ދުނިޔެ / ސްރީ ލަންކާ

ލަންކާގެ ބޮމުގެ ހަމަލަތައް: މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް!

ހަމަލާ އަމާޒުވި ފައްޅިއެއްގައި މީހުން ސަލާމަތްވާން މަސައްކަތް ކުރަނީ

21 އެޕްރީލް 22:38

ލަންކާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ހަމަލާތަކުގައި މަރުވި ބޭރު މީހުންގެ ތެރޭގައި އިންޑިޔާގެ ތިން މީހަކާއި ޕޯޗުގަލް މީހަކާއި ތުރުކީގެ ދެ މީހަކާއި އިނގިރޭސިވިލާތުގެ ތިން މީހަކާއި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޕާސްޕޯޓް އޮތް ދެ މީހަކު ހިމެނޭ. މީގެ އިތުރުން ނުވަ ބޭރު މީހަކު ގެއްލިފައިވާ ކަމަށާއި ކޮން ގައުމުތަކެއްގެ ބައެއްކަން ސާފު ނުވާ 25 ހަށިގަނޑު މޯޗަރީގައި ބާއްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނޭ. މިއަދު ހައެއް ޖެހުމާ ހަމައަށް 19 ބިދޭސީއަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބަޔާނުގައިވޭ.

21 އެޕްރީލް 21:57

މި ހަމަލާތަކާ ގުޅިގެން މިހާތަަނަށް 13 މީހަކު ހައްޔަރުކޮށްފި. ލަންކާގައި މިއަދު ދިން ބޮމުގެ ގިނަ ހަމަލާތަކަކީ ޖާނުން ފިދާވެގެން ދީފައިވާ ހަމަލާތަކެއް.

21 އެޕްރީލް 18:49

ސްރީ ލަންކަން އެއާލައިންސްގެ ޓްވީޓް

21 އެޕްރީލް 18:49

ލަންކާގައި ކާފިއު ހިންގާފައި އޮތަސް ކޮންމެ އެއާލައިނަކުން ދަތުރުކުރާ މީހުންނަށް ވެސް އެއާޕޯޓަށް ދެވޭނެ ކަމަށް ލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އިން ބުނޭ. އެގޮތުން ދަތުރުކުރާ މީހާގެ ޓިކެޓާއި ޕާސްޕޯޓް، ސަލާމަތީ ބާރުތަކުގެ މީހުންނާއި ޗެކް ޕޮއިންޓްތަކުގައި ތިބި މީހުންނަށް ދައްކަން އެދިފައިވޭ.

21 އެޕްރީލް 18:41

ސިފައިންނާއި ފުލުހުން ބުނާ ގޮތުގައި ލަންކާގެ ހަމަލާގައި އެއްވެސް ދިވެއްސަކު ބައިވެރިވުމެއް އޮތް ކަމަކަށް އެ ގައުމަކުން އަދި ބުނެފައެއް ނުވޭ. އަދި ރާއްޖެ އަށް އެކަހަލަ ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ވެސް ލިބިފައިނުވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނޭ.

21 އެޕްރީލް 18:40

ރާއްޖޭގެ ޕޮލިހާއި އެމްއެންޑީއެފްގެ އެންމެ އިސް ދެ ބޭފުޅުން ދާދި ދެންމެއަކު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ލަންކާގައި ދިން ހަމަލާއާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް.

21 އެޕްރީލް 18:34

އޭއެފްޕީއާ ވާހަކަ ދައްކަމުން ހޮޓަލުގެ މެނޭޖަރަކު ބުނީ ބޮން ގޮއްވާލި އިރު އޭނާ ހުރީ ކިއޫގެ އެންމެ ކުރީގައި ކަމަށް. ވަގުތަކީ ހެނދުނު 0830 ހާއިރު ކަމަށް ވެސް މެނޭޖަރު ބުނި.

21 އެޕްރީލް 18:32

ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ސިނަމަން ގްރޭންޑްގައި ދިން ހަމަލާގައި އަމިއްލައަށް މަރުވެގެން ބޮން ގޮއްވާލި މީހާ ހުރީ ހެނދުނު ސައި ބޯން ތިބި މީހުންގެ ކިއޫގައި ތަށި ވެސް ހިފައިގެން. އޭނާގެ ނަމަކީ މުހައްމަދު އައްޒާމް މުހައްމަދު ކަމަށާއި ހޮޓަލަށް އޭނާ ޗެކިންވީ ކުރީ ރޭ ކަމަށް ވެސް، މީޑިއާތަކުން ބުނޭ.

21 އެޕްރީލް 17:59
21 އެޕްރީލް 17:59

ބޮމުގެ ހަމަލާ ދިން ތަންތަނަށް ބޮޑުވަޒީރު ރަނިލް މިއަދު ވަޑައިގަންނަވަނީ -- ފޮޓޯ: އޭއެފްޕީ

21 އެޕްރީލް 17:58
21 އެޕްރީލް 17:53

މި ހަމަލާތަކާ ގުޅިގެން 7 މީހަކު ވަނީ ހައްޔަރުކޮށްފައި. ލަންކާގައި މިއަދު ދިން ބޮމުގެ ގިނަ ހަމަލާތަކަކީ ޖާނުން ފިދާވެގެން ދީފައިވާ ހަމަލާތަކެއްކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައި. އަދި މިއީ އެއް ގްރޫޕަކުން ދީފައިވާ ހަމަލާތަކެއް ކަމަށް ވެސް ސަރުކާރުން ބުނޭ

21 އެޕްރީލް 17:50

ލަންކާ ފުލުހުން ގެއެއް ބަލާ ފާސްކުރަން ވަންނަނީ

21 އެޕްރީލް 17:49

ލަންކާގައި ގޮއްވާލި ބޮންތަކުގައި މިހާތަނަށް 207 މީހަކު ވަނީ މަރުވެފައި. މީގެ ތެރޭގައި ބޭރު ގައުމުތަކުގެ 27 މީހަކު ހިމެނޭ. ޒަހަމްވީ މީހުންގެ އަދަދު ވަނީ 450 އަށް އަރާފައި.

21 އެޕްރީލް 16:01

ހަމަލާ ދިނީ ކޮން ބައެއްކަން އެނގޭ ކަމަށް ލަންކާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ. އެހެން ނަމަވެސް އެއީ ކޮން ބައެއްކަން ހާމައެއް ނުކުރޭ. ބޮޑުވަޒީރު ރަނިލް ވިދާޅުވެފައި ވަނީ މިއީ މަދު ބަޔަކު ދިން ހަމަލާތަކެއް ކަމަށް.

21 އެޕްރީލް 15:57
21 އެޕްރީލް 15:57

ލަންކާގައި ތިބި ދިވެހިންގެ ހާލު ބައްލަވާލެއްވުމަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު ލަންކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި. އޭނާ ލަންކާ އަށް ފުރާވަޑައިގަންނަވާނީ މިރޭ.

21 އެޕްރީލް 15:55
21 އެޕްރީލް 15:55
21 އެޕްރީލް 15:55

ލަންކާ ސަރުކާރުން ވަނީ މިހާރު ކުރިއަށް ދާ ހުރިހާ އެގްޒާމްތަކެއް ފަސްކޮށް ސްކޫލުތައް ވެސް ބަންދުކޮށްފައި. އަދި ވަކި މުއްދަތެއް ނެތް ގޮތަށް މުޅި ލަންކާގައި ވަނީ ކާފިއު ހިންގަން ފަށައިފައި. މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 193 އަަށް އަރައިފައި.

21 އެޕްރީލް 15:54
21 އެޕްރީލް 15:53

ނޮގޭގޮޑައިގައި ދިން ހަމަލާގައި ބޮން ގޮއްވާލައިފައި ވަނީ ފުލުހުން އެ ގެއަށް ވަންނަން އުޅުމުން ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނޭ. މި ހަމަލާގައި ތިން ފުލުހަކު ވަނީ މަރުވެފައި. ބޮޑުވަޒީރު ރަނިލް ވިދާޅުވެފައި ވަނީ މިއީ މަދު ބަޔަކު ބައިވެރިގެން ދީފައިވާ ހަމަލާތަކެއް ކަމަށް

21 އެޕްރީލް 15:37

އެންމެ ފަހުން ބޮން ގޮއްވާލި ދެހިވެލަ އިން ފާސްކުރި ގެއިން ބައެއް މީހުން ހައްޔަރުކޮށްފި. އެކަމަކު އެއީ ސީދާ މި ހަމަލާތަކާ ގުޅިގެން ހައްޔަރު ކުރި ބައެއްކަން އަދި ޔަގީންކޮށެއް ނުދޭ.

21 އެޕްރީލް 15:30

ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ތަކުރާރުކޮށް އެދެނީ ދިވެހިން ބޭރަށް ނުކުމެ ނޫޅެން. ބައެއް ހިސާބުތަކުގައި އަދިވެސް އެއްޗެހި ގޮވަމުން ދާތީ، ރައްކާތެރިވެ ތިބެން ދިވެހި ސަރުކާރުން އެދޭ.

21 އެޕްރީލް 15:21

ނޮގޭގޮޑައިގައި ދިން ހަމަލާގައި ފުލުހަކު ވަނީ މަރުވެފައި. ދެހިވެލައިގައި ދިން ހަމަލާގައި މަރުވީ ތިން ފުލުހަކު.

21 އެޕްރީލް 15:19

ގޮވާ ތަކެތި ހުރި ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން ދެހިވެލަ ސަރަހައްދުގައި ހުރި ގެއެއް ފުލުހުން ފާސްކުރަމުން އެބަދޭ

21 އެޕްރީލް 14:59

ކުރިން މިއަދު ހަވީރު 6 ޖަހާއިރު ހިންގަން ފަށާގޮތަށް އޮތް ކާފިއު، ދާދިދެންމެއަކު ހިންގަން ފަށައިފި.

21 އެޕްރީލް 14:55

ޕާރުސަލް ކޮށްފައިވާ ބޮމެއް ޕެޓާ ސަރަހައްދުން ފެނިއްޖެ. އެ ބޮން ނައްތާލަން ކަމާ ބެހޭ ފަރާތްތަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުން.

21 އެޕްރީލް 14:46
21 އެޕްރީލް 14:41

ކޮލަމްބޯގެ ގޯލް ފޭސް ގްރީންގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގައި ބޮން ގޮއްވާލި ތަނުގައި ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

21 އެޕްރީލް 14:36

އެންމެ ފަހުން ގޮއްވާލި ބޮން ގޮއްވާލީ ނޮގޭގޮޑައިގެ ޑަމަޓަގޮޑާ ސަރަހައްދުގައި. މިއީ ދިވެހިން ވެސް ވަރަށް ގިނައިން އުޅޭ ސަރަހައްދެއް.

21 އެޕްރީލް 14:34

ޝެންގްރިއްލާ ހޮޓަލުުގައި މިއަދު ބޮން ގޮއްވާލި ތަނުގައި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

21 އެޕްރީލް 14:34

ކޮލަމްބޯގެ ސެއިންޓް އެންތަނީގެ ބޭރުގައި ސިފައިން މިއަދު ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

21 އެޕްރީލް 14:33

ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލުގައި ދިން ހަމަލާގައި ގެއްލުން ވެފައި

21 އެޕްރީލް 14:32

ލަންކާގައި ސޯޝަލް މީޑިއާތައް ބްލޮކްކޮށްފައިވާ ކަން ސަރުކާރުން ޔަގީންކޮށްދީފި

21 އެޕްރީލް 14:22

މިއަދު އިރުއޮއްސި 6:00 އިން މާދަމާ ހެނދުނު 6:00 އަށް މުޅި ލަންކާގައި ކާފިއު އިއުލާނުކޮށްފި. ހޯމަ ދުވަހާއި އަންގާރަ ދުވަސް ބަންދު ކަމަށް ވެސް ކަނޑައަޅައިފި

21 އެޕްރީލް 14:20

މިފަހަރު ގޮއްވާލާފައި ވަނީ ހައުސިން ކޮމްޕްލެކްސްއެއްގައި

21 އެޕްރީލް 14:18

އަނެއްކާވެސް އިތުރު ހަމަލާއެއް؛ މިފަހަރު ބޮން ގޮއްވާލާފައި ވަނީ ޑަމަޓަގޮޑާ ސަރަހައްދުގައި ކަމަށް ފުލުހުން ބުނޭ

21 އެޕްރީލް 14:17

ލަންކާގައި މިވަގުތު ފޭސްބުކާއި ވަޓްސްއެޕް ބޭނުން ނުކުރެވޭ ކަމަށް ބައެއް ނޫސްވެރިން ބުނެފި. ދޮގު ޚަބަރު ފަތުރައި ހަމަނުޖެހުން އިތުރުވާނެ ކަންތައް ހިންގަފާނެތީ ލަންކާގައި ސޯޝަލް މީޑިއާ ބްލޮކް ކުރާނެ ކަމަށް ވަނީ ބެލެވިފައި.

21 އެޕްރީލް 14:13

ކުޑަ އިރުކޮޅެއްގެ ތެރޭގައި ލަންކާގައި ކާފިއު އިއުލާނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު ރުވާން ވިޖެވަރްދަނާ ވިދާޅުވެއްޖެ

21 އެޕްރީލް 14:02

ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލުގައި ދިން ހަމަލާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ

21 އެޕްރީލް 13:56

ހަތް ވަނަ ހަމަލާ ދީފައިވަނީ "ޓްރޮޕިކަލް އިން" ކިޔާ ހޮޓަލެއްގައި.

21 އެޕްރީލް 13:50

ޒޫ ކައިރީގައި ހުރި ހޮޓަލުގައި ދިން ހަމަލާގައި ޒަހަމްވި ދެ މީހަކަށް ފަރުވާ ދެނިކޮށް މަރުވެފައިވާކަން ކަލުބޯވިލާ ހޮސްޕިޓަލުން ކަށަވަރުކޮށްދީފި

21 އެޕްރީލް 13:48

ބޮން ގޮއްވާލީ ދެހިވަލަ ޒޫ ކުރިމަތީގައި ހުންނަ ހޮޓަލެއްގައި. ހަމަލާގައި ދެ މީހަކު މަރުވި ކަމަށް ބައެއް ރިޕޯޓްތައް ބުނޭ.

21 އެޕްރީލް 13:45

ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގައި އެއްޗެއް ގޮވައި ދުން އަރަނީ

21 އެޕްރީލް 13:42

ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގައި ވެސް އެއްޗެއް ގޮއްވާލައިފި ކަމަށް ލަންކާ ފުލުހުން ބުނެފި

21 އެޕްރީލް 13:31

ހަމަލާ ކުށްވެރިކޮށް ސްރީ ލަންކާގެ މުސްލިމް ކައުންސިލުން ނެރުނު ބަޔާން

21 އެޕްރީލް 13:27

މަރުވި މީހުންގެ އަދަދު ރިޕޯޓްކޮށްފައިވާ ގޮތުން: ނެޝަނަލް ހޮސްޕިޓަލުން 46، ނިގަންބޯ ހޮސްޕިޓަލުން 74، ކަޓަނާ ޗާޗުން 31، ރަގަމާ ހޮސްޕިޓަލުން 7 އަދި ބަޓިކަލޯއާ އިން 27

21 އެޕްރީލް 13:20

ލަންކާގެ ސެއިންޓް އެންތަނީ ޗާޗަށް ހަމަލާ ދިން ވަގުތު ރެކޯޑްކުރެވިފައިވާ ވީޑިއޯއެއް

21 އެޕްރީލް 13:17

ހަމަލާގައި މަރުވި މީހުންގެ އަދަދު 185 އަށް އަރައިފި ކަމަށް، ލަންކާގެ ބައެއް މީޑިއާތަކުން ބުނޭ. މި އަދަދު އަދިވެސް މަތިވާނެ ކަމަށް ލަފާކުރެވޭ.

21 އެޕްރީލް 13:02

ހަމަލާއާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓް

21 އެޕްރީލް 12:53

ފައްޅިތަކަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ލަންކާގެ އިންޓެލިޖެންސް އެޖެންސީ އަށް ބޭރުގެ އިންޓެލިޖެންސް އިދާރާއާކުން ދީފައިވާ ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުން. ނަމަވެސް މިއީ އަދި ސައްހަ އެއްޗެއް ކަމެއް ކަށަވަރުކުރެވިފައެއް ނުވޭ.

21 އެޕްރީލް 12:52

ހަމަލާގައި މަރުވި ބިދޭސީންގެ އަދަދު 35 އަށް އަރާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނޭ.

21 އެޕްރީލް 12:30
21 އެޕްރީލް 12:23

ހަމަލާ ދިން އެއް ފައްޅި ކަމަށްވާ ސެއިންޓް އެންތަނީސް ޝްރައިން ކައިރީގައި ފުލުުހުން ފޯރިމަރަނީ. -- ފޮޓޯ: އޭއެފްޕީ

21 އެޕްރީލް 12:20

ސިނަމަން ހޮޓެލްސް އިން ބުނިި ގޮތުގައި ބޮން ގޮއްވާލާފައި ވަނީ ސިނަމަން ގްރޭންޑް ހޮޓެލްގެ ގްރައުންޑް ފްލޯގައި ހުންނަ ރެސްޓޯރަންޓްގައި. ގެސްޓުންނަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށާއި އެއްވެސް ގެސްޓަކު އެހީއެއް ބޭނުންވާ ނަމަ 0112437437 އަށް ގުޅުމަށް ވަނީ އެދިފައި.

21 އެޕްރީލް 12:05

ކޮލަމްބޯ ހޮސްޕިޓަލުން ބުނި ގޮތުގައި ނުވަ ބިދޭސީއަކު ވަނީ މަރުވެފައި

21 އެޕްރީލް 12:04

ޒަހަމްވި މީހުންނަށް ލޭ ދޭން ލަންކާގެ އާންމުން ހޮސްޕިޓަލެއްގައި ކިއޫ ހަދާފައި

21 އެޕްރީލް 12:02

ހަމަލާ ދިން ވަގުތު ކިންގްސް ބަރީ ހޮޓެލްގައި ދެ ދިވެއްސަކު ތިބި ކަމަށް އެނގިފައިވޭ. ހަމަލާ ދިން ފަހުން އެ މީހުން ވަނީ ހޮޓަލުން ނެރެގެން ގެންގޮސްފައި. އަނިޔާއެއް ނުލިބި އެ މީހުން ވަނީ ސަލާމަތްވެފައި

21 އެޕްރީލް 11:59

މީގެ ކުރިން ސްރީ ލަންކާގައި އެއް ފަހަރާ އެންމެ ގިނަ ބަޔަކު މަރުވި ޓެރަރިސްޓް ހަމަލާއަކީ ޖެނުއަަރީ 31، 1996 ގައި ކޮލަމްބޯ ސެންޓްރަލް ބޭންކަށް އަމާޒުކޮށް ދިން ހަމަލާ. އެ ހަމަލާގައި ޖުމްލަ 91 މީހުން މަރުވެ 1،400 އަށް ވުރެ ގިނަ މީހުން ޒަހަމްވި. ގޮވާ އެއްޗެހި އަޅާ ފުރާފައި އޮތް ލޮރީއެއް، ބޭންކްގެ މައި ދޮރު ފުނޑާލައިގެން ގޮސް ގޮއްވާލުމުގެ އިތުރުން ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ބަޑިން ވެސް ހަމަލާތައް ދިން. ސެންޓްރަލް ބޭންކްގެ މައި އިމާރާތް ހުންނަނީ ކިންގްސްބަރީ އާއި ގަލަދާރީ ހޮޓާ ވެސް ހުންނަ ސަރަހައްދުގައި.

21 އެޕްރީލް 11:53

ސަލާމާތީ ބާރުތަކާއި ސަރުކާރުގެ އިދާރާތަކާއި ކެބިނެޓްގެ ބައްދަލުވުންތަކެއް މިހާރު ކުރިއަށް އެބަ ދޭ. ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބަޔާނެއް ނެރޭނެ ކަމަށް ބެލެވޭ

21 އެޕްރީލް 11:51

ހަމަލާ ދިނީ ކޮން ބައެއްކަން އަދި ހޯދިފައި ނުވާ ކަމަށާއި ހަމަލާގެ ޒިންމާ ވަކި ބައެއްގެ ބޮލުގައި އަޅުވައި އިތުރު ހަމަނުޖެހުންތަކަށް މަގު ފަހިވާނެ ކަންކަން ނުކުރުމަށް ސިފައިންނާއި ފުލުހުން އަންނަނީ އިލްތިމާސްކުރަމުން

21 އެޕްރީލް 11:51

ލަންކާގެ ބޮޑުވަޒީރު ރަނިލް ކުރެއްވި ޓްވީޓް

21 އެޕްރީލް 11:50

ކޮލަމްބޯގެ ޗާޗެއް ކައިރީގައި ފުލުހުން ފޯރިމަރަނީ

21 އެޕްރީލް 11:49

ހަމަލާތަކުގައި ޒަހަމްވި މީހުންނަށް ލޭ ބޭނުންވެގެން ހޮސްޕިޓަލްތަކުން ގޮވާލުމާ އެކު އެތައް ބަޔަކު ހޮސްޕިޓަލްތަކަށް ގޮސް ލޭ ދޭން ކިއޫގައި އެބަތިބި ކަމަށް، ލަންކާގެ ބައެއް ނޫސްތަކުން ބުނޭ

21 އެޕްރީލް 11:45

ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށްނުކުމެ ނޫޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން އެދެފި. ލަންކާގައި މިއަދު ގޮއްވާލި ބޮންތަކާ ގުޅިގެން، ގިނަ ބަޔަކު ޒަހަމްވެ، މަރުވި މީހުންގެ އަދަދު ވަނީ 160 އަށް ވުރެ މައްޗަށް ގޮސްފައި. މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުން އެކަށީގެންވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނޭ. މި ހާދިސާތަކުގައި އެއްވެސް ދިވެއްސަކު ޒަހަމްވި ކަމުގެ މައުލޫމާތެއް އަދި ނުލިބޭ

21 އެޕްރީލް 11:42
21 އެޕްރީލް 11:40

ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން އެކަން ކުށްވެރިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޓެރަރިސްޓް، ފިނޑި ހަމަލާއެއް ކަމަށް. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ލަންކާ އަށް ރާއްޖޭގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް ވިދާޅުވި.

21 އެޕްރީލް 11:36

ލަންކާގައި މިއަދު ބޮން ގޮއްވާލި ޗާޗެއް: ވަރަށް ގިނަ ބަޔަކު ވަނީ މަރުވެފައި

21 އެޕްރީލް 11:33

ލަންކާ ސަރުކާރުން ދެންމެ އިއުލާންކުރި ގޮތުގައި ސަރުކާރުގެ ސްކޫލުތަކުގެ ކިޔެވުން މާދަމާ އާއި އަންގާރަ ދުވަހު ބަންދު

21 އެޕްރީލް 11:32
21 އެޕްރީލް 11:32

ލަންކާގެ ހޮޓަލެއްގައި މިއަދު ބޮން ގޮއްވާލައިފައި

21 އެޕްރީލް 11:26
21 އެޕްރީލް 11:22

ލަންކާގެ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 160 އަށް އަރައިފައި.

21 އެޕްރީލް 11:17

އެހީތެރިކަމެއް ބޭނުންވާ ނަމަ މި ނަންބަރުތަކަށް ގުޅުމަށް ލަންކާގައި ހުންނަ އެމްބަސީން އެދޭ

21 އެޕްރީލް 11:16

ސްރީ ލަންކާގެ މައި އެއާޕޯޓަށް ދާ މީހުން ހަތަރު ގަޑިއިރު ކުރިން ދާން ސްރީ ލަންކާގެ ރަަސްމީ ފަރާތްތަކުން މިހާރު ވަނީ އަންގާފައި. ހަމަލާއާ އެކު ވެެރިރަށުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި.

21 އެޕްރީލް 11:15
21 އެޕްރީލް 11:14

އާންމުން މަޑުމައިތިރިކަމާ އެކު ތިބުމަށް، ސްރީ ލަންކާގެ ރައީސް މައިތިރަޕާލާ ސިރިސޭނާ ގޮވާލައްވައިފި. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަނިޔާވެރި ހަމަލާގެ ފުނަށް ދާން ތަހުގީގުކުރާނެ ކަމަށް.

21 އެޕްރީލް 11:13

މިހާރު ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ޓްވީޓެއް

21 އެޕްރީލް 11:10

ސޯޝަލް މީޑިއާގައި ދޮގު ބައެއް މައުލޫމާތު ވެސް ފަތުރާތީ ސްރީ ލަންކާގެ ފުލުހުން އެދެނީ ކަށަވަރުނުކޮށް އެއްވެސް މައުލޫމާތެއް ނުފަތުރަން. ބައެއް މީހުން ބުނާ ގޮތުގައި އަށް ތަނެއްގައި އެއްޗެހިތަކެއް ގޮވި. އެކަމަކު ލަންކާގެ އޮފިޝަލުން ބުނަނީ މިހާތަނަށް އެނގިފައި ވަނީ ގޮވުންތައް ގޮވީ ހަ ތަނެއްގައި ކަމަށް.

21 އެޕްރީލް 11:08
21 އެޕްރީލް 11:06

މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ދެ ބިދޭސީއަކު ހިމެނޭ. އަދި ޒަހަމްވި މީހުންގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ކަމަށް، ހޮސްޕިޓަލްތަކުން ބުނޭ. އެކަމަކު "މިހާރު" އަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެއްވެސް ދިވެއްސަކަށް އަނިިޔާވެފައެއް ނުވޭ.

21 އެޕްރީލް 11:03
21 އެޕްރީލް 11:03

ސޯޝަލް މީޑިއާގައި ދިވެހިން ގެންދަނީ ލަންކާގެ ހަމަލާއާ މެދު ހިތާމަކޮށް، ހަމްދަރުދީ ފާޅުކުރަމުން. ލަންކާ އަކީ ރާއްޖެއާ އެންމެ އަވަށްޓެރި އަދި އެންމެ ގާތް އެކުވެރި ގައުމުކަމުން، ދިވެހިންނާއި ލަންކާއާ ޒަމާނުއްސުރެ އޮންނަނީ ވަކިނުކުރެވޭ ވަރުގެ ގުޅުމެއް.

21 އެޕްރީލް 10:59

ލަންކާގެ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް މިހާރު ކުރިއަށް އެބަ ދޭ. މިއީ ލަންކާގެ ތާރީޚުގައި ވެސް ވެރިރަށަށް ދިން ޓެރަރިސްޓް އެންމެ ބޮޑު އެއް ހަމަލާކަމުން ސަރުކާރަށް ވެސް ވަނީ ކުއްލި ޝޮކެއް ލިބިފައި. ހަނގުރާމައަށް ފަހު ލަންކާ އާންމު ގޮތެއްގައި ފެނުނީ ވަރަށް އަމާންކޮށް. ދޭތެރެ ދޭތެރެއިން ސިޔާސީ އަދި ދީނީ ކަންކަން ހޫނުވިޔަސް، މިފަދަ ނުރައްކާތެރި ހަމަލާތަކެއް ފެނިފައެއް ނުވޭ.

21 އެޕްރީލް 10:58
21 އެޕްރީލް 10:52

ސްރީ ލަންކާގެ ފުލުހުން ބުނާ ގޮތުގައި މި ހަމަލާތަކުގައި ގޮއްވާލީ ކޮން އެއްޗެއް ކަމެއް ވެސް ނޭނގޭ. އަދި ހަމަލާގެ ފަހަތުގައި ތިބި ބަޔަކާ ބެހޭ އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރޭ. ކޮލަމްބޯގެ މަގުތަކަށް މިހާރު ވަނީ ސިފައިން ވެސް ނެރެފައި.

21 އެޕްރީލް 10:51

ލަންކާގެ އެކި ހޮސްޕިޓަލްތަކުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު މި ހަމަލާތަކުގައި މިހާތަނަށް 101 މީހަކު ވަނީ މަރުވެފައި. އެ އަދަދު އިތުރުވަމުން ދާނެ ކަމަށް ވެސް، ބައެއް އޮފިޝަލުން ބުނޭ.

21 އެޕްރީލް 10:45

ސްރީ ލަންކާގައި ތިބޭ އާސަންދައިގެ އޮފިޝަލުން "މިހާރު" އަށް ވިދާޅުވީ އެއްވެސް ދިވެއްސަކަށް އަނިޔާވެގެން ލަންކާގެ ހޮސްޕިޓަލަކަށް ގެންދިޔަކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް.

21 އެޕްރީލް 10:42

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ލަންކާއަށް ދިން މި ނުރަައްކާތެރި ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި. އަދި އަނިޔާ ލިބުނު އާއިލާތަކާއި ސްރީ ލަންކާގެ ރައްޔިތުންނާ އެކު ދިވެހިން ތިބި ކަމަށް ވެސް ވިދާޅުވި.

21 އެޕްރީލް 10:40
21 އެޕްރީލް 10:39

ފައްޅިތަކުގައި ބޮން ގޮއްވާލުމަށް ފަހު ކޮލަމްބޯގެ ތިން ހޮޓަލަކާއި ބަޓިކަލޯގެ ފައްޅިއެއްގައި ވަނީ ބޮމެއް ގޮއްވާލާފައި. ބަޓިކަލޯ ހޮސްޕިޓަލްގެ އޮފިޝަލަކު ބުނީ ޒަޚަމްވެގެން 300 މީހުންނަށް ފަރުވާ ދެމުންދާ ކަމަށް.

21 އެޕްރީލް 10:37

ބޮން ގޮއްވާލި ފައްޅިއެއްގައި ޒަހަމްވި މީހުންނަށް އެހީވަނީ

21 އެޕްރީލް 10:37

ފުރަތަމަ ބޮން ގޮއްވާލާފައި ވަނީ ކޮލަމްބޯގައި ހުންނަ ސެއިންޓް އެންތަނީ ޗާޗާއި ނިގަމްބޯގައި ހުންނަ ސެއިންޓް ސެބަސްޓިއަން ޗާޗުގައި. ބޮމުގެ ހަމަލާގައި އެންތަނީ ޗާޗުން ވަނީ 160 މީހުން ޒަޚަމްވެފައި. ޒަޚަމްވި މީހުންނަށް ދަނީ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން.

21 އެޕްރީލް 10:36

އެމްބެސެޑަރު އުމަރު: އެމްބަސީގެ މުވައްޒަފުން އެކި ދިމަދިމާލަށް ފޮނުވައިގެން ވެސް އެބަ ބަލަން ދިވެއްސަކަށް އެއްވެސް ގެއްލުމެއް ލިބުނުތޯ.

21 އެޕްރީލް 10:36
21 އެޕްރީލް 10:35

ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަަރު އުމަރު ރައްޒާގު ވިދާޅުވީ ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު އަދި ލިބިވަޑައިގެންފައި ނުވާ ކަމަށް. އަދި ހަމަލާތައް އަމާޒުވި ހުރިހާ ހޮޓާތަކެއް ވަކިވަކިން ބަލައި، މަައަުލޫމާތު ހޯއްދަވަމުން ގެންދަވާ ވެސް ވިދާޅުވި.

21 އެޕްރީލް 10:35

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޓްވީޓް

21 އެޕްރީލް 10:35

ފޮރިން މިނިސްޓްރީން ބުނީ ހާދިސާއާ ގުޅިގެން، ލަންކާގައި ތިބި ދިވެހިންގެ ހާލަތު ބަލަމުން ކަމަށް

21 އެޕްރީލް 10:34

ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރި ޓްވީޓް

21 އެޕްރީލް 10:30

ބަޓިކަލޯއާގައި ހުންނަ ފައްޅިއެއްގައި ބޮން ގޮއްވާލާފައި

21 އެޕްރީލް 10:28

ސްރީ ލަންކާގެ ފުލުހުން ބުނާ ގޮތުގައި ލަންކާގެ މައި އެއާޕޯޓާއި ފައްޅިތަކާއި ހޮޓާތައް ކައިރީގައި މިހާރު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި.

21 އެޕްރީލް 10:27

ސްރީ ލަންކާގެ ދާހިލީ ހަނގުރާމަ 2009 ގައި ނިމުމަކަށް އައި ފަހުން ވެރިރަށުގައި ދިން ޓެރަރިސްޓް އެންމެ ބޮޑު ހަމަލާގައި މިހާތަނަށް 49 މީހުން ވަނީ މަރުވެފައި. ފުލުހުން އެދެމުން ދަނީ ހަމަލާ ދިން ތަންތަނާ ކައިރިއަށް އެއްވެސް މީހަކު ނުދިއުމަށް.

21 އެޕްރީލް 10:26

އެއް ފައްޅިއަކަށް ދިން ހަމަލާގެ މައުލޫމާތު ހުރި ބައެއް މީހުން ބައިނަލްއަގުވާމި މީޑިއާތަކުގައި ވާހަކަ ދައްކަމުން ބުނީ އެއްޗެއް ގޮވުމާ އެކު މުޅި ހިސާބުގަނޑަށް ގުނޑުން އެރި ކަމަށް. އެތަނުން މަދުވެގެން 50 މީހުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މީޑިއާތަކުން ބުނޭ.

21 އެޕްރީލް 10:23

ފައްޅިއެއްގައި ބޮން ގޮއްވާލުމުން މީހުން ޒަހަމްވެފައި

21 އެޕްރީލް 10:23

ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނޭ

21 އެޕްރީލް 10:22

ކޮންމެ ހަފުތާ ބަންދެއްގައި އެތައް ސަތޭކަ ދިވެހިން ސްރީ ލަންކާ އަށް ދަތުރުކުރޭ. އަދި އޭގެ ތެރެއިން ބައެއް މީހުން ސިނަމަން އާއި ކިންގްސްބަރީގައި ތިބޭ. އެކަމަކު ހަފުތާ ބަންދުގައި ލންކާއަށް ދާ ގިނަ މީހުން، ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ އާދޭ.

21 އެޕްރީލް 10:22

ލަންކާގައި މިއަދު ހަމަލާ ދިން ތަނެއް ހަލާކުވެފައި

21 އެޕްރީލް 10:17

ސިނަމަން އާއި ކިންގްސްބަރީގައި އާންމުކޮށް ދިވެހިން ތިބޭ. އެކަމަކު މި ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނުވޭ.

21 އެޕްރީލް 10:16

ސްރީ ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ބުނާ ގޮތުގައި ސިނަމަން ގްރޭންޑް އާއި ސަންގްރިއްލާ އަދި އެ ސަރަހައްދުގައި ހުންނަ މަޝްހޫރު އެހެން ހޮޓަލެއް ކަމަށްވާ ކިންގްސްބަރީގައި ބޮންތަކެއް ވަނީ ގޮއްވާފައި

ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ދެ ފައްޅިއެއްގަ އާއި ކޮލަމްބޯގެ އެކި ތަންތަނުގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފައްޅިތަކުގެ އިތުރުން ތިން ހޮޓަލެއްގައި ވެސް ވަނީ ހަމަލާ ދީފަ އެވެ.

ހަމަލާ އަމާޒުވި އެއް ފައްޅި ކަމަށްވާ ސެއިންޓް އެންތަނީސް ޗާޗް ހުންނަނީ ކަޓްނަޔާގެ ކޮއްޗިކަޑޭގަ އެވެ. ދެން ހަމަލާ ދީފައިވަނީ ކަޓުވަޕިޓިޔާގައި ހުންނަ ސެއިންޓް ސެބާސްޓިއަން ފައްޅިއަށެވެ.

މި ދެ ހާދިސާގައި އެތައް ބަޔަކު މަރުވެ އަދި ޒަހަމްވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

މި ދެ ތަނުގައި ވެސް ބޮން ގޮއްވާލާފައި ވަނީ ލަންކާ ގަޑިން ހެނދުނު 8:45 ހާއިރު އެވެ.

އިތުރު ތަފްސީލު އަންނަނީ

155 ކޮމެންޓް, 507 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 93%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒެކް ބުޝް

22 April 2019

މިއަދު ލަންކާ ވެގެން ގޮސްފަމިވަނީ ދިވެހިން ގެ 2 ވަނަ ވަޒަންކަމުގަ ދިވެހި ބިން ފިޔަވާ ދިވެހިންނަށް އެންމެ މިނިވަންކަމާ އުފާ ލިބޭ ވަޒަން މިކަން ހުރިހާ ދިވެހިން ކަހަލަޔަކުން ގަބޫލްކުރޭ އިންޑިޔާ އިން ދިން ދުއްތުރާ ތަކާ ނިކަމެތިކަން ދިވެހިން ގެ ހިތުން ފިލުވާލަދިން އެކުވެރިޔަކީ ލަންކާގެ ހިތްހެޔޮ ރައްޔިތުން މިއަދު އަޅުގަނޑު އެފިނޑި އަމަލު ކުއްވެރި ކުރަން އަދި އިހުސާސް ކުރެވެނީ ހިތާމަޔާ ހިތްދަތިކަން

The name is already taken The name is available. Register?

ލަބީބު

22 April 2019

ރާއްޖޭގައިވެސް ހައްދުފަހަނައަޅާފައިވާ ހަރުކަށި އަދި ފިތުނަ އާއި ބައިބައިވުން އުފައްދާ މީހުން އެބަ ތިބި. ހަމަލާއެއް ދިނުމުގެ ކުރިން އެފަދަ މީހުން ހޯދާ މިގައުމު ރައްކާތެރިކުރެއްވުމަށް ސަރުކާރަށް ވޮގާލަން.

The name is already taken The name is available. Register?

ބޮޑުރިޔާ

22 April 2019

އަސްލުކަންކުރަނީ މުސްލިމުންނެއްނޫން ކަންކުރާބަޔަކީ މުސްލިމުންނާދެކޮޅު މުސްލިމުން ނައްތާލަންއުޅޭމީހުން އެމީހުންގެ ނަން ކީމާ އެއީ މުސްލިމެއް އިސްލާމެއްހެންހީވެދާނެ އެކަމަކު އެއީ ދީނުގެ އަދުއްވުން

The name is already taken The name is available. Register?

ރީތި މޫސަ

21 April 2019

ސްރީލަންކާގެއެއެކި ތަންތަނަށް ހަމާދިންމީހުނަކީ ވަރަށްގޮތެއްފޮތެއްނެތް ދަށުދަރަޖައިގެ ޤައުމުގެދެކެލޯބިނުވާ ނުލަފާބަޔެއް

The name is already taken The name is available. Register?

ހަމީދާ

21 April 2019

ސްރީލަންކާ އަކީ ބޭރު ގައުމަކަށް ވުރެ ބޮޑަށް މާ ގާތް އަވަށްޓެރިއެއް ކަމުގެ އިހްސާސް ކުރެވޭ ގައުމެއް. ވަރަށް ދެރަ.

The name is already taken The name is available. Register?

މަރޭމިތުރު

21 April 2019

ޓެކްްސީ ދުއްވުމަކީ މީހަކު ކުރިނާރަންވިކަމެއްނޫނޭ! ހުންނާނެ ދައުލަތުގެ ވެރިންގެ ކާރުވެސް ދުއްވާފަ.ޓެކްސީ ސެންޓަރުގެ އޮޕްރޭޓަރ ކަންކޮށްފަ. މައުލޫމާތު ހުންނަނީ އެހެންވެ. ޓެކްސީ ދުރައިވަރުން އެބަތިބި މެންބަރުކަމުގަވެސް. ދައްކޮށްލަން ބުނި ބަހެއްތީ. ދިވެހިންގެ މޮޔަކަން. ބުނަން ކަލޭމެންނަށް ބޭރު އަދިވެސް ދަސްނުވޭ. މީހުންވެސް ދަސްނުވޭ! ތިހެން އެއްތަނެއްގައިތިބެ ފެންނަ ކަނަކަމަށް ވާހަކަތިދައްކަނީ!

The name is already taken The name is available. Register?

މިތުރުގެ އައްޕަ

21 April 2019

އަދި މިއެނގުނީތާ މިކިޔާ ގަދަ މީހާގެ ފެންވަރު. ނޫނޭވާ ގަދަ މީހެއްތީ. ދެން އިންޑިއާގަ މެންބަރުކަމާ ބޮޑުވަޒީރުކަން ކުރޭ.

The name is already taken The name is available. Register?

މިތުރުގެ އައްޕަ

21 April 2019

އިންޑިއާޔަށް އެރުނީމާ ތިބޭފުޅާ ހިތުން ތިހުރީ ދުނިޔެ ފެނިފަ ދެއްތޮ. އެނގިލައްވާތޯ ދުނިޔޭގަ އެހެން މީހުން އުޅޭނޫޅޭ ގޮތް

The name is already taken The name is available. Register?

ކެކެ

22 April 2019

މީ ދެން ކާކުތަ. މިއޮއްފަދަ ދަނޑިވަޅުގަ މިތަނަށް ޗޮއްޕެން.

The name is already taken The name is available. Register?

ފުޅިމަދު

21 April 2019

ކޮލަންބޯގައި އިމާރާތްތައް އެހުންނަނީ 60 ބުރިން މައްޗަށް އަރާފަ. ރާއްޖޭގައި ދައުލަތް ވިއްކާލާ ހިސާބަށް ލޯނުނެގިއިރު ކިރިޔާ 25 ބުރިއަށް އެންމެ އިމާރާތެއް އެރީ. އެކަމަކު މިއީ ޓޯކިއޯވެސްމެ.

The name is already taken The name is available. Register?

ބުރޯސް

21 April 2019

ބްރޯ މިޚަބަރާ ތިވާހަކައާ އޮތީ ކޮން ގުޅުމެއް؟

The name is already taken The name is available. Register?

ނަމަވެސ

21 April 2019

ހަޖަމް ކުރަން ދަސް ކުރަންވީ. މުސްލިމުންގެ ތެރޭގައި ހައްދުފަހަނަޅައިގޮސް އިންސާނީ ކަރަމަތަށް ހުރުމަތް ނުކަރާ ޚިޔާލާއި ފިކުރު ވަރަށް ބޮޑު. އަހަރުމެން ދިވެހިންގެ ތެރޭގައިވެސް މުސްލިމް ނޫންމީހުން ދުނިޔޭގައި އުޅެންނުޖެހޭކަމަށް ވަކާލާތު ކުރާ ކިތަންމެ ދިވެހިންނެއް އުޅޭ. ހަގީގަތް ގަބޫލު ކޮށްގެން ކަމެއް ރަގަޅު ކުރަން މަސައްކަތް ކުރެވޭނީ.

The name is already taken The name is available. Register?

ޙުސް

21 April 2019

މިރާއްޖޭގަ ސަލްޓަންޕާކުގައި ބޯންގޮއްވި މީހުން މިހާރު މިނިވަންވެއްޖެ ދޯ

The name is already taken The name is available. Register?

އަހުމަދު ޒާހިރު

21 April 2019

މަ ލަންކާ އަކަށް ދެން ނާރާނަން. މި ފެށުނީ ޒަމާންތަކަކަށް ދިގުދެމިގެންދާނެ ދީނީ އަދާވާތްތެރިކަމެއް. ލަންކާގައި މުސްލިމުންނަށް ކަންތައް ކުރާ ގޮތުން އަސްލު މިކަހަލަ ކަންތައް މި ދިމާވަނީ.

The name is already taken The name is available. Register?

ބަލްރޯގު

21 April 2019

ލަންކާގަ މުސްލިމުން އުޅެނީ ފުދޭވަރަކަށް މިނިވަންކޮށް އުފަލުގަ. އެކަމަކު ހައްދުފަހަނަ އަޅާ މީހުންނަކަށް ކަމަކު ނުދާނެ ބަޔަކު ހަމަޖެހިގެން އުޅެންޏާ. އެމީހުން ބޭނުންވާނީ އަބަދުވެސް ކޮންމެވެސް ހާޖާނެއްހިންގަން. އެމީހުންގެ މިއަމަލުގެ ސަބަބުން ދެން ލަންކާގެ މުސްލިމުންނަށް ފިއްތުންތައް ކުރިމަތިވާނެ!

The name is already taken The name is available. Register?

ޞަންދޯކު

21 April 2019

ކޮންމެ ގޮތަކަ ކަންތަ ކުރިޔަސް އާމުން މަރައިގެން ނުވާނެ. މިކަހަލަ ކަމެއް ކުރާކަ ދައްކާނެ ބަހަނާއެއް ނޯންނާނެ. ޙަމަ ޓެރެރިސްޓުން މިކަންކުރީ. ނިއުޒިލެންޑް މިސްކިތަ ހަމަލާދިނީވެސް ޓެރެރިސްޓުން.

The name is already taken The name is available. Register?

ރާއްޖެ

21 April 2019

ލަންކާއަކީ މުސްލިމުންނަށް ގޯސްތަނެއް ނޫން. ހައްދުފަހަނައަޅާ ތިބި މަދު ބުދިސްޓުންގެ ބަޔަކު ގޯނާކުރިޔަސް. ލަންކާގެ ބައިވަރު ބޮޑެތި ވިޔަފާރިތައްވެސް އެއީ މުސްލިމުންގެ ތަންތަން. ދެރަ ކަމަކީ މިހަމަލާއަށް ފަހު ދެން މިކަންކަން ބަދަލުވުންވެސް އެކަށީގެންވޭ. މިއީ މިކަހަލަ ބޮންގޮއްވާ މީހުން އެއްމެ ބޭނުންވާ ކަން. އެމީހުން ބޭނުންވަނީ މުޅި ދުނިޔެއާވެސް ހަނގުރާމަކުރަން.

The name is already taken The name is available. Register?

ފަޒާ

22 April 2019

މީހުންނާއިމެދު ނަސްލީ ތަފާތުކުރުމާއި ދީނީ ފިކުރައްބަލައި ބައިބަޔަށް މީހުން ބަހަންޔަންޏާ ނުފެނި ނުދާނެ ހުރިހާކަމެއްވެސް މިދަނީ ފެންނަމުން، އެމީހަކު ގަބޫލުކުރާ ފިކުރެއްގެ ބަޔަކަށް އަނިޔާއް ލިބިއްޖެނަމަ އެއީ ހަމައެކަނި ބަޔަކީ އަނެއްމީހާއެއީ ދުއްވާލަންޖެހޭ މީހެއް މިދިޔަ ނޮވެމްބަރު މަހުގެ 17 އާއި ހަމައަށް މިގައުމުގަވެސް އޮތީ ހަމަ އެފިކުރު. މަގޭޕާޓީ މަގޭ ސަޕޯޓަރުން މަ ގަބޫލުކުރިގޮތް ނޫންގޮތަކަށް ދީނެއްވެސް ނަސްލެއްވެސްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454