ހާބަރު ފުޑް ކޯޓުގައި ހުންނަ "ޓީ ޖެޓީ" ރެސްޓޯރެންޓުން ރޯދަވީއްލައިގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި އެ ރެސްޓޯރެންޓުގައި ރޯދަވީއްލާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް އުމްރާ ދަތުރެއް ލިބޭނެ އެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމަށް ޓީ ޖެޓީ ރެސްޓޯރެންޓުން ރޯދަވީއްލާ ކޮންމެ ކަސްޓަމަރަކަށް ވެސް ކޫޕަނެއް ދޫކުރާނެ ކަމަށް އެ ރެސްޓޯރަންޓުން ބުންޏެވެ. ކޫޕަން ފުރުމަށް ފަހު، އެކަމަށް ހާއްސަ ކޮށްފައިވާ ފޮއްޓަށް ލުމުން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަނުގެ އުމްރާ ދަތުރު ލިބޭ ފަރާތް ހޮވުމަށް ގުރުނަގާނީ ޝައްވާލު މަހުގެ ހަ ރޯދައަށް ފަހު އެވެ.
މިއީ މިދިޔަ ފަސް އަހަރު ވެސް ރޯދަމަހު ޓީ ޖެޓީން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.
ޓީ ޖެޓީން ބުނި ގޮތުގައި، އެ ރެސްޓޯރަންޓުގެ ރޯދަ މެނޫގެ އަގު ހެޔޮވާނެ އެވެ. މިގޮތުން ތަފާތު 27 އައިޓަމެއް މެނޫގައި ހިމެނޭ ރޯދަ ވީއްލުމަކަށް ސާވިސްޗާޖް އަދި ޖީއެސްޓީ ހިމެނޭ ގޮތަށް ޓީ ޖެޓީ ރެސްޓޯރެންޓު ބޮލަކަށް ނަގަނީ 150ރ. އެވެ.
ޓީ ޖެޓީން ބުކިން ހެއްދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރަކީ 7351234 އެވެ.