އޮޕޯ އިން އެންޑްރޮއިޑް "އެޕަލް ގަޑިއެއް" އުފައްދައިފި

ޗައިނާގެ މަޝްހޫރު ސްމާޓްފޯން ކުންފުނި، އޮޕޯ އިން އެޕަލް ގަޑިއަކާ އެއް ސިފައެއްގައި ގަޑިއެއް އުފައްދައިފި އެވެ. މިއީ އެޕަލްގެ ޑިޒައިންތަކަށް ދޫނުކުރާ ވަރުގެ އެންޑްރޮއިޑް ގަޑިއެކެވެ.


މިއީ ސްމާޓް ގަޑިއެއް އުފެއްދުމަށް އޮޕޯ ކުރި މަސައްކަތްތަކުގެ ނަތީޖާ އެވެ. އެޕަލްގެ ގަޑިއަކާ ކިތަންމެ ވައްތަރު ނަމަވެސް، މި ގަޑި ބޭނުންކުރާ މީހުންނަށް އޮތް ތަޖުރިބާ އަކީ އެންޑްރޮއިޑެވެ.

އޮޕޯގެ ސްމާޓް ގަޑި ހިންގަނީ އެންޑްރޮއިޑުންނެވެ. އެއީ އަދި ގޫގުލްގެ "ވެއާއޯއެސް"އެއް ނޫނެވެ. "ވެއާއޯއެސް" އަކީ އަތުކުރީގައި އަޅާ ގަޑި، ބޭންޑް އަދި ސްމާޓް އަނގޮޓިތައް ހިންގުމަށް ގޫގުލް އިން އުފަައްދާފައިފާ އޮޕަރޭޓިން ސިސްޓަމެކެވެ. އޮޕޯ ބޭނުންކުރަނީ "ކްލިއާއޯއެސް" އެވެ. މި އޯއެސް ބިނާވެފައި ވަނީ އެންޑްރޮއިޑަށެވެ.

އޮޕޯ އިން މި ގަޑި، އެޕަލް ގަޑއެއް ސިފައިގައި އުފައްދާފައި ވަނީ ވިޔަފާރި އަށެވެ. އެޕަލް ގަޑިއެއް ކަމަށް ދެއްކުމަށް ބޭނުންވާ މީހުން ވެސް ގަޑި ގަތުން އެކަށީގެންވެ އެވެ.

އެޕަލް ސްމާޓް ގަޑިތަކުގައި ސިއްހީ ގިނަ ފައިދާތަކެއް ހުރި ނަމަވެސް، އޮޕޯ ސްމާޓްގަޑީގައި މި ކަހަލަ އެއްވެސް ކަމެއް ނެތެވެ. މިސާލަކަށް، އެޕަލް ސްމާޓްގަޑިތަކުން "އީސީޖީ" ހެދުނަސް، އޮޕޯ ގަޑިތަކުގައި އެ ފަސޭހައެއް ނެތެވެ.

އޮޕޯ ސްމާޓް ގަޑިއާ ބެހޭ ގޮތުން މިހާރު ލިބެން ހުރި މައުލޫމާތަށް ބަލާއިރު، އޮޕޯ ސްމާޓްފޯނުތަކުގައި ހުރި ބައެއް ފީޗާތައް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ ތެރޭގައި "ވޫކް ޗާޖިން" ހިމެނެ އެވެ. މިއީ އޮޕޯ ފޯނުތަކަށް ޚާއްސަ، ފާސްޓް ޗާޖިން ޓެކްނޮލޮޖީއެކެވެ.