މައްކާގެ ގެފުޅު ވަށައި، މާސްކު އަޅައިގެން، ބައެއް މީހުން މިދިޔަ މަހު 28 ވަނަ ދުވަހު ތަވާފް ކުރަނީ. --ފޮޓޯ:އޭއެފްޕީ
04 މާޗް 2020 - 19:15
މައްކާ (މާޗް 4) - ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް މާތްވެގެންވާ މައްކާ އާއި މަދީނާގައި ފެތުރިގެން ހިނގައިދާނެތީ އުމްރާގެ އަޅުކަން އަދާކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަން ސައުދީ ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.
ސައުދީ އަރަބިއާގެ ދާޚިލީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ވެސް މިދުވަސްވަރު އުމްރާގެ އަޅުކަން އަދާ ނުކުރެވޭނެ ކަމަށެވެ. މައްކާގެ ހަރަމްފުޅަށް ޒިޔާރަތް ކުރުން މަނާ ކުރުމުގެ އިތުރުން މަދީނާގެ ހަރަމްފުޅަށް ޒިޔާރަތް ކުރުން ވެސް މިދުވަސްވަރު ވަނީ މަނާކޮށްފަ އެވެ.
ސައުދީން މިގޮތަށް ހަމަޖެއްސިއިރު މިދިޔަ ހަފުތާގައި ވަނީ އުމްރާގެ އަޅުކަމަށް ވިސާ ދޫކުރުން ހުއްޓާލައިފަ އެވެ. އަދި ގަލްފް ކޯޕަރޭޝަން ކައުންސިިލް (ޖީސީސީ) ގެ ގައުމުތަކުގެ ރައްޔިތުން މައްކާ އާއި މަދީނާ އަށް އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ. ގަލްފުގެ ގައުމުތަކުގައި މިދުވަސްވަރު ދަނީ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެމުންނެވެ.
ކޮވިޑް-19 އަށް ސައުދީން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ބަހުރޭން މަގުން އީރާނަށް ދަތުރުކުރި ސައުދީ ރައްޔިތެކެވެ. މެދުއިރުމަތިން އެންމެ ބޮޑަށް ކޮރޯވައިރަސް ފެތުރޭ ގައުމަކީ އީރާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަމީހު
05 March 2020
ސަދަގާތް ދިނުމަކީ ބަލިތަކުގެ ޝިފާއެއް..ހަދީސް
މާހިރީ
05 March 2020
ކޮރޯނާ ވައިރަހާހެދި ސައުދީގެ އިޤްތީޞާދަށް ވަރަށް ބޮޑު ގެއްލުމެއް އަންނާނެކަމަށް ފެނޭ. ހައްޖާއި އުމްރާއަކީ އެ ޤައުމުގެ އިޤްތިޞާދަށް ފައިސާ ވައްދާ ބޮޑު ވިޔަފާރިއެއް - ރިލިޖަސް ޓުއަރިޒަމް
ފަރިސް
04 March 2020
ރާއްޖޭގަވެސް އެބަޖެހޭ މިސްކިތްތަކުގެ ހައިޖީން ރަގަޅު ކުރަން. އެއީ އެންމެންގެ ނޭފަތް ޖެހޭތަންތާގައި އަތްޖެހޭނެތީ.
އަބޫ ބިން ސާލިހް
04 March 2020
ގެފުޅަކީ ހުރިހާ މުސްލިމުންގެ ތަނެއްކަން ހަދާން ކުރައްވާތި.
ނެޑް
04 March 2020
މިސްޓަރ ބިން މޮޔަ ނުގޮވާ.
އެހެންތަ
04 March 2020
ބްރޯ ސައުދީއަށް ތިކަން ނޭނގިގެނެއްނޫން އެއުޅެނީ. އެންމެހާ އިންސާނުންނަށް ނުރައްކާ ވާފަދަ ކަމެއް ކުރިމަތިވާނަމަ އެކަމަކާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ދީން މަނާކުރާ ކަމެއްނޫން. ހައްޖާއި އުމުރާއަކީވެސް އެކަމަށް ކެރި ކުޅަދާނަކަން ލިބިގެންވާނަމަ ކުރަން އޮންނަކަމެއް. މިހާރު މިއޮތީ އެކަން ކުރަން ކުޅަދާނަވެގެންވާ ހާލަތެއްނޫން. ޕޮޒިޓިވްކޮށް ވިސްނާ.
މަށެއްނޫން
04 March 2020
ރަނގަޅު ނިންމުމެއް. ރާއްޖެއިން އިހަށް ދުވަހު ފުރި ގުރޫޕުވެސް އެނބުރި އަންނަންވީ.
ނަން
04 March 2020
ކަރަންޓީން ކުރަން ޖެހޭނެ