"ބިގް ބޮސް 14" ދައްކަން ފަށާނެ ކަމަށް ބެލެވެނީ އޮކްޓޯބަރު މަހުގެ 4 ގައި
ސަލްމާން.
30 އޯގަސްޓް 2020 - 08:09
ކަލާޒުން ގެނެސްދޭން ތައްޔާރުވަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަނުން އެ ޝޯގެ ހޯސްޓް ސަލްމާން ހާނަށް 250 ކްރޯޑް ރުޕީސް (34.2 މިލިއަން) ޑޮލަރު ލިބޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސަލްމާނަކީ މިހާރު ވެސް އިންޑިއާގެ ޓީވީ އިންޑަސްޓްރީން އެންމެ ބޮޑު އަގެއް ލިބޭ ތަރި އެވެ. އެގޮތުން "ބިގް ބޮސް" ގެ ކޮންމެ ސީޒަނަކުން އޭނާ އަށް ބޮޑު އާމްދަނީއެއް ލިބޭ އިރު، ހަފުތާއެއްގެ ދެ ރޭ ސަލްމާން ފެންނަ ޝޯގައި އޭނާ ޝޫޓްކުރާ ކޮންމެ އެޕިސޯޑަކަށް އެވްރެޖްކޮށް 10.25 ކްރޯޑް ރުޕީސް (1,401,642.30 ޑޮލަރު) ހޭދަވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.
"ބިގް ބޮސް" އަކީ އެ ދައްކާ މުއްދަތުގެ ތެރޭގައި ހަފުތާގެ ހުރިހާ ރެއެއްގައި ކަލާޒުން ގެނެސްދޭ ޝޯއެކެވެ. އަދި ސަލްމާން ހޯސްޓެއްގެ ގޮތުގައި ފެންނަނީ އަބަދު ވެސް ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ "ވީކެންޑް ކާ ވާރު" ގެ ނަމުގައި ގެނެސްދޭ ދެ އެޕިސޯޑުތަކުންނެވެ.
"ބިގް ބޮސް 14" ގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު ޝޯ ދައްކަން ފަށާނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް މީޑިއާތަކުން ބުންޏެވެ. ޝޯގެ ދެ ޕްރޮމޯއެއް ވެސް ވަނީ ސަލްމާނާ އެކު ދައްކާލައިފަ އެވެ.
ބޮލީވުޑްގެ އެންމެ އަގު ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސަލްމާން "ބިގް ބޮސް" ހޯސްޓްކުރަމުން އަންނަނީ 2010 ގައި ގެނެސްދިން ހަތަރު ވަނަ ސީޒަނުން ފެށިގެންނެވެ.
ފިލްމުތަކާއި "ބިގް ބޮސް" އިން ސަލްމާނަށް ބޮޑު އަގެއް ލިބޭ އިރު، ޓީވީ އިޝްތިހާރުތައް ކުޅެގެން ވެސް އެންމެ ބޮޑު އާމްދަނީއެއް އިންޑިއާގައި ލިބޭ އެކަކީ ސަލްމާނެވެ. ރިޕޯޓްތައް ބުނާގޮތުން މިހާރު ސަލްމާން 50 ކްރޯޑް 50 ކްރޯޑް (6.9 މިލިއަން ޑޮލަރު) އަށް ވުރެ އަގަކަށް ފިލްމެއް ނުކުޅެ އެވެ. އަދި އޭނާ ކުޅޭ ފިލްމުތަކަށް އެއްބަސް ވަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވެ، ފިލްމު ދައްކައިގެން ލިބޭ އާމްދަނީ ވެސް ބައިއަޅާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
30 August 2020
ސަލްމާނޫ ތިޔަހުރިހާ ފައިސާތީ ކީއްކުރާއެއްޗެއް؟ އަތްބެއްނެތް ދަރިއެއްނެތް.