ލޯކަލް މާރުކޭޓު ސަރަހައްދުގައި އަޅާފައިއޮށް ދޯންޏެއްގައި މީހަކު މަސް ކަނޑަނީ. ރާއްޖޭން ބޭރުކުރާ މަހަށް ދެމުންދިޔަ ޑިސްކައުންޓް އުވާލަން އެމްއޭސީއެލުން ވަނީ ނިންމާފައި.--. ފޮޓޯ:ނިޝާން އަލީ/ މިހާރު
21 ޖޫން 2016 - 21:22
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކާގޯ މެދުވެރިކޮށް ރާއްޖެއިން ބޭރު ކުރަމުންދިޔަ ހިކިކަނޑުމަހާއި ފިނިކުރި މަހަށް ދެމުންދިޔަ ޑިސްކައުންޓު އުވާލަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.
އެމްއޭސީއެލްއިން ކުރި އިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުކުރާ އެހެނިހެން މުދަލެކޭ ވެސް އެއްފަދައިން ވެއިޓް ބްރޭކެއް ނެތި ކިލޯއަކުން 1.ރ ނަގަން ނިންމާފައިވާ ކަމަށެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓު އެކަކުން ފެށިގެން ކަމަަށް ވެސް އިއުލާނުގައިވެ އެވެ.
ރާއްޖެއިން ބޭރުކުރާ ކޮންމެ ހިކިކަނޑުމަސް އަދި ފިނިކުރި މަހުގެ ޝިޕްމަންޓެއްގެ ބަރުދަން 5000 ކިލޯއަށް ވުރެ މަތިވުމުން ޑިސްކައުންޓެއްގެ ގޮތުގައި އެމްއޭސީއެލުން މީގެ ކުރިން ދެނީ 50ލ. ގެ ޑިސްކައުންޓެކެވެ.
ދިވެހި މަސްވެރިންނަށް ކަޅުބިލަމަހުން ހާއްސަ އަގެއް ހޯދައި ދިނުމަށް އެހީތެރިވާ އެމްއެސްސީ ސެޓްފިކެޓް ދަމަހައްޓަން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ ގައުމުތަކުން ދާދި ފަހުން ވަނީ އެއްބަސްވެފަ އެވެ.
ރާއްޖޭގެ މަސްވެރިން އެންމެ ގިނައިން ކަޅުބިލަމަސް ބާނާއިރު މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
22 June 2016
ބަލަ އެމްއޭސީއެލް އަކީވެސް ސަރުކާރެވެ.
އިބްރާހިމް
22 June 2016
ސަރުކާރުން މަސްވެރިކަން ކުރިއަރުވަން ތިޔަކުރައްވާ މަސައްޕުޅުތަކަށް ފައްފަށުން ޝުކުރުދަންނަވަން.
ޓުވީޓް މޮނިކޮން
22 June 2016
ޜައްޔިތުންންށް ހެޔޮއެދެން މީ ފަހެ ސަރުކާރެއްތަ؟ ނޫނީ ކާމިނީގޭ ކުދިންކޮޅެއް ހިންގާ ކުންފުންޏެއްތަ؟