މާލެ ސަރަހައްދުގައި ކުރިއަށް އޮތް ރޯދަމަހު މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅާފައިވާ ކަމަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު:
- ހެނދުނު 08:00 އިން 09:30 އަށް
- ހަވީރު 4:30 އިން 8:00 އަށް
ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަސް ނިމެންދެން:
- ހަވީރު 4:30 އިން 8:00 އަށް
މިނިސްޓްރީން ބުނީ މި އެންގުމާ ހިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
ކޮންމެ ރޯދަމަހެއްގައި ވެސް މުދާ އުފުލާ ވަގުތުތައް ކަނޑައަޅަނީ، ރޯދަ މަހު، މާލެ ސަރަހައްދުގެ މަގުތަކުގެ ޓްރެކްފިކް ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ.