ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ ނަޝީދު އަދި އިދިކޮޅު އެހެން ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ.
02 ޖޫން 2017 - 21:22
ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީ އާއި ކުރީ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއީ ޓެރަރިޒަމްގެ ކުށުގައި ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އައި ފަހުން، ދިވެހި ސަރުކާރުގެ އިސްބޭފުޅަކު އެ މަނިކުފާނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
އިދިކޮޅު ފަރާތްތަކުން މިހާރު ޖަރުމަނަށް ކުރަމުން ގެންދާ ދަތުރުގައި ބޭއްވި މި ބައްދަލުވުމާ ގުޅޭގޮތުން، އެ ވަފުދުގައި ހިމެނޭ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ޖަރުމަނު ސަރުކާރުން ކަންބޮޑުވާ ކަމަށް ޖަމީލާ ވިދާޅުވި ކަމަށެވެ.
ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރާ، ނަޝީދު ބައްދަލުކުރެއްވިއިރު، އެ ގައުމު ވެފައި ވަނީ ރާއްޖޭގެ ޑިމޮކްރެސީ އަދި ސިޔާސީ ކަންކަމާ މެދު އެންމެ ކަންބޮޑުވާ އެއް ގައުމުގެ ގޮތުގަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވާ ކޮންމެ ހާލަތެއްގައި އެ ގައުމުގެ ސަރުކާރުން ކަންބޮޑުވެ ބަޔާން ނެރެ އެވެ.
ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ޖަރުމަނުން އެންމެ ފަހުން ބަޔާން ނެރުނީ މިދިޔަ އޭޕްރީލް 7 ގަ އެވެ. ލަންކާގައި ހުންނަ ޖަރުމަނުގެ އެމްބަސީން ނެރުނު އެ ބަޔާނުގައި ވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު އިތުރަށް ގޯސްވެ މިހާރު އޮތީ ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަށް ފަހި ހާލަތެއްގައި ނޫން ކަމަށެވެ.
ނަޝީދު އިސްވެ ހުންނަވައިގެން، ރާއްޖޭގެ ސިޔާސީ ބައެއް އިދިކޮޅު ފަރާތްތަކުން މިހާރު ޖަރުމަނަށް ވަޑައިގެން އުޅުއްވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރުގެ އިސްފަރާތްތަކާއި ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނާއި މަދަނީ ޖަމިއްޔާތަކާ މައުލޫމާތު ހިއްސާ ކުރެއްވުމަށެވެ.
މި ބައްދަލުވުމުގައި ނަޝީދާއި ޝާހިދާއި ރާއްޖޭގެ އެހެން ބައެއް ސިޔާސީ އިދިކޮޅު ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިދިޔަ އަންގާރަދުވަހުން ފެށިގެން، މާދަމާގެ ނިޔަލަށް މި ވަފުދުން ޖަރުމަންގެ ބާލިންގެ ޗާންސެލާގެ އޮފީހުގެ އިސް ފަރާތްތަކާއި ހާރިޖީ އަދިި އިގްތިސާދާ ބެހޭ ވުޒާރާގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފައި ވެ އެވެ.
އެމްޑީޕީން ބުނީ އެ ވަފުދުގެ ބޭފުޅުން ޖަރުމަނު ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖަރުމަނުގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނާއި އެ މަޖިލިހުގެ އެކިއެކި ކޮމިޓީތަކާ ސިޔާސީ ގްރޫޕްތަކާ ބައްދަލުކުރައްވާނެ ކަމަށް ވެސް ބުންޏެވެ. ނަޝީދާއި ޝާހިދުގެ އިތުރުން މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު އުމަރު އަބްދުލް ރައްޒާާގާއި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ކައުންސިލް މެމްބަރު އާމިނަތު ނާދިރާ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި ޑރ. އާސިމް އަހުމަދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލާގެ ފަރާތުން އޭނާގެ ކޮއްކޮ އާދަމް އާޒިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުރު
04 June 2017
ޖަމީއާ ބައްދަލުކުރިއަސް ވާނެކަމެއްނޯންނާނެ...އަންނިތެޅިތެޅިހުރޭ....ލޮލް....
މާލިމީ
03 June 2017
ކިޔަވައިގެން ޑިގްރީއެއް އަތުގައި އޮތަކަށް ސިޔާސީ މީހަކަށް ނުވާނެ. ޖަމީ މިސް އަކީ ވަރަށް ރަގަޅު މީހެއް. ޕޮލޓިކްސް އިޒް ޑާރޓީ. ދޮގު ހެދުމާއި މަކަރު ހެދުމާއި ވައްކަން ކޮށްގެން ކުރިޔަށް ދެވޭނެ.
ޖަމީލާ
03 June 2017
ޖަމީލާ އަކީ ކާކު ބާ؟؟؟؟
ބޭބެ
03 June 2017
މ.ޑ.ޕ ގެ ވިސްނުމެއް ބޭބެ އަކައް ނުއެނގޭ އެހެނަސް 100% ޔަޤީންވާ ކަމަކީ ބޭރުގެ ޕްރެޝަރަކުން ދަތިކުރުމުގެ ފިޔަވަޅަކުން ވިޔަސް ނަޝީދު އަށް 2018 ގަ ކުރިމަތިލުމަށް ފުރުސަތު ދޭނެ މީހެއް ނޫންކަން ޔާމީނު އަކީ. މިކަން ވާނީ އެތެރެއިން ޕްރެޝަރުކޮއްގެން. އެތެރެ ނުކެކެނީހެއް ބޭރުން މަބޮޑު ކަމެއް ކުރާނެހެނެއް ހިޔެއް ނުވޭ ....
ރިޝަފުލް
03 June 2017
ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އާއި ނަޝީދު ބައްދަލުކުރައްވައިފި އެވެ. މީ ކިހިނެއް ވާ ކަމެއްތޭ. ސަރުކާރުން ހޯދާ ކުށްވެރިއަކާއި ޖަރުމަނުގައި މަމެން ބަހައްޓާފައިވާ އެމްބެސެޑަރު ބައްދަލު ކުރި އިރު ފުލުހުން ކޮބާތޭ. ދެން ކޮބާތޭ ސަރުކާރުގެ ސިޔާސަތު ދެކޮޅު ޖެހިފައި. ޖަރުމަނުގައި ހުންނަވާ ދިވެހި އެމްބެސެޑަރު ކެނެރީގެ ނަޝީދު އާއި ބައްދަލު ކުރުން މީގެއިން މަމެންނަށް ދޭހަވަނީ އެއީ އޭނާ އަކީ ކުށްވެރި އެއް ނޫން ކަމަށް ދޯ. މީ އެއް ނޫން މިފަދަ ކަންކަން ހިނގަން ޖެހޭނެ ގޮތަކީ. ސަރުކާރުން ހޯދަން ބޭނުންވާ ކުށްވެރި އަކާއި އެއްގޮތަކަށް ވެސް ޖަރުމަނުގައި ހުންނަވާ މަމެން ޕިންކީން ބަހައްޓާފައިވާ އެމްބެސެޑަރު ބައްދަލު ކޮށްގެން ނުވާނެއެވެ. އަދި އިިދިކޮޅު ކްރިޓިކްސް އިން ކެނޑިނޭޅި މަމެންގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާތީވެ އެމެންނާއި ވެސް އުސޫލެއްގެ ގޮތުން ބައްދަލު ކުރެވިގެން ނުވާނެއެވެ. ކޮންމެވެސް ގޮތެއް ގައި ތިބެން ޖެހޭނީ ރާއްޖޭން ބޭރުގައި ތިބޭ އެމްބެސެޑަރުން ވެސް. ވައްލަ ކޫޓި އުސޫލުން ނޫން ކަންކަން ކުރަން ޖެހޭނީ. ހަމަ މިހާރު ޖަރުމަނުގައި ބަހައްޓާފައިވާ އެމްބެސެޑަރު ގެނެސް ބަންގާޅަށް ބަދަލު ކޮށްލާ ބަންގާޅުގައި ހުރި މަމެންގެ އެމްބެސެޑަރު ބަދަލު ކޮށްލައްވާ ޖަރުމަނަށް ޕަނިޝްމެންޓް އެއްގެ ގޮތުން. މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް. މިމަގުން މިކަން ހިނގަން ޖެހޭނެ އެވެ. އެނިމުނީ އެވެ. ޖަމީލާ މެން ނިކުމެގެން އެމެންނަށް ނުލިބޭނެ 50 ގަނޑު ވޯޓް ވެސް ދޯ. ދެން އެމެން ޕޮލިޓިޝަނުންނަށް ވާނީ ކިހިނެއްތޭ.
މެންޓަލިސްޓް
03 June 2017
ކޮއްކޯ ވާނުވާ އެބައިނގޭތަ ،، ނަޝީދުވެސް އެއުދުހެނީ މުޅިދުނިޔޭގައި އޭނާގެ ޕާސްޕޯޓްގައި ،،، އެކަމު ތިޔަ މަމެންގެ ވެރިޔާ ޔާމިން އޮތީ އޭނާގެ ޕާސްޕޯޓް ބާތިލްކޮއްފައިނޫންތޯ ؟؟ ވާނުވާ އެބައެނގޭތޯ ؟؟ ޕިންކީންތިޔަތިބީ ވާނުވާ ނޭންގިފައި ،،،،،
ޓ
03 June 2017
ކަލޯ ގޮތް ހުސްވީމަ ދެންދުވަނީ ސަލާން ޖަހަން.ޖަރުމަނަކުން ނޫޅޭ މޮޔައިން ނުލިބިގެނެއް
މެންޓަލިސްޓް
03 June 2017
ތިޔަކަމުގައި ނޫސްވެރިން އެބަޖެހޭ ސުވާލްތަކެށް ސަރުކާރާޢި ކުރިމަތިކުރަން ،،، ފުރަތަމަ ނަޝީދުގެ ޕާސްޕޯޓްއޮތީ ކެންސަލް ކުރައްވާފައިތޯ ، ދެން ނަޝީދު ޓެރެރިސްޓެއްކަމަށް ހުރެ އެޓްރެވަލްކުރަނީ ކިހިނަކުންތޯ ؟ އަނެއްސުވާލަކީ ޖަރުމަންގައި ހުންނަ ދިވެހި އެންބެސެޑަރއާއި ބައްދަލުވީ ރައީސްޔާމިންގެ ހުއްދަ އޮވެގެންތޯ ؟؟ ނޫނީ މިހާރު ރައީސްޔާމިންއާޢި ނަޝީދުއާއި އަނެއްކާ ޑީލްއެއްހެދީތޯ ؟؟ މިހުރިހާ ކަމަކާޢި އެބަޖެހޭ ނިއުސްރިޕޯޓަރުން ކުޑަކޮށްވިސްނާލަން ،،،، އޭރުން ގައުމުގެ ސިޔާސީ މަސްރަހް ސާފްކޮށް ފެންނާނީ ،،،، ވަރަށްވެދުން
މަޒް
03 June 2017
ޖަމީލާގެ ދުވަސް ދިޔައީ ތި!!!
ދިގުދޫ
03 June 2017
ޖަމީގެ ދުވަސް ތިޔަދިޔައީ. ސަލާމް
އަބްދުއްލާ އަލީ
03 June 2017
އެމްޑީޕީ މެމްބަރުންނަކީ ވެސް ދިވެހި ރައްޔިތުން ވީމާ އެ ވަފުދާ ބައްދަލު ކުރުމަކީ މައްސަލަ އެއް ނޫން . ނަމަވެސް ފިލައިގެން އުޅޭ ކުއްވެރިޔަކާ ބައްދަލު ކުރުމަކީ ރަނގަޅަށް ކުރެއްވި ކަމެއް ނޫން.