މީރުފެންފުށި ރިސޯޓް ކައިރިއަށް މޫދަށް އެރިގެން އުޅެނިކޮށް ގެއްލުނު ދެ ޓޫރިސްޓުން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު ފެނިއްޖެ އެވެ.
އެއް ހަށިގަނޑު ބަރޮސް ކައިރިން 7:30 އެހާއިރު ފެނުނުއިރު އަނެކަކުގެ ހަށިގަނޑު ފެނުނީ ތުޅާގިރި ރިސޯޓު ކައިރީ އޮންނަ ފަސްގަނޑަކަށް ލައްގާފައި އޮއްވައި 8:00 ހާއިރު އެވެ. ބަރޮހާއި ތުޅާގިރި އޮންނަނީ ޓޫރިސްޓުން ގެއްލުން ރިސޯޓާ ވިއްސަކަށް މޭލު ދުރުގަ އެވެ.
ގެއްލިފައި ވަނީ 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ.
މަރުވެފައި އޮއްވައި ފެނުނީ ގެއްލުނު ދެ ޓޫރިސްޓުން ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ. ނަމަވެސް މިއީ ގެއްލުނު ދެ މީހުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދެ ސަރަހައްދަކުން މި މީހުން ފެނިގެން ރިޕޯޓް ކުރީ އާއްމުންގެ ބަޔަކު ކަމަށެވެ.
ރާއްޖޭގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ގެއްލުމާއި މަރުވުމުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. މިދިޔަ ހޯމަ ދުވަހު އއ.ރަސްދޫ ކައިރިއަށް ޑައިވިނަށް ދިޔަ ކެނެޑާ ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ.