ފޮކްސްކޮން އިން އެޕަލްގެ އައިފޯން އިންޑިއާގައި އުފައްދަން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފޮކްސްކޮން އިން އައިފޯން 11 އުފެއްދުމުގެ މަސައްކަތް އިންޑިއާގައި ކުރިއަށް ގެންދަނީ ޗެންނާއީގައި ހުންނަ އެ ކުންފުނީގެ ޕްލާންޓްގަ އެވެ.
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އިންޑިއާ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މާ ލަސްތަކެއް ނުވެ އެޕަލް އިން އިންޑިއާގައި އައިފޯން އެސްއީ 2020 ވެސް އުފައްދަން މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާނީ ބެންގަލޫރް ކައިރީގައި ހުންނަ ވިސްޓްރޯން ޕްލާންޓްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާގައި އައިފޯން އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ މީގެ ތިން އަހަރު ކުރިން 2017 ގަ އެވެ. އެގޮތުން އަގުހެޔޮ މޮޑެލްތަކުގެ އައިފޯނު އިންޑިއާފައި އަންނަނީ އުފައްދަމުންނެވެ. އެ ގައުމަކީ އަކީ ސްމާޓްފޯނުގެ އެންމެ މާކެޓެއް ވެސް އޮތް އެއް ގައުމެވެ.
2020 - iPhone 11
— Ravi Shankar Prasad (@rsprasad) July 24, 2020
2019 - iPhone 7 & XR
2018 - iPhone 6S
2017 - iPhone SE
This chronology is a statement in itself as to how @narendramodi govt. has developed the mobile phone manufacturing ecosystem in India.
It's only a humble beginning. https://t.co/T1ssI1yG6K
އައިފޯން އުފެއްދުމުގެ މަސައްކަތް އިންޑިއާގައި އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން ފޮކްސްކޮން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ޓެކް ކްރަންޗުން ބުނި ގޮތުގައި އެމެރިކާގެ އެޕަލްގެ މަސައްކަތްތައް އިންޑިއާގައި ފުޅާކުރަން ނިންމި އެއް ސަބަބަކީ އެ ގައުމު ޗައިނާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. އަދި މި ދަނޑިވަޅަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ގޯސްވެ، ޗައިނާގެ އުފެއްދުންތައް އިންޑިއާގައި ބޮއިކޮޓްކުރަން ވެސް ކުރަމުން އަން ދުވަސްވަރެކެވެ. އެގޮތުން ދާދި ފަހުން ޗައިނާގެ 59 އެޕެއް އިންޑިއާގައި ވަނީ މަނާކޮށްފަ އެވެ.
މީޑިއާތަކުން ބުނާ ގޮތުގައި އެޕަލްގެ އަމާޒަކީ އައިފޯނު އުފެއްދުމުގެ ހަބެއްގެ ގޮތުގައި މިހާރު ޗައިނާ ބޭނުންކުރި ނަމަވެސް އެ މަސައްކަތް ބޮޑުތަނުން އިންޑިއާ އަށް ބަދަލުކުރުމެވެ. އަދި އިންޑިއާގައި އައިފޯން އުފައްދައި ވިއްކަން ފެށުންވެގެންދާނީ އެ ގައުމަށް އެތެރެކޮށް ވިއްކާ އުފެއްދުންތަކުން ނަގާ 20 ޕަސަންޓް ޑިއުޓީން ވެސް އެޕަލް ސަލާމަތްވާނެ ކަމެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބަހަބަރު
29 July 2020
އިންޑިޔާއިން އުފެއްދީމަ ކޮންސިފައެއްގަ ހުންނާނީ
ބަޑީ
28 July 2020
މިކަން ހަޖަމް ކުރަން ވަރަށް ދަތި މިކަމާ މޭތުރުތުރު އަޅާ ދިވެހިންކޮޅެއް އުޅޭނެ!!! ދެން އެކަމަކު، ކިތަންމެ ރުޅިއަޔަސް، އިންޑިޔާއާ ނުލާ އުޅެވޭވަރު ބަޔެއްނޫންކަންނޭގެ އަހަރުމެނަކީ!! އަވަށްޓެރިޔާއަށް ލިބޭ ކުރިއެރުންތަކަކީ އަހަރުމެނަށްވެސް ފައިދާކުރާނެ ކަމެއްކަމަށްބަލާ އެކަމުން ލިބެންއޮތް މަންފާއެއް ލިބިގަތުން ރަގަޅުވާނީ. އެޕަލްމީހުން ކަހެރުވަކެކޭވެސް ހިތަށްނާރާނެ މުޅި ރާއްޖެ އައިފޯނު ނުގަތަސް!! ހަޖަމްކުރާބޭސް ލިބެންހުރި ވާހަކަކިޔާނުން. އަވަހަށް ހޯދާ.
ދޮން
27 July 2020
އިންޑިޔާ އައިފޯން ... މަވާ އަފޯނު ގެންގުޅުން ނިމުނީ
ކްއިކްގަން މުރުގަން
27 July 2020
އެޕަލް ގެ ދުވަސް ދާ މިހާރު ކައިރިވެއްޖެ ކަމުގެ މަލަމަތި މި ފެންނަނީ...