ވިޔަފާރި / ރިޕޯޓް

ދަތެއްހެން ހެލިހެލި އޮތް މިފްކޯ؛ ދެން އެސްޓީއޯ ނޫން ބާ؟

މިފްކޯގެ މަސްފިހާރައިގައި ކަސްޓަމަރުންތަކެއް: ކުންފުނި އޮތީ ދަރަނިވެރިވެފައި -- ފޮޓޯ؛ މިފްކޯ ފޭސްބުކް ޕޭޖް

މިފްކޯ، 1993 ގައި ކުންފުންޏެއްގެ ގޮތުގައި އުފަންވި މައިގަނޑު ސަބަބަކީ ވެސް އޭރު އެސްޓީއޯގެ ދަށުގައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އެސްޓީއޯގެ ދަށުގައި އެފްޕީއައިޑީގެ ގޮތުގައި އެ ކުންފުނި ހިންގަމުން އައިސް، ރާއްޖޭގައި އެހާތަނަށް ނުހިންގާ ވަރުގެ ބޮޑު ކޮރަޕްޝަނެއް ފަޅާ އަރައި، ބޭރުގެ މާލީ އިދާރާތަކުން ފިއްތި ފިއްތުންތަކާ ވެސް އެކު އެތަން ވަކި ކުންފުންޏަކަށް ބަދަލުކޮށްލި އެވެ. އޭރު އެކަން އެނގޭ ބައެއް މީހުން ބުނި ގޮތުގައި، ރާއްޖޭގެ މަސް ކުންފުނި، އެސްޓީއޯ ކަހަލަ ކުންފުންޏެއްގެ ދަށުގައި ޑިޕާޓްމެންޓެއްގެ ގޮތުގައި އޮތުމަށް ވުރެ ވަކި ކުންފުންޏެއްގެ ގޮތުގައި އޮތުމުން އެސްޓީއޯ ވަރުގެ އެހެން ކުންފުންޏެއް އުފެދުން ވަރަށް ގާތެވެ. އެކަމަކު އޭގެ 23 އަހަރު ފަހުން މި ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އަނެއްކާ ވެސް އަޅުގަނޑުމެންނަށް މި ފެނުނީ ޖެހުނު ތާނގައި ގޮސް ޖެހު ތަނެވެ. އެސްޓީއޯ ކަހަލަ ކުންފުންޏެއް އުފަންވުމުގެ ބަދަލުގައި މި ފެނުނީ ބަނގުރޫޓުވެފައިވާ ކުންފުންޏެކެވެ. އަނެއްކާ ވެސް މި ދިޔައީ 23 އަހަރު ފަހަތަށެވެ.

މިފްކޯގެ އުފެއްދުމެއް އާންމުންނަށް ދައްކާލަނީ -- ފޮޓޯ: މިފްކޯ ފޭސްބުކް ޕޭޖް

މި ހިސާބަށް ދިޔައީ ކީއްވެ؟

މިފްކޯގެ ހަޔާތުގައި، އަދި އޭގެ ކުރިން ވެސް އެ ކުންފުންޏަށް ސަރުކާރުން ވަނީ ތަފާތު އެކި ފަހަރު މަތިން ލޯނު ދޫކޮށްފަ އެވެ. ސަރުކާރުން ނުދޭ އެހީއެއް ނެތެވެ. ވިޔަފާރި ކުންފުންޏަކަށް ވިޔަސް، ރަށްރަށާއި މާލެ އިން ވެސް އެ ކުންފުންޏަށް ވަނީ ހިލޭ ބިންތައް ދީފަ އެވެ. ނުވިތާކަށް ރަށްރަށް ވެސް ދީފަ އެވެ. އެހެން ނަމަވެސް ކުންފުނި ދޭތެރެއަކުން ރަނގަޅުވެލިޔަސް، ޖުމްލަކޮށް ދިޔައީ ދަށަށެވެ. ނަގާފައި ހުރި ލޯނުތައް ނުދެއްކި، ކުންފުނި އޮތީ އަރައިނުގަނެވޭ ހާލަތަށް ގޮސްފަ އެވެ. ޚާއްސަކޮށް ދެ ހާހުގެ ފުރަތަމަ ދިހައިގެ ފަހުކޮޅުން ފެށިގެން ކުންފުނި އޮތީ ނޭވާ ހޮޅިއަށް އެޅިފަ އެވެ.

ރާއްޖޭގެ މަސްވެރިކަން ޕްރައިވެޓައިޒް ކުރި ހިސާބުން ފެށިގެން މިފްކޯ އަށް ހަގީގަތުގައި ހަމަ ނޭވާއެއް ނުލެވެ އެވެ. އޭރު އުފެދުނު މަސް ކުންފުނިތަކުގެ ތެރެއިން ކަޅުބިލަމަސް ގަނެ ވިއްކާ ބައެއް ކުންފުނިތައް މިފްކޯއާ އަރާ ހަމަކޮށް ވާދަކުރަން ފެށި އެވެ. ކަންނެލީގެ އެކްސްޕޯޓަށް ނުކުތް މީހުން އެއަށް ވުރެ މާ މައްޗަށް ދެމިލި އެވެ.

"މިއީ ބައިވަރު ސަބަބުތަކެއް ކުރިމަތިވެގެން ވީ ކަމެއް. އޭގެ ތެރެއިން އެއް ކަމަކީ މިސް މެނޭޖް ކުރުން. ރަށްރަށުން ބޮޑު އަގުގައި ތަަންތަން ކުއްޔަށް ހިފައިގެން އަމިއްލަ މީސްމީހުން 10 ވަރަކަށް އަހަރުގެ ތެރޭގައި ބޮޑެތި ކޭނަރީތަކާއި ކޯލްޑް ސްޓޯރޭޖްތަކާއި ބޮޑެތި އުޅަނދުފަހަރު ގަނެގެން މި ވިޔަފާރީގައި މިލިއަނަރުންނަށް ވި އިރު، ކަނޑުއޮތްގިރި ކަހަލަ ރަށްރަށުގައި ސެޓަޕް ހަދައިގެން އެއްވެސް ކުއްޔެއް ނެތި މިފްކޯ މި ހެދީ ކިހިނެއް ބާއޭ މި ހިތަށް އަރަނީ،" ކުރިން މިފްކޯގެ އިސް މަގާމެއް ފުރުއްވި ބޭފުޅަކު ވިދާޅުވި އެވެ. "ހަގީގަތުގައި ރަނގަޅަށް ބާރުތައް ލިބިގެން ރަނގަޅަށް ތަން މެނޭޖްކުރި ނަމަ ވެސް މިހެނެއް ނުވީސް."

މިފްްކޯގައި ގާތްގަނޑަކަށް 17 ވަރަކަށް އަހަރު މަސައްކަތް ކުރެއްވި، މިހާރު ސަރުކާރުގައި އުޅުއްވާ އިސް އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި، މިފްކޯ ކަހަލަ މަސްވެރި ކުންފުންޏެއް މި ހާލަތަށް ދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ފަހުން އައި އެކި ސަރުކާރުތަކުން މިފްްކޯ ހިންގަމުން އައި ނިޒާމު ފުނޑުކޮށްލައި، އަމިއްލަ ގޮތްތައް އޭގެ ތެރެއަށް ވެއްދުމަކީ ނަތީޖާ އިތުރަށް ގޯސްވި ކަމެކެވެ. ހަމަ އެހެންމެ، ޓެކްނިކަލް ދާއިރާއެއް ހުރިހާ ސަރުކާރުތަކުން ވެސް "ސިޔާސީ އައްޑާ" އަކަށް ހެދުމުގެ ނަތީޖާ މި ފެނުނީ ވަރަށް ދެރަވަރުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ މަސްފިހާރަ: ގިނަ އުފެއްދުންތަކެއް ހުއްޓަސް ކުރިއަރަމުން ނުދާ ކުންފުންޏެއް -- ފޮޓޯ: މިފްކޯ ފޭސްބުކް ޕޭޖް

"މަސްވެރިންނަށް ތިން މިލިއަން ރުފިޔާ ދޭން ޖެހިފައި އޮވެ އެ ނުދެވި އަދި މަސްވެރިންގެ އަތުން ކްރެޑިޓަށް މަސް ގަނެ، އެ ނުދެވި އޮންނަން ޖެހޭ ހިސާބަށް މިފްކޯ ކަހަލަ ކުންފުންޏެއް ދިއުމަކީ ގަބޫލު ކުރެވޭ ވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިފްކޯ އޮތް ހާލަތު އަބަދުވެސް ސަރުކާރުތަކަށް އެނގޭ އިރު އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި، އެތާނގެ ދަރަނި 300 މިލިއަނަށް އަރައިގެން ދިޔައިރު ވެސް އެންމެން ހެވިފައި ތިބުމަކީ ވެސް ހެދިފައި އޮތް ވަރަށް ބޮޑު ގޯހެކެވެ. ރައްޔިތުންނަށް ދަރާ ހިސާބަށް ކުންފުނި ދިޔަ މައިގަނޑު އެއް ސަބަބަކީ، "ހެލެމުން ދިޔަ ދަތަށް" ފަރުވާ ނުކުރެވުން ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

ސިޔާސީ ނުފޫޒު އެއީ އެންމެ ބޮޑު މައްސަލަ

މިފްކޯ ހަލާކުވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ އެއް ފަރާތަކީ ވެސް ސަރުކާރެވެ. އެ ކުންފުނި ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ސިޔާސީ ނުފޫޒު އެތަނަށް އަބަދު ވެސް އޮވެ އެވެ.

"އެތާނގެ އެންމެ ބޮޑަށް ހުންނަ މީހާ އަކީ އެންމެ ފުރަތަމައިނުން ވެސް ސިޔާސީ މީހެއް. އޭނާ އަށް އެބަ އެނގޭ އޭނާގެ ޕޮލިސީތައް ނުހިނގާނެކަން. ކިތަންމެ ކަމެއް ރޭވިޔަސް، ކިތަންމެ މޮޅަށް ޕްލޭން ކުރިޔަސް ކިތަންމެ އަގެއް ކަނޑައެޅިޔަސް އާޚިރުގައި ފަހު ބަސް ބުނާނީ އޭނާ ނޫން ކަން (ސަރުކާރުގެ މަތީ ވެރިޔަކުކަން) އޭނާ އަށް އެބަ އެނގޭ،" އޭނާ ވިދާޅުވި އެވެ.

ވެފައި ވެސް ހުރީ އެހެންނެވެ؛ މިފްކޯ ހިނގަމުން ދަނީ އެގޮތަށެވެ. ބައެއް ފަހަރު ނުއަގުގައި މަސްވެރިންގެ އަތުން މަސް ގަނެގެން އޭގެ ސަބަބުން ކުންފުނި އަރައި ނުގަނެވިގެން އުޅުނު އަހަރުތަކެއް ވެސް ވޭތުވެގެން ދިޔަ އެވެ. އިންތިހާބެއް އޮއްވާ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު މައްޗަށް ދިޔަޔަސް، ރާއްޖޭގައި މަހުގެ އަގުތަކަށް ބަދަލެއް ނުގެނެ އެވެ. މަސްވެރިން ރުޅިގަދަ ވެދާނެތީ، ސަރުކާރަށް އެ ނިންމުން ނިންމާކަށް ނުކެރެ އެވެ. އެހެންވެ، އެ ހުރިހާ ގެއްލުމެއް ބޮލުގައި އަޅަން ޖެހިފައި މި އޮންނަނީ މިފްކޯ އެވެ.

ދެން އޮތީ އިދާރީ ހިންގުމެވެ.

"އެމްޑީޕީގެ ސަރުކާރު އައިއިރު ވެސް މިފްކޯ އޮތީ ވަރަށް ހާލުގައި. އެމްޑީޕީ ސަރުކާރު އައިސް ކުރި ކަންތައް ވެސް ގޯސް. ކުއްލިއަކަށް މި ފެނުނީ ތިން ކުންފުންޏަށް ބައިކޮށްލި ތަން. އެހެންވީމަ، މިސާލަކަށް އޭރު ފެލިވަރަކީ ވަރަށް ގިނަ އަދަދަކަށް ދަޅު މަސް އުފައްދާ ކުންފުންޏެއް. އެ ކުންފުންޏަށްް ބޭނުންވާ މަސް މި ގެންނަނީ ހުވަދު އަތޮޅުން. އެ ބަދަލާ އެކު ފެލިވަރު އެއްކޮށް ހަމަ ބަނގުރޫޓުވެއްޖެ. އުފެއްދުން ގާތްގަނޑަކަށް ފަސް ޓަނަށް ތިރިވެގެން ދިޔަ،" މިފްކޯގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ސިޔާސީ ފިއްތުންތަކާއި ސިޔާސީ އަމުރުތަކަކީ މިކަހަލަ މޫސުމާ ގުޅިފައި ހުންނަ ވިޔަފާރިތަކަށް އައިސްގެން ވާނެ ނުފޫޒަކަށް ވެގެން ނުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވި އެވެ. އެކަމަކު ދައުލަތުން މިފްކޯ ވެސް ކުޅެފައި އޮތީ ސިޔާސީ ކުޅިބައިގެ ތެރޭގަ އެވެ. އެއީ ހުރިހާ ސަރުކާރަކުން ވެސް އެކަން ކުރި، އަދި ކުރަމުން ވެސް އަންނަ ގޮތެވެ.

"ބައެއް އެމްޕީން ގުޅައި ޕްރެޝާ ކޮށްގެން އެބަހުރި ބައެއް ދިމަދިމާ އަށް ބޯޓުފަހަރު ފޮނުވައިގެން މަސް ވެސް ގަނުވާފައި. އެ ނުބަލާ ކުންފުންޏަށް ކިހާ ވަރެއްގެ ގެއްލުމެއްތޯ މި ވަނީ،" މިފްކޯގައި ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ. "މިހިރީ ކުރަން ހެޔޮވާ ވަރުގެ ކަންކަމެއް ނޫން. މިފްކޯ ކަހަލަ ކުންފުނިތައް ބާރާ އެކު ތަޖުރިބާކާރު މީހުންނާ ހަވާލުކޮށްގެން، ނުފޫޒު ނުފޯރާ ގޮތަކަށް އެކަން އެބަ ކުރަން ޖެހޭ."

ދެން ބަނގުރޫޓުވާނީ އެސްޓީއޯ ނޫންބާ؟

މިފްކޯ މިހާރު އަސްލު އޮތީ ވަރަށް ހާލުގަ އެވެ. ދައުލަތަށް ދައްކަން ޖެހޭ ލޯނުތަކާ ސަރުކާރުން ހަވާލުވިޔަސް، ކުންފުނި ކޮޅަށް ޖެހުމަށް ޓަކައި، މިފްކޯގެ އާ ބެލެނިވެރިޔާ އެސްޓީއޯ އިން ބޮޑު އަދަދެއް އިންވެސްޓް ކުރަން ޖެހެ އެވެ. އޮޕަރޭޝަންގައި ހުރި ބޯޓުފަހަރުގެ ތެރެއިން ރަނގަޅު ކޮންޑިޝަންގައި އޮތީ މަދު އެއްޗެކެވެ. ފެކްޓަރީތައް އަޕްގްރޭޑް ކުރަން ޖެހެ އެވެ. އަދި ހަމައެހެންމެ، ރަނގަޅު މާކެޓްތަކުގެ ތެރެއަށް ވަދެ، ދުނިޔޭގެ ބައެއް ގައުމުތަކުގެ މަސް ކުންފުނިތަކާ ވާދަކުރަން އެބަޖެހެ އެވެ. މަސްވެރިކަމުގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، މިފްކޯ މިހާރު އޮތީ ރާއްޖޭގެ ބައެއް މަސް ކުންފުނިތަކަށް ވުރެ ވެސް ފަހަތުގަ އެވެ. ތަން ހަމަ މަގަށް އަޅުވަން އެތައް މިލިއަން ރުފިޔާއެއް އޮއްސާލަން އެބަޖެހެ އެވެ.

"ކަންނެލީގެ އެކްސްޕޯޓަށް ބަލައިފިއްޔާ ރާއްޖޭގައި އަމިއްލަ ފަރާތްތަކުން މިހާރު އުޅެނީ މާ ކުރީގައި. ކަނޑުއޮތް ގިރި އޮތީ ވަރަށް ހާލުގައި. މިފްކޯ އަށް ގަވައިދުން މަސް ކިރުވަމުން އައި ދޯނިފަހަރު މިހާރު އަމިއްލަ މީސްމީހުން ގާތަށް ގޮސް މަސް ކިރަން ފަށައިފި،" އޭނާ ވިދާޅުވި އެވެ.

މިފްކޯގެ މަސްފިހާރަިގެ އުފެއްދުންތަކެއް ދައްކާލަނީ -- ފޮޓޯ؛ މިފްކޯ ފޭސްބުކް ޕޭޖް

ސަރުކާރުން މިފްކޯ އެސްޓީއޯގެ ދަށަށް ގެންދިޔަ މައިގަނޑު ސަބަބަކީ، ސަރުކާރުން ބުނި ގޮތުގައި ދެ ކުންފުނި ގުޅި ލާމެހިފައި އޮތުމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ މިފްކޯ އަށް ބޭނުންވާ ހުރިހާ ތެލެއް އެސްޓީއޯ އިން ގަތުމެވެ. އަނެއް ކަމަކީ، އެސްޓީއޯ އަށް ބޭނުންވާ ބޭރު ފައިސާ މިފްކޯ މެދުވެރިކޮށް ފަސޭހައިން ލިބުމެވެ. އެކަމަކު ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ ސަރުކާރުން ހަދާނެ ވަރަށް ބޮޑު އެއް ގޯހެވެ.

"އޭގެ ސަބަބުން ދެން އެސްޓީއޯ އިން މިފްކޯ އަށް ވިއްކާ ތެލުން ލިބޭ އެތިކޮޅު ވެސް އެ ގެއްލުނީ،" އޭނާ ވިދާޅުވި އެވެ. "މިކަހަލަ ދަރަނިވާ ކުންފުނިތައް ދުޅަހެޔޮ ކުންފުނިތަކާ ހަވާލު ކުރުން ރަނގަޅެއް ނޫން. ސަބަބަކީ އޭރުން ދުޅަހެޔޮކޮށް އޮންނަ ކުންފުނި ވެސް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އޮތުން."

އެސްޓީއޯ ކަހަލަ ކުންފުންޏަކާ މިފްކޯ ހަވާލުކޮށްފި ނަމަ ރަނގަޅުވުމުގެ ނުވަތަ ރަނގަޅު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެހެން ނަމަވެސް، އެއީ މިހާރު އެސްޓީއޯ އާއި މިފްކޯގައި އޮތް ކަހަލަ ސިޔާސީ ސިޔާސަތުތަކުން އެއްކިބާވެފައިވާ ނިޒާމެއް އޮވެގެން ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"ނުއަގުގައި މަސް ގަނެގެން، ސަރުކާރުން ބުނީމަ ބޭނުންވާހާ ހަރަދެއް ކޮށްގެން، ސަރުކާރުން ބޭނުންވާ ކަންކަން ސްޕޮންސާ ކޮށްގެން، ތަންދޮރު ނުދަންނަ މީސްމީހުން ބޮޑެތި މަގާމުތަކަށް ލައިގެން އަނެއްކާ ވެސް މިފްކޯ ހިންގަން ވެއްޖެ ނަމަ އެސްޓީއޯ ވެސް ހަލާކުގެ ތެރެއަށް ވެއްޓުމުގެ ބިރު އެބައޮތް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

މިފްކޯ، އެސްޓީއޯގެ ދަށަށް ބަދަލުކުރި ސީދާ ސަބަބު ސަރުކާރުން ނުބުންޏަސް އިގްތިސާދީ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އެ ބަދަލު ގެނައީ މިފްކޯ އަށް ބޭނުންވާ ފައިސާ ސަރުކާރަށް ނުދެވޭތީ އެކަމަށް ގެނައި ހައްލެއްގެ ގޮތުންނެވެ. އެހެން ވެއްޖެ ނަމަ، އެ ފައިސާ އެސްޓީއޯ އަށް ދެވޭނީ ކިހާ ދުވަހަކުތޯ ވެސް އެ ބޭފުޅުން ސުވާލުކުރައްވަ އެވެ.

"އެސްޓީއޯ އަކީ ވެސް ވަކި ވިޔަފާރިތަކަކަށް ބަރޯސާ ވެފައި އޮތް ކުންފުންޏެއް. މިފްކޯ އަށް ފައިދާއެއް ނުވެ، އެސްޓީއޯގެ އެހެން ވިޔަފާރިތަކުން އެ ފައިސާ ހޭދަކުރަން ވެއްޖެ ނަމަ އެކަން އެސްޓީއޯ އަށް ދެމެހެއްޓޭނީ ކިހާ ދުވަހަކަށް ބާ؟" އެއް ބޭފުޅަކު ސުވާލު ކުރެއްވި އެވެ.

މިފްކޯ އަށް ފައިދާއެއް ނުވެ، އެސްޓީއޯގެ އެހެން ވިޔަފާރިތަކުން އެ ފައިސާ ހޭދަކުރަން ވެއްޖެ ނަމަ އެކަން އެސްޓީއޯ އަށް ދެމެހެއްޓޭނީ ކިހާ ދުވަހަކަށް ބާ؟"

ރާއްޖޭގެ މަސްވެރިކަމުގައި އަދިވެސް ކުރިމަގު އެބައޮތެވެ. ޚާއްސަކޮށް ސަރުކާރުގެ މަސް ކުންފުންޏަކަށް ދެމިގަނެވޭނެ ވަރަށް ފުޅާ ފުރުސަތެއް ވެސް އެބައޮތެވެ. އެޑްވާންޓޭޖްތައް ވެސް ވަރަށް ގިނަ އެވެ. މާނައަކީ މިފްކޯ އަށް ހަރުދަނާ، މިނިވަން ސިޔާސަތުތަކެއް ކަނޑައެޅި، ތަޖުރިބާކާރުންނާ އެކު ސީރިއަސް ވިޔަފާރި ކުންފުންޏަކަށް ބަދަލުކޮށްލައިފި ނަމަ އެ ކުންފުނި އަދިވެސް ނެގެހެއްޓިދާނެ އެވެ. އެކަމަކު ސިޔާސީ ހުރިހާ ފިއްތުންތަކެއް އެއްފަރާތް ކޮށްލައިގެން ނޫނީ އެކަން ވާކަށް ނެތެވެ.

36 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 17%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ

03 October 2016

މިފްކޯ ބައި ކޮއްލާ ކޫއްޑޫ، ފެލިވަރު، ވަކިކޮްލުމުން ހަގީގަތުގައި ފައިދާ ވިކަން އެނގޭ، ކުރިން މުޅި މިފްކޯ އަށް ގެއްލުން ވަމުން ދަނިކޮށް، އެއިރު އެވަކި ކުރުމުން ކޫއްޑޫ ދިޔައި ވ ބާރަށް ކުރިއަށް، އަދި ސަރުކަރުގެ 1 ކުންފުނި އެއީ އަމިއްލަ ޒާތުގައި ހިގައިގަނެ، އަމިއްލަ އަށް މަސް ބަންދުވެސް ކުރި، އެހެނަސް ފެލިވަރުގެ މެޝިން ތައް ގިން ދުވަސް ތަކެއް ވަނދެްން ރިޕެއރ ކުރުމެއް ނެތި، ހުރުމުން މެިންޓަނަނސް ކޮސްޓް ބޮޑުވެ، ދާޅު ބަންދު ކުރުމުގެ އޮޕަރޭޝަންސް ގެއްލުން ވަމުން ދިޔަ... އެހެނަސް އެކަން ރަނގޅާު ނުކޮށް އަނެއްކާވެސް ބޮޑު އެއް މިފްކޯ އެނބްުރި އައީމަ މުލި ކުންފުނި ބެކް ޓޫ ލޮސް ސްޓޭޓަސް އަށް ދިޔައީ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

03 October 2016

ތަން ހަމަ މަގަށް އަޅުވަން ކިތަންމެ ގިނަ ފައިސާއެއް އޮއްސިއަސް ހައްލެއްނުވާނެ، އެފައިސާއަކީ އެއިރަކު ތަނުގަ ތިބޭ ވެރިންގެ އެއްޗަކަށް އެފައިސާ ވާނަމަ، މިފްކޯގެ ތިޖޫރި ފުރެންދެން އަޅާފަ ހުރި ފައިސާ އިރު އޮއްސިފަ އަލިވިލުނު އިރު ހުރީ ހުސް ފޭކު، (ކައުންޓަފީޓް) ފައިސާ ، މިހާތަނަށް އެކަމުގަ ޒިންމާވާނެ މީހަކުނެތް، މިކަހަލަ ކިތަންމެ ޖަރީމާއެއް ހިންގާ ތަނެއް ތިޔަ ކުންފުންޏަކީ ފެށުނީއްސުރެވެސް، ބިމު ކުއްޔަކީ މިހާޜު ވަރަށް ބޮޑު އެއްޗެއް އަމިއްލަ ކުންފުނި ތަކުން ބިމު ކުލީގެ ގޮތުކަ މިލިއަނުން ފައިސާ ދައްކައިގެން ކުރިއަށްދާއިރު، ބިމުކުލި ނުދައްކާ ކުރާ ވިޔަފާރިން މިފްކޯ އަބަދުވެސް ފަހަތަށް، އެހެންވީމަ ބުނެވޭނީ ހަމަ ކަރަޕްޝަން އިންތިހާއޭ، އހ.

The name is already taken The name is available. Register?

ދާދިފަސް

03 October 2016

އެންސިސް އަކީ މިފްކޯއަށް ބަލާއިރު ހާހަކާ ސުމެއްގެ ތަފާތު ރިސޯސް ލިބިފައިވާ ކުންފުންޏެކެވެ. އެމީހުން މަސްވިއްކައިގެން ލިބުނު ފައިދާއިން ތަފާތު އެތައް ވިޔަފާރިތައް ފަށައި އެ ވިޔަފާރިތައް ބޮޑެތި ވިޔަފާރިތަކަށް ބަދަލުވިއިރު ރައްޔިތުންގެ އެތައްބިލިއަން ރުފިޔާއެއް ހޭދަކޮށްގެން އުފެއްދި މިފްކޯ 300 މިލިއަން ރުފިޔާއިން ދެރިވާހަކަ އެއީ މިގަރުނުގެ ބޮޑު ޖޯކް! ވެދާނެދޯ އެތަނަށް ވަންނަފައިސާވެސް އެމް.އެމް.ޕީއާރސީގެ ފައިސާ ގޮތަށް ޗެކް ހަދައިގެން މީސްމީހުންގެ އެކައުންޓަށް ޖަމާކުރަންޏާ.

The name is already taken The name is available. Register?

އަޤްލީމް

03 October 2016

މި ރިޕޯޓް ލިޔުނު މީހާއަށް ނޭގުނު މިފްކޯ ތެރޭގައި ހުރި ކޮރަޕްޝަންގެ ވާހަކަ ލިޔެލާކަން. ކުންފުނި މިހާހިސާބަށް ދިޔާއީ ކުންފުނީގެ ތެރޭގައި ކޮރަޕްޝަން ބޮޑުވެގެން. ކޫޢްޑޫ އަށް ބޭނުންވާ ފަންސުރުވެސް ގަންނަން މިޖެހޭނީ މާލެ އިން ބޮޑޫ އަގުގައި. ހުރިހާ އެއްޗެއް ސަޕަލައި ކުރަން ހަވާލުކޮށްފައި މިއޮނަންނީ ސަރުކާރުގެ ކޮންމެވެސް ނުފޫޒު ގަދަ މީހަކާ، މިހެންވީމާ، އަގުހެޔޮކޮށް ލިބޭއެތިވެސް ގަންނަން މިޖެހެނީ %500 އަގުބޮޑުކޮށް.

The name is already taken The name is available. Register?

ހީނާ

03 October 2016

ކުންފުނިތައް މިކަހަލަ އަޑިގަނޑުތަކުން ސަލާމަތް ވުން އެއީ އަބަދުވެސް އުއްމީދު. އެސްޓީއޯ ކަހަލަ ބޮޑު ކުންފުންޏެއްގެ ދަށަށް މި ކުންފުނި ގެނައުން އެއީ ކުރިއަށް ނެންގެވި ވަރަށްބޮޑު ފިޔަވަޅެއްކަމަށް މި ދެކެނީ. ކުންފުނީގެ ހިންގުން ހަރުދަނާކުރާނެ ހަމަ ޔަގީނުންވެސް. ކުރިން ނުފެންނަ ގިނަ ބަދަލުތަކާއި އެކު މިފްކޯ އަދި ކުރިއަރާނެ އިންޝާ ﷲ !!

The name is already taken The name is available. Register?

އާދަނުބޭ

03 October 2016

މިފްކޯ ދަރަނިވެރިވުމުގައި އަބަދުވެސް މައިގަނޑު ރޯލެއްކުޅޭ މައިގަނޑޫ އެއްބައި މި ރިޕޯޓުގައި އެވިދާޅުވާ 17 އހަރުވީ މިފްކޯގެ ބޭުފޅާވެސް ވިދާޅެއްނުވޭ. އެއީ މިފްކޯ ގެ އިސްވެރިންގެ ކޮރަޕްޝަން ގެ މިނވަރު މަތިވުމުން. އެތަނުގައި އިސްކޮށް އުޅުއްވިވެރިން އެފަދަ ޖަރީމާތައް ހިންގި. އަދި މިހާރުވެސް ދަނީ ހިންގަމުން. މިފްކޯ ޖެހޭނީ އަލުން އޮވާރހޯލްކޮށް ޑިކާބާާޏައިޒްކުރަން. އެކަންކުރަންބޭނުންަނީ ތެދުވެރިކަމާއި އިޙޢލާސްތެރިކަން. މިފްކޯ ވަރަށް ކައިރިން ދުށް މިދާއިރާގައި މަސައްކަތްކުރާމީހެއްގެ އިޙަލާސްތެރި ޝޫއޫރަކީއީ. މީއީއެވެ.

The name is already taken The name is available. Register?

އަގަގަދަ މިތުރު

03 October 2016

ފެލިވަރު އުވާލަންޏާ ކޫއްޑޫވެސް އުވާލަންވީ. އެއިޥެސް އެހިސާބުގަޑުގެމީހުން ދެމުނުގޮތަކަށް ނާޖާއިޒްކޮށް އެއްޗެތި ދަމާ ތަނެއް.

The name is already taken The name is available. Register?

އެކްސް

03 October 2016

ދިވެހިރާއްޖޭގެ ކަންކަން ރަނގަޅުކުރެވޭނީ ސިޔާސީ ވިސްނުންދޫކޮށް ގައުމީ މަސްލަހަތު ކުރިއަށް ނެރެގެން.

The name is already taken The name is available. Register?

މުހައްމަދު

03 October 2016

މިހާ ބޮޑު ހިސްޓްރީ އެއް އޮތް ކުންފުންޏަކާ ބެހޭގޮތުން މިވަރުގެ އާރޓިކަލް އެއް ލިޔެލީމަ ހުންނާނެ ނޫސްވެރިކަން ކުރެވިފަ. ހަޤީގަތް ރަނގޅަށް ދިރާސާ ކޮށްފަ ލިޔުނު ނަމަ މިއަށް ވުރެ ފެކްޓްސް ގިނަކޮށް ލިޔެވޭނެ. މިތާގަ ގިނައިން ދައްކާފަ ހުރީ ތޯތޯ ވާހަކަ. އެމް.ޑީ.ޕީ ސަރުކާރުން ކޮންމެ ގޮތަކަށް ކަންކަން ނިންމި ކަމުގައި ވިޔަސް ކޫއްޑޫ އަދި ފެލިވަރު ކުންފުންޏަކީ ތަނަވަސް ދަރަނިން ސަލާމަތްވެފަ އޮތް ދެ ކުންފުންޏަށް ޑރ. ވަހީދުގެ ސަރުކާރުގެ ކުރުމުއްދަތުގައި ބަދަލުވި. ސަރުކާރަށް ކޮނެމެ އަހަރަކު 10 މިލިޔަން ރުފިޔާގެ ޑިވިޑެންޓް ދެއްކި. އަދި ފިނޭންސް މިނިސްޓްރީގެ އެދުމަށް އެޑްވާންސްކޮށް ކުރިއަށް އޮތް އަޖަރަށްވެސް ޑިވިޑެންޓް ދެއްކި. އެސް.ޓީ.އޯ. ސްޓެލްކޯ، އާސަންދަ ފަދަ ޑޮލަރ ބޭނުންވާ ކުންފުނި ތަކަށް ޑޮލަރ ސަޕްލައިކޮށްދިން. ކޫއްޑޫގައި އިތުރު އިންވެސްޓްމެންޓް ޤާއިމްކުރި، މިފްކޯގެ ލޯނު ދެއްކުމަށް ސަރުކާރުގެ އެދުމަށް 40 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ބޭންކް ތަކަށް ދައްކައިދިން، ކޫއްޑޫ އިންވެސްޓްމެންޓު ފުޅާކުރުމަށް އައްޑޫގައި ކޯލްޑް ސްޓޯރޭކް އަދި ލޮއިން ޕްލާންޓް ގާއިމް ކުރުމަށް ކުންފުނިން 2 މިލިޔަން ޑޮލަރ އިންވެސްޓް ކޮށް ބޭންކުން 4.5 މިލިޔަން ޑޮލަރުގެ ލޯނެއް ހަމަޖެއްސި. މިހުރިހާ ކަމަކާ އެކު 2013 ވަނަ އަހަރު ނިމުނު އިރު ކުންފުނީގައި 50 މިލިޔަނަށްވުރެ ގިނަ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ހުރިކަމަށް އޮޑިޓް ރިޕޯރޓް ތަކުން ދައްކާ. އޭގެ 2 އަހަރު ފަހުން މިހާލަތަށް ދިޔައިމަ މުވައްޒަފުންނަށްވެސް އެނގޭ މިވާނުވާ. -ޚުއްޑޫ ހެޑް އޮފީސް މުވައްޒަފެއް-

The name is already taken The name is available. Register?

މަ

03 October 2016

އޯ ޕްލީޒް. ދެން ހަޖަމް. ޢެއޮތީ ބަދަލުކޮށްފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454