ވިޔަފާރި / ރާއްޖެ-ޗައިނާ

ޗައިނާގެ މަޅީގައި ލަންކާ ޖެހިއްޖެ، ރާއްޖެ އަށް ކޮން ގޮތެއް ބާ؟

ޗައިނާއިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއު ކުރިއަށް ދަނީ -- ފޮޓޯ: މިހާރު

ޗައިނާ ސަރުކާރުން ގެންދަނީ ރާއްޖެ އަށް އެތައް މިލިއަން ޑޮލަރެއްގެ އެހީ ދެމުންނެވެ. ހިލޭ އެހީ އާއި ލޯނު އެހީ އެވެ. މިއީ ޗައިނާއިން މީގެ އަހަރުތަކެއް ކުރިން އަވައްޓެރި ސްރީ ލަންކާއާ މެދު ވެސް ގެންގުޅުނު ސިޔާސަތެވެ. ލަންކާ ސަރުކާރުން ބޭނުންވި ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާ އެކު ލޯނު ދިނެވެ.

ލަންކާ އިން އެ ލޯނުތައް ދިނީ އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގަ އެވެ. އޭރު ލޯނު ދިނީ ބިޔަ މަޝްރޫއުތައް ހިންގާށެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ފަދަ މަޝްރޫއުތަކަށް ހިލޭ އެހީ އާއި ލޯނު ދޫކުރި އުސޫލުންނެވެ. ނަމަވެސް މިހާރު އެ ގައުމުގެ އާ ސަރުކާރަށް އެވަނީ އެ ލޯނުތަކުގެ ސަބަބުން ގައުމު ހިންގަން ދަތިވެ، ރައީސް މައިތިރިޕާލާ ސިރިސޭނާގެ "ދެ އަތް ބަނދެވިފަ" އެވެ.

ލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަ

ޗައިނާ އަކީ ގައުމުތަކަށް އެންމެ ފަސޭހައިން ލޯނު ދޭ "ބެންކޭ" ބުނެވިދާނެ އެވެ. އެގޮތުން ލަންކާގެ ކުރީގެ ސަރުކާރުން ބިޔަ މަޝްރޫއުތަކަށް ޗައިނާއިން އެތައް ބިލިޔަން ޑޮލަރެއްގެ ލޯނު ނެގި އެވެ. އެ ލޯނުތަކުގެ އިންޓްރަސްޓް ރޭޓާއި ލަންކާގެ އިގުތިސާދީ ހާލަތަށް އޭރަކު ނުވިސްނަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ލަންކާގެ ދަރަނި 64 ބިލިޔަން ޑޮލަރަށް މިހާރު އަރަ އެވެ. އޭގެ ތެރެއިން އަށް ބިލިޔަން ޑޮލަރަކީ ޗައިނާ އިން ނެގި ލޯނުތަކެވެ. މިހާރު ލަންކާ ސަރުކާރަށް ލިބޭ އާމްދަނީގެ 95 ޕަސެންޓް ހޭދަކުރަން ޖެހެނީ އެ ދަރަނި އަދާކުރުމަށެވެ.

ސިރިސޭނާ ވެރިކަމަށް ވަޑައިގަތުމާ އެކު ޗައިނާގެ މަޝްރޫއުތަކާ މެދު ހިޔާލު ތަފާތުވުން އުފެދި، ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހުނެވެ. ލޯނު ދައްކާނެ ލުއި ގޮތްތަކެއް ހަމަޖައްސަން ލަންކާ އިން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ޗައިނާ އިން ލަންކާ ބޭނުންވާ ގޮތަށް ލުއިތައް ދޭން އެއްބަހެއް ނުވި އެވެ. އެންމެ ފަހުން އިތުރު ގޮތެއް ނެތިގެން، ބިންތަކާއި ބައެއް ބަނދަރުތައް ޗައިނާ ސަރުކާރުގެ ކުންފުނިތަކަށް ދޫކޮށްލަން ޖެހުނީ އެވެ.

ޗައިނާގެ ލޯނުން ހިންގި ޕްރޮޖެކްޓްތައް

ޗައިނާއިން ލޯނު ނަގައިގެން ރާޖަޕަކްސަ ސަރުކާރުން ހިންގި އެންމެ ބިޔަ ޕްރޮޖެކްޓަކީ ހަންބަންޓޯޓާ ޕޯޓް ޕްރޮޖެކްޓެވެ. އޭގެ އިތުރުން މައްޓަލަ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރީ ވެސް ޗައިނާގެ ލޯނު އެހީގަ އެވެ. ލަންކާގެ ބައެއް ހައިވޭތަކާއި މަގުތައް ވެސް ހެދީ ޗައިނާގެ ލޯނު އެހީގަ އެވެ.

އެ ޕްރޮޖެކްޓްތައް ފެށުމުގެ ކުރިން އެކަންކަމުން ދާއިމީ ގޮތެއްގައި ފައިދާ ނެރޭނެ ގޮތްތަކެއް އޭރު ބަލާފައެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން ހަންބަންޓޯޓާ ޕޯޓްގެ ބޮޑު ހިއްސާއެއްް ޗައިނާ ކުންފުންޏަކަށް ވިއްކާލަން ނިންމައި، އެއްބަސްވުމުގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ.

ޗައިނާ ކުންފުނިން އެ ބަނދަރުގެ ހިއްސާ ގަތީ އެތާ ކައިރިން 6،000 ހެކްޓަރަށް ވުރެ ބޮޑު ބިމަކާ އެކުގަ އެވެ. އެއީ އެ ޕޯޓް ފީޒިބަލް ކުރުމަށް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރާށެވެ.

މައްޓަލަ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ޗައިނާ ކުންފުންޏަކަށް ވިއްކާލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ޗައިނާ ލޯނު އެހީގެ ދަށުން އަޅާފައިވާ ޒަމާނީ ކޮންފަރެންސް ހޯލަކާއި ކްރިކެޓް ދަނޑެއް ވެސް ޗައިނާ ކުންފުނިތަކާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށް ވެ އެވެ.

އެ ހުރިހާ ތަނަކާއި ބިންތަައް، 99 އަހަރަށް ޗައިނާ ސަރުކާރުގެ އެކި ކުންފުނިތަކަށް ދީގެން ލިބޭ އާމްދަނީން ލަންކާ ސަރުކާރަށް ކުރެވެން އޮތީ ލޯނު އަނބުރާ ދައްކަން ހޭދަކުރުމެވެ.

ޗައިނާ-ރާއްޖެ: ޕްރޮޖެކްޓްތަކުގެ އަގު އެއް ބިލިޔަން ޑޮލަރަށް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވި އެވެ. އެ ގުޅުމުގެ ތެރެއިން ޗައިނާގެ އެހީގައި ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތަކުގެ އަގު އެއް ބިލިޔަން ޑޮލަރު (15.42 ބިލިޔަން ރުފިޔާ) އަށް ވުރެ މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއަށް ހިނގާނެ ކަމަށް ބެލެވޭ 800 މިލިޔަން ޑޮލަރުގެ ބޮޑު ބައެއް ޗައިނާގެ ބޭންކްތަކުން ލޯނުގެ ގޮތުގައި ދެ އެވެ. އޭގެ ތެރޭގައި މިހާރު ކުރިއަށް ގެންދާ އާ ރަންވޭ އާއި ފިއުލް ފާމާއި ކާގޯ ޓާމިނަލާއި އެކަން ކަމަށް ބޭނުންވާ ބިން ހެއްކުމުގެ މަޝްރޫއުގެ އަގު އުޅެނީ 300 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.

މާލެ-ހުޅުލެ ބްރިޖް މަޝްރޫއުގެ އަގަކީ 210 މިލިޔަން ޑޮލަރެވެ. އޭގެ އިތުރުން ގެދޮރު އިމާރާތްކުރަން ވެސް ސަރުކާރުން ގެންދަނީ ޗައިނާގެ ބޭންކްތަކުން ބޮޑެތި ލޯނުތައް ނަގަމުންނެވެ.

ލަންކާ އަށް ވީ ގޮތް ރާއްޖެއަށް ވެސް ވެދާނެތަ؟

ސްރީ ލަންކާ އަށް ކުރިމަތިވި މައްސަލަތައް ރާއްޖެ އަށް ވެސް ކުރިމަތިވުން އެކަށީގެންވެ އެވެ. އެހެންކަމުން ރާއްޖެ މިއަދު މިއޮތީ އިގުތިސާދުގައި ބާރު ނެތް ވަރަށް ލަންކާ ހިނގި ފިޔަވަޅު މަތީގައި ކަމަށް، ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ. މީގައި ބޮޑަށް މައްސަލަ ދިމާވަނީ ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލުތަކުންނެވެ.

ލަންކާގެ އިންތިހާބުގައި ރާޖަޕަކްސަ ބަލިވެވަޑައިގަތުމުން އާ ސަރުކާރުގެ ސިޔާސަތު ތަފާތުވި އެވެ. ޗައިނާ އިން ބުނިހާ ގޮތެއް ހަދަން ސިރިސޭނާ ސަރުކާރުން ދެކޮޅު ހެދުމުން ޗައިނާ އިން ވެސް ބައެއް ކަންކަން އުނދަގޫކުރި ކަމަށް، މީޑިއާތަކުން ބުނެ އެވެ.

ރާޖަޕަކްސަގެ ސަރުކާރުން ނެގި ލޯނުތައް ސިރިސޭނާގެ ސަރުކާރަށް ވާރުތަވީ ގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ދަރަނިތައް ދައްކަން ޖެހޭނީ، އިންތިހާބުގައި ރައީސް ބަލިވެވަޑައިގެންފި ނަމަ، ދެން އަންނަ ސަރުކާރަކުންނެވެ. ދެން ކުރިމަތިވާން ފަށާނީ ސްރީ ލަންކާ އަށް ވެސް މިހާރު ދިމާވެގެން އުޅޭ މައްސަލަތަކެވެ.

80 ކޮމެންޓް, 199 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 66%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހު ޖިން ޓޯ

01 August 2017

ޗައިނާއާ މަޝްރޫއުތައް ހަވާލުކުރަން ފެށި ހިސާބުން މި ވާހަކަ ދައްކަމުން މަ މި އަންނަނީ. ކޮބާ އަދި ވެސް ނުފެނޭތަ؟ ފަސޭހައިން ލޯންތައް ބައި އެޅޭގޮތަށް ލިބެން ހުއްޓަސް އާހިރުގަ ބައި އަޅާ މީހުން ސަލާމަތް ވެފަ ރައްޔިތު މީހާއަށް ގެއްލުން ވާނީ. ކުރިޔާލާ ވިސްނާކަށް ދިވެހިންނަކަށް ނޭންގެ. މި މީހުނަށް ވިސްނޭނީ ވަގުތު ފާއިތު ވީމަ. މަމެން ޕިންކީސްގެ ރައީސް ބްރިޖް އަޅައިދޭނެ ގައުމު މާދަމާ ކާންނުލިބި ބަނޑަށް ތިބެން ޖެހުނަސް. ދެން ދެކެވޭ ވާހަކަޔަކީ ޓެކުހުން ހުރިހާ ކަމެއް ހަމަޖެހޭނޭ. މަހައް ދޭބަލަ. ދަރާވިކި ދިޔައިމައި ޗައިނާއަށް އެސްއީޒެޑް ގެ ގޮތުގައި ގައުމުގެ ދެބައި ކުޅަ އެއްބައި ދީފަ، ޓެކުހުން ބަރިއްޔަ ކުރުން ނޫން އެހެންގޮތަކަށް ކަންތައްކުރުމަކެއް ޗައިނާ މީހުނެއް ޖާގައެއް ނުދޭނެ. ޓެކުހުގައި ވެސް ޖެހޭނީ ހަމަ ރައްޔިތުމީހާ. އެއްޗެހީގެ އަގުތައް އަނެއްކާވެސް ދާނީ މައްޗައް.

The name is already taken The name is available. Register?

ސުއްކަތުރާހަބަރު

01 August 2017

ރާއްޖެވެސް ޗައިނާމީހުންގެ އަތްދަށުން ސަލާމަތެއް ނުޥާނެ. މިއަދު އެކަން ރައްޔަތުން ދެނެގަންނަން ޖެހޭ. ކުޅިބަލަން ތިބެގެނެއް މި ޤައްުމު ސަލާމަތެއް ނުނެވޭނެ.

The name is already taken The name is available. Register?

އަންކަލޯ

01 August 2017

ލަންކާއަށް ލަނޑު ލިބުނު ގޮއި ބަލާލަބަލަ! ޗައިނާއާއި އެއްކޮށް ހަދާފަ ހުރި އެގްރީމެންޓްތަށް ހުއްޓާލީމަ ވީގޮޓް! އިންޑިއާ އަޑީގަ އޮވެގެން ކުޅޭކުޅިގަނޑެއްމީ! ރާއްޖެއަށް އެއްވެސް ގެއްލުމެއްނެއި އިންޝާﷲ

The name is already taken The name is available. Register?

1234

01 August 2017

މާދަމާވެސް ޓޫރިޒަމް ދަށްވެލާއިރަށް ރާއްޖޭގެ އެންމެން ޖެހޭނީ ބަނޑަށް.. އިކޮނަމީގެ 80 ޕަސެންޓަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓޫރިޒަމުން ލިބޭ ފައިސާ.. މިގައުމަށް ހެޔޮއެދޭ އެއްވެސް ވެރިއަކު ނަމަ ބަލާނީ ޓޫރިޒަމް ނޫން ދާއިރާތަށްވެސް ތަރައްގީކޮށް ބޭރުގެ ނުފޫޒުން އެއްކިބާ ވެވޭތޯ.

The name is already taken The name is available. Register?

ކީސް

01 August 2017

ޗައިނާމަޅީގަ ލަންކާޖެހުނުވާހަކަދައްކާއިރު އިންޑިއާއިން ލަންކާއައް ދިން ލަނޑުގެވާހަކައެއް ނުދައްކާއެއްވެސްމީހަކުދޯ ލަންކާއިން ޗައިނާގެމަޅީގަ ޖެހެންޖެހުނީ އިންޑިއާއިންދިންލަނޑުގެސަބަބުން ނަސީބެއްނު އެލަނޑުން ރާއްޖެ ސަލާމަތްވިކަން.

The name is already taken The name is available. Register?

އަބްދުއްލާ

31 July 2017

ލަންކާގަ ތިޔަ ބުނާއެއާޕޯޓަކީ ވެސް މާބޮޑު އާމްދަނީ އެއް ލިބޭ އެއާޕޯޓެއްނުންދޯ؟ތިޔަބުނާ ޕޯޓް އަދި ނުވެސް ނިމޭ ފޯޓް މަސްޜއު ނިމޭއިރު ވިޔަފާރި މަރުކަޒަކަށް ބަދަލު ވެގެން ނުގޮއްސިނަމަ އުނދަގޫވާނެ ނޫނީ މުސްތަގުބަލް ވަރަށް އުޖާލާ ، ރާއްޖޭގަ ހިންގާ ޗައިނާގެ ދެމަސްރޫއަކީވެސް މިހާރުވެސް އާމްދަނީ ލިބޭ ދެމަސްރޫއު އެއީ ހުޅުމާލޭ ފެރީ ހުޅުލޭ ފެރީ ބަދަލްވެގެންދާނީ ބްރިޖް ގެ ދަތުރުތަކަށް ،އިންޓަނޭސަނަލަ އެއާޕޯޓަކީ މިހާރުވެސް 50 މިލިއަންޑޮލަރަށް ވުރެ މަތީ ޕްރޮފިޓެއް ލިބެމުންދާތަނެއް ، ވީމާ ދަވްލަތުގެ ބަޖެޓް ތެރެއަށް ނުވަދެ މި ދެމަސްރޫއުގެ ލޯނުތައް އަދާކުރެވެންވާނެ ކަމަށް ދެކެން . ވުމާއެކު ދަވްލަތުގެ އާމްދަނީއާ މިދެމަސްރޫއާ ގުޅިގެން ބަޖެޓަށް އަސަރުކުރާނެ ކަމަކށް ނުބެލެވޭ.

The name is already taken The name is available. Register?

މާބޮޑަށް އެގޭ

01 August 2017

އެ ޕޯޓް ނިމިފަ ކޮން ޒަމާނެއް. ނުހިންގިގެން އިހަކަށްދުވަހު އެންމެ ފަހުން ޗައިނާ އަށް އެ ދިނީ 99 އަހަރަށް. ވާނުވާ ނޭގި ވާހަކަ ނުދައްކަބަލަ.

The name is already taken The name is available. Register?

ފުވައްމުލަކު މީހާ

31 July 2017

2018 އިންތިޚާބުގައި ޔާމީން ބަލިވެ ޢާސަރުކާރެއް އަތުވެއްޖެނަމަ ޝައްކެއްނެތް ގޮތުގައި އުދަގޫތަކަކާ ދިމާވާނެއެވެ. އެދަތިތައް ބޮޑަށް ފެށޭނީ އާސަރުކާރުގެ އިގްތިސާދީ ސިޔާސަތުގައި އިގްތިސާދަށް ބީރަށްޓެހި ބަޔަކު އެމަސައްކަތް ފެށުމުން. ވީމާ ގައުމު މިޙާލަތަށް އަޔަނުދިނުމަށްޓަކައި ރައީސް ޔާމީން 2018 އަށް އިންތިޚާބު ކުރުމަކީ ދިވެހިންގެ ހައްގުގައި ވަރަށް މުހިއްމުކަމެއް.

The name is already taken The name is available. Register?

ހަނު ހުންނަ މީހާ

01 August 2017

އިގްތިސާދު އެނގޭވަރުން 5 ގުނައަށް އިންފުލޭޝަން ދިޔައީ، ހުސްނުވާ އާސަންދަ ސަންދޯއްޖަހަން ޖެހުނީ، ބަޖެޓް ޑެފިސިޓްވެ، ރިޒާވް ހުސްވެގެން ދިޔައީ. ދެގުނަޔަށް ކާބޯތަކެތި އަގުބޮޑުކުރަން ޖެހުނީ. ނޫނޭ ވާ އިޤްތިސާދީ ބޭކަލެއް ކަލޯމެނަށް ވާ އެހެރީ ލިބިފަ. މިހާވަރަށް އިޤްތިސާދު ރަގަޅުވީމަ ހެދުނު ނާސްތާއަކަށް އިގުތިސާދުން ފަނިގިރަންވީނު. ލޮލް

The name is already taken The name is available. Register?

ލާރި ސަރުކާރު

31 July 2017

ތަނެއްގަ ލާރިއެއް އޮތިއްޔާ އެ ނަގާނެ. ލާރި ލާރި ލާރި

The name is already taken The name is available. Register?

ހީތުރޯ

31 July 2017

ފޯއްމުލަކު އެއާޕޯޓަށް އެބަޖައްސާ މިހާރުވެސް ދުވާލަކު 4 ބޯޓު، ދެވަނަ ރަންވޭއެއް އަޅަންވެފަ އެއޮތީ.

The name is already taken The name is available. Register?

ްޤުއްޓޭ

31 July 2017

ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. މި ލޮބުވެތި ވަތަންގެ ދުވަސް ވެސް ހިގައްޖެއެވެ. މިސާލު ބައްލަވާށެވެ. އަވަށްޓެރި ސްރީލަންކާ އަށް ވަމުންދާގޮތް. ހަމަ އެހާލު މި ދިވެހިރާއްޖެ އަށް މިހާރު ދިމާވާން މާ ދުރަކުނެތެވެ. މި ރަޢީސް ބަދަޅު ވެއްޖެ ނަމަ ދެން އަންނަ ރަޢީސަކު މި ޕްރެޖެކްޓް ތައް ހުއްޓުވައިފިނަމަ އެކަމުގެ ބަދަޅު ހޯދުމަށް އެވެރިން ބޭނުންވާނެއެވެ. އެ ފައިސާ އެވެރިންނަށް ސަރުކާރުން ދައްކާނީ ކިހިނަކުންތޯ ސުވާލު ކޮއްލުން ބުއްދި ވެރިއެވެ. ލަފާކުރެވޭ ގޮތުގައި މިހާރުވެސް ޗައިނާ އިން ނަގާފައިވާ ލޯނު ތަކަށް ބިލިއަނުން ޑޮލަރު އަރާނެ ކަމަށް އިގްތިސޯދު ދިރާސާ ކުރައްވާ މާޙިރުން ވިދާޅުވަމުން ގެންދަވައެވެ. މިހެންކަމުން ސަރުކާރައް މަޖުބޫރު ވެގެންދާނީ މާލޭ އެއަރޕޯރޓް އާއި 2 ނުވަ 3 ފަޅެއް 99 އަހަރަށް ކުއްޔަށް އެވެރިންނަށް ދޭންޖެހުމެވެ. ނަތީޖާ އެއްގެ ގޮތުން އެވެރިން މި ޤައުމުގައި ވަޒަންވެރިވެ އެވެރިންގެ ދީން ވެސް މިރާއްޖޭގައި ފެތުރިގެން ދާނެއެވެ. ދެން ވާނެވާނެ ގޮތަކީ ފަލަސްތީނާއި އިޒްރޭލް އަށް ވަމުންދާގޮތަށެވެ. އެންމެ ބޮޑު ނުރައްކަލަކަށް ވެގެން ދާނީ އިންޑިއާ އިން ރާއްޖެއާއި އެކު އޮންނަ ސިޔާސީ ގުޅުން ކަނޑާ ލުމަށްފަހު ޗައިނާ އާއި އިންޑިއާގެ ކުރިމަތި ލުމަކައް ދިއުމަކީ ދުރުގަ އޮތް ކަމަކައް ނުވެ ނުދާނެއް. ކުރާނީ ކީއްތޯއެވެ. ބައެއްގެ އަމިއްލަ އެދުން ހިސާބަށްވުރެ ބޮޑުވީމާ މި ހުރިހާ ކަމެއްވެސް ހިނގާނެއެވެ. ރައްޔިތުން ކުރާނެ ކަމެއްނެތެވެ. ވާނެ ހަތަރެއްޗެއް މިހާރު މި އޮތީ ވެނިމިފައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454