މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"އަ ސޫޓަބަލް ބޯއި" ގެ ޕޯސްޓަރެއް.

11 އޮކްޓޯބަރ 2020

happy icon 50%

މި މަހުގެ 2 ގައި ޒީ ޕްލެކްސް އިން ޕްރިމިއާކުރި ރޮމޭންޓިކް އެކްޝަން ފިލްމު "ކާލީ ޕީލީ" މި މަހުގެ 16 އިން ފެށިގެން ސިނަމާތަކުގައި ދައްކަން ނިންމައިފި އެވެ.

އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި ހުންނަތާ ހަތް މަސް ފަހުން ހުޅުވަން ހުއްދަ ދިނީ މި މަހުގެ 15 އިން ފެށިގެންނެވެ. މި ފިލްމަކީ އަލީ އައްބާސް ޒަފަރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑޮއުސްކޮށް، މަގުބޫލް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ކާލީ ޕީލީ" ގެ ތަރިންނަކީ ޒުވާން ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި އިޝާން ޚައްތަރު ފިލްމެވެ. މި ފިލްމު ޒީ ޕްލެކްސް އިން ޕްރިމިއާކުރުމާ އެކު އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ފިލްމު ޑްރައިވް-އިން ސިނަމާތަކުގައި ވެސް ދައްކާފައިވެ އެވެ.

ރާޖް ފިލްމު ކުންފުންޏެއް އުފައްދަނީ

މިދިޔަ އަހަރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ޑްރީމް ގާލް" ގެ ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރު ރާޖް ޝާންޑަލިޔާ އަމިއްލަ ފިލްމު ކުންފުންޏެއް ލޯންޗްކުރަން ނިންމައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އޭނާގެ ފިލްމު ކުންފުނި ވަރަށް އަވަހަށް ލޯންޗްކުރުމަށް ފަހު، އޭގެ ދަށުން ހަދާ ފުރަތަމަަ އިއުލާންކުރާނެ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ފިލްމު ޑައިރެކްޓްކުރާނީ "މޭރީ ކޮމް" އާއި "ސަރަބްޖީތު" ފަދަ ފިލްމުތައް ގެނެސްދިން އޮމަންގް ކުމާރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައޮގްރަފިކަލް ޑްރާމާ "ޕީއެމް ނަރެންދުރަ މޯދީ" އެވެ.

ހަމްގާމާ އިން ބުނިގޮތުގައި އޮމަންގްގެ އާ ފިލްމުގެ ބަތަލާއަކަށް މިހާރު ވަނީ "ޑްރީމް ގާލް" ގެ ބަތަލާ ނުޝްރަތު ބަރޫޗާ ވެސް ހަމަޖައްސައިފަ އެވެ.

ވިކީގެ ސުޕަހީރޯ ފިލްމުގެ ޝޫޓިން އެޕްރީލްގައި

މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު އަދިތިޔާ ދާރް އެ ފިލްމުގެ ބަތަލު ވިކީ ކޯޝަލާ އެކު ހަދަން ނިންމާފައިވާ ސުޕަހީރޯ ޓްރިލޮޖީ ފިލްމު "ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" ގެ ޝޫޓިން އަންނަ އެޕްރީލް މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

މި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާނެ ވަރަށް ވަރުގަދަ ފިލްމެކެވެ. އަދިތިޔާ ކުރިން ބުނެފައިވާ ގޮތުގައި "އަޝްވަތައްމާ" ވެގެންދާނީ ހިންދީ ސިނަމާ އަށް އަންނާނެ ވަރަށް ތަފާތު ސުޕަހީރޯ ފިލްމަކަށެވެ. މި ފިލްމަށް ވިކީ ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، އެކި ކަހަލަ އެކްޝަންތައް ވެސް ދަސްކުރާނެ އެވެ. އެކަމަކު އެ ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން އޭނާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކޮމެޑީ ފިލްމެއްގެ މަސައްކަތް ފަށާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗަރިއާ (ވިކްޓާ) ޑައިރެކްޓްކުރާ އެ ފިލްމުގެ ބަތަލާ އަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ.

"ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" އަކީ އިނގިރޭސިވިލާތާއި އައިސްލޭންޑާއި މުމްބާއީގައި މައިގަނޑު މަންޒަރުތައް ނަގާނެ ފިލްމެވެ. މީގެ ވިއެފްއެކްސްގައި އިންޓަނެޝަނަލް ވަރުގަދަ ޓީމެއް ވެސް މަސައްކަތްކުރާނެ އެވެ.

"އަ ސޫޓަބަލް ބޯއި" މި މަހުގެ 23 ގައި

މީރާ ނައިރް ޑައިރެކްޓްކޮށްފައިވާ ބީބީސީގެ ވެބް ސީރީޒް "އަ ސޫޓަބަލް ބޯއި" މި މަހުގެ 23 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މި ވެބް ސީރީޒަކީ ހަމަ އެ ނަމުގައި ވިކްރަމް ސޭތު 1993 ގައި ގެނެސްދިން މަގުބޫލު ވާހަކަ އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. ޖުމްލަ ހަ އެޕިސޯޑްގެ "ސޫޓަބަލް ބޯއި" ގެ މުހިއްމު ރޯލްތަކުން ފެންނާނީ ތައްބޫ އާއި އިޝާން ޚައްތަރާއި ތާނިއާ މަނިކްތަލާގެ އިތުރުން ރާސިކާ ޑުއްގަލެވެ. އުމުރުގެ ބޮޑު ތަފާތެއް ހުރި ތައްބޫ، 49، އާއި އިޝާން، 24، ލޯބީގެ ގައިގޯޅި ރޯލަކުން ވެސް ފެންނާނެ އެވެ.

މި ތަރިންގެ އިތުރުން ވެސް "އަ ސޫޓަބަލް ބޯއި" އިން ވަރަށް ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ރާމް ކަޕޫރާއި ވިވާން ޝާހާއި ޝަހާނާ ގޮސްވާމީ އާއި ރަންދީޕް ހޫޑާ އާއި ކުލްބުޝަން ކަރްބަންދާ ފަދަ ތަރިން ހިމެނެ އެވެ.

ނޭހާ އާއި ރޯހަންގެ ގުޅުން ކަށަވަރުކޮށް ދީފި

އިންޑިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ޕަންޖާބީ ފަންނާނު ރޯހަންޕްރީތު ސިންގް ކައިވެނިކުރަން އުޅޭ ކަމަށް އަޑުފެތުރިފައި ވަނިކޮށް ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.

ނޭހާ، 32، އާއި ރޯހަން، 29، އެކީގައި ނަގާފައިވާ ފޮޓޯތަކެއް ދެ މީހުންގެ ނަން ގުޅުވައިގެން "ނޭހޫޕްރީތު" ވެސް ޖަހާފައި އިންސްޓަގްރާމްގައި ހިއްސާކުރަމުން ނޭހާ ބުނީ ރޯހަން އަކީ މިހާރު "އަހަރެންގެ މިލްކެއް" ކަމަށެވެ. އަދި ރޯހަންގެ ކެޕްޝަނުގައި ބުނީ ނޭހާ އަކީ "އަހަރެންގެ ދިރިއުޅުން" ކަމަށެވެ.

ރޯހަންޕްރީތަކީ މި އަހަރު ކުރީކޮޅު ކަލާޒް އިން ގެނެސްދިން ރިއަލިޓީ ޝޯ "މުޖްސޭ ޝާދީ ކަރޯގޭ" ގައި ވެސް ވާދަކުރި ބައިވެރިއެލެވެ. އޭނާ ޝޯގައި ވާދަކުރީ "ބިގް ބޮސް 13" ގެ ތިން ވަނަ އަށް ދިޔަ ޝެހެނާޒް ގިލް (ސަނާ) ގެ ހިތް އަތުލުމަށެވެ. ސަނާ އިންނާނެ ބަިއވެރިއަކު ހޯދަން ކުރިއަށް ގެންދިޔަ އެ ޝޯ ފަހުން ވަނީ ކުރިއަށް ނުގެންގޮސް ހުއްޓާލައިފަ އެވެ.

ނޭހާ އެންމެ ފަހުން ލޯބީގެ ގުޅުމެއް ބޭއްވި އެކްޓަރު ހިމާންޝް ކޯލީއާ އެވެ. އަދި އެ ގުޅުން ނިމުމަކަށް އައީ މިދިޔަ އަހަރު އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!