ޖަލުތަކުގައި ފުރަތަމަ ފަހަރަށް ތަރާވީހު ނަމާދު ކުރާ ގޮތަށް ނިންމައި، އެކަމަށް ހާފިޒުން ހަމަޖައްސައިފި އެވެ. 

ކަރެކްޝަނަލް  ސާވިސްއިން ބުނި ގޮތުގައި މި ރޯދަމަހު މާފުށީ ޖަލާއި އައްސޭރި ޖަލުގައި ރަސްމީކޮށް ތަރާވީސް ނަމާދު ކުރަން ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. 

އަދި އޭގެ އިތުރުން ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ބަންދުގައި ތިބި ކުށުގެ ތުހުމަތުވާ މީހުންނަށް ދީނީ ސެޝަންތައް ވެސް ރޯދަމަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުންޏެވެ. 

އެގޮތުގެ މަތިން ރޯދަމަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދީނީ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އިއްޔެ ވަނީ ހިންގައިފަ އެވެ. 

އިސްލާމްދީނަށް އަހުލުވެރިކުރުވައި، ގައިދީންނަކީ އަހުލާގު ރަނގަޅު ބަޔަކަށް ހެދުމަށް އިސްލާމިކް މިނިސްޓްރީން ވެސް ޖަލުތަކުގައި ސެޝަންތައް ހިންގަ އެވެ.