އޮޑިޓަ ޖެނެރަލް ޒިޔަތު: ޓެންޑާ ބޯޑަށް ހުށަހެޅުމެއް ނެތި 2.7 މިލިއަން ރުފިޔާގެެ ތަކެތި ހޯދާފައިވާ މައްސަލައެއް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކޮށްފައި --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
30 މެއި 2017 - 19:10
ފިޝަރީޒް މިނިސްޓްރީ އަށް އެކި ގޮތްގޮތުން ލިބެންޖެހޭ 39 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތް ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ނެރުއްވި ފިޝަރީޒް މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ މިނިސްޓްރީން ދޫކޮށްފައިވާ މަސްދޯނިތަކުންނާއި ދޯނިތަކުގައި އަޅާ އިންޖީނުތަކަށް ދައްކަންޖެހޭ ފައިސާ އާއި ހަތަރު ސަރަހައްދެއްގައި ބަހައްޓާފައިވާ އައިސް ޕްލާންޓްގެ ތެރެއިން ތިން ޕްލާންޓް ހަވާލުކޮށްފައިވާ ފަރާތްތަކުން މިނިސްޓްރީ އަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން 39.9 މިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުރި ކަމަށެވެ.
އޮޑިޓް ރިޕޯޓުގައިވާ ހަތަރު އައިސް ޕްލާންޓްގެ ތެރެއިން ހއ. އިހަވަންދޫގައި ބަހައްޓާފައިވާ ޕްލާންޓްގެ އާމްދަނީ އާއި ޚަރަދުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީއަކު ނެތެވެ. އަދި އެކަމުގައި މިނިސްޓްރީން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ރިޕޯޓުގައިވެ އެވެ.
އިހަވަންދޫ އައިސް ޕްލާންޓުގެ ހިސާބުތައް މިނިސްޓްރީގައި ނެތުމުން އެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ނުކުރެވޭނެ ކަމަށް ރިޕޯޓުގައި ވެ އެވެ.
ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އެއް މަސް ވެއްޖެ ނަމަ، އެ ފައިސާ ހޯދަން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި އެ ފިޔަވަޅު އަޅައިގެން ވެސް ފައިސާ ނުލިބިއްޖެ ނަމަ ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހޭނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައި އޮތަސް އެ ފައިސާ ހޯދަން ފިޝަރީޒް މިނިސްޓްރީން ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ.
އެހެންވެ، އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވައިފަ އެވެ.
މީގެ އިތުރުން ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމެއް ނެތި 2.7 މިލިއަން ރުފިޔާގެ ތަކެތި ފިޝަރީޒް މިނިސްޓްރީ އަށް ހޯދާފައިވާ މައްސަލަ ވެސް އޮޑިޓާ ޖެނެރަލް ވަނީ އެ ރިޕޯޓުގައި ފާހަގަ ކުރައްވައިފަ އެވެ.
އޮއިވާލި ކަނދުފަތި ތައްޔާރު ކުރަން ބޭނުންވާ ސާމާނުގެ ގޮތުގައި ޓެންޑާ ބޯޑުގެ ހުއްދަ ނެތި އެ ތަކެތި ހޯދާފައިވާއިރު މާލިއްޔަތު ގަވާއިދު ބުނާގޮތުން 1.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަގުގެ ތަކެތި ގަންނަ ނަމަ އެކަން ކުރަން ޖެހޭނީ ޓެންޑާ ބޯޑަށް ހުށަހަޅައި، އެ ބޯޑު މެދުވެރިކޮށެވެ.
ހަރު މުދަލުގެ ރެކޯޑް ރަނގަޅަށް ބަލަހައްޓާފައި ނެތް މައްސަލަ އާއި އެ މިނިސްޓްރީން މާލީ ބަޔާންތައް މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އޮޑިޓް ކުރަން އޮޑިޓް އޮފީހަށް ހުށަހަޅާފައި ނެތް މައްސަލަ ވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެކަންކަން އިސްލާހު ކުރަން އެ ރިޕޯޓުގައި އަންގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލި احمد ގެ ބައްޕަ
31 May 2017
މިމީހުންގެ ކަމަކީ ކުރީގެ ރައިސުންނާ ޗެލްނޖްކުރުން.ފައިސާ ހޯދަން މަސައްކަތްކުރިއްޔާ މާތާހިރުވާނެ. 40 މިލިއަން ހޯދާ.
މަސް
31 May 2017
ދެން ޕުރެސް ބާވާފަ ބުނޭ ސައިނީ ޗުޓިގަ ހުއްޓަ ވީކަމެކޭ!!
ބަބުރުކަލޯ
31 May 2017
ތި ރިޕޯޓުން ތި އެނގުނީ އަދި ލިބެންޖެހޭވަރު. އަދި ކޭވަރު އެނގޭކަށްނެއް. އެބައި ހިމަނާލަބަލަ
ގުނބޯ
31 May 2017
ތިފައިސާތައްތިއީ ޕާޓީގެ ހަރަކާތްތައް ހިންގާ ޕާޓީ ޕްރޮމޯޓް ކުރުމަށް ހިނގާފައިހުރި ހަރަދުތައް އެހެންވީމާ އެފައިސާތައް ފެންނާކަށް ނުހުންނާނެ
ޢަބްދުﷲނާފިޒު
31 May 2017
މިނިސްޓަރޫ، އަވަހަށް މަޝްވަރާގެ މޭޒަށް ގޮވާލަންވީނު، އެއީތާ މިނިސްޓަރަށް މިހާތަނަށް ކުރެވިފަ އޮތްކަމަކީ
GAN Island
31 May 2017
ތިތަނާއި ހަވާލުވެގެން ހުރިމީހާ އެދަނީ އެހެން މީހުންނާއި ދިމާލަށް އެއްޗެހި ކިޔަމުން. ކުޑަމިންވަރަކަށް ކަންކަން ކޮށްފައި ހުރިގޮތް ބަލާލުމުން ތިއޮތީ ފެނުނު އެއްޗެހި. . . . އަދި ކޮބާ އިކޮނޮމިސްޓްގެ ވައުދުގެ ތެރޭގައި ހިމެނުނު ''ތެޔޮބޭނުން'' ހާސިލް ކުރުމަށް ދުނިޔޭގެ އެތަންމިތަނުން މީހުން ގެނެސްގެން ކުރި ބޭކާރު ޙަރަދުތައް. . . ސައުދީ އަރަބިޔާގެ ކަންތައްތަކާއި ބްރޯގެ ކަންތައްތައް އަދި އޮތީ އޮތްގޮތަށް. އަހަރުމެން ތިޔަ ހުރިހާ މައްސަލަތަކެއް ފާސުކޮށް އެމީހަކު ''ވަގަށް ނެގި އެއްޗެއްގެ މިންވަރަށް'' އެމީހަކަށް ޤާނޫނީ އަދަބު 2018 ގަ ދޭނަން. . . އަދި ދައުލަތުން ގެއްލުނު ފައިސާ އާއި ދައުލަތުގެ މިލްކުެ ވެރިކަމުގެ ތެރޭގައި ހިމެނޭ ބިންތަކާއި ފަޅުރަށް ތަކުގެ ތެރެއިން ތިޔަފަދަ ގޮތްގޮތަށް ދޫކޮށްފައި ހުރި ހުރިހާ ތަންތަނެއް އަބުރާ ދައުލަތަށް ނަގާނަން.
ބަލްކު އެންޑް ބަލަކް
30 May 2017
އަދީބު މަތިންބހަނދާންނައްތާނުލާތި.
ޝާހީން
30 May 2017
މޮޅުވާހަކަ ނުދައްކަ ތިތަނުން ނިކުންނަން އުޅެބަލަ ހާދަ ހިއްވަރެއް ނެތޭ..
ގާދަށު ދަނބާ
30 May 2017
ތޮއްޓާއެކު ކެޔޮ ފަރިއްކުޅުވާބޭފުޅުންވެސް އެބައުޅުއްވާ ދެއްތޮ؟ ބިތުފަންގި ނެގުމަކުން އަދި ކެޔޮފަރިއްކުޅުވިވަރެއް ނޭގުނުހެންވެސް އެބަހީވެ.
ރަށުބޭބޭ
31 May 2017
ކެޔޮ ކެއީމަ ތޮށިކާންވެސް ފައިސާދީފަ ބަޔަކު އައްޔަންކޮށްފަ ތިބެނީ، ކޮންމެ ރަހައެއްލިޔަސް އެމީހުން ތޮށިކައި ކެޔޮ ކޭވަރު ނޭނގޭނެގޮތް ހަދާނެ، އާއްމުކޮށް އެތަންތަނުގެ ނަންތައް ނިމޭނީ "ކޮމިޝަން" ކިޔާފަ ނުވަތަ މިނިވަން މުއައްސަސާއެއްގެ ނަމަށް،