ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މަޖިލިސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް. މަޖިލިހުގައި ސަރުކާރަށް އޮތް ތާއީދު ގެއްލެމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނޭ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
03 އެޕްރީލް 2017 - 11:12
ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅިގެން މަސައްކަތް ފެށުމަށް އެ ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.
އިދިކޮޅު ތިން ޕާޓީއަކާއި ދެ ފަޅިވެފައިވާ ޕީޕީއެމްގެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް މަޖިލީހުގެ މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅެމުން އައުމަކީ ރައީސް އަބްދުﷲ ޔާމީނަށް މަޖިލީހުގައި އޮތް ތާއީދު ގެއްލެމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.
ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި ތިއްބެވި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ. އަދި ސަރުކާރުގެ ވިސްނުމާ ދެކޮޅަށް މަސައްކަތް ކުރައްވާތީ އަމީތު ވަނީ ޕާޓީން ވަކިކޮށްފަ އެވެ. އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ސައުދު ކޯލިޝަނާ ރޭ ގުޅިވަޑައިގަތުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި އިދިކޮޅު ފަރާތްތައް ގުޅިގެން މަސައްކަތް ކުރަނީ ރާއްޖޭގައި އަލުން ޑިމޮކްރަސީ ގާއިމު ކުރުމަށާއި މިނިވަން އިންސާފުވެރި އިންތިހާބުތަކެއް ބޭއްވުމަށެވެ. އަދި ނިގުޅައިގެންފައިވާ ރައްޔިތުންގެ އަސާސީ ހައްގުތައް އަލުން އިއާދަ ކުރުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާ މެމްބަރުން، ރައްޔިތުންގެ ފަޅި އަށް އަރައިވަޑައިގަތުމަށާއި ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ރަބަ ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ގޮވާލަން،" ބަޔާނުގައިވެ އެވެ.
އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ފުލުހުންނާއި ޝަރުއީ ކޯޓުތަކުން ގާނޫނުތައް ނަގަހައްޓައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން އެ މަނިކުފާނު ސަލާމަތްވެވަޑައިގެންނެވީ 48 ވޯޓުންނެވެ. ނަމަވެސް ސަރުކާރު ކޯލިޝަނަށް މަޖިލީހުގައި މިހާރު އޮތް ސުޕަ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. މީގެ ކުރިން މަޖިލީހުގައި ނަގާ ވޯޓުތަކުގައި ސަރުކާރު ކޯލިޝަނަށް 60 މެމްބަރުންގެ ވޯޓު ލިބިވަޑައިގަންނަވަ އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ހައްޔަރުކޮށް ހުކުމް ތަންފީޒުކުރަމުންދާ އަދި ދައުވާ އުފުލި އަދި އުފުލުމުގެ މަގުމަތީގައިވާ މީހުންނަށް ހިމާޔަތް ދީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ނުހައްގުން ނިގުޅައިގެންފައިވާ މުއާމަލާތްތަކާއި މުދާ އަލުން އިއާދަކުރުމަށް އެއްބަސްވެފަ އެވެ.
ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރުމަށް ގާއިމުކުރި އެއްބަސްވުމުގައި މައުމޫންގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ސޮއިކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑޭ
04 April 2017
ތިޔަތަނުން ގޮވާނުލާގެން މެމްބަރުންތައް އެތިބީ ކަންބޮޑުވެފާ. ދެން ހުރިހާ މަޖިލިސް މެމްބަރުން ތިޔަކޯޅިސަނާ ގުޅޭނެ.
މުއްތު
04 April 2017
ރައްޔަތުންގެ މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންނަށް އަޅުގަޑު ގޮވާލަން ރައްޔިތުންގެ ފަޅިއަށް ވަޑާގަތުމަށް މުވައްސަސާ ތައް މިނިވަންކުރުމަށް ނުފޫޒުން އެއްކިބާކުރުމަށް
ޡުބަރް
04 April 2017
ކޯލިޝަން އަކުން ވެރިކަމެއް ނުހިންގޭނެ އަދި އިސްލަހެއްއްވެސް
އަބުދު
03 April 2017
އަހަރަމެން މިގައުމައް ގައްދާރުވި މީހުންނަށް މައާފެއް ނުކުރާނަން!
ކުޑަދޫއަހްމަދު
03 April 2017
ވަގުތީ ފައިދާއަކަށް ދިވެހިރައްޔިތުންނާއި، ރައްޔިތުންގެ ހަޒާނާއަށް އިހުމާލުވެ، އަދި ބައިތުލްމާލުން އެތަށް ރުފިޔާއެއް ގެއްލި، މިޅު ސިޔާދަތު އޮޅުންބޮޅުން އަރުވާލި ސަރުކާރެއްގެ ފަހަތުގައި ތިބި މެންބަރުން ވިސްނަންވީ، އަދި ދުވަހެއް އެބައޮތްކަން. ރައްޔިތުންގެ ބާރުވެރިކަމާއި ކުރިމަތިލާނެކަން. އަނިޔާވެރިކަމަށް އަބަދު ކެތްތެރިނުވާނެކަން. ވީމާ ފުންކޮން ވިސްނާ! ތެލުގެ ކަޓުން ލިބޭ ލާރިކޮޅާއި، މަހުން މަހަށް ޖީބަށްވަން ފައިސާއަށްވުރެ، ގައުމެއްގެ ޝަރަފުބޮޑު.
އަބްދުއްލާ އަލީ
03 April 2017
ނަސީދު ގާސިމް އިމްރާން މެންނަކީ ގައުމަށް އިހްލާސްތެރި ވަފާތެރިންނެއްނޫން، މި މީހުންގެ ފަރާތުން މިހާތަނަށް ގައުމަށް ލިބިފާހުރީ ގެއްލުން ، އެހެން ނަމަވެސް ވޭތިވެ ދިޔަތަން ހަނދާން ނައްތާލުމަށްފަހު މިހާރު ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް މި ފަރާތްތަކާ ގުޅިގެން ރަނގަޅު ހައްލެއް ގެންނަން އެބަޖެހޭ އެންމެން ގުޅި ގެން ކުރިޔަށް
ފަޅުވެރިން
03 April 2017
ތިއޮތީ ހަނގުރާމަ އިޢުލާނުކޮށްފައިތާ! ދެން ދެކޮޅުން ނުކުމެ ތަޅަންފެށީމާތާ ވާގޮތް އެނގޭނީ. ދިވެހި ރައްޔިތުންގެ ފަޚްރެއް ކަމުގައިވާ ރައީސް ޔާމީން ޒިންދާބާދު! އިދިކޮޅު ކޯލިޝަން މުރްދާބާދު!
ކޮސްގޮވާ
03 April 2017
ގޮވަގޮވާ ތިބެން ޖެހޭނީ.. ތި ދެކޭ ހުވަފެން ހަޤީޤަތަކަށް ނުވާނެ ކަން ޔަޤީނެވެ. ޕީޕީއެމްގެ 9މެމްބަރުން ތި ގްރޫޕާ ނުގުޅޭނެ ކަން ޔަޤީނެވެ.
ކަމަނަމަނަ
03 April 2017
މޮޔަވެގެން ނޫޅެމެވެ. މައުމޫނު ވިދާޅުވެގެން ޕީޕީއެމުން ވަކިވެގެން މައުމޫޅު ފަޅިއަށް ދާން ޖެހޭ އެއްވެސް ސަބަބެއް މަގޭ ނެތެވެ. ފުރަތަމަ މައުމޫނުގެ ހުރިހާ ބޭފުޅުން ނެވެ. ދެން އެހެން މީހުންދަރިން ނެވެ.
އަސްލުޕިންކީ
03 April 2017
އަންނި އަށް ވަދަ ކުރެވޭ އިންތިޚާބަކަށް މަގު ފަހި ކުރުމަށް މައުމޫނު ވިދާޅުވިޔަސް މަ ނުދާނަމެވެ. މަ މީ އަސްލު ޕީޕީއެމް އެކެވެ...