ރައީސް މައުމޫން ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުންނާ އެކު ސައުދު: އޭނާ މިރޭ ވަނީ މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގެންފައި.
02 އެޕްރީލް 2017 - 20:36
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގައުމު އިސްލާހު ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅާ ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިރޭ ގުޅިވަޑައިގެންފި އެވެ.
މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރައްވާ އިސްލާހީ މަސައްކަތާ ގުޅިވަޑައިގެން، މައުމޫން ފަޅީގައި ތިއްބެވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާ ސައުދު މިރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހިމެނިވަޑައިގަންނަވަ އެވެ.
ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރޭގައި ވެސް ރައީސް އަބްދުﷲ ޔާމީނާ އެކު ހުންނެވުމަށް ފަހު މައުމޫން ފަޅި އަށް އެރުއްވީ، ސައުދު ވިދާޅުވި ގޮތުގައި، މައުމޫނާ މެދު ގަބޫލުކުރައްވަން ދަތި އަމަލުތަކެއް ހިންގަމުންދާތީ އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ސިޔާސީ މިސްރާބު ހަލަބޮލިވަމުން އަންނައިރު ރާއްޖޭގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނަށް މިހާރު އެއްވެސް ހައިސިއްޔަތެއް މި ގައުމުގައި ނެތް ކަމަށެވެ. އެއީ ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނެތް ބުނެވޭކަށް 30 އަހަރު ވެރިކަމުގެ ތެރޭގައި ތައުލީމީ ދާއިރާ ކުރިއެރި ވާހަކަ. ބުނެވޭކަށް ނެތް ސިއްހީ ދާއިރާ އަށް ރައީސް މައުމޫން ގެނެސްދެއްވި ކުރިއެރުންތަކުގެ ވާހަކައެއް ވެސް. ގައުމަށް ހިދުމަތް ކުރެއްވި ހިދުމަތްތެރިންގެ އަގު ވަޒަންކުރަން ޖެހޭ،" ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވި ގޮތުގައި ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅުން އެއްކައިރިކޮށްފައި އެ ބޭފުޅުންގެ ނަން ފޮހެލައި ރައްޔިތުންނާއި ގައުމަށް ވެސް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތެވެ. ގައުމަށް ހަމަޖެހުން އޮތީ، ހިދުމަތްތެރިންގެ އަގު ވަޒަންކޮށްގެން ކަމަށް ސައުދު ދެކެވަޑައިގަންނަވަ އެވެ.
ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި، ކުރިއަށް އޮތް ތަނުގައި އޭނާ ވޯޓު ދެއްވާނީ ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ. ވަކި ބޭފުޅަކު އަންގަވާ ގޮތަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވޯޓުތަކުގައި އަޅުގަނޑު ދެން އިސްކުރާނީ ރައްޔިތުންގެ އިހްސާސްތައް،" މައުމޫންގެ މަންމާފުޅުގެ އާއިލާ ނިސްބަތްވާ ވިލިނިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ގައުމުގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ސުލޫކީ މިންގަނޑާ ހިލާފަށް، ފަނޑިޔާރުން މަގުމަތީގެ ހަރަކާތްތަކުން ފެނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް ސައުދު ވިދާޅުވި އެވެ. އެކަންކަމާ މެދު ބަސްބުނާ މީހުންނަށް ބިރުވެރިކަން އޮތްއިރު، ވަކި ޖަގަހައަކަށް ނުވަންނަން ކޮންމެ މީހަކީ ކުށްވެރިއެއްގެ ގޮތުގައި ސިފަކުރުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
03 April 2017
އަބަދުވެސް އިސްކުރަންވާނީ ދީނާ ގައުމާއި ރައްޔިތުން.ކޮންމެ މެންބަރަކުވެސް ގައުމުގެ ހައްގުގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެއް. ހައްގު ގޮތުގައި ތިބޭ ބަޔަކަށް ނަސްރު ލިބޭނެ.
ޗިކުސް
03 April 2017
ތި ޔައީ ވައިޖެހޭ ކޮޅަކަށް ދުވާ މެމްބަރުން ، އިޙްލާސް ތެރިކަމެއް ނުހުންނާނެ.
ސާބަސް
03 April 2017
ތިނިންމުމަށް ވަރަށް ބޮޑަށް މަރިޚަބާ. އުންމީދަކީ އަދިވެސް އަންހެންދުޅަކަމުން ކެނޑި ފިރިހެންނަންތަ ބަޔަކަށްވެ ބާކީ ޕީޕީ އެމްގެ މެމްބަރުންވެސް އިދިކޮޅު ކޯލިޝަނާގުޅުން. އަދި އަކިމީހަކުބުނީމަ ކަންތައްކުރައްވާ މުވައްސަސާތައްވެސް މިނިވަންކަންމަތީ އަނިޔާވެރިކަމުން އެއްކިބާވެ އެބޭފުޅުންގެ މަސްއްކަތްތައް ކުރިޔައްގެން ދިއުމަކީ ކަންތައްތައްއިސްލާހުވެ. މުވައްސަސާތަކަށް މީހުންގެ އިތުބާރުލިބޭނެކަމެއް. ﷲގަންދީ ކޮށްގެންތިއްބަވާ ހުވާތަކުގަ ވަރުގަދަޔަށް ހިއްޕަވާ.
ފުވައްމުލަކު މީހާ.
03 April 2017
މައުމޫނުގެ 30 އަހަރުގެ ތަރައްޤީ އަކީ ވަގުތާ ހާލަތަށް ބަލާއިރު ޔާމީނު ކަހަލަ ކެރޭ ހިތްވަރުގަދަ ނަތީޖާ ނެރެވޭނެ ލީޑަރަކާ އަޅާ ކިޔާ ތައައްސުބެއްނެތި ބުނާކަމަށްވާނަމަ އެއީ ސުން ޕަސެންޓްގެ ތަރައްޤީ. އެކަން ޔަގީންކޮށްދެނީ ނަޝީދުގެ ތިން އަހަރާއި ބައިގެ ތަރައްޤީ ވަޙީދުގެ ދޮޅު އަހަރުގެ ތަރައްޤީ ޔާމީނުގެ ހިގަމުންމިދާ ދައުރުގައި ގައުމު ބަދަލު ކޮށް ހައިރާންކަން ގެނެސްދޭ ތަރައްޤީ. ވީމާ ގައުމު ބަދަލުކޮށްލަން ގައުމު އިސްލާޙުކުރަން ހިންގާ މައުމޫނުގެ އެޖެންޑާ އަކީ ގައުމަށް އެހާ ފައިދާ ކުރާނެ އެޖެންޑާ އެއްކަމަކަށް ނުބެލެވޭ. އެއީ އަމިއްލަ ލޮލަށް އިލޮށި ހަރާލުން ފަދަކަމެއް.
އަހައްމަދު އަހައްމަދޭ
03 April 2017
ހަމަ ގައިމުވެސް އަމިއްލަ އަށް ދިފާއު ވެވެން ނެތް ހާލު ކުޑަ ކުޑަ ކުޅަނދުރު ހަތައަކަށް ގާއުކަންވެސް ނުކެރޭނެ ،އެހެންވީމަ މިފެންނަނީ މައުމޫނު ނެތި ޕީޕީއެމްއަށް ވެދާނެ ގޮތުގެ ކުޑަކުޑަ މިސާލު ،ގިނަބަޔަކާ ހަމަޔައް ސަރުކާރު ކަމަކަށް އެދިގެން ދާއިރު މައުމޫނުގެ ތާއީދަކީ ކިހާ އަގުހުރި އެއްޗެއްކަން ރިއެލައިޒް ވާނެ ،ހެވީ އެކަމުގެ އަޖުމަ ބަލަން މަޑުކުރުންތޯ ނުވަތަ އިސްލާހުކުރަން މައުމޫނު އެދޭ ގޮތް ތޯ ނިންމާނީ ސަރުކާރުން އަހަރެމެންތިބޭނީ ކެއްތެރިކަމާއެކު ،މެޗްބަލަން ،، މިހާރުވެސް މަޖިލީހުގެ ރައީސްގެ ނޯކޮންފިޑެންސް ވޯތްގެ ފަހުން މައުމޫނު 2 ސަރުކާުރު ފަޅި 0 ،އެގުރިގޭޓައް ބަލާއިރު މިއީ އަވޭ މެޗަކުން 2 ވީމަ އެއީ 4 ،މިހެން ގޮސް ޗެމްޕިއަންކަން ވެސް ލިބުން ގާތް
ވިސްނާ
03 April 2017
ސައުދު ނަމޫނާއަކަށް ބަލައި، ރައްޔިތުންނާއި ގައުމުގެ ހައްގުގައި ޕީޕީއެމްގެ އެހެން މެމްބަރުންވެސް މައުމޫނުގެ ފަހަތަށް ޖެހޭނެ ކަމަށް އުއްމީދު ކުރަމެވެ. ތާއަބަދު ފިއްތުއްތަކާއި މަޖުބޫރުކަމުގެ ތެރޭގައި ތިބުމަށްވުރެ ކުޑަ އުދަގުލަކާި ދައްޗަކާއެކުވެސް ދާއިމީ ހަމަޖެހުމެއް މުއްމެވެ. މިރާއްޖެއަށް މިއަދު ދިމާވެފައިވާ ކޮރަޕްޝަނާއި ފަސާދައިން މިންޖުވެ، އިންނާސީ ހައްގުތަކާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކުރުމަށާއި މުއައްސަސާތަކުގެ މުސްތަގިއްލުކަން ދެމެހެއްޓުމަށާއި އިންސާފުވެރި ޝަރީއަތެއް ހޯދުމަށް މެމްބަރުން މި ސަރުކާރަށް ނޫނެކޭ ބުނަންޖެހޭ ވަގުތު އަތުވެއްޖެއެވެ.
ހޫރުސީނާ
03 April 2017
ފަހަރަކު އެތިގަނޑެއް ނައްޓައިގެން ދަނީ. ބިރު ފަހަނައަޅާ ދަނީ. ހަރުކަށިކަމާއި ގޮތް ދޫނުކުރުމާއި ބަދަލު ހިފުމާއި ހަސަދަވެރިކަމަކީ ނުބައި ބައްޔެއް. މީގެ ނަތީޖާ މިފެންނަނީ.
ނޫނުއަލިފު
03 April 2017
އާނ... ދޮގޭ... މައުމޫނަކީ ވަރަށް ގޮތްދޫކުރައްވާ ބޭކަލެއް..... 30 އަހަރު ވެރިކަންކުރައްވާފައި ވެރިކަމަށް މީހަކު އަރާތޯ އާދޭސްކޮށްކޮށް މީހަކު ނުވީމާ ދެރަވެގެން ވެރިކަމުން ފައިބަންނަވާ ވަޑައިގަތީ.
ހުއްތޭ
03 April 2017
ތިއެއް ނޫނޭ ކޮބާހޭ ކަލޭމެންގެ ވެލިކާ ގްރޫޕް؟ ކެކެކެކެ
ކަރިޝް
03 April 2017
"ޥޯޓްތަކުގައި ދެން އަޅުގަނޑު އިސްކުރާނީ ރައްޔިތުން" ކުރިން ކަަކުއިސްކުރީ ވަރަށްފުންކޮށް ވިސްނަން ޖެހޭ
ޙައިތަމް
03 April 2017
މިހާރު އެބަ ރަގަޅުވޭ އިންޝާﷲ ގަދަބާރު ވެރިކަން ނިކަން އަވަހައް ނިމޭނެ
ހުސޭނުބެ
03 April 2017
2018 އިގެ ވޯޓުގެ ފަހުން ގޮތެއް ނިމޭނީ!! އޭގެ ކުރިން ނެތް ވާކަށް ތިކަމެއް އިންޝާ ﷲ!!