ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސިފައިންނަނީ ގައުމު ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް ވިދާޅުވި.-- ފޮޓޯ: އޭއެފްޕީ
01 މާޗް 2017 - 14:23
ސިފައިންނަށް ވޯޓުލުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓުލެވޭ ގޮތަށް ސިފައިންގެ ގާނޫނުގައި އޮތް މާއްދާ އުވާލަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭގައި ވިދާޅުވެފައި ވަނިކޮށް، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ސިފައިންނަކީ ގައުމު ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރާ ބައެއް ކަމަށާއި ސިފައިންނަށް ވޯޓު ލެވެންޖެހޭނެ ކަމަށެވެ.
ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން އުޅޭތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ގާނޫނީ ވަކީލުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގާނޫނު އަސާސީގެ 26 ވަނަ މާއްދާ ބުނާގޮތުން އިންތިޚާބުތަކުގައި ވޯޓު ދިނުމަކީ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް ލިބިގެންވާ ހައްގެކެވެ. އެކަމަކު ގާނޫނު އަސާސީގެެ 16 ވަނަ މާއްދާ ބުނާގޮތުން ގާނޫނު އަސާސީން ދީފައިވާ ހައްގެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ހަނި ކުރެވިދާނެ އެވެ. އެކަމަކު އެކަން ކުރަން ޖެހޭނީ މިނިވަން ޑިމޮކްރެޓިކް މުޖްތަމައުތަކުގައި އެ ހައްގެއް ހަނިކުރާ މިންވަރަކަށް ކަމަށް ގާނޫނު އަސާސީގައިވެ އެވެ.
ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ސިފައިންނާއި ފުލުހުންނަކީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
02 March 2017
ސިފައިން އެކަންޏެއްނޫން ސަރުކާރުގެ ހުރިހާ މުއައްޒަފުންނަށްވެސް ވޯޓް ނުލެވޭ ގޮތް ހެދީމަ ވީ.
އަހަރެން
02 March 2017
ސިފައިންނާއި ފުލުހުން އަދި 20 އަހަރު ނުވާ މީހުންނަށް ވޯޓު ލެވިގެންނުވާނެ މިކަން ބަދަލުކޮށް މިގައުމު ފަސާދަކުރިވި ޕާޓީތަކަކީ އެމްޑީޕީ އާއި އަދަލާތު ޕާޓީ
މުހައްމަދު އަހްމަދު
02 March 2017
ރައީސް ނަޝީދު އެއްގޮތަކަށް 2 ފަހަރަކު ވާހަކަ އެއް ނުދައްކަވާނެ. ކުރިން ވިދާޅުވަނީ ސިފައިންނާ ފުލުހުންނަށް ވޯޓުލެވިގެން ނުވާނެ ކަމަށް. އަޅުގަނޑަށް ހީވަނީ ރައީސް ނަޝީދަށް ދަސްފުޅުވެފަ ވަނީ، މީހަކު އެެއްޗެއް ބުނެފިއްޔާ އިކޮޅު ހައްދަވާ ޒުވާބުކުރެެއްވުން ހެން.
ހުވާ
02 March 2017
މީ މި ނަޝީދުގެ މައްސަލައަކީ މީނާއަށް ލަނޑުދޭމީހުންގެ ހައްގުގައިވެސް އެވާހަކަ ދައްކަން އެންމެކުރީގަ އުޅޭނީ މި ނަޝީދު
ހަނާ
02 March 2017
ފުލުހުންނާ ސިފައިންނަށް ވީތީ ވޯޓުލުމުގެ ހައްގުން މަހުރޫމެއް ނުކުރެވޭނެ އެމީހުންނަށްވެސް އެހެންމީހުންނެކޭ އެއްއުސޫލަކުން ގައުމީކަންކަމުގައި ފުރުޞަތު އޮންނަންޖެހޭނެ ވޯޓަކީ އެންމެންގެ ހައްގެއް ސަރުކާރަށް އަގުލަބިއްޔަތު ގެއްލޭކޮންމެ ފަހަރަކު ފުލުހުންނާ ސިފައިން ގުރުބާންކުރުމަކީ ރަނގަޅުގޮތެއްކަމަކަށް ނުބެލެވޭ ނަޝީދަކީ އަބަދުވެސް ހައްގުތަކުގެ ވާހަކަދައްކަން ހަމަ އެއްވަނަ ހަގީގަތްވާނީ ހަގީގަތަށް ކިތަންމެ ރުޅިއަޔަސް ދޯ
އަހަންމާ
02 March 2017
އެއްވެސް މީހެއްގެ ހައްގެއް ގެއްލެންޏާ އެވާހަކަ އެއްމެއަވަހަށް ދައްކަވާ ރައީސް އެކަމަކު ރައީސަށްވެސް ލަނޑުދިނީ މިއުޅޭ ސިފައިންނާއި ފުލުހުން ގުޅިގެން ދެއްތޯ
ބަގީ އަޙްމަދު
01 March 2017
ކަލޭ ސިފައިންނަށް ބާޣީންނަށް ގޮވި އިރު އެ ނުވިތަ ގައުމު ބިނާކުރާ ބަޔަކަށް. ކިހިނެއް ވެގެން ތިޔާ އުޅެނީ
ކަލޯގަޔާ
02 March 2017
ބަޣާވާތްކުރީމާ ވާނީ ބާޣީންނަށް ކިތަންމެ ރުޅިއަޔަސް އެހެންކިޔާނެ ފުލުހުނާ ސިވައިން ގުޅިގެން ނިކުމެ ރައްޔިތުންގެ ވެރިކަމެއް ވައްޓާލީމާ ދެން އެޔަށް ކިޔާނެ އެހެންނަމެއްނެތް ހަމަ ކިޔާނީ ބާޣީންނޭ
ތަކޫ
01 March 2017
ނަޝީދު ހަމާ ގައި ތޯ ތި ހުނަވަނީ؟ނަޝީދު ވެރިކަން ވައްޓާލި ކޮންބައެއްތޯ!ދިވެހި ރައްޔަތުން ހޮވާފައި ހުރި ވެރިޔަކާ ދެކޮޅައް ބަގާވަތް ކުރި ކޮން ބައެއް ހޭ!ތުރިކީ ވިލާތުގެ ވެރިކަން ފުރަޅާލަން މަސަކަތް ކުރީ ކޮން ބައެއް ހޭ.އަދި މސްރުގެ ފުރުތަމަ ޑިމޮކުރާސީ ވެރިކަން ފުރޮޅާލީ ކޮންބައެއް ހޭ!ސިފައިނައް ވޯޓް ނުލެވޭ ގޮތަން އޮތުމަކީ ޑިމޮކުރާސީގެެ ހޮޔޮފަލާކަން ވެދާނެ އަދި ދިވެހި ރައިޔަތުން ބޭނުން ބޭނުން ކަހަލަ ވެރިކަމެއް ކުރުމުގެ ފުރުސަތު ލިބޭނެ
އލހ
01 March 2017
ނަޝީދާ އެހެންމީހުންނާ ހުރިތަފާތަކީ މިއީ ނޫންތޯ! ޖަލަށްލައި ފުޅިތޮށިކާންދިނީމަވެސް ހިތްހެޔޮކަމާއެކު ސަލާމްކޮށްފަ ނިކުމެގެންދިޔައީ... މިބުނީކީ ކޮންމެހެން ނަޝީދުވެސް ސިޔާސީ ގޮތުން ބަޔަކަށް ނުހައްގުން ކަމެއްނުކުރާވާހަކައެއްނުން.
ސަމްސު
01 March 2017
ނަޝީދު އުޅުނީ ޑިމޮކުރަސީގެނަމުގާ މިތަނުގާ ރަސްކަމެއްކުރާން.
މުހައްމަދު
02 March 2017
އެހެންމީހުންނާ މި ސޮރާ ހުރި ތަފާތަކީ މިސޮރު ސިފައިންނާ ފުލުހުންނާ ދިމާއަށް ބާޣީއަށް ގޮވުމާއި ޤާނޫނުން ބޭރުން ޗާޓުން ބޭރުން އަމުރުކުރުން. ނާގާބިލު ހޯމް މިނިސްޓަރަކާއި ނާގާބިލު ޑިފެންސް މިނިސްޓަރެއް އިޚުތިޔާރުކުރުން. ސިފައިންނަށް އަމުރުކުރަން އޮންނަ އުސޫލުތަކާ ޚިލާފަށް ހިތުހުރިހައި މީހަކަށް ސިފައިންނަށް ކޮމާންޑުކުރަން ފުރުޞަތުދިނުން. ނަތީޖާއަކީ އަމިއްލައަށް އިސްތިއުފާދީފައި ދިއުން.
ޖަމީލު
01 March 2017
ސިފައިންނާ ފުލުހުންގެ މުއަަައްސަސާ އުވާލުމަށްފަހު މާލެ ސިޓީ ކައުންސިލް ގެ ދަށަށް އެ 2 ތަނުގެ އެންމެން ބަދަލު ކުރަން ނިންމި މީހަކު ސިފައިންނަކަށް އަދި ފުލުހަކަށް ވެސް ހެވެއް ނޭދޭނެ.
މުރާސިލް
01 March 2017
މިދެން ސިފައިންނޭ ކިޔައިގެން ވާހަކަދައްކަން ކާކުހެއްޔެވެ? ތިމަންމަނިކުފާނަށް ސިފައިންގެ ވެރިކަން ލިބިނީމާވެސް, ސިފައިންގެ ކުރިއެރުމަށް އެއްކަމެއްވެސް ނުކޮށް ހުރެ ކޮން މޮޅުވާހަކައެއް ދައްކާކަށް ހެއްޔެވެ?!