ކުޅިވަރު / ރިއަލް މެޑްރިޑް

ޕީއެސްޖީން ނޭމާ ވިއްކާލަން ތައްޔާރުވަނީ

ޕެރިސް (އޮގަސްޓް 11) - ބާސެލޯނާ އަށް ބަދަލުވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕީއެސްޖީގެ ތަރި ނޭމާ ގަންނަން ރެއާލް މެޑްރިޑުން ވެސް މަސައްކަތްކުރަމުން އަންނައިރު، އޭނާ ވިއްކާލަން ޕީއެސްޖީން ތައްޔާރުވަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ގެނައި ނޭމާ އެ ކްލަބް ދޫކޮށްލަން ބޭނުންވެފައިހުރިއިރު، މީގެ ކުރިން ޕީއެސްޖީގެ މެނޭޖްމަންޓުން އޭނާ ވިއްކާނުލައި ގަދަދެއްކީ އެންމެ އެކަށޭނެ ބިޑެއް އެއްވެސް ޓީމަކުން ނުކުރާތީ އާއި އެކަމާ މެދުގައި ކްލަބް ތެރޭގައި ހިޔާލުތަފާތުވުންތަކެއް އޮތުމުންނެވެ. އެކަމަކު ޕީއެސްޖީއާ އެކު ކުރިއަށް ދިއުމުގެ މާ ބޮޑު ވިސްނުމެއް ނޭމާގެ ނެތުމުން އެ ކްލަބުން މިހާރު ތައްޔާރުވަމުން އަންނަނީ އޭނާ ދޫކޮށްލާށެވެ.

"ކުރިއަށް ވުރެ ބޮޑަށް މަޝްވަރާތައް ކުރިއަށް ގޮސްފި. އެކަމަކު އަދި ވެސް ހުރިހާ ކަމެއް އެއްކޮށް ހަމަނުޖެހޭ. މީގެ އެބަޖެހޭ ކުޅުންތެރިޔާގެ ވިސްނުމަށް ވެސް ބަލައި ކްލަބަށް ވެސް ރަނގަޅު ގޮތެއް ހޯދަން،" ޕީއެސްޖީގެ ޑިރެކްޓަރު ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ލިއޮނާޑޯ ބުންޏެވެ.

ނޭމާ ބޭނުންވަނީ ބާސެލޯނާއާ އަލުން ގުޅޭށެވެ. އެކަމަކު ޕީއެސްޖީން ބޭނުންވާ ވަރުގެ ބިޑެއް އަދި ބާސެލޯނާ އިން ނުކުރާއިރު އެ ޓީމަށް ނޭމާ ވިއްކާލަން ޕީއެސްޖީގެ ބައެއް ބޯޑު މެމްބަރުން ބޭނުމެއް ނުވާ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

މީގެ ހަފްތާއެއް ކުރިން ނޭމާގެ ޑީލް ހައިޖެކްކުރަން ރެއާލުން ވަނީ މަސައްކަތް ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން ހުށަހެޅީ 130 މިލިއަން ޑޮލަރުގެ އިތުރުން އެންމެ ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ދީފައި ނޭމާ ގަންނާށެވެ. އަދި މި ޑީލުގެ ތެރެއިން ރެއާލުން އެ ޓީމަށް ކުޅޭ ބްރެޒިލްގެ ޒުވާން ވިންގް ވިނީޝިއުސް ޖޫނިއާ ދޫކޮށްލަފާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ނޭމާ ވަނީ ދާދި ފަހުން އޭނާގެ ބައްޕަ އަދި އޭޖެންޓް މެދުވެރިކޮށް ބާސެލޯނާ އަށް މެސެޖެއް ދީފަ އެވެ. ނޭމާ އެދުނީ އޭނާ ހޯދަން ބާސެލޯނާ އިން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލުމަށެވެ. އަދި މި މަހުގެ ނިޔަލަށް ހަމަވާ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ބާސެލޯނާއާ ގުޅެން ބޭނުންވާ ކަމަށް ޕީއެސްޖީގެ ބައެއް ކުޅުންތެރިން ގާތުގައި ނޭމާ ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

2 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 21%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްބެ

11 August 2019

130 މިލިޔަން ޑޮލަރާ ލޫކާ މޮޑްރިޗާ ޕްލަސް ކުރިޔަސް ނަތީޖާއިން ދައްކަނީ ހަމަ 130 މިލިޔަން ޑޮލަރު ، ހަގީގަތުގަ ބާސާއިން ނޭމާގެ ބަދަލުގަ ޕީއެސްޖީއައް ހުށައެޅި ކުޅުންތެރިން ޕީއެސްޖީން ބަލައިގަނޭ އެކަމް ޕީއެސްޖީން ބޭނުމެއްނުވޭ ނޭމާ ބާސާއައް ވިއްކާކައް، ބާސާއިން ޑެންބެލޭ ދޫކޮށްލުން އެއީ އަޅާނެ ވަރައްބޮޑު ޅައެއްޗެއް

The name is already taken The name is available. Register?

އޭނަ

11 August 2019

ނޭމާ ރިއާލަށަ ގޮސްފިއްޔާ ވަރަށް މަޖާވާނެ. އެއިރުން ފެންނާނީ ހަޒާޑާ ނޭމާޔާ ތަޅާ ފޮޅާތަން. އަދި ވިނީށިޔަސްގެ ކެރިޔާ ނިމުނީ. މި ތިން ކުޅުންތެރިންނަކީވެސް ލެފްޓް ވިންގަރުން. ނޭމާ ރިއާލަށް ގޮސް އަންނަ ސީޒަނުގައި ބާސާއިން އެމްބާޕޭ ގަތީމަ ނިމުނީ

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454