މުނިފޫހިފިލުވުން / ސްޓްރީމިން ޓީވީ

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

27 ނޮވެމްބަރ 2020 - 09:57

އަރަމުން އަންނަ ޒުވާން ބަތަލާ ނުޝްރަތު ބަރޫޗާ ކުޅޭ ފުރަތަމަ ބިރުވެރި ފިލްމު "ޗޯރީ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ 2017 ގައި ރިލީޒްކުރި މަރާޓީ ފިލްމު "ލަޕާޗަޕީ" ގެ ރިމެކެކެވެ. "ޗޯރީ" ވެސް ޑައިރެކްޓްކުރަނީ މަރާޓީ ފިލްމު ގެނެސްދިން ވިޝާލް ފޫރިއާ އެވެ. އޭނާ އަކީ ދާދި ފަހުން އިއުލާންކުރި ޝްރަދާ ކަޕޫރްގެ "ނާގިން" ޓްރިލޮޖީގެ ޑައިރެކްޝަނާ ވެސް ހަވާލުވި މީހާއާ އެވެ.

"ޗޯރީ" ގެ ޝޫޓިން ކުރިއަށް ދަނީ މަދިޔަ ޕްރަދޭޝްގަ އެވެ. އެތަނުގައި މީގެ މަސައްކަތް ފެށީ އެއް ވާނެއްގައި ކުރިއަށް ގެންގޮސް ނިންމައިލާ ގޮތަށެވެ. އެހެންވެ ބެލެވޭ ގޮތުން އަންނަ މަސް ނިމުމުގެ ކުރިން ފިލްމުގެ ޝޫޓިން ނިންމާނެ އެވެ.

"ޗޯރީ" ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި އަބުންދަންތިއާގެ އިތުރުން ކްރިޕްޓް ޓީވީ ގުޅިގެންނެވެ. ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ނުޝްރަތު އެންމެ ފަހުގެ ފިލްމަކީ މި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ޗަލާންގް" އެވެ.

އޮމަންގްގެ އާ ފިލްމަކީ "ޖަނިތު މޭ ޖާރީ"

މިދިޔަ އަހަރު ވިވެކް އޮބެރޯއީއާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައޮގްރަފިކަލް ޑްރާމާ "ޕީއެމް ނަރެންދުރަ މޯދީ" ގެނެސްދިން ޑައިރެކްޓަރު އޮމަންގް ކުމާރުގެ އާ ފިލްމު އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރު އަޔޫޝްމަން ކްރާނާ އާއި ނުޝްރަތު ބަރޫޗާއާ އެކު "ޑްރީމް ގާލް" ހެދި ޑައިރެކްޓަރު ރާޖް ޝާންޑަލިޔާ ޕްރޮޑިއުސްކުރާ ފިލްމުގެ ނަމަކީ "ޖަނިތު މޭ ޖާރީ" އެވެ. މީގެ ލީޑް ކާސްޓަށް ނަގާފައި ވަނީ ނުޝްރަތާއި ޕަވައިލް ގުލާޓީ އެވެ.

ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެކަމަކު ރިލީޒްކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ.

އޮމަންގް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާގެ "މެރީ ކޮމް" އާއި އައިޝްވާރިއާ ރާއީގެ "ސަރަޖްބީތު" އާއި ސަންޖޭ ދަތުގެ "ބޫމީ" ހިމެނެ އެވެ.

"ކޫލީ ނަމްބަރު 1" ގެ ޓްރެއިލާ މާދަމާ

އަންނަ މަހުގެ 25 ގައި އެމެޒޯންް ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ޑޭވިޑް ދަވަންގެ އާ ފިލްމު "ކޫލީ ނަމްބަރު 1" ގެ ޓްރެއިިލާ މާދަމާ އާންމުކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމަކީ ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. "ކޫލީ ނަމްބަރު 1" ގެ ލީޑް ރޯލު މި ފަހަރު ކުޅުނީ ޑޭވިޑްގެ ދަރިފުޅު ވަރުން ދަވަނާއި ސާރާ އަލީ ޚާނެވެ. މިއީ މި ދެ ތަރިން އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

"ކޫލީ ނަމްބަރު 1" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޕަރޭޝް ރާވަލް، ޖާވިދް ޖެފްރީ، ރާޖްޕަލް ޔާދަވް، ޖޯނީ ލީވާ، ސާހިލް ވައިދު އަދި ޝިކާ ތަލްސާނިއާ ހިމެނެ އެވެ.

ސަމަންތާގެ ރާއްޖެ ދަތުރުގެ ތެރެއިން

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ސަމަންތާ އަކިނޭނީ އާއި ފިރިމީހާ އަދި އެކްޓަރު ނާގަ ޗައިޓަނިއާގެ ރާއްޖެ ދަތުރު ވެސް ވަރަށް އުފާވެރިކަން އެ މީހުންގެ އިންސްޓަގްރާމް ފޮޓޯތަކުން ދައްކާލައިފި އެވެ.

އެ ދެ މީހުން ޗުއްޓީ ހޭދަކުރަނީ ޖޯލި މޯލްޑިވްސްގަ އެވެ. ނާގަ އަކީ މަޝްހޫރު އެކްޓަރު ނާގުރްޖުނާގެ ދަރިއެކެވެ. އޭނާ އާއި ސަމަންތާ ކައިވެނިކުރީ 2017 ގަ އެވެ.

ސަމަންތާ އަކީ ތަމަޅަ އަދި ތެލެގޫ ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. އޭނާ މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454