ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ސަޕޯޓަރުންނަށް ގަބޫލުކުރަން ދަތިވި ވަގުތުކޮޅު

ނަޝީދު ފެނުމުން ދެ ސަޕޯޓަރަކު އުފާފާޅުކުރަނީ: ސްރީ ލަންކާގައި އެމަނިކުފާނު އިއްޔެ ވަނީ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި. --ފޮޓޯ: އެމްޑީޕީ

ކޮލަމްބޯއިން: ފަޒީނާ އަހްމަދު

03 ފެބުރުއަރީ 2017 - 09:34

110 comments

ސަޕޯޓަރުންނާ ބައްދަލުކުރައްވަން ތައްޔާރުކޮށްފައި އޮތް ހޯލަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމާ އެކު އެއްބަޔަކަށް އުފަލުން ރޮވުނީ އެވެ. އަނެއް ބަޔަކު ތިބީ، ހޯލުގައި ހުންނެވީ ނަޝީދު ކަން ގަބޫލުކުރަން ދަތިވެފަ އެވެ. ގާތްގަނޑަކަށް ދެ އަހަރު ފަހުން، އެ މީހުންގެ "ރައީސް"އާ ބައްދަލުވީމަ އެވެ. މާޗް، 13، 2015 ގައި އެމަނިކުފާނަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި ފަހުން މިއީ، ސަޕޯޓަރުންނަށް މިހާ ގާތުން ބައްދަލުވި ފުރަތަމަ ފަހަރެވެ.

ނަޝީދުގެ މޫނުފުޅު މަތިން ވެސް ފެނުނީ އެ އިހްސާސެވެ؛ އެތައް ދުވަހަކަށް ފަހު ސަޕޯޓަރުންނާ ބައްދަލުވުމުގެ ހިތްހަމަޖެހުމެވެ. ކޮންމެ މީހަކާ ވެސް ސަލާމް ކުރައްވައި ކިހިނެއްތޯ އެއްސެވި އެވެ.

ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އެމްޑީޕީއާ އެކު މުހިއްމު މަޝްވަރާތަކަކަށް ސްރީ ލަންކާ އަށް ވަޑައިގެންނެވި ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރެއްވީ އިއްޔެ މެންދުރުފަހު، ބާޖަޔާ ހޮޓަލުގަ އެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންގެ ގިނަ ބަޔަކު ބައްދަލުވުމުގައި ބައިވެރިވިއިރު، ނަޝީދު ދެކެލަން މާލެއިން ދިޔަ މީހުން ވެސް ތިއްބެވެ.

ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ: އެމަނިކުފާނާ ބައްދަލުކުރަން މާލެ އިން ވެސް މީހުން ދިޔަ. --ފޮޓޯ: އެމްޑީޕީ

ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ބުނިގޮތުގައި މިހާ ދުވަސްކޮށްފައި އެހާ ގާތުން ނަޝީދު ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެވެ.

"ވަރަށް އުފާވި، މިއީ ވަރަށް ގަބޫލުކުރަން ދަތި ވަގުތުކޮޅެއް. ދިގު މުއްދަތަކަށް ޖަލަށް ލާފައި ވަނިކޮށް ރައީސާ މިހާ އަވަހަށް، މިހާ ގާތުން ބައްދަލުވާނެ ކަމަށް އުއްމީދުކޮށްގެންނެއް ނޫން ހުރީ. އެކަމަކު މި ފުރުސަތު ލިބުން މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ބައްދަލުވުމަށް ދިޔަ، ލަންކާގައި ދިރިއުޅޭ އާދަމް ސަލީމް ބުންޏެވެ.

ބައްދަލުވުމުގައި ބައިވެރިވި އެންމެން ވެސް ފާޅުކުރީ މި ޝުއޫރެވެ.

ބައްދަލުވުމަށް ދިޔަ އާއިލާއަކާ އެކު ނަޝީދު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: އެމްޑީޕީ

ހޯލުގައި މޭޒުތައް އަތުރާފައި ހުރިއިރު، ކޮންމެ މޭޒަކަށް ނަޝީދު ވަޑައިގެން ވަކިވަކިން މީހުންނާ ބައްދަލުކުރެއްވި އެވެ. އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މީހުންގެ ތެރެއިން ފެންނަން ނެތް މީހުން ކޮބައިތޯ އައްސަވައި ބައެއް މީހުންނާ ފޯނުން ވެސް ވާހަކަ ދެއްކެވި އެވެ.

ސަޕޯޓަރުން ބުނިގޮތުގައި އެމަނިކުފާނަށް ތާއީދުކުރުމުން ލިބޭ ހިތްހަމަޖެހުމަކީ އެއީ އެވެ؛

"އެއްވެސް ރައީސަކު ނުވަތަ ރައީސްކަން ކުރެއްވި ބޭފުޅަކު ވެސް މިގޮތަށް އުޅޭ ތަނެއް އަޅުގަނޑު ނުދެކެން. އެހެންވީމަ ދަތުރު ހަދާފައި ވެސް އެމަނިކުފާނާ ބައްދަލުކުރާ ހިތްވަނީ، އަމިއްލަ ކަމެއްގައި ލަންކާ އަށް އައިސްފައި ސަޕޯޓަރުންނާ ބައްދަލުކުރާކަން އެނގިގެން އަޅުގަނޑު މި މަޑުކުރީ. ވަރަށް ހިތްހަމަޖެހިފައި މިހިރީ،" އިބްރާހިމް ލިލާލް ހުސެއިން ބުންޏެވެ.

ނަޝީދާ ބައްދަލުކުރަން ދިޔަ މީހަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. ވަގުތު ޖެހުމުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި. --ފޮޓޯ: އެމްޑީޕީ

ބައްދަލުވުމަށް ދިޔަ ގިނަ ބައަކު އެންމެ ގިނައިން އެހި އެއް ވާހަކަ އަކީ ނަޝީދާ ދެން ބައްދަލުވާނީ ކޮން އިރަކުންތޯ އެވެ. އެ މީހުން ބޭނުންވީ ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ތާރީހެކެވެ. އެއަށް ޖަވާބު ދެއްވައި ނަޝީދު ވިދާޅުވީ "ޖަލަށް ދާން ޖެހުނަސް ވަގުތު ޖެހުމުން ރާއްޖެ ދާނަން" ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވި އެންމެން ވެސް ނަޝީދާ އެކު ސެލްފީ ނެގި އެވެ. އެއް ފޮޓޯ މަދުވެގެން ދެތިން ފަހަރަށް ނެގި މީހުންނާއި ގްރޫޕް ހަދައިގެން ވެސް ފޮޓޯ ނަގައި އެ ވަގުތުކޮޅު ފޯނުތަކުގައި ރައްކާކުރި އެވެ.

"ވަރަށް ދުރުން އަޅުގަނޑު މިއައީ، ރައީސް ނަޝީދާ އެކު ސެލްފީއެއް ނަގަން، ވަރަށް އުފާވެފައި މިހިރީ،" ލަންކާގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.

"އުއްމީދު އެބައޮތް، ނަޝީދު ދައްކަވާ ކެންޑިޑޭޓަކަށް ވޯޓު ދޭނަން"

ސަޕޯޓަރުންގެ ހިތުގައި އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެތޯ އެވެ. އެ ސުވާލަށް ސީދާ ޖަވާބެއް އަދި ނުލިބެ އެވެ. އެއީ، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ދޮރެއް އެމަނިކުފާނަށް ބަންދުވެފައި ވާތީ އެވެ.

"ކުރިމަތި ނުލެވޭ ގޮތް ހަދާފައި އޮތަސް އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް ނަޝީދު. އެ ނޫން ގޮތަކަށް ގަބޫލުކުރާނީ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނެ ކަން ޔަގީންވީމަ. އަދި ނޭނގޭ ދެއްތޯ؟ ފަހު ވަގުތާ ހަމައަށް އުއްމީދު ކަނޑައެއް ނުލާނަން،" އައިޝަތު އާސިމާ ބުންޏެވެ.

އޭނާގެ ވާހަކަ އަށް ތާއީދު ކުރި ޝަހީދާ މުހައްމަދާއި ފާތުމަތު ވަހީދާ ބުނިގޮތުގައި އިންތިހާބުގެ ކުރިން ނަޝީދަށް ވާދަކުރެވޭނެ ކޮންމެވެސް ގޮތެއް ފަހިވާނެ އެވެ. އެއީ ކޮން ވަގުތަކު ކަން ސާފުނުވިއަސް، އުއްމީދަކީ އެއީ ކަމަށް އެ ދެ މީހުން ވެސް ބުންޏެވެ.

ނަޝީދާ ބައްދަލުކުރަން ދިޔަ ސަޕޯޓަރުން އެމަނިކުފާނުގެ ވާހަކަފުޅު އަޑުއަހަނީ. --ފޮޓޯ: އެމްޑީޕީ

ސުޕްރީމް ކޯޓުން ނަޝީދުގެ ކެންޑިޑެސީ ގަބޫލުނުކޮށްފި ނަމަ، ސަޕޯޓަރުން ތިބީ އެމަނިކުފާނު ދެން ނިންމަވާނެ ނިންމުމަކަށް ވެސް ރުހޭ ގޮތަށެވެ. އެއީ އެމަނިކުފާނު ދައްކަވާ ކެންޑިޑޭޓަކަށް ވޯޓު ދިނުމެވެ.

"އެމަނިކުފާނަށް ވާދަ ނުކުރެވިއްޖެ ނަމަ ދެން ދައްކަވާ ކެންޑިޑޭޓަކަށް ވެސް ވޯޓު ދޭނަން. އެގޮތަށް އަޅުގަނޑުމެން މިތިބީ،" ޝަހީދާ ބުންޏެވެ.

އިންތިހާބުގައި ނަޝީދަށް ވާދަނުކުރެއްވިދާނެތީ ސަޕޯޓަރުންނަށް އޮތް މާޔޫސްކަން ބޮޑެވެ. އެކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ހުއްޓުމެއް ނެތް ކަމަށެވެ. އިންތިހާބުގެ ކުރިން، އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ސަޕޯޓަރުންނަށް ނަޝީދު ވިދާޅުވީ މިހެންނެވެ؛ "ހިތްވަރު ދެރަ ނުކުރައްވާ، އަޅުގަނޑު އެނބުރި ތިޔަ ބޭފުޅުންގެ ގާތަށް އަންނާނަން" ކަމަށެވެ. ހުރިހާ ސަޕޯޓަރުން ވެސް އެމަނިކުފާނާ އިއްޔެ ވަކިވީ އެ އުއްމީދުގަ އެވެ.

110 ކޮމެންޓް, 689 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 2%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރއްޔިތެއް

07 February 2017

މަނިކުފާނު ރާއްޖެވަޑައިގެން ޖަލަށްވަޑައިގަންނަވާނެ ކަމެއްނެތް އަނެއްކާ ޖަލަށްވެދެވަޑައިގަންނަވަންޖެހިއްޖެނަމަ އަޅުގަނޑުވަރަށް ދެރަވާނެ ދުނިޔޭގެ ކޮންމެތަނެއްގައިވެސް މަނިކުފާނު ހެޔޮ ޙަލުކޮޅުގައި ހުންނެވިއްޔާ އަޅުގަނޑުމެން އުފާވާނެ. މާތްﷲމަނިކުފާނަށް ހެޔޮގޮތް އިރާދަކުރައްވާށި.

The name is already taken The name is available. Register?

ާއާންދޮގޭ

04 February 2017

ނަޝީދު ރިއާސީ އިންތިހާބުގައި ވާދަ ކުރެވޭނަމަ ޖަލުގައި ތިބި އެންމެނަށްވެސް ރިޔާސީ އިްތިހާބުގައި ވާދަ ކުރެވެންޖެހޭނެ

The name is already taken The name is available. Register?

ފީކަޅާ އިބްރާހިމްފުޅު.

04 February 2017

ރައީސް ނަޝީދުގެ ސްޕީޗެއް އަޑުއިވުމުން ވަރަށް އުފާވޭ. ރާއްޖޭގެ ސިޔާސީ ހަޔާތުގައި އަނިކުފާނު ވިދާޅުވި ބަސްތައް ވަރަށް ބޮޑަށް ދިމާވެފައި ހުރީ.

The name is already taken The name is available. Register?

އާ7

04 February 2017

މިހާރު އެންމެން ވެސް ދެެރަވޭ ދޯ.. އޭރުވެސް މަށަށް ހީވިއޭ މިހެން ވާނެހެން..

The name is already taken The name is available. Register?

ހީހީ ހަލާކު

04 February 2017

މިއުޅޭ ރަންރީނދޫ ގުރޫޕު މީހަމަ މޮޔަބައެއް. މަހީހީ ހަލާކުވަނީ މިމީހުންގެ ޢަޤީދާޔާމެދު.

The name is already taken The name is available. Register?

ނަސީދު ދެކެ ފުރާނަޔައްވުރެ ލޯބިވާ ރައްޔަތެއް

04 February 2017

އަބަދު މިތަ ފުލެޓޭ މާލެ ސަރަހައްދައް ހުރިހާ ދިވެހިބަދަލު ކުރަން އުޅެށޭ ކިއާ ބޭފުޅާޔަކައް ނޭގޭބާ! ފުލެޓުތަކުގަ ދިރިއުން އެއީ ދުނިއޭގެވެސް އެންމެ ދައްފަންތީގެ ދިރިއުޅުންކަމެއް! ބޭރުގަމުތަކުގަވެސް ފުލެޓުގެ ދިރިއުޅުމުން މިންޖުވާން ގެދޮރު ހޯދައް ލޯނުނަގާ އެތައް ވަޒީފާޔެއް އަދާކޮއް ބުރަ މަސަކައް ކުރާކަމެއް! ވީމަ ގެދޮރު ހުރި މިމީހުން ފުލެޓައް ބަދަލުކުރުމަކީ އެމިހުންގެ ދިރިއުޅުން ފަގީރު ކުރުންކަމެއް! ތަރައްގީވެފަ ހުރިގައުތަކުގަ ސިޓީޓަކުގަ ދިރިއުޅޭ މީހުންނައް ހަފުތާ ބަންދުގައި އެމިހުންގެ އެތައްބުއަކައް ނަގާފަހުންނަ ކޮތަރުކޮށިތަކުން ފާބައިގެ ސިޓީން ބޭރުގަ ސަފުވައިލިބޭގޮތައް ދިރިއުޅުމުގެ އިތިޒާމު ހަމަޖައްސާފަ ހުންނަކަމެއް! މިދެއްނެވީ ގެދޮރު ވެރިން ދިރި އުޅޭގޮތައް ގަސްހައްދާނެ ފުދޭވަރައް ބިން އޮންނަ ކުދިކުދިގެ ހުންނަކަމެއް! މިހާރު ތިއުޅެނީ ކުޑަމިނު ހަފުތާ ބަންދުގަ ޕިކުނިކުދާނެ ފަޅުރައްގަޑެއް ވެސްމާލެ އަތޮޅުގަ ނެތިގެން! އެހެންވެ ނަސީދު ބުނަނީ ތަރައްގީ ހުސްއެކަނި ކޮންކުރިޓުން ނުކުރެވޭނެ ވާހަކަ! ރާއްޖެތެރޭ ރައްތަކުގަ ގެސްހައުސް ހަދާ އެމިހުންނަކީ ފުދުންތި ބަޔަކަން ހެދުން ނަސީދުގެ ސިޔާސަތަކީ އެހެއްވެ އަހަރެމެން ނަސީދައް ސަޕޯޓުކުރަނީ! އިންޑިޔާގެ ބޮންބޭގަ މީހުންމަދުތޯ އެކަމަކު އެތަނައް ވުރެ ފަގީރުން ގިނަތަނެއް ކޮބައިތޯ! ބަލަ ގައުމުތަރައް ގީކުރެވޭނީ ގައުމުގަ ހުރި އިގުތިސޯދީ ވަސީލަތް ތަކުން އެންމެނައް މަންފާ ކުރާނެ ސިޔާސަތެއް ގެންގުޅޭ ވެރިކު ހުރެގެންކަން ނޭގެނީ ވަރައްވެސް ސިކުނޑީގައި ތެއްކަމެއް ނެތީމަތާ!

The name is already taken The name is available. Register?

އާދެބަލަ

03 February 2017

ކެނެރީގެ ނަޝީދުގެ ސަޕޯރޓަރުން ގަބޫލުކުރަން އުޅެގަ މަމެން ދައްކާ ވާހަކަ. ތިއިން ކޮންމެ ކުއްޖަކަށް މާލެ ސަރަހައްދުން ފްލެޓެެއް ދޭނަން އަވަހަށް އަންނަން އުޅެގަ މަމެން ޕިންކީން ގާތަށް. ދެޓްސް އޯލް ރައިޓް ދޯ. މަމެން ލޯބި ވޭ ތަމެން މަމެންނާއި ޚިޔާލު ތަފާތުވިއަސް. އަވަހަށް އަންނަންވީ، އަންނަންވީއެވެ.

The name is already taken The name is available. Register?

ހާމާނު

03 February 2017

ބައްޔެއްނު. ފްލެޓެއް ގައި ފްލެޓް ނުވެވިގެން ދޯ މިއުޅެނީ ކުލީ މަލޭގައި. މިއުޅެނީ ބޮޑު ގޯތީގަިއ އުޅެން ވަޒީފާ އަކާއެކު ރަށަށް ނުދެވިގެން. ދަތުރު ފަތުރު ނެތިގެން ރަށަށް ގެސްޓުން ގެންނަން ހޮސްޕިޓަލަށް ދާން... ބޯ ހަލާކުވެދާނެ.

The name is already taken The name is available. Register?

ފާތުން

03 February 2017

މާލޭން މިހާ މީހުން މަދުވެގެން މިއުޅެނީ މީނަޔާ ބައްދަލް ކުރަން ހުރިހާ ދިވެހިން ލަންކާ އައްދިޔާމަދޯ

The name is already taken The name is available. Register?

އިންމަ

03 February 2017

މަނިކުފާނަށް ވަރަށް ތާއީދުކުރީން ކުރިން. އެކަމު އިތުރުފުޅު ހައްދަވާފައި މިގައުމަށްވާނެހާ ކަމެއްވާން އަޅުގަނޑު ދޫކޮށްލާފައި އިނގިރޭސިވިލާތުގައި ތިހުންނަވަނީ. މަނިކުފާނު އަޅުގަނޑުދެކެ، ނުވަތަ މިގައުމުދެކެ ލޯބިވާނަމަ އަހަރުމެން ތަޙައްމަލް ކުރަމުންދާ ކަންކަމާއެކު މިތާގައި ޖަލުގައިވިޔަސް އޮތީސް. އަހަރުމެން ގޭގައި މިއުޅޭ ހާލަށްވުރެ އަރާމުގައި އެތާނގައި އުޅެވޭކަމަށްވަނީ. ވަރަށް ވަރަށް ދެރަވި މިކަންވިސްނިފައި. މިގައުމުގައި ކުރީގައިހުރި ހަމައެކަނި މަންޑޭލާ. މިހާރު ނެތް ވޯޓްދޭނެ މީހެއް. އެކަމު އަދިވެސް އިޙްތިރާމްކުރަން މަނިކުފާނަށް. ޝުކުރިއްޔާ އަހަރުމެންނަށް ފާއިދުވެދިޔަ ދުވަސްތަކުގައި ކޮންމެވެސް އުއްމީދެއް ދެއްވީތީ.

The name is already taken The name is available. Register?

ޒުވާން މުސަޅުގެ ދުވެލި

03 February 2017

ގައުމު ދަރާވިކި ހުސްވެއްޖެ ރަށްތައް ދިވެހިންގެ އަތުން ބީވެ ދިވެހިން ނިކަމެތި ވެ އަމިއްލަފައުމުގާ ފީތައްގިނަވެ ތަކެތީގެ އަގު ބޮޑުވެ މުސާރަ ބޮޑުކުރަން އެއްއަޑަކުން ގޮވަންފަށައިފި ތަކެތީގެ އަގު މީން ޒަމާނަކު ނުދާހާ މައްޗަށް ދިޔައިރު އަދި އަދަށްވެސް އޮތީ ރައީސް ނަޝީދު ކަނށައެޅުއްވި މުސާރަ އެކަމަކު އެއަށް ފަހު ވާނޭ ކިޔާފަ އެރިމީހާއަށް ބޮޑުކޮށްލަން ކެރުނީ ތަކެތީގެ އަގު މުސާރަ ބޮޑުކުރާކަށް ހިތްވަރެއް ނެތް ގަޓުހުންނަނީ އަގުބޮޑުކުރުމަށް ރައްޔިތުންނަށް ކަންކަން ފަހިކުރުމަށް އެއްވެސް ވަރަކަށް ގަޓެއް ނުހުރޭ ވަﷲ އައުލަމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454