ބާރުގަދަ ސްމާޓްފޯނުތައް މި އަހަރު އަދިވެސް ކުރި އަށް

ސްމާޓްފޯން މާކެޓްގައި މި ވަގުތު ބާރަށް ކުޅެނީ ސެމްސަންގެވެ. ގެލަކްސީ އެސް10 އަށް އަށް ފަހު ގެލަކްސީ ނޯޓް 10 ވެސް ނެރެފި އެވެ. މީން ފޯނެއް އަތުޖެހޭތޯ ވަފާތެރިން ކޮޅުކޮޅަށް ދުވަނީ އެވެ. މިއީ ސެމްސަންގަށް ތިޔާގެ މޫސުމެއް ކަމަށް ބެލެވެ އެވެ.


އެޕަލް އިން އައިފޯން 11 މި އަހަރު ނެރޭނެ އެެވެ. މި މަރުކާގައި އައިފޯނުގެ ދެތިން ހަތަރު މޮޑެލްއެއް ނެރުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ބަލަންޖެހެ އެވެ.

ގޫގުލު އިން ވެސް މޮޅު ފޯނެއް ނެރެން ތައްޔާރު ވަނީ އެވެ. މި ފަހަރު ޕިކްސެލް 4 އެވެ. ކޮންމެ ބަޔަކު ވެސް އެމީހުންގެ އަމިއްލަ ނަމެކެވެ. ޕިކްސެލް އަކީ ގޫގުލް ސްމާޓްފޯނުތަކަށް ޚާއްސަ މަރުކާ އެކެވެ.

ވާވޭ އިން މި އަހަރު ފޯނެއް ނުނެރުމަށް އެދޭ ބަޔަކު ވެސް އުޅޭނެ އެވެ. އެމެރިކާގެ އުނދަގުލާ ހެދި އެ މީހުން އުޅެނީ ހިންދަމާނުލެވިގެންނެވެ. ނަަމަވެސް، ވާވޭ އޮތީ ފުކެއް ދޫކުރާ ގޮތަކަށް ނޫނެވެ. އެ މީހުން ބުނީ އެމެރިކާގެ ރައީސް ޓްރަމްޕް ކިތަންމެ އުނދަގުލެއް ކުރި ނަމަވެސް ފަރުވާލެއް ނެތް ކަމަށެވެ. ވާވޭ މޭޓް 30 މަރުކާގެ ފޯނުތައް ނެރޭނެ ކަމަށެވެ.

ވާވޭ މޭޓް 30 ޕްރޮ އަށް އިންތިޒާރުކުރާ މީހުން ވަކި މަދު ބައްރެއް ނެތެވެ. މި ފޯނާ ބެހޭ ގޮތުން އާންމު ޚަބަރުތަކުން ލިބެން ހުރީ މަދު މިންވަރެކެވެ. ބެލެވޭ ގޮތުގައި މިއީ އެމެރިކާ އަށް ރައްދު ދިނުމަށް ވާވޭ އިން ނެރޭ ފޯނެކެވެ. ސްމާޓްފޯން މާކެޓްގައި ގަދަޔަށް ކުޅެން އެނގެނީ ވަކި ބަޔަކަށް ނޫންކަށް ބުނެދިނުމަށެވެ.

ވާވޭ ފޯނުތަކަށް މީހުން ޝައުގުވެރިވަނީ އަގާ ނުބައްދަލު މިންވަރަށް ފޯނުތައް އަގު ހެޔޮވުމެވެ. ވާވޭ މޭޓް 30 ޕްރޮ އާ މެދު ވެސް މީހުން ވިސްނަނީ މި ފަދައިން ނެވެ. ވާވޭ އިން ފޯނުތަކުގެ އަގަށް އަދާފާނެ ގޮތަކާ މެދު ވާދަވެރިން ވެސް ތިބެނީ ހީކަރުވައިފަ އެވެ.

ވާވޭ މޭޓް 30 ޕްރޮ އާ މެދު ބުނެވޭ ގޮތުގައި، މި ފޯނުގެ ކެމެރާއާ ވާދަކުރެވޭ ފެންވަރުގެ ސްމާޓްފޯން ކެމެރާއެއް އަދި އެނައުންސްކުރި ކަމަކަށް ނުވެ އެވެ. މިއީ ވާވޭ މޭޓް 30 ޕްރޮ އާ ބެހޭ ގޮތުން އާންމުކޮށް އެނގޭ މިންވަރެވެ. އާންމުކުރާ ދުވަސް ކައިރިވަމުން އައިވަރަކަށް އެނގޭ މިންވަރު އިތުރުވާނެކަން ކަށަވަރެވެ.