އަލީސާ: މިހާރު ދިރިއުޅެނީ މަގުމަތީގައި
12 ޖޫން 2016 - 08:01
މިއީ މުއްސަނދިކަމުން ފަގީރުކަމަށް ބަދަލުވީ ބަތަލާއެއްގެ ވާހަކަ އެވެ. މޮޑެލް އަދި އެކްޓަރު އަލީސާ ޚާން ބޮލީވުޑްގެ ވިދާބަބުޅާ ދުނިޔެއިން ދިއްލީގެ މަގުމައްޗަށް ގިނަވި ގޮތުގެ ވާހަކަ އެވެ.
އަންނަ އޮގަސްޓްމަހު ރިލީޒްކުރަން ތައްޔާރުވަމުންދާ "އާއިނާ"ގައި އިމްރާން ހާޝިމީއާ އެކު ލީޑްރޯލު ކުޅޭ އަލީސާ ޚާން ދިއްލީގެ މަގުމަތުގައި "އެނބުރެނިކޮށް" ފެނިފައިވާ ކަމަށް އިންޑިއާ ޓުޑޭ ނޫހުން ބުނެފައިވެ އެވެ. މި ޚަބަރުގައިވާ ގޮތުން އަލީސާ މަގުމައްޗަށް ގިނަވީ އޭނާގެ މަންމަ އާއި ބޭބެ އޭނާ ގެއިން ނެރެލުމުންނެވެ.
ގާޒީއާބާދުގައި ދިރިއުޅޭ އަލީސާ ވަނީ 2011 ގައި ރިލީޒްްކޮށްފައިވާ "މައި ހަޒްބަންޑްސް ވައިފް" ކިޔާ ފިލްމެއްގެ ވެސް ލީޑް ރޯލު ކުޅެފަ އެވެ. އަދި ވަރަށް ގިނަ މިއުޒިކް ވީޑިއޯތައް ވެސް އަލީސާ ކުޅެފައިވެ އެވެ.
އަލީސާ މަގުމަތީގައި (ވ) އަދި އޭނާ މިހާރު ކުޅޭ "އާއިނާ"ގެ ބަތަލު އިމްރާން ހާޝިމީ
އަލީސާ އެ ހާލުގައި މަގުމަތީގައި އުޅެނިކޮށް އޭނާއާ ބައްދަލުކޮށް ސުވާލުކުރި ނޫސްވެރިން ގާތު އަލީސާ ބުނީ އޭނާގެ ލޯބިވެރިޔާއާ ބެހޭ ގޮތުން ފުލުހުންނަށް ޝަކުވާއެއް ކުރުމުން އޭނާގެ މަންމަ އާއި ބޭބެއާ ދެމީހުން ރުޅިއައިސްގެން އޭނާ ގެއިން ނެރެލީ ކަމަށެވެ.
އަލީސާ ބުނި ގޮތުގައި އޭނާ ރައްޓެހިވެގެން އުޅުނު މީހާ ވަނީ އެ ދެ މީހުންގެ ވަރަށް ގައިގޯޅި ވީޑިއޯއެއް ތައްޔާރުކޮށް އެ ވީޑިއޯ ސޯޝަލް މީޑިއާގައި ލީކް ކޮށްލާނެކަމަށް ބުނެ ބިރުދައްކާފަ އެވެ.
ފުލުހުންނަށް އެކަމުގެ ޝަކުވާ ހުށަހެޅީ އެހެންވެ އެވެ. އެފަދަ އެއް ވީޑިއޯ އޭނާގެ ކުރީގެ ލޯބިވެރިޔާ ސޯޝަލް މީޑިއާ އަށް ލީ ކަމަށާއި ފުލުހުންނަށް ޝަކުވާ ހުށަހެޅުމުން މިހާރު އެ ވީޑިއޯ ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ. އަލީސާ ބުނަނީ މި ކަންތައްތަކުގެ ސަބަބުން މަންމަ އާއި ބޭބެ ރުޅި އައިސްގެން ގެއިން ބޭރުކޮށްލީ ކަމަށެވެ.
މިހާރު އަލީސާ ދިރިއުޅެނީ ރައްޓެހިންގެ ގޭގެގަޔާއި ފައްޅިތަކުގެ ބޭރުގަ އެވެ.
މީގެ ކުރިން 2007 ގައި ވެސް ގީތަންޖަލީ ނާގްޕާލް ކިޔާ ބޮލީވުޑް ބަތަލާއަކު މަގުމަތީގައި، ވަންނާނެ ތަނެއް ނެތިގެން އުޅެނިކޮށް ފެނިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނާ
13 June 2016
ތިކަހަލަ ވީޑިއޯ ތައްޔާރުކުރުމަށް ފުރސަތު ދޭތީނު . ތިޔަހެން ވާންޖެހެނީ.
ފަލަކު
13 June 2016
މިނަށްވުރެ ގޮތްކުޑަވީމާވެސް ނެރެލަފާނެ. މައިންބަފައިންނަށް ހުތުއަރުވާ ކުއްޖެއްތިޔައީ.
މުހައްމަދު
12 June 2016
ތިގޮތައް ކިތައް ދިވެހި ޒުވާނުން މުސްލިމު ސައްތައިން ސައްތަވެފަ ތިބި މައިންބަފައިން ގެ ސަބަބުން މަގުމަތިވަނީ. ވެރިންނަކަށް ، މީޑިޔާ އަކަށް ނުފެނާނެ. އެކަމަކު މަސްތުވާ ތަކެތީގެ ތުހުމަތުވެގެން ހައްޔަރު ކުރާއިރު ހުންނާނެ ނޫހުގަ ޖަހާފަ. ވަޒީފާއެއް ނުލިބިގެން މަގުމަތީގަ ކިސަޑު ކޭ އިރަކު ނުފެންނާނެ. ރީތިވެފަ ކުރިން ލާރި ހުރި ކުއްޖެއްވީމަ ތިހެން ތި ކިޔަނީ. ނުކިޔާށެކޭނޫން. ދިވެހި ޒުވާނުންގެ ވާހަކަވެސް ޖަހާބަލަ. ހަމަ އެކަނި މޮޅެތިކަން ކަން ކުރާ ރީތި، ލާރި ލިބޭ ކުދިންވާހަކައެއް ނޫން ޖަހާނީ.
ހަސާޒިމް
12 June 2016
ފިލްމުކުޅޭށޭ ކިޔާފަ ދަނިކޮށްވެސް ބުނީ ނުދާށޭ، ވަންނާނެ ތަނެއް ނެތެއްނުންހޭ. އެކަމުވެސް ހެވޭ، މަގުމަތީ އުޅެން ޖެހުނަސް ފިލްމު ކުޅޭށޭ ކިޔާފަ ދިޔައީ. ދެން ކޮންވާހަކައެއް ދައްކާކަށް. ދެންވެސް ފުރާ އޮޑިއަކަށް އަރައިގެން ރަށަށް އާދޭ!
ނިއުމާ
12 June 2016
އަހަރުން ދިވެހި ސްޓާރުން މަގުމަތިވެފަ ތިބޭއިރުވެސް މިމީހުން ހިތަށް އަރާ ކަމަކަށް ނުވޭ.
އަލިފުތާ
12 June 2016
މި މަންޖެ ފޮނުވާ އަހަރުންގެ ގޯއްޗަށް..
އެނޮނީމާ
13 June 2016
އަލިފުތާ އަނެއްކާ ސާބަސް މިހާރުދެން މިކަހަލަކަންކަމާ ނުވިސްނަބަލަ.