ޓެކްނޮލޮޖީ / ޗައިނާ

އެންމެ މޮޅު ޗައިނާ ފޯނަކީ ކޮބާ؟

އޮޕޯ އާރު5 ސްމާޓްފޯން: ސްމާޓްފޯން މާކެޓްގައި މަޝްހޫރު ކުންފުނިތަކަށް، ޗައިނާ ސްމާޓްފޯން ކުންފުނިތައް ވަނީ ބިރަކަށް

ސްމާޓްފޯން މާކެޓްގައި ޗައިނާ ކުންފުނިތަކުގެ ހައިސިއްޔަތު ހާމަކަން ބޮޑެވެ. އެޕަލް އަދި ސެމްސަންގަށް އެ އަށް ވުރެ ބޮޑު އުނދަގުލެއް ނެތެވެ. އެއްއިރެއްގައި އެޕަލް ޗައިނާގައި ރަސްކަންކުރި ނަމަވެސް މިހާރު އެ ބާރެއް ނެތެވެ. ސެމްސަންގް ވެސް އުޅެނީ ދެން ހަދާނެ ގޮތެއް ނޭނގިގެންނެވެ.

ޗައިނާގައި ސްމާޓްފޯން އުފައްދާ ކުންފުނިތައް ގިނަވެގަތީ ބަލަހައްޓަގެން ތިއްބަ އެވެ. އިންތިހާ އަށް ރީތި އަދި އެހައި މޮޅު ފޯނުތައް، ޖީބަށް ތަކާ އަގުތަކުގައި ލިބެން ފެށުމުން، ހޭހުރި އެކަކު ވެސް ނެތެވެ. ޗައިނާ މީހުން ވަތަނީ ލޯބީގައި، ޗައިނާ ފޯނު ބޭނުންކުރާ ނިސްބަތް ވެސް ވަނީ އިތުރުވެފަ އެވެ.

އެންމެ މޮޅު ޗައިނާ ފޯނެއް ބުނެދޭން ދައްޗެވެ. އެހެން ނަމަވެސް ސްމާޓްފޯން މާކެޓްގައި އެންމެ ނުފޫޒުގަދަ، ޗައިނާ ކުންފުނިތަކަށް ނަޒަރެއް ހިންގާލެވިދާނެ އެވެ. ކުންފުނި މޮޅު ނަމަ އުފެއްދުންތައް ވެސް މޮޅުވާން ޖެހެ އެވެ.

އޮޕޯ އަކީ ޗައިނާ ކުންފުންޏެކެވެ. ވަންޕްލަސް، މޭޒޫ، ވާވޭ، ޖިއޯނީ، އެލްއީޓީވީ، ޝޯމީ ، ލައިކޯ އަދި ވީވޯ ވެސް ތަމްސީލުކުރަނީ ޗައިނާ އެވެ. މިއީ ސްމާޓްފޯން މާކެޓް އަދި އެންޑްރޮއިޑް މާކެޓްގައި ވެސް ނުފޫޒު ގަދަ ކުންފުނިތަކެކެވެ.

ކުންފުނިތަކުގެ ނުފޫޒު ގަދަ ނަމަ އުފެއްދުންތަކުގައި ވެސް އެ ކުލަވަރު ހުރުން މަޖުބޫރެވެ. އޮޕޯ ފޯނުތައް ބޭނުންކުރާ މީހުން ބުނާ ގޮތުގައި، އޮޕޯ ޖަހާލާފައި އަރައިގަތުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ވާވޭ އަދި ޝޯމީ އަށް ވުރެ މާކެޓަށް ގާބިލު އެހެން ކުންފުންޏެއް ނެތެވެ. ވަންޕްލަސް އަކީ ސްޓައިލްގައި ފޯނު މާކެޓްކުރާ ކުންފުންޏެއް ނަމަވެސް، އަހަރަކު އެއް ފަހަރު ނެރޭ ފޯނަކުން އެއް ވާނެއްގައި ދެމިތިބުން ދަތިކަމަކަށް ވާނެ އެވެ.

މާކެޓް އަަންދާޒާކުރާ މީހުން ބުނާ އެއްޗަކަށް ބުރަވެ ގޮތެއް ނިންމާ ނަމަ، އެންމެ މޮޅު ފޯނު އުފައްދަނީ ވާވޭ އަދި ޝޯމީ އެވެ. އެހެން ނަމަވެސް ބޭނުންކުރާ މީހުންގެ ފިކުރު މިކަމުގައި ވަނީ ކަފިވެފަ އެވެ.

ފޯނެއް މޮޅުވުމަށް ނުވަތަ ރީތިވުމަށް އަދި ބޭނުންކުރަށް ފަސޭހަ ކަމަށް ކަނޑައަޅައި ތައްގަނޑުޖަހާ ބަޔަކީ އެ ފޯނެއް ބޭނުންކުރާ މީހުންނެވެ. އޮޕޯ ފޯނުތަކަށް ތައުރީފުކުރާ މީހުން ވެސް އުޅެ އެވެ. ވާވޭ ފޯނުތައް މޮޅު ކަމަށް ބުނާ މީހުން ގިނަ އެވެ. ވަންޕްސް ފޯނެއް ބޭނުންކޮށްފި ނަމަ ދެން އެހެން ފޯނެއް ބޭނުން ނުކުރާނެ ކަމަށް ވެސް ބުނެ އެވެ. އެކަމަކު ގިނަ ލިޔުންތަކުގައި ހުންނަނީ ވާވޭ އަދި ޝޯމީގެ ވާހަކަ އެވެ. ޗައިނާ ސްމާޓްފޯން މާކެޓްގައި އެންމެ ބާރުގަދަ ދެ ކުންފުންޏަކީ އެއީ ކަމަށް ބުރަވާ މީހުން ގިނަ އެވެ.

8 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީނާ

24 August 2017

އެންމެ މޮޅީ ހަމަ ވާވޭ ފޯނު

The name is already taken The name is available. Register?

ނުރަބޯ

18 March 2017

ޝޯމީ ކިޔާ ބްރޭންޑެއް ހުންނަ ކަމެއް ނުދެނަހުރިން.

The name is already taken The name is available. Register?

ނިޓޭ

28 March 2017

ވާވޭ އަކީ ހުވާއީ ޝޯމީ އަކީ ޒިއޯމީ

The name is already taken The name is available. Register?

ކިޔުންތެރިޔާ

17 March 2017

މަށަށް އެންމެ ކަމުދަނީ އޮޕޯ ފޯން! އަގުވެސް ހެޔޮ އަދި ވަރަށް ގިނަ ފީޗާތަށް ހުރެފަ ވަރަށް ފާސްޓު! އަދި އޮޕޯގެ އެންމެ ސަޅިކަމަކީ އޭގެން ނެގޭ ސެލްފީ ސަޅިކަން! އައި ލަވް އޮޕޯ! މަ ގެންގުޅެނީ އޮޕޯ ފޯނެއް!

The name is already taken The name is available. Register?

ބްރޯ

17 March 2017

އަހަންނަށް ޗައިނާ ފޯނުތަކުގެ ތެރެއިން ކަމުދަނީ 1+3ޓީ. އަގާ ހުރިހާ ސްޕެކްސް އަކާ ބަލާފަ އެންމެ ރަނގަޅީ 1+3ޓީ. ބޮޑު އަގު ދީފަ ފޯން ގަތުމަކީ ހަމަ އިސްރާފެއް

The name is already taken The name is available. Register?

ހަމީދު

17 March 2017

ތީއެންމެ މޮޅު ކަރުންމަތީގަ ޑޮކްޓަރު ހުރި ކުލިނިކެއް ހޯދުން ކަހަލަ ކަމެއް. ހުރިހާ ތަނެއްގައިވެސް ޑރ.ޖޯސް.

The name is already taken The name is available. Register?

ޢަސްލު

10 May 2017

ހަހަހަހާހާހާ ވަރަށްބޮދުތެދެއް

The name is already taken The name is available. Register?

އަމީން

02 August 2017

ޑޮކްޓަރ ހޫ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454