އާޔޫޝް ދަރިފުޅު އާހިލާ އެކު.
28 ޑިސެމްބަރ 2019 - 07:31
އަންނަ އަހަރު ރިލީޒްކުރާ ޑައިރެކްޓަރު އަނޫރާގް ބާސޫގެ އާ ފިލްމުގެ ނަން އެތައް ދުވަހެއް ފަހުން އިއުލާން ކޮށްފި އެވެ.
ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި އެންތޮލޮޖީ ފިލްމުގެ ނަމަކީ "ލޫޑޯ" އެވެ. ހަތަރު ވާހަކައެއް ކިޔައިދޭ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަބީޝެކް ބައްޗަން، ފާތިމާ ސަނާ ޝެއިހް، ރާޖްކުމާރު ރާއޯ، ސާނިއާ މަލްއުތުރާ، އަދިތިޔާ ރޯއި ކަޕޫރް އަދި ޕަންކަޖް ތުރިޕަތީ އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމު ރިލީޒްކުރާ ތާރީޚު އެކި ފަހަރު މަތިން ބަދަލުވަމުން ގޮސް، މިހާރު ފިލްމު ތާވަލް ކޮށްފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް 24 އަށެވެ.
އަނޫރާގް ކުރިން ވެސް ވަނީ ވަރަށް ކާމިޔާބު އެންތޮލޮޖީ ފިލްމެއް ގެނެސްދީފަ އެވެ. އެއީ 2007 ގެ "ލައިފް އިން އަ...މެޓްރޯ" އެވެ.
Let's Play #Ludo......24th April 2020.@ipritamofficial @juniorbachchan
— anurag basu (@basuanurag) December 27, 2019
@RajkummarRao @fattysanashaikh #AdityaRoyKapur @TripathiiPankaj @sanyamalhotra07
#RohitSaraf @iamDivyaKhosla
#TaniBasu #KrishanKumar #AnuragBasuProductions @TSeries pic.twitter.com/Fy9PmeNMKE
"ބަރުފީ" އާއި "މާޑާ" ގެ ވެސް ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2016 ގެ "ޖައްގާ ޖާސޫސް" އެވެ.
އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ސަރުދާރު އުދަމް ސިންގް އަށް ބިނާކޮށް ހަމަ އެ ނަމުގައި ހަދާ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.
Felt numb when it got over.. Did not wish Shaheed Udham shooting get over .. Wish I could keep him alive..clutched him.. Hugged him.. Heartfelt thanks to my fearless crew. pic.twitter.com/MkDkevu2jE
— Shoojit Sircar (@ShoojitSircar) December 27, 2019
މި އަހަރުގެ ކުރީކޮޅު ޝޫޓިން ފެށި މި ފިލްމަކީ ސުޖިތު ސިރްކާ ޑައިރެކްޓްކޮށް، ވިކީ ކޯޝަލް ޓައިޓްލް ރޯލުން ފެންނާނެ ފިލްމެކެވެ. "ސަރުދާރު އުދަމް ސިންގް" ގެ ބަތަލާ އަކީ ސުޖިތު މިދިޔަ އަހަރު ވަރުން ދަވަނާ އެކު ގެނެސްދިން "އޮކްޓޯބާ" ގެ ބަތަލާ ބަނީތާ ސަންދޫ އެވެ.
"ސަރުދާރު އުދަމް ސިންގް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.
މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރުމާ އަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.
ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާނާއި އަޔޫޝް އަށް މި ފަހަރު ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކީ އާޔަތު ޝަރުމާ އެވެ. އަރުޕިތާ ވިހެއީ ސަލްމާންގެ 54 ވަނަ އުފަން ދުވަހާ ވެސް ދިމާކޮށް ހުކުރު ދުވަހު އެވެ.
ދެހާސް ސާދައިގައި އަރްޕިތާ އާއި އާޔޫޝް ކުރި ކައިވެންޏަށް ލިބިފައިވާ ފިރިހެން ދަރިފުޅު އާހިލް ޝަރުމާ އަށް މިހާރު 3 އަހަރެވެ.
ދެވަނަ ދަރިއަކު ލިބުނު އިރު އާޔޫޝް އަންނަނީ އޭނާ ކުޅޭ ދެވަނަ ފިލްމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ސިފައިންގެ މީހެއްގެ ރޯލް ކުޅޭ "ކުވާތާ" އެވެ. އެ ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފެވެ.
އަންނަ މަހުގެ 31 ގައި ރިލީޒްކުރާ ސައިފް އަލީ ޚާންގެ ފިލްމު "ޖަވާނި ޖާނެމަން" ގެ އޭނާގެ ކުރީގެ ފިލްމެއްގެ ހިޓް ލަވައެއްގެ އާ ވާޝަނެއް ވެސް ހިމަނައިގެން ފިލްމުގެ ޓީޒާއެއް ދައްކާލައިފި އެވެ.
Setting the vibe of 2020😉#JawaaniJaaneman, teaser out now! See you in cinemas on 31st January 2020.@poojafilms #BlackKnightFilms #NorthernLightsFilms @nitinrkakkar #SaifAliKhan @AlayaF___ #Tabu @kubbrasait @vashubhagnani pic.twitter.com/96prkK4xPB
— Jackky Bhagnani (@jackkybhagnani) December 27, 2019
އެއީ، ސައިފާއި ކާޖޮލްގެ އިތުރުން އަކްޝޭ ކުމާރު 1994 ގައި ކުޅުނު ފިލްމު "ޔޭ ދިއްލަގީ" ގެ ލަވަ "އޮލޭ އޮލޭ" އެވެ. ސައިފް ފެނިގެން ދިޔަ އެ ލަވައިގެ އާޝަން "ޖާވަނި ޖާނެމަން" ގައި ހިމަނާކަން ކަށަވަރުކޮށް ދެމުން ޑައިރެކްޓަރު ނިތިކް ކައްކަރު ބުނީ އެއީ މި ޒަމާނަށް ފައްތައިގެން ފިލްމުގައި ހިމަނަން ވަރަށް ފައްކާ ލަވައެއް ކަމަށެވެ. އާ ވާޝަނުގެ މިއުޒިކް ކުޅެފައި ވަނީ ތަނިޝްގް ބަގްޗީ އެވެ. ލަވައިގެ ޅެމަށް ބަދަލުތަކެއް ގެނައީ ޝައްބީރު އަހުމަދެވެ.
"އޮލޭ އޮލޭ" އަކީ ދިލިޕް އާއި ސަމީރު ސެންގެ މިއުޒިކަށް އަބިޖީތު ބަޓަޗަރިއާ ކިޔާފައިވާ ލަވައެކެވެ. އެ ލަވައިގެ ޅެން ހެދީ ސަމީރެވެ.
"ޖަވާނި ޖާނެމަން" އަކީ ސައިފާ އެކު ތައްބޫ އާއި އަލަށް ތައާރަފުކުރާ އަލައިއާ ފަރްނީޗަރުވާލާ ފެނިގެންދާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy