ތާރީޚީ ސަމިޓަށް ކިމް ސިންގަޕޫރަށް ވަަޑައިގެންފި

ސިންގަޕޫރު (10 ޖޫން) - އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރަށް މިއަދު ވަޑައިގެންފި އެވެ.


ކިމް އާއި ކޮރެއާގެ ވަފުދު ދަތުރު ކުރެއްވި އެއާ ޗައިނާ 747 އިން ފައިބައިވަޑައިގަތުމާ އެކު ޗަންގީ އެއާޕޯޓުން އެބޭފުޅުންނަށް މަރުހަބާ ދެންނެވީ ސިންގަޕޫރުގެ ޚާރިޖީ ވަޒީރެވެ.

ކިމް އަށް މަރުހަބާ ދަންނަވައި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިިވިއަން ބާލަކްރިޝްނާން ކުރެއްވި ޓުވީޓް.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ކިމް ވަޑައިގެންނެވިތާ އިރުކޮޅެއް ފަހުން، އޭނާގެ އަންހެން ކޮއްކޯފުޅު އަދި އެންމެ އަރިސް އެއް ބޭފުޅާ، ކިމް ޔޯ ޖޮންގް ވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

އަންނަ އަންގާރަ ދުވަހު ސަންތޯސާ އައިލެންޑުގައި އޮންނަ ތާރީޚީ ބައްދަލުވުމަށް ކިމް ވަޑައިގަންނަވާނީ ކޮރެއާގެ ވަފުދަށް ހާއްސަ ކޮށްފައިވާ ސެއިންޓް ރީޖިސް ހޮޓަލުންނެވެ.

ސަމިޓު ބޭއްވުމުގެ ތައްޔާރީ ތަކުގައި ސިންގަޕޫރު އަަވަދިނެތި އުޅޭއިރު، ދެ ގައުމުގެ ވަފުދަށް ހާއްސަ ކޮށްފައިވާ ހޮޓާތަކާއި ސަންތޯސާ އައިލެންޑުގެ އިތުރުން ގިނަ ސަރަަހައްދުތަކެއްގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. ހާއްސަކޮށް މީޑިއާގެ ކެމެރާ ލެންސުތަކުން ކިމް ސަލާމަތް ކުރުމަށްޓަކައި ސެއިންޓް ރީޖިސް ގައި ގަސްމުށި އަތުރާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް މި ސަމިޓަށް ސިންގަޕޫރަށް ވަޑައިގަންނަވާނީ މާދަމާ އެވެ. އޭނާ ވަޑައިގަންނަވާނީ އެއާ ފޯސް ވަންގަ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ