ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި

ޕީޖީ އޮފީހުން ބުނީ އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މެމްބަރަކަށް ހުންނެވި އިރު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލްގައި ކަަމަށް

މަހްލޫފް: އެމްއެމްޕީއާރުސީގެ ފައިސާ އޭނާ އަށް ލިބިވަޑައިގަތް ކަމުގެ ތުހުމަތު ދޮގު ކުރައްވާ. --ފޮޓޯ/މިހާރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން ތަހުގީގީ އިދާރާތަކުން ބަލާ މައްސަލަތަކުގެ ތެރެއިން މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް ބުނާ މައްސަލައިގައި ޖޫން، 9، 2021 ގަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަ އަހްމަދު ޝަފީއު ވިދާޅުވީ މަހްލޫފްގެ މައްޗަށް އުފުލީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލްގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އަދި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ފެތުރުނު މި ހިޔާނާތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވީ އަދީބެވެ. މި ކުށް ސާބިތުވެ ޖަލަށް ހުކުމް އިއްވާފައިވިޔަސް މިވަގުތު އޭނާ ހުންނެވީ ގޭބަންދުގަ އެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެސްގެ ސިޔާސަތެއް ގެންގުޅޭ މި ސަރުކާރުގެ ކެބިނެޓުގެ ވަޒީރެއްގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރުމާ އެކު މަހްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރި އެވެ. އެކަމަކު ދައުވާކުރުމާ މެދު ގޮތެއް ނުނިމި ޕީޖީ އޮފީހުގައި އެ މައްސަލަ ދިގުލައިގެން ދިއުމުން ރައީސް އޮފީހުން މިދިޔަ މަހު ވަނީ މަހްލޫފްގެ ސަސްޕެންޝަން އުވާލައިފަ އެވެ.

އޭނާގެ މައްޗަށް ދައުވާ މި އުފުލީ މައްސަލަ ޕީޖީ އޮފީހުގައި އޮންނަތާ ގާތްގަނޑަކަށް ފަސް މަސް ފަހުންނެވެ.

މަހްލޫފްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި، އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33،000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭސީސީން ބުނި ގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ވޯޓަށް ފަހު އަދީބު އާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ.

ތުހުމަތުތަކުން ދިފާއުވުމަށް މަހުލޫފު ކުރިން ވިދާޅުވީ، އެ ފައިސާ ލިބުނު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ މުއާމަލާތާ ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ. އެކަމުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ސިޔާސީ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

41 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 3%
icon angry icon angry 11%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަބުރުންހާޖީ

25 November 2021

ކޮމެންޓްތަކަށް ބަލާލީމާވެސް އެބައެގޭ މަހުލޫފްގެ މައްސަލައިގެ ރައްޔިތުންވެސް ތިބިގޮތް. މަހްލޫފް ޑޮލަރުގަތުމަށް ހިންގި ޓްރާންސެކްޝަނެއްވެއްޖިއްޔާ ޑޮލަރު ގަތުމަށް ދޫކުރި ފައިސާ ނުވަތަ ޗެކްވައްނާނީ އެމްއެމްޕީއާރުސީ އެކައުންޓަ ދޮއްތޯ.

The name is already taken The name is available. Register?

ޜާގުންޑާ

25 November 2021

ކޮބާ ރާކަނި މަސް ކެވިއްތޯ ބޭފުޅާ ލޮލް

The name is already taken The name is available. Register?

ބިސްބެ

24 November 2021

މީ ވަރަށް ގަޓު ބޭފުޅެއް

The name is already taken The name is available. Register?

ބިސްބެ

24 November 2021

އިސްތިއުފާދޭންޖެހޭ. ޒީރޯ ޓޮލަރަންސްގެ ހަމަޔަކީވެސް އެއީނޫންތޯ

The name is already taken The name is available. Register?

ބިސްބެ

24 November 2021

ސަރުކާރު އޮރިޔާންކޮށްލާނެ މިފަހަރު

The name is already taken The name is available. Register?

އެ ނަން

24 November 2021

އެންމެ ފަހުން ސިޔާސީ ކަންބަޅިއަކަށް ހަދައިފި. ދެން މަހުލޫފް ހަދާ ގޮތެއް ބަލަން ތިބޭނީ. އެއް އިރެއްގަ ބިރުދައްކާލި ތަންވެސް ފެނުނު.

The name is already taken The name is available. Register?

އަޅުގަނޑު މަނިކުފާނަށް އަރުވާ އިރުޝާދު

24 November 2021

ކުރިން ވިދާޅުވީ ދައުވާ ކޮށްފިއްޔާ އިސްތިއުފާ ދެއްވާނެ ކަމަށް. މިފަހަރު ވިދާޅުވާންވީ ކުށްވެެރި ވެއްޖިއްޔާ އިސްތިއުފާ ދެއްވާނެ ވާހަކަ.

The name is already taken The name is available. Register?

ބޮޑުމީހާ

24 November 2021

ދެން ނުކުންނަންވީ ޑޮލަރުޖެހި ކަޅުޓީޝާޓް ލައިގެން. މިހާރު އިތުރަށްވާނެ ފަޟީހަތެއް ނެތް

The name is already taken The name is available. Register?

ބަބޫ

24 November 2021

ޔާމީނުވެސް ބުނީ މަނީ އެކްސްޗޭންޖެކޭ. އޭނާ ހުކުމުގަ މަހުލޫފް މިނިވަންކަމުގަ. އެސްއޯއެފުން ދެމީހުނަށްވެސް ޑޮލަރު ދިނީ. ވާގޮތް ބަލަންތިބެމާދޯ

The name is already taken The name is available. Register?

ޅަދު

24 November 2021

މީނަ ބުނި ދައުވާކުރަން ފޮނުވާއިރރަށް އިސްތިއުފާ ދޭނަމޭ. ޢެކަމް ޔަގީން ހަމަ ވަކިކުރަންދެން ހުންނާނެ. ޥަޒީރުކަމުން ވަކިކުރިޔަސް އޮފީހުން ނުނިކުންނަންވެސަ ގަދަ ހަދާފާނެ ވަރަށް ޑްރާމާ ބޮޑު ބޮޑާ މީހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454