ރިޕޯޓް / ހުޅުމާލެ

ވިޔަފާރިވެރިން އެޗުޑީސީއަށް: އުސޫލެއްގެ ތެެރެއިން ފުރުސަތު ދީ!

ހުޅުމާލެ ބީޗު ސަރަހައްދުގައި ކެފޭއެއްގެ ގޮނޑިތައް: އެޗުޑީސީން އަންގާފައި ވަނީ އެތަންތަން ހުސްކުރަން

މީގެ ފަސް އަހަރު ކުރިން ނަމަ ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށް އޮތީ "ޖަންގައްޔެއް" ގޮތަށެވެ. ގަސްތަކާއި ވެޔޮތަކާއި ވިނަތަކުން ފުރިފަ އެވެ. ބައެއް ހިސާބުތައް އޮތީ ގޮނޑަކަށް ހަދައިފަ އެވެ. މަސްތުވާތަކެތިި ބޭނުން ކުރުމާއި ފާހިޝް އަމަލުތައް، އެ ނިވާކަމުގެ ތެރޭގައި، ކުރަމުން ދިޔަ އެވެ.

ފިތުރޯނު ގަހާއި މަގޫ ގަހާއި ރުށްތަކުން ނިވާވެފައި އޮތް ސަރަހައްދަށް އެންމެ ފުރަތަމަ ދިރުން އައީ 2013 ވަނަ އަހަރެވެ. ގޮނޑުދޮށް ކައިރީގައި ކެފޭއެއް ހިންގަން ފެށި ބީޗު ކްލަބުގެ ވެރިޔާ އަލީ ރިޔާޒަށް ވިސްނުނީ އެ ކެފޭގެ ކުރިމަތީގައި އޮތް ހުސް ބިން އާންމުން ބޭނުންކުރެވޭ ފަދަ ތަނަކަށް ހެދުމަށެވެ. މޭޒުތަކާއި ގޮނޑިތައް އަތުރާލައި ހުޅުވައިލި އެވެ. އޭގެ ފަހުން ފެނުނީ ބީޗު ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓްގެ ވިޔަފާރި ފުޅާވި ތަނެވެ.

ނަތީޖާއަކީ މުޅި ގޮނޑުދޮށުގައި ޓެންޓާއި މޭޒާއި ގޮނޑިތައް އަތުރާލުމެވެ. ދެން ސިނަމާލެ ބްރިޖާ އެކު މާލެ އާއި ހުޅުމާލެ ގުޅުލާމުން، މުޅި ބީޗު ސަރަހައްދު ކަހަލަ ގޮތަކަށް ބަދަލުވީ ކެފޭ/ރެސްޓޯރެންޓް ހިންގާ މީހުންގެ ތަނަކަށެވެ.

ހުޅުމާލެ ބީޗު ސަރަހައްދު އެންމެ ކުރިން އޮތް ގޮތް: ކެފޭ/ރެސްޓޯރެންޓްތަކާ އެކު ތަނަށް ވަނީ ބޮޑު ބަދަލެއް އައިސްފައި

އެކަމަކު ބީޗު ސަރަހައްދު އެއިން އެއްވެސް ބަޔަކަށް އެޗުޑީސީން ކުއްޔަށް ދީފައެއް ނުވެ އެވެ. އެހެންކަމުން ވަކި ބައެއްގެ އަތްދަށަށް އެތަންތަން ގޮސްގެން ނުވާނެ ކަމަށް، ގަބޫލުކުރާ އާންމުން ގިނަ އެވެ. ހަމައެހެންމެ، މޫދަށް އެރި އުޅުމުގެ މިނިވަންކަން ގެއްލި، އެތައް ބަޔަކަށް އޭގެ އުނދަގޫ ފޯރާކަމުގެ ޝަކުވާތައް ވެސް މަދެއް ނޫނެވެ.

ކެފޭ/ރެސްޓޯރަންޓުތަކުން ބީޗު ސަރަހައްދުގައި ޖަހާފައި ހުރި ޓެންޓްތަކާއި ގޮނޑިތައް ނަގަން އެޗްޑީސީން އެތައް ފަހަރަކު އަންގައިފި އެވެ. އެންމެ ފަހުން ދިން މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ. އެކަމަކު ވިޔަފާރިވެރިންގެ ޝަކުވާތަކާއި ހުށައެޅުންތައް ވެސް އެޗުޑީސީއަށް އެބަ އަމާޒުވެ އެވެ. އެންމެ ބޮޑު ސަބަބަކީ، ބީޗު ސަރަހައްދަށް ބަލައިގެން އެތައް ބަޔަކު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައި ހުރުމެވެ.

ބައެއް ރެސްޓޯރަންޓްތަކުގެ ވެރިން ބުނާ ގޮތުގައި ކޮންމެވެސް އުސޫލެއްގެ ތެރެއިން ބީޗު ސަރަހައްދު ބޭނުންކުރެވިދާނެ ފުރުސަތު ހުޅުވާލެވިދާނެ އެވެ. އެޗުޑީސީއަށް ފީއެއް ދައްކައިގެން ނަމަވެސް އެ އިންތިޒާމް ހަމަޖައްސައިދޭން އެ މީހުން އެދެ އެވެ. އަދި އޭގެ ސަބަބުން އާންމުންނަށް އުނދަގޫނުވާނެ ގޮތަކަށް، ކަންކަން ރޭވިދާނެ ކަމަށް ވެސް، "މިހާރު"އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

ހުޅުމާލޭގެ ބީޗު ސަރަހައްދުގައި މިހާރު ވެސް ދެ ރެސްޓޯރެންޓް ހިންގާ ޑައިންމޯގެ ވެރިޔާ އަބްދުﷲ އަލީ ވިދާޅުވީ ބީޗު ސަރަހައްދުގައި ވިޔަފާރި ކުރުން ހުއްޓުވައިފި ނަމަ، އޭގެ ގެއްލުން އެންމެ ބޮޑަށް ލިބޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ. އެހެންވެ އެޗްޑީސީން ޕްލޭނަކާ އެކީގައި މި ވިޔަފާރި ކުރެވޭނެ ގޮތެއް އޮތުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ލިބޭ އެއްޗަކުން ވަރަށް ގިނަ ކަންކަން ހަމަޖެއްސޭ. އަޅުގަނޑުމެން ތާއީދު ފީއެއް ނަގަން. ފީއަކީ މިހާ ވަރޭ ބުނީމަ އެ ވަރު ދައްކަން ހުރިހާ ކެފޭ/ ރެސްޓޯރަންޓުގެ ވެރިން ތިބީ ނިންމައިގެން،" އަބްދުﷲ ވިދާޅުވި އެވެ.

އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ މުޅި ބީޗު ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓް ހިންގުމުން އަބަދުވެސް އެތަންތަނުގައި މީހުން ތިބުމެވެ. އެހެންވެ މޫދަށް އެރިއުޅެން، ހާއްސަކޮށް އަންހެންވެރިންނަށް، ވަރަށް އުނދަގޫ ކަމަށް އެ މީހުން ބުނެ އެވެ. މިކަމަށް ވެސް ވިޔަފާރިވެރިންގެ ނަޒަރުގައި ހައްލު އެބަ އޮތެވެ. އެގޮތުން މޫދަށް އެރޭ މީހުންނަށް އުނދަގޫނުވާނެ ގޮތަށް ކަންކަން ހަމަޖައްސަން އެޗްޑީސީން އެދޭ ނަމަ، ވިޔަފާރިވެރިން ތިބީ އަމިއްލަ ހަރަދުގައި އެ މަގު ވެސް ފަހިކޮށްދޭ ގޮތަށެވެ.

ހުޅުމާލޭގެ ބީޗު ސަރަހައްދު: ގިނަ ބަޔަކު އެ ސަރަހައްދު ބޭނުން ކުރޭ.

ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ބޮޑު!

ހުކުރު ދުވަހާއި ހޮނިހިރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތަކުގައި ހުޅުމާލެ ބީޗު ފުރެ އެވެ. ގިނަ މީހުން ހުޅުމާލެ އަށް ދަނީ މޫދަށް އެރޭށާއި ބީޗުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. "ކޮންކްރީޓް ޖަންގައްޔެއް"ގައި އުޅޭ ބަޔަކަށް ހާމަ މޫދާއި ރީތި ގޮނޑުދޮށަކުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ އެވެ. ހަމަ އެގޮތަށް މޫދާއި ބީޗުގެ ހިތްގައިމުކަން ފެންނަ ގޮތަށް ކޮފީއެއް ބޯލައި، އެއްޗެއް ކާލަން އިނުމަކީ ވެސް، އާންމުންގެ ހިތްހަމަޖެހުމެކެވެ.

ހުޅުމާލެ ބީޗުގައި ގޮނޑި ޖަހައިގެން އެންމެ ފުރަތަމަ ވިޔަފާރި ކުރަން ފެށި އަލީ ރިޔާޒް ވިދާޅުވީ އެ ހިތްހަމަޖެހުން ލިބެން އޮތް ތަނަކީ ރީތި ދޮންވެއްޔެއް އޮތް ހުޅުމާލެ ގޮނޑުދޮށް ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ. އެއީ ނަފުސާނީ ގޮތުން ވެސް މީހާ ތާޒާކޮށްލަދޭނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

"ކޮފީ ބޯލައިގެން ހިތްހަމަޖެހިގެން މި ދަނީ ބީޗުގެ ހިތްގައިމު ކަން އޮތުމުން. ރައްޔިތުން ހިތްހަމަޖެހި، ބަލައިގެންފައި އޮތް ތަނެއް ކީއްވެގެންތޯ ނައްތާލަން މަސައްކަތް ކުރަންވީ؟" ބީޗު މުޅިން ހުސްކުރަން އެޗުޑީސީން ގެންގުޅޭ ވިސްނުމާ ބެހޭ ގޮތުން އަލީ ވިދާޅުވި އެވެ.

އާންމުކޮށް ހުޅުވާލާފައި އޮތް ތަނެއްގައި ހިލޭ ވިޔަފާރި ހިންގާތީ އަމާޒުވާ ފާޑުކިއުންތަކަށް އޭނާގެ ޖަވާބު ވެސް އެބަ އޮތެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި އެއް ކަމަކީ ވިޔަފާރި ފުޅާވުމުން ދައުލަތަށް، ޖީއެސްޓީގެ ގޮތުގައި ވިޔަފާރިވެރިން ދައްކާ އަގެވެ. އެހެންކަމުން ބީޗު ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓްތަކުން ކުރާ ވިޔަފާރިން ދައުލަތަށް އާމްދަނީއެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާގެ ރެސްޓޯރެންޓުން މިހާރު ވެސް ޖީއެސްޓީއަށް 36،000ރ. ދައްކާ އިރު، އެޗްޑީސީން ބޭނުން ނަމަ، އިތުރު ފީއެއް ދޭން ވެސް ހުންނެވީ ތައްޔާރަށެވެ.

ރިއޯ ބީޗް ކެފޭގެ ވެރިޔާ އިބްރާހިމް އަލީ ވިދާޅުވި ގޮތުގައި މޫދު ކުޅިވަރު ހިންގާ މީހުން ބީޗު ސަރަހައްދުގައި އެކަން ކުރަނީ އެޗުޑީސީއާ އެކު އެއްބަސްވުން ހަދައިގެންނެވެ. އެހެންކަމުން އެފަދަ އެއްބަސްވުމަކަށް ކެފޭ/ރެސްޓޯރަންޓްތަކާ އެކު ވެސް އެޗުޑީސީއަށް ނުދެވެންވީ ސަބަބެއް ނެތް ކަމަށް، ވިޔަފާރިވެރިން ގަބޫލުކުރެ އެވެ.

ވޯޓަ ސްޕޯޓްސްގެ ވިޔަފާރިއަށް ބީޗު ދީފައި ކެފޭ/ރެސްޓޯރަންޓް ހިންގަން ނުދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެޗްޑީސީން އުޅެނީ ބީޗު ސަރަހައްދު ބޭރު ބަޔަކަށް ދޭށެވެ. އެކަމަކު އެގޮތަށް ކަންތައް ކޮށްފި ނަމަ އެ ފުނޑާލެވެނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނުގައި އުޅޭ ގިނަ މީހުންނަކީ ސުމަކުން ފެށި މީހުން. އަހަރުމެންނަކީ މިތަނުން ތަނަވަސްކަން ހޯދައިގެން ދިރިއުޅުމުގެ ކަންކަން ކުރަމުން އަންނަ ބައެއް. މިތަނުން ލިބޭ ފައިސާ އިން ކުރިއަރައިގެންދާ ބައެއް. ބިޑަށް ގޮސްގެން ފްރެންޗައިޒްތަކަށް ދީފި ނަމަ، ދިވެހި ވިޔަފާރިތައް ނެތިދާނެ،" އިބްރާހިމް ވިދާޅުވި އެވެ.

އަބްދުﷲ އަލީ ވެސް ވިދާޅުވީ ބީޗުގައި ކެފޭ/ރެސްޓޯރަންޓު ހިންގުން ހުއްޓާލައިފި ނަމަ، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެތައް ދިވެހިންނެއްގެ ވަޒީފާ ގެއްލި، އިޖުތިމާއީ ގިނަ މައްސަލަތަކެއް ނުކުންނާނެ ކަމުގެ ބިރު ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިޖުތިމާއީ މައްސަލައަކަށް ވެއްޖެ ނަމަ، އަޅާނުލެވި ދޫކޮށްލެވިއްޖެ ނަމަ، އަނެއްކާވެސް ވިޔާނުދާ ކަންތައްތަކެއް އާލާވެގެންދާނެ،" ކުރިން ވާހެދިފައި އޮތް އިރު، އެތަންތަނުގައި ކުރަމުން ދިޔަ ނުބައި އަމަލްތަކަށް ނިސްބަތްކުރައްވާ އަބްދުﷲ ވިދާޅުވި އެވެ.

"ފުޅި އާއި ކުންޏާއި އޭތި މީތި އަޅާތަން ފެންނާނެ. [އާންމުންނަށް ވެސް] ބީޗެއްގެ ބޭނުން ހިފަން ފެށުނީ އަސްލު ކެފޭތަކުން ކުރި މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.

އީޓް އެންޑް މީޓްގެ ވެރިޔާ އަހުމަދު ޝިފާއު ވިދާޅުވީ ގަވައިދެއްގެ ތެރެއިން ވިޔަފާރިވެރިންނަށް ބީޗު ބޭނުންކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ.

"ކާބޯތަކެތީގެ ވިޔަފާރިކުރުމުގެ ހުއްދަ ނެތި، ގެސްޓްހައުސްތަކުން މިތަނުގައި އެބަ އެކަން ކުރޭ. އެއީ ވެސް މައްސަލައެއް. އަޅުގަނޑުމެން މިކަން މިކުރަނީ ހުރިހާ ހުއްދަތަކެއް ނަގައިގެން،" ޝިފާއު ވިދާޅުވި އެވެ.

ހުޅުމާލޭގެ އިރުމަތީ ފަރާތު ބީޗުގައި ގޮނޑި އާއި މޭޒު ޖަހާފައި

"އަޅުގަނޑުމެން އެއްބަސް އުސޫލުތަކެއްގެ ތެރެއިން ބީޗު ބޭނުންކުރުމުގެ ފުރުސަތު ލިބެން. އެޗުޑީސީއަށް އެކަން ކުރެވޭނެ. އަޅުގަނޑުމެން މިދަނީ އެގޮތަށް ވިސްނައިދެމުން."

ހުޅުމާލޭގައި ކެފޭ/ރެސްޓޯރަންޓުތައް ހިންގާ މީހުން ބުނާ ގޮތުގައި، ވަކި ތަންކޮޅެއްގައި ބެންޗުތައް ޖަހައިގެން ބެލެހެއްޓުނަސް މުޅި ގޮނޑުދޮށް ސާފުތާހިރުކޮށް ބޭއްވުމަކީ އެޗްޑީސީ އަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ މިސާލެއްގެ ގޮތުން އެ މީހުން ދެއްކީ ހުޅުމާލޭގެ ބާބަކިއު ސަރަހައްދެވެ. އެތަން ހަޑިކޮށް އޮންނަނީ އެޗްޑީސީއަށް ނުބެލެހެއްޓޭތީ ކަމަށް، ވިޔަފާރިވެރިން ބުނެ އެވެ.

"ރައްޔިތުން މި ހިދުމަތް ބަލައިގެންފި، އެއީ ރައްޔިތުންނަށް ހައްގު ހިދުމަތެއް،" ބައެއް މީހުން ޝަކުވާކުރިޔަސް، ބީޗު ސަރަހައްދުގެ ކެފޭ/ރެސްޓޯރެންޓްތަކަށް ޒިޔާރަތްކުރާ މީހުން ގިނަކަމުގެ މައްޗަށް އިޝާރަތްކުރައްވާ އަލީ ވިދާޅުވި އެވެ.

"މިތަން ނެތިއްޖެއްޔާ އެ މީހުން ދާން ޖެހޭނީ ރިސޯޓުތަކަށް. ބޮޑެތި އާއިލާތައް ގޮވައިގެން މި ކުދިކުދި ކެފޭތަކުގެ ތެރޭގައި ތިބޭ ގޮތަކަށް އެތަންތަނުގައި ނުތިބެވޭނެ ހަރަދުގެ ގޮތުން. އެހެންވީމަ ސަރުކާރުން މިކަމާ ވިސްނާ ރަނގަޅު ގޮތެއް ހަދައިދޭން ޖެހޭ."

87 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 1%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނރުޓޭ

29 July 2019

މީ ދެން އަޖައިބެންނު! ބަލަނގަ ޔެޗްޑީސީން އެބުނަނީ އެއީ އެމީހުންނަށް ދީނފަ އޮތް ބިމެއް ނޫނޭ! ދެން ހަމަ އެ ތާނގަ ގޮނޑި ޖަހައިގެން އެއވެސް ލާރި އެއް ނުދައްކާ ނާޗަރަނގީ ކުޅެ ހަދާއިރުވެސް ހަމަ ބަލަހައްޓައިގެން ތިބެންވީނހޭ މި ބުނީ!

The name is already taken The name is available. Register?

ޔޫސުންބެ

22 July 2019

ތިތަނުން ތަންކޮޅެއް ހާވައިލާފަ ބަކަރި ކޮށްޓެއް އަޅަން ނިންމައިފިން

The name is already taken The name is available. Register?

ވަރައް ރުޅިގަދަވެއްޖެ

22 July 2019

ތިވަރުގެ ހަމަނުޖެހޭ ކަމެއް މިރާއްޖޭގައި ދުވަހަކުވެސް ކޮށްފަ އޮތްހެނެއް ހީއެއްނުވޭ ވިޔަފާރި ހުއްދައެއް ބޭނުމެއްނުވޭ ސާފުތާހިރުކަމުގެ ސެޓްފިކެޓެއް ބޭނުމެއްނުވޭ ޓެކްހެއް ދައްކާކަށް ނުޖެހޭ ބިމުކުއްޔެއް ދައްކާކަށް ނުޖެހޭ

The name is already taken The name is available. Register?

ރަށްޔަތު

22 July 2019

ވަރައް ހަމަނުޖެހޭ ކަމެއް މިހާރު ތިތަންތަން ހިންގަމުންދާ މީހުންނައް އެކަނި ތިތަންތަން ދިނުމަކީ ހުޅުމާލޭ ހުސްބިންތައް ބައިވަރު އަހާލުމެއް ކަހާލުމެއްނެތި އެއިންތަނެއްގައި ކުދިވިޔަފާރިއެއް ހިންގުމަކީ ކޮންމެ މީހަކުވެސް ބޭނުންވާކަމެއް ދެން އެތަން ނަގަންއައިމަ ކުދިވިޔަފާރިއޭ ފުނޑެނިއްޔޭ ކިއީމާ ދެކޮޅުނުޖެހޭ ތިގޮތައް ތިކަން ވަންޏާ ހުހައް ހުރި ފަޅުރައްރަށުގައި މަސައްކަރް ފަށާނަން އޭރުން އެރައް ޖެހޭނީ ބިޑުނުކޮށް ކުއްކަށް ދޭން

The name is already taken The name is available. Register?

faathuma

21 July 2019

އުސޫލެއްތެރެއިން ދުވަހަކުވެސް ނިކަމެތި ރައްޔިތުންނަށް ފުރުސަތެއްނުލިބޭނެދޯ!!!!!

The name is already taken The name is available. Register?

ބޮޑުމީހާ

21 July 2019

ބީޗް ކައިރިން ގޯތި ލިބުމަކީ ބީޗްގައި ކެފޭ ހިންގަން ފުރުސަތުދޭންޖެޙޭ ސަބަބެއް ނޫން. ހުޅުމާލެ އެންމެ ހިތްގައިމު ހިސާބުން ގެސްޓް ހައުސް ހަދަން ފުރުސަތު ލިބުނީވެސް ތިމީހުންނަށް. ތިތާ ބީޗްގަ ވަކި ސަރަހައްދުތަކެއްގައި ފުޑް ކޯޓް ހަދާފަ، ގެސްޓް ހައުސް ނެތް މީހުންނަށް ފުރުސަތުދޭންވީ

The name is already taken The name is available. Register?

އަލިބޭ

21 July 2019

ކެފޭ ހިންގިޔަސް އޭކޭ އެކަމަކު ދަރިން ގޮވައިގެން ވެލި ކުޅެލަން ދާނެ ދަނެއްވެސް އޮންނަންވާނެ ދެއްތޯ. ސިގިރޭޓު އެވަރު އަނެއްކާ ދޮންވެލި ގަޑުގަވެސް މޭޒު. މަގުން ފެށިގެން ދޮންވެލި ފެށޭ ހިސާބު ނުވަތަ ރަށް ހިމާޔަށް ކުރަން ޖަހާފައިވާ ގާބަރިޔާ ހަމަޔަށް ހުއްދަ ދިނުން ރަގަޅު

The name is already taken The name is available. Register?

ދާބެގެ

21 July 2019

ފުރަތަމަ ގާޑިޔަލުގެ އެއްފަރާތަށް ސަތަރިއެއް ދަމާލާނީ. ދެން އޭގެކޮޅު މުޑިޔެއްޖަހާނެ ފަހުން ޓިނުޖަހާނެ. އޭގެފަހުން ބިއްލޫރިވެސް ޖަހާނެ. ދެން އެވީ އެތަން އެމީހަކަށް ދޭންތަ؟

The name is already taken The name is available. Register?

އައްމަޑޭ1

21 July 2019

ފްލެޓްކުރިމަތީގަ ހެދިކާ ވިއްކަން ތިބީމަ މައްސަލައަކަށްވަނީ. ފުލުހުން ގެންނަނީ. މިހާރު ހެދިކާ ވިއްކަންތިބޭ ދައްތަމެން ބޭބެމެން އަތުން އެޗްޑީސީއަށް ކުލިވެސް ނަގާ. މީހަމަ ތެދެއް. އެކަމު ބަލަ ބީޗް ސަރަހައްދު ހިތަކަށް އެހެރަ ބޭނުންކުރަނީ. ވާގޮތަކީ ކަޓުވަރަށް ބޯކޮށް އެޗްޑީސީ ބޭފުޅުންނަށް ލިބޭ. އެކަމު ކިހިނެއް ޕްރޫވްކުރާނީ...

The name is already taken The name is available. Register?

އަދުރޭ ބިންތި ނިހާނު

21 July 2019

ހަނދަށް ދޭބަލަ ދިވެހިންނަށް ހިދުމަތްދޭން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454