންޏާ ކީއްވެބާ ގައުމުތަށް ފަތުއަޑުކިޔާފަ ތަރަށްޤީ ނުވަނީ.
ޖޫޑް
16 June 2019
ގައިމު 6 މަސްތެރޭ 25 ބުރީގެ ހޮސްޕިޓަލެއް އިމާރާތްކޮށް މެޝިނަރީ ހަމަކޮށް ސޯލިހު ނިންމިކަމަށް ރީނދުލޭމެން އެބަކިޔާ! ދޮގެއްދޯ އެއީ؟
އަރުތުރު
16 June 2019
ހެހެ. ޔާމީން އޭރު ސުލައިމާނުގެފާނަށް ވާން މަޖުބޫރު ކުރި މީހުން މިއަދު ތިޔަ ގޮވާ މޮޔަ ދޯ؟؟؟؟ލައްކަ ހިނި އާދޭ އިނގޭ ގުނބޯޢަލީ
ނާގަބާޑި
16 June 2019
ރާއްޖޭގެ ގިނަ ޒުވާނުން މަސަކަތް ކުރަނީ ރިސޯޓް ފަހަރުގަ މަދުރިސޯޓެއް ފިޔަވާ ދެންހުރި ރިސޯޓް ތަކުން ސާވިސްޗާޖް ބަހަނީ ހިތުހުރި ވަރަކައް، ޅ އަތޮޅުގާ އޮންނަ ޗަމްޕާގެ އެއްވެސް ރިސޯޓަކުން އެއަތޮޅު ހިންނަވަރު މީހުންނައް ވަޒީފާ ނުދޭން ވަނީ ނިންމާފަ މިހާރު ދެއަހަރުވީ އަދިވެސް ހަލެއް ނާދެ މިކަމަކައް ރަށުކައުންސިލުން ވެސް އުޅުނު ހައްލެއް ލިބޭތޯ ވީކަމެއް ހަރާން ކުރީގެ ސަރުކާރުން ވެސް އުޅުނު އެކަމެއް ނުވި. އެކަމަކު މީ ވެރިމީހާގެ އުފަން ރައް
އަހަރެން..
16 June 2019
ވެރިމީހާ ބުންޔަސް ގުދަކަށް ނޯވެވޭނެ ،،، ވަރަށް ބޮޑަށް ސޮރީ...
ދީމާހު
16 June 2019
ކޮންމެ ސަރުކާރެއް އަޔަސް ލައްގާ ހުރައަށް ލައްގާނީ. ކައިރީގައި އުޅޭ ބާރު ހުރި ނުފޫޒު ގަދަ މީހުންގެ ޖީބުތައް ފުރޭނީ. އެމީހުން ބޭނުން ގޮތަށް ޝަރީޢަތްތައް ނިމޭނީ . މިސާލަކަށް ދީބާޖު މައްސަލަ. ބޮންޑު ވެއަރ މައްސަލަ. އައިދައިގެ މީހުންގެ ބޭނުން ހިފާނީ ވެރިކަން ހޯދާ، ބާރުތައް އަތަށް ޖަމާކުރަން