މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައި ބަޔަކު ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމަށްޓަކައި ފުލުހުންގެ ލޯންޗަކަށް އަރުވަނީ.---ފޮޓޯ: ޕޮލިސް
30 މެއި 2020 - 09:44
އއ. ތޮއްޑު އާއި ށ. ނަރުދޫގައި އަވަސް ފަރުވާ ނުލިބުމުގެ ސަބަބުން ބަނޑަށް ދަރިފުޅު މަރުވުމުގެ ހިތާމަވެރި ދެ ހާދިސާއެއް ހިނގައިފި އެވެ. ދެ އާއިލާއިން ވެސް ބުނަނީ އެ ރަށްރަށުން ލިބެން ނެތް ފަރުވާ ހޯދަން އެހެން ރަށަކަށް ދާން ހުއްދައަށް އެދުމުން އެ ހުއްދަ ލިބުން ލަސްވި ކަމަށެވެ. އެހެންކަމުން އާއިލާތަކުން ކަމާ ބެހޭ ފަރާތްތަކުގެ ބޮލުގައި އަޅުވަނީ އިހުމާލުގެ ތުހުމަތެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރަށް ހަރުކަށި ފިޔަވަޅުތަކެއް މާލެ ސަރަހައްދާއި މުޅި ރާއްޖޭގައި އަޅައިފައި ވަނީ ފަރުވާއެއް ނެތް އެ ބަލި ޖެހޭ މީހުން ގިނަވެ، އެތައް ބައެއްގެ ފުރާނަ ގެއްލިދާނެތީ އެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމްގެ ގާބިލްކަމަށް ވުރެ ބަލިމީހުން އިތުރުވެ، މުޅި ނިޒާމް ފުނޑިދާނެތީ އެވެ. އެހެންކަމުން ފިޔަވަޅުތައް އެޅުމަކީ ރަނގަޅު ނިންމުމެކެވެ. އެކަމަކު އެ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް-19 ނޫން ބަލިތަކުގައި ހިތާމަވެރި ހާދިސާތައް ހިނގުމަކީ، އަނެއްކޮޅުން މައްސަލައެއް ވެސް މެ އެވެ.
Vihan gendhiun lasve Narudhoo meehehge bandah dharifulhu maruvejje
The most trusted news source in the Maldives
Mihaaru
ވިހަން ގެންދިއުން ލަސްވެ ނަރުދޫގައި ބަނޑަށް ދަރިފުޅު މަރުވުން
ރާއްޖޭގެ 200 އެއްހާ ރަށުގައި މީހުން ދިރިއުޅޭއިރު އޭގެ ތެރެއިން ގިނަ ރަށްރަށުން ސިއްހީ ހިދުމަތް ލިބެން ހުރީ ވަރަށް އާދައިގެ ފެންވަރަކަށެވެ. އެހެންކަމުން ސިއްހީ ބޮޑެތި މައްސަލައެއް ދިމާވެއްޖެ ނަމަ އަވަހަށް ދާން ޖެހެނީ އެންމެ ކައިރީގައި ހުންނަ ހޮސްޕިޓަލަކަށެވެ. އެ ހޮސްޕިޓަލަކުން އެ ފަރުވާ ނުލިބޭ ނަމަ އެ މަޖެންސީކޮށް މާލެއަށެވެ. މާލެއިން ފަރުވާ ނުލިބޭ ނަމަ ރާއްޖެއިން ބޭރަށެވެ. މިއީ ކުރިންސުރެ ދިވެހިން ކުރަމުން އަންނަ ތަޖުރިބާތަކެވެ.
ކޮވިޑް-19 ފެތުރުނަ ނުދޭން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެއްރަށުން އަނެއް ރަށަށް ގޮސް އުޅުން މިވަނީ އުނދަގޫވެފަ އެވެ. އެހެންކަމުން ސިއްހީ ފަރުވާ ހޯދަން ވެސް އަމިއްލައަށް ފުރައިގެން ދެވޭނެ ގޮތެއް ނޯވެ އެވެ. މިއީ ކުއްލިއަކަށް ދިމާވާ ސިއްހީ މައްސަލަތަކުގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވެސް މިވަގުތު އޮތް ވަރަށް ބޮޑު ހުރަހެކެވެ.
"މިރަށުން ވަރަށް ފަހުން މީހަކަށް ހާޓް އެޓޭކެއް ޖެހުނީ. މިކޮޅު މަރުކަޒުން ދެވޭނެ މާ ބޮޑު ފަރުވާއެއް ނެތް. ދެން މޫސުން ވެސް ގޯސްވުމާ އެކު ވަރަށް އުނދަގުލުން އޭނާ ހޮސްޕިޓަލް ހުރި ރަށަކަށް ފޮނުވުނީ. އަސްލު ވަރަށް ލަސްވި ފޮނުވުނުލެއް،" ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ކުރިމަތިވެފައިވާ ދަތިތައް ކިޔައިދެއްވަމުން އުތުރު ރަށެއްގެ ކަމާބެ ހޭ އިދާރާއެއްގެ ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
"އެކޮޅުން ބަލައިފައި އޭނާ ވަނީ ދޫކޮށްލައިފައި. އެކަމަކު އޭނާގެ ހާލު ރަނގަޅެއް ނޫން އަދި ވެސް. މާލެ ދާން އެދިގެން އުޅޭތާ ވެސް ވަރަށް ދުވަސް ވެއްޖެ. އަދި ހުރީ ހަމަ ރަށުގައި."
ރަށުން ލިބެން ނެތް ފަރުވާއެއް ހޯދަން ހޮސްޕިޓަލް ހުރި ރަށަކަށް ދާން ބޭނުން ނަމަ އެމީހަކު ޖެހެނީ މިހާރު އެރަށެއްގެ ކައުންސިލަށް ޑޮކްޓަރުގެ ލިޔުން ހުށަހަޅާށެވެ. އޭރުން އެރަށު ކައުންސިލުން ހޮސްޕިޓަލް ހުރި ރަށެއްގެ ކައުންސިލަށް ގުޅައި އެމީހަކު އެރަށަށް ދިއުމުގެ ހުއްދަ ހޯދައި ދެ އެވެ. އެ އުސޫލުގެ ތެރެއިން އަމަލު ކުރާއިރު ހުއްދަ ލިބުމުގައި ލަސްތަކެއް އުޅުމާއި އެކި މީހުންނަށް އެކި ގޮތަށް އަމަލު ކުރުން ފަދަ ޝަކުވާތައް ބޮޑެވެ.
ކޮވިޑް-19އާ ގުޅިގެން ސިއްހީ ހިދުމަތް ހޯދަން އަމަލްކުރަން ޖެހޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފަ އެވެ. އެކަމަކު އެކަންކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް އާންމުންނަށް ލިބިފައިނުވާކަން، އެޗްއާރުސީއެމްގެ ދިރާސާއަކުން ދައްކަ އެވެ. އެ ދިރާސާގައި ބުނަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ހިދުމަތްތަކަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތު މާބަނޑު ގިނަ މީހުންނަށާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ނޭނގޭ ކަމަށެވެ. ދިރާސާގައި ބުނާ ގޮތުން ކޮވިޑް-19 ނޫން ސިއްހީ އެހެން މައްސަލައެއް ދިމާވެއްޖެ ނަމަ ފަރުވާ ހޯދާނެ ގޮތް ނޭނގޭ މީހުންގެ ނިސްބަތް 54 ޕަސެންޓަށް އަރަ އެވެ. ރަށުން ނުލިބޭ ސިއްހީ ހިދުމަތާއި އިމަޖެންސީ ފަރުވާ ހޯދަން އަމަލު ކުރަން ޖެހޭ ގޮތް 72 ޕަސެންޓް މީހުންނަށް ނޭނގޭ ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.
Covid-19: Sihhee inthizaamuthah gina bayakah Neyngey: HRCM
The most trusted news source in the Maldives
Mihaaru
ސިއްހީ އިންތިޒާމުތައް ގިނަ ބަޔަކަށް ނޭންގޭ ކަމަށް އެޗްއާރުސީއެމުން ބުނުން
އޭޕްރީލް 15 އިން ފެށިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންއަށް ލުއިދިން އިރު ވެސް ބައެއް މީހުންގެ ދުޅަހެޔޮ ސިއްހަތަށް މާ ބޮޑު ސަމާލުކަމެއް ދީފައިނުވާ ކަމުގެ ޝަކުވާ އެބަ އޮތެވެ. ކޮވިޑް-19ގެ ބިރުވެރިކަން އެންމެ ބޮޑަށް ތަހައްމަލްކުރި ސްޕެއިންނާއި އެހެން ބޮޑެތި ގައުމުތަކުގައި ލޮކްޑައުންއަށް ލުއި ދިނުމުގައި އިސްކަން ދިން އެއް ކަމަކީ އާންމުންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތެވެ. އެގޮތުން ގައިދުރުކަން ބަހައްޓައިގެން ކަސްރަތު ކުރުމާއި ހިތް އުފާކޮށްލަން ބޭރަށް ނުކުންނާނެ ފުރުސަތު ދިނެވެ. ނަމަވެސް ރާއްޖޭގައި އެކަމަށް ބަލާފައެއް ނުވެ އެވެ.
ގެއިން ބޭރަށް ނުކުންނަން ކުރިން ގެއަކުން އެކަކަށް ދިން ހުއްދަ ތިން މީހުންނަށް އިތުރުކޮށްލަ ދިނީ ހަމައެކަނި ވިޔަފާރި ކުރުމަށެވެ. އޭގެ އިތުރުން އުމުރުން 60 އަހަރުން މަތީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އާ ދެމެދު ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދިނެވެ. އެކަމަކު މާލޭގެ ކުދި ތަންތަންކޮޅުގައި ދިރިއުޅޭ އެހެން އުމުރުގެ މީހުންނަށް އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ކަމެއް ކުރާނެ ލުޔެއް ކުރިއަށް އޮތް ދެ ހަފުތާއަށް ވެސް ނެތެވެ. އޭގެ މާނައަކީ ގެއިން ނުކުމެ، ކަސްރަތުކޮށްލާ، ދުވެނުލާ ބައެއް މީހުންނަށް ދެ މަސް ހޭދަކުރަން ޖެހުމެވެ.
"ވަރަށް ބޮޑަށް ވިޔަފާރީގެ ނަޒަރުން ވިސްނާފައި ނިންމާފައިވާ ނިންމުންތަކެއް ގޮތަށް ފެންނަނީ. މިއީ ވަރަށް ކަންބޮޑުވާ ކަމެއް،" ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރަކު، ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވި އެވެ.
އެހެން މީހަކު ބުނި ގޮތުގައި މިފަދަ ދަނޑިވަޅެއްގައި ބައެއް ކަހަލަ ކަންކަން ނިންމާއިރު ހުރިހާ ދާއިރާއެއްގެ މީހުންގެ ބަސް ވެސް ހޯދަން ޖެހެ އެވެ. ޑޮކްޓަރުންގެ ބަހަކަށް ވާނީ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ވެސް ބަލި ހުއްޓުވުމެވެ. އެކަމަކު އެ ފިޔަވަޅުތަކާ އެކު ވެސް އާއްމު ދިރިއުޅުމުގެ އެހެން ކަންކަމަށް، ހާއްސަކޮށް ނަފްސާނީ އުނދަގޫތަކަށް، ހައްލު ހޯދޭނެ ގޮތްތައް އެކަމުގެ ތަޖުރިބާކާރުން ގާތުން ހޯދަން ޖެހެ އެވެ.
"'ކަލެކްޓިވް ނިންމުމެއް ނިންމަން ވާނީ. ގިނަ ބަޔަކު އެތިބީ ކުދިކުދި ތަންތަނުގައި ތާށިވެފައި. ބޭރަށް ނުކުމެއްޖެއްޔާ ކޮވިޑް ޖެހިދާނެ. ގޭގައި [އެގޮތަށް] ހުންނަން ވެއްޖެއްޔާ ނަފްސާނީ ގޮތުން ދާއިމަށް ގެއްލުމެއް ވެދާނެ. އެ ވެސް މަރު، މި ވެސް މަރު އުސޫލެއް އޮވެގެން ނުވާނެ،" އެމީހާ ބުންޏެވެ.
ނިމިދިޔަ ސަރުކާރުގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި ގޮތުގައި މިހާރު ފެންނަނީ ކޮވިޑް-19 އަށް އެކަނި ފޯކަސް ކުރުމުގެ ސަބަބުން މުޅި ސިއްހީ ނިޒާމް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އޮތް ތަނެވެ.
ސިއްހީ ހިދުމަތްތައް އެންމެ ރަނގަޅަށް ލިބެން ނެތް ރަށްރަށުން ބަލިވާ މީހުންނަށް އަވަސް ފަރުވާ ދިނުމަށް އޮންނަ އުސޫލުގައި އަތޮޅަށް ހާއްސަ ސީ އެމްބިއުލާންސް މެދުވެރިކޮށް ބަލިމީހާ އެންމެ ކައިރީ ހޮސްޕިޓަލަކަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ މިހާރު ކޮވިޑް-19 އަށް އެކަނި ސަމާލުކަން ދިނުމުގެ ސަބަބުން އެކަންކަން އެގޮތަށް ހިނގާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"ކުރިން ސީ އެމްބިއުލާންސްގެ ކަންކަން ވަރަށް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ހަމަޖައްސާފައި އޮންނާނީ. މިހާރު ކޮވިޑް-19 އަށް ފޯކަސް ގެއްލި ނިޒާމު ރަނގަޅަށް މަސައްކަތް ނުކޮށް މިވަނީ،" ނާޒިމް ވިދާޅުވި އެވެ.
"މިހާރު ފެނިގެން މިދަނީ އެހެނިހެން ބަލިތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވޭތަން. އެހެންވެ މިފަހުން ވެސް ދެތިން ހިތާމަވެރި ހާދިސާ ހިނގާފައި މިވަނީ. މިއީ ވަރަށް ދެރަ ކަމެއް."
އޭނާ ވިދާޅުވި ގޮތުގައި މި ދަނޑިވަޅު ހިތާމަވެރި ހާދިސާތައް ހުއްޓުވަން ކުރެވޭނެ ކަންކަން އެބަ ހުއްޓެވެ. އެގޮތުން މި ދުވަސްވަރު ކުއްލި ފަރުވާ ލިބޭނެ ގޮތްތައް ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި ކައުންސިލްތަކަށް އަންގައި އެކަމަށް ހޭލުންތެރިކުރެވިދާނެ އެވެ. ހާއްސަކޮށް ސީ އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ގޮތްތަކާއި މި ހާލަތުގައި އެހެން ބަލިތަކަށް ފަރުވާ ހޯދަން އެއް ރަށުން އަނެއް ރަށަށް ދެވޭނެ އުސޫލުތައް ރަށްރަށުގެ ކަމާ ބެހޭ ފަރާތްތަކަށް ރަނގަޅަށް އެނގިފައި އޮތުން ވެސް، ނާޒިމް ވިދާޅުވީ، މުހިންމު ކަމަށެވެ.
"ކުރިން އަމަލު ކުރަމުން އައި ގޮތްތައް މިހާރު ބަދަލުވެފައިވާއިރު މިހާރުގެ އުސޫލުތަކަކީ ކޮބައިކަން ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް އެނގެން ވާނެ. އަދި މި ހާލަތުގައި ރަށްރަށުގެ ކައުންސިލްތަކަށް ވެސް އެނގެންވާނެ ކުއްލި ފަރުވާގައި އަމަލު ކުރަން ޖެހޭ ގޮތްތައް،" ނާޒިމް ވިދާޅުވި އެވެ.
ކޮވިޑް-19ގައި ރާއްޖޭގައި މަރުވި މީހެއް ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަނީ: ކޮވިޑް-19 ނޫން ކަމަކަށް ފޯކަސް ނެތް ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރޭ
ބޭރު ޑޮކްޓަރުންގެ ލަފާ ބޭނުންވާ ކަންކަމަށް، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލް ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް، ހުޅުމާލެ ހޮސްޕިޓަލް މެދުވެރިކޮށް ލިބޭނެ ގޮތް އާސަންދައިން ވަނީ ހަމަޖައްސައިފަ އެވެ. ކޮވިޑް-19 އާ އެކު ބޯޑަރު ބަންދުކޮށްފައި ވާތީ ރާއްޖެއަށް ބޭރަށް ދެވޭކަށް ނެތެވެ. އެކަމަކު މިހާރު ނިންމި ގޮތުން، ބޭރަށް ދާން ޖެހޭ ބަލިމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، އަމްރިތާ ހޮސްޕިޓަލްގެ ކަމާ ބެހޭ ޑޮކްޓަރުންގެ ލަފާ ހޯދޭނެ އެވެ.
ހެލްތު މިނިސްޓްރީގެ ރީޖަނަލް އެންޑް އެޓޯލް ހެލްތު ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ނަވާޒް އަހުމަދު ވިދާޅުވީ މި ހާލަތުގައި ބޮޑަށް ބާރު އަޅަމުން އަންނަނީ ކޮންމެހެން ދާން ނުޖެހޭ ކަންކަމުގައި ސިއްހީ ހިދުމަތް ހޯދަން ތަންތަނަށް މީހުން ނުދިއުމަށެވެ. އެގޮތުން ގިނަ ރަށްރަށުގައި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަވާޒް ވިދާޅުވި ގޮތުގައި ސިއްހީ ބޮޑު މައްސަލައަކަށް ފަރުވާ ހޯދަން މިހާރު ވެސް އެއް ރަށުން އަނެއް ރަށަށް ދެވޭނެ ގޮތް ހަދައިދޭނެ އެވެ. އެގޮތުން އެ ރަށެއްގެ ސިއްހީ މަރުކަޒަކަށް ދިއުމުން އިތުރު ފަރުވާއަށް އެހެން ރަށަކަށް ގެންދިއުމުގެ ކަންކަން ހަމަޖައްސައިދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަތުރުފަތުރުގެ ނިޒާމު ނެތުމާ އެކު ކުރީގައި ދަތުރުކުރާހެން ދަތުރު ކުރަން އުނދަގޫ މިހާރު. އެކަމަކު އެ ރަށެއްގެ ސިއްހީ މަރުކަޒަށް ގޮސް ދެއްކުމުން އެ އިންތިޒާމުތައް ހަމަޖައްސައި ދޭނެ،" ނަވާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާބަނޑު މީހުންނާއި ޑައިލަސިސް ފަދަ ހިދުމަތްތައް ހޯދާ މީހުންނަށް އާސަންދަ މެދުވެރިކޮށް ދަތުރުކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި ޓެސްޓް ހެދުން ނެތް ރަށްރަށުން ސާމްޕަލްތައް އެހެން ރަށްރަށަށް ފޮނުވައިގެން ޓެސްޓްތައް ހެދުމުގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.
"ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެބަހުރި. އެކަމަކު އަޅުގަނޑުމެން މި އަންނަނީ އެ ހިދުމަތްތައް ދެމުން،" ނަވާޒް ވިދާޅުވި އެވެ.
އެކަށީގެންވާ ސިއްހީ ފަރުވާ ދެވެން ނެތް ރަށްރަށް ގިނަކަމުން ކޮވިޑް-19އާ އެކު އޮތް ބިރަކީ އެންމެ ބޭނުންވާ ވަގުތު ފަރުވާ ނުލިބުމެވެ. ބަނޑަށް ދެ ކުދިން މަރުވި ހާދިސާ އަކީ އޭގެ ހެއްކެކެވެ. އަދި އެފަދަ ހާދިސާތައް ތަކުރާރު ވިޔަނުދޭން މިހާރަށް ވުރެ އިންތިޒާމްތައް ރަނގަޅުވާން އެބަ ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
30 May 2020
ރަށްރަށުގަ ވ ސީރިއަސް ހާލަތުގަ މާލެ އަންނަން ބޭނުން މީހުންނަށް ހުއްދައާއެކު ދަތުރު ހަމަ ޖައްސާ ދިނުން އެދެމެވެ. ބައެއް މީހުން އަތުގަ މިވަގުތު ދަތުރު ކުރާނެ ފައިސާ ވެސް ނެތެވެ.
ސެމްސަންގް ލައިވް
30 May 2020
ކޮވިޑް ކިޔާ ބައއްޔެއް ޖެހިގެނެއްނޫން މީހުން މަރުވަނީ... މީހުން މަރުވަނީ ލޮކްޑައުން ކިޔާ ބައްޔެއްގެ ސަބަބުން . މީ މަށައްކުރެވުނު ދިރާސާގެ ނަތީޖާ އަކީ...
އަދުރޭޓިނު
30 May 2020
އެމެރިކާގައި މިބަލީގެ ކަންކަން އެންމެ ބޮޑުވިއިރުވެސް ކްލިނިކްތައް ބަންދުނުކުރޭ. ސަލާމަތީ ފިޔަވަޅުތަކާއެކު ކްލިނިކްތައް ހިންގާ. އެޕޮއިންޓްމެންޓަށްނޫނީ ޑޮކްޓަރަށް ނުދެެއްކޭ. ބޮޑީޓެމްޕަރޭޗަރ ބެލުމާއި ހޫނުފެންބޯންދިނުންފަދަ ކަންކަން ޑޮކްޓަރ ބެލުމުގެ ކުރިން އޮވޭ. ޑޮކްޓަރުން ތިބެނީ ފުރިހަމަޔަށް ސަލާމަތީ ފިޔަވަޅުވެސް އަޅައިގެން. މިރާއްޖޭގައި މިބުނަނީ ކޮންމެ ކަމެއްވިޔަސް އޮންލައިންކޮށް ޑޮކްޓަރަށް ދައްކާށޯ.
ރަދުން999
30 May 2020
ސިއްހީ ނިޒާމު ފެއިލްވެފާ ހުސްދަންނަ އެދުރުން އެއްކަމަކަށް ފޯކަސް ހުރީ ދެންތިބި މީހުން މަރުވެގެން ދިޔަސް އޯކޭ އެއީ ބަޔަކު މެޑަލް ޖަހަން ކޮށްގެން. ދުނިޔޭގެ އެހެން ގައުމުތަކުގައި މިގޮތަކަށްނޫން އަމަލު ކުރަނީ މިހާރު މީހުންތަކުގެ ދުވަސް ހިގައްޖެ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ވަރަށް ދަތީގައި ކައިބޮއި ހަދާ ދިރިއުޅޭ މީހުން މަސައްކަތް ނުކުރިއްޔާ ކެވޭނެ ގޮތެއްނެތް WHO އިން ދޭނީ ފައުޗީ ބުނާގޮތަށް. ފައުޗީ ބުނަނީ ބ. ގޭޓް އަށް ބޭހުގެ ވިޔަފާރި ކުރެވޭގޮތަށް.
ހެޔޮނުވާނެ
30 May 2020
ހޯމް މިނިސްޓާރއަށް. ސަލާމަށްފަހު ދަންނަވަން. މިހާރު ބައެއްމީހުން ތިބީޖަލުގެ ކުޑަގޮޅުއަށް އެކަނި ލުމެކޭ އެއްވަރު ހާލެއްގަ. އަނބިދަރީން އެހެން ރަށެއްގަ. އެކަނި މާއެކަނި ހަތަރު ފާރު އެތެރޭގަ ތާށިކޮށްފަ. ތަފާތަކީ މިމީހުން ކައިބޮއެ ހަދާ، ފެނާ ކަރަންޓަށްވެސް ޚަރަދުކުރަންޖެހެނީ އަމިއްލައަށްކަން. އަދި ބަލި ވިޔަސް އަޅާލެވޭނެ މީހަކު ނެތިކަން. ޖަލުގަވާ ސަރުކަރުން އެކަންތައްތައް ކޮއްދެއެވެ. ހައްދަވާފަ ހުރި ޕޯޓަލް އިން ރިޖެކްޓް ނޫން އެއްޗެއް ނާދެއެވެ. އިހުތިރާމް
ހެޔޮނުވާނެ1
30 May 2020
އަދި ކިއެއްތަ، ގޮޅި ކުލިވެސް ދައްކަންޖެހޭ. މުސާރަތަށް ހުރި ދައްވެފާ ނޫނީ ކެނޑިފަ. ޕާރމިޓް ޕޯޓަލުން މިކަންކަމަށް ހައްލެއް ނުލިބޭ.
މަގޭ ޤައު
30 May 2020
ލޮކްޑާއުންގަވެސް އަދި ލުއި ދިނުމުގަވެސް ބަލާފައޮތީ ވިޔަފާރިތަކާ ވިޔަފާރިވެރިން ހިމާޔަތްކުރަން. ކޮންމެ ފިހާރައެއް ނޫނީ ކެފޭއެއް ގެންގުޅޭ މީހަކަށާއި، އެމީހެއްގެ އަބިންނަށާ، ގެންގުޅޭ ބަންގްލަދޭޝް މީހާއަށް ބޭނުން އިރަކު ނިކުންނަން ފާސްދީފަ، ނިކަމެތި ރައްޔިތުން ފުލުހުންގެ ޕޯޓަލްއެއްގެ އަޅުވެތިކަމުގަ ބޭތިއްބީ. ނިކަމެތިމީހަކު ހުއްދައަށް އެދުނީމަ ރިޖެކްޓް ފޮނުވާލީމަ ނިމުނީ. "ބޮޑު" މީހަކު ރަށުންބޭރަށްވިޔަސް ޤަވާއިދު ބަދަލުކޮށްފަވެސް އެޕްރޫވް. ވާ ޤައުމެއް.
ޑޮކްޓަރުނޫން
30 May 2020
ޑޮކްޓަރުންނަށް ގައުމުގެ އިގްތިސާދާއި އިޖުތިމާއީ ހުރިހާ ކަމެއް ހިންގަން ހަވާލުކުރުމުން ވާނެ ހައެތި މިވަނީ. ޑޮކްޓަރުން ބޭނުންވާނީ އެންމެން ތަޅުލައިގެންވެސް ބަލި މަތަކުރަން. ތިމާވެށީގެ މީހުން ބޭނުންވާނީ ކާރާއި ސައިކަލު މަނާކޮށްގެން ތިމާވެށި ހިމާޔަތް ކުރަން. ޓްރެފިކް މެނޭޖްކުރާ މީހާ ބުނާނީ އެކްސިޑެންޓް ހުއްޓޭނީ 15ގަ ދުއްވައިގެނޭ. މީގެ މެދުމިނެއް ހޯދަން ސަރުކާރު މި އޮންނަނީ. އިސްބަސް ވެސް ފަހު ބަސްވެސް ޑޮކްޓަރުންނޭ ބުނެވުނު ހިސާބުން އެބަހުގައި ބެދުނީ
އާރީ
30 May 2020
މާބަނޑް އަންހެނުން ނާއި ދޭތެރޭ އޭޑީކޭއިން އެމީހުންގެ ފޭސަންޓްންނަށް އަމަލު ކުރަނި ވަރަށް ރަގަޅަށް. އޮލައިންކޮށް ގުޅައިގެން ހިނިތުންވުމާއި އެކު މާބަނޑް މީހާގެ އުދާސްތައް އަޑްއަހާ ދެން ކުރިޔަށްދާންވީ ގޮތް ބުނެދޭ. އިމަޖެންސީގައި ކަންތަން ކުރަށްވީ ގޮތްތަށް ބުނެދޭ. ކަންއޮތްގޮތް ވަރަށް ރަގަޅަށް އޮޅުން ފިލުވަދީ ހިތްވަރު ދޭ. ސުކުރިއްޔާ އޭޑީކޭ މެނޭޖްމަންޓަށް.
ސަޅި
30 May 2020
ކޮވިޑް ގެ ޝިކާރައަޖަށްވެ މުޅި ދުނިޔެއޮތީ މި ހާލަތުގަ ކަން ގަބޫލުކުރަން. އެކަމަކު އެހެން ބަލިތަކުގެ މީހުންނަށް ވެސް ފަރުވާ ހޯދުމުގެ ފުރުސަތު އިންނަންޖެހޭ. ކިޑްނީ ޑަޔަލަސިސް , ހިތުގެ ބަލިތައް ފަދަ ބޮޑެތި ބަލިތައް ތަހައްމަލު ކުރާމީހުން ފަރުވާނުލިބި ގިނައިރު އުޅެން ދޫކޮށްލެވިފަ މިވަނީ. ހުރިހާ ހޮސްޕިޓަލެއްގަ ކޮވިޑް ތައްގަނޑު ޖަހާފަ. ދެރަ
މޯޑް
30 May 2020
ސުނާމީއަރާގެން ވެސް ރަށްއިތުން މިވަރަކަށް ބިކަވެ ހާލަކު ނުޖެހެ. އޭރުއީ ބަޖެޓްގެ ގޮތުންނާއި ގައުމަށް ލިބޭ އާމްދަނީވެސް އެތަށް ގުނަ މަދުއިރެއް. އެކަމް އެކަމް އެއްވެސް ރަށްއިތަކަށް އެކަމްގެ ބުރަ އުފުންލާކަށް ނުޖެހެ. ވަޒީފާއެއް ނުގެންލެ. ގެދޮރު ގެއްލުނު މީހުންނަށް ބޯހިޔާވަހިކަންދީ ގެދޮރު އަޅާ އާރާސްތު ކޮށްދިން. ފައިސާ ގެ އެހީވި. ބޭސްފަރުވާގެ އިންތިޒާމް ހަމަޖެންސި. ކާބޯތަކެއްޗަކަށް ނުޖެހެ. އޭގެ ފަހުން 16 ވަރަކަށް އަހަރުވީ ރަށްއިތުންނަށް ކޯއްޗެއްތޯ ލިބުނީ. ކޮލެރާ އާއި ސިގަންލާ ވެސް މިއަށްވުރެ ރަގަޅަށް އެޒަމާނު މީހުން ހައްލު ކުރި