ޚަބަރު / ކަނޑުމަތީގެ ހާދިސާ

ޑިންގީގައި ތަކެތި އެބަހުރި، ބަންޑުން ޖަހާލިކަން ކަށަވަރެއް ނޫން: ފުލުހުން

ސުމޭދު މަހަށް ދިޔަ ޑިންގީ. އޭނާއާއެކު ދިޔަ އަނެއް ދެ މީހުން ވަނީ ސަލާމަތްވެފައި.

އައްޑޫ ގަން ކަނޑަށް އިއްޔެ ހަވީރު ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު ތިން މީހުންގެ ތެރެއިން އެކަކު ގެއްލުނީ އެމީހުން ތިބި ޑީންގީ ބަންޑުން ޖަހާލައިގެން ކަމަށް ވާހަކަ ދެކެވުނަސް، އެ ޑިންގީ ބަންޑުން ޖަހައިލި ކަން ކަށަވަރު ނުވާ ކަމަށް ފުލުހުން މި ރޭ ބުނެފި އެވެ.

ފުލުހުން މިހެން މި ބުނީ، އެ ހާދިސާގައި ގެއްލިފައިވާ މުހައްމަދު ސުމޭދުގެ އާއިލާ އިން ވެސް، އެ ޑިންގީ ބަންޑުން ޖަހާލި ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައި ވަނިކޮށެވެ.

ސުމޭދާއެކު މަހަށް ދިޔައީ އައްޑޫ ފޭދޫ ދެ މީހުން ކަމަށްވާ ހުސައިން ސައީދާއި އަހުމަދު ނާއިފެވެ. އެ ދެމީހުން ސަލާމަތްވީ، ޑީންގީ ބަންޑުން ޖަހައިލުމުން ފަތާފައި ގޮސް އޮމެހެރަ ކިޔާ ފަޅު ރަށަކަށް އަރައިގެން ކަމަށް އެ ދެމީހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ޑީންގީން ދަތުރު ކުރި ތިން މީހުންގެ ތެރެއިން ސަލާމަތްވި ދެ މީހުން ބުނާ ގޮތުގައި އެ މީހުން މަސް ބާނަން ތިބި ޑިންގީ ބަންޑުން ޖަހައިލީ އެވެ. ނަމަވެސް އެކަން ފުލުހުންގެ ތަހުގީގު ޓީމަށް އަދި ކަށަވަރު ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެއީ އެ ތިން މީހުން މަހަށް ދިޔައިރު، ބޭނުން ކުރި ތަކެއްޗާއި އެހެނިހެން ސާމާނުތައް ޑިންގީ ތެރެއިން ފެނިފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސުމޭދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް މެދުކަނޑައިނުލާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް މާދަމާ ބަލަން ފަށާނެ ކަމަށާއި ސުމޭދުގެ އެއްވެސް ހަބަރެއް މިހާތަނަށް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ސުމޭދާއި އޭނާގެ އަންހެނުން އަދި ދަރިފުޅު.

މަހަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ސުމޭދާއެކު ދިޔަ މީހުންނަށް ގޯސްތަކެއް ހެދުނު ކަމަށާއި ސުމައިދު ކަނޑަށް ވެއްޓުނީ ޑިންގީ ބަންޑުން ޖަހާލައިގެން ނޫން ކަމަށް ސުމައިދުގެ އާއިލާ އިން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. ސުމެއިދު ގެއްލުމާ ގުޅިގެން ފުލުހުންގެ އިތުރުން އެމްއެންޑީއެފުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސުމައިދުގެ އާއިލާގެ މެމްބަރަކު މިއަދު ބުނި ގޮތުގައި ޑިންގީ ތެރެއިން ފެނުނު ތަކެތީގެ ތެރޭގައި 20 ލީޓަރުގެ ބޮޑު ހަމަކާއި ކާން ބޭނުން ކުރާ ޒާތުގެ ތައްޓެއް ހިމެނެ އެވެ.

"ތަށި ތެރޭގައި އޮތް މިރުހެއް ވެސް. އަނެއްކާ ޑިންގީ ތެރޭގައި ބުޅިތައް ވެސް ހުރި. އަޅުގަނޑު އަމިއްލަ އަށް ވާނީ ގޮސް އެ ޑިންގީ ބަލާފައި،" އެމީހާ ބުންޏެވެ.

"އެހެންވީމަ އެ (ޑިންގީ) ބަންޑުން ޖަހާލީއޭ ބުނެވޭކަށް ނޯންނާނެ،"

ސުމޭދު މަހަށް ދިޔަ ޑިންގީގައި ހުރި ބައެއް ތަކެތި.

އޭނާ ބުނި ގޮތުގައި ސުމޭދު ކަނޑުވުމުން، ދެން ތިބި މީހުން ސުމޭދު ސަލާމަތް ކުރުމުގެ ބަދަލުގައި މަސައްކަތް ކުރީ ޑިންގީ ފެން މައްޗަށް ނެގޭތޯ އެވެ. އަދި ޑިންގީ އަށް ޖެހި ރާޅެއްގައި ސުމޭދު ކަނޑަށް އެއްލާލި ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއީ ސުމޭދު އިން ކަމަށް ވަނީ ޑިންގީގެ ކުރީކޮޅު. ސުމޭދު އަށް ފަތަން އެނގުނަސް، އޭނާ ބުނި ކަމަށް ވަނީ ފަޔަށް ކޮންމެވެސް ގޮތެއްވެއްޖެ ކަމަށް،" ސުމޭދާއެކު މަހަށް ދިޔަ ދެ މީހުން ހިއްސާ ކުރި މައުލޫމާތުގެ އަލީގައި ސުމޭދުގެ އާއިލާގެ މެމްބަރަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސަލާމަތްވި ދެ މީހުން ފަޅު ރަށަށް އެރުމަށް ފަހު، ސުމޭދު ގެއްލުނު ކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރީ ހާދިސާ ހިނގިތާ ދެ ގަޑިއެއްހާ އިރު ފަހުންނެވެ. އެހެންވެ، ސުމޭދު ގެއްލުމުގައި ދެ މީހުންގެ އިހުމާލު އޮތް ކަމަށް އެ އާއިލާ އިން ގަބޫލު ކުރެ އެވެ.

"އެކަމަކު މިއީ އެ ދެމީހުން ގަސްތުގައި ކުރި ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން،" އޭނާ ބުންޏެވެ.

"އާއިލާ އިން ގަބޫލު ކުރަނީ ސުމޭދު މިއަދު ދުނިޔޭން ވަކިވެއްޖެ ކަމަށް، އެކަމަކު ކެނޑިނޭޅި މަސައްކަތް ކުރަމުން މި އަންނަނީ ހަށިގަނޑު ހޯދަން،"

ސަތާރަ ފޫޓުގެ ޑިންގީ ބަންޑުން ޖަހައިލީ ޝަންގްރިއްލާ ރިސޯޓް ކައިރީގައި އޮންނަ ފަޅުރަށް ކައިރިން ބޮޑު ރާޅެއް ޑިންގީ އަށް ޖެހުމުން ކަމަށް، މި ހާދިސާގައި ސަލާމަތްވި ފޭދޫ ދެ މީހުންގެ ތެރެއިން ހުސައިން "މިހާރު" އަށް މިއަދު ވަނީ ބުނެފަ އެވެ.

73 ކޮމެންޓް, 451 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 92%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާަާއަލީ

07 June 2017

ޢިންޑިއާ ސިފައިންގެ އެހީތެރިކަން،ހޯދަން ޖެހޭ .

The name is already taken The name is available. Register?

ޢަލީ

07 June 2017

ފަޅުތެރެއަށްޑިންގީ ބަންޑުން ޖަހާފަ އެދެމީހުން ލަށްވާ ނަގުވަން ފެނޭ.

The name is already taken The name is available. Register?

އަޝްރަފް

07 June 2017

17 ފޫޓުގެ ޑިންގީއެއް އެވަރުގެ އިންޖީނެއް އަޅާފަ އިންދާ ފައިނުޖެހޭ ހިސާބެއްގަ ލާހިކެއްނޫން އެކަކަށް އޭތި ފުށުންޖަހާކަށް. އެއީ ވާނެކަމެއްނޫން. އަދި އެވެސް ދެތިން ފަހަރަށޯ! މީގަ ވަރަށް ބައިވަރު ގޯސް ތަކެއް އެބައުޅޭ.

The name is already taken The name is available. Register?

ޖާނޭ

07 June 2017

ރަނގަޅަށް ވިއްޔާ ތިޔަ ފަޅުރަށުގަ އޭނަ ވާނީ.. ޢަދި ބުނާނެ. އިސްލާމުން ވިއްޔަ

The name is already taken The name is available. Register?

ޛސޖހ

07 June 2017

ކީއްވެބާ ފުލުހުން ފަޅު ރަށް ސާރޗް ނުކުރަނީ.......؟

The name is already taken The name is available. Register?

ވވވ.ވާހަކަ

07 June 2017

ސުމޭއަށްވިިީގޮތް އެންމެ ރަގަޅަށް އެގޭނީ ތި ޑިންގީއިން މަހައްދިޔަ އަނެއް ދެމީހުންނަށް.....އައި ބޮޑު ރާޅަކައި އެކޮށް އެ ދެމީހުން ފަޅުރަށައް ވެސް ލެއްގީ..ރިސޯޓަށްވެސް ލެއްގީ...!!!

The name is already taken The name is available. Register?

ަްްަަައަހަރެން

06 June 2017

17ފޫޓްގެ ޑިންގީ އެއް ބަންޑުން ވެއްޖެ ނަމަ، ފައި ނުޖެހޭ ހިސާބަކު ތިބެ 2މީހަކަށް ޑިންގީ ފުށުން ނުޖެހޭނެ، އަހަރެން މީ7ފޫޓު ގެ ޑިންގީ އެއްގަ މާކަނޑުގަ ތިކަހަލަ ކަމެއް ތަޖުރިބާ ކޮއްފަ ހުރި މީހެއް

The name is already taken The name is available. Register?

ހަސަން

06 June 2017

މިހާދިސާ ނިއުޅެމުން މިދާ މިންވަރަށް ބަލާއިރު އެންމެފަހުން ދެރަށުގެ ދޭތެރޭ އުފެދޭ ބޮޑު މައްސަލަގަނޑެއް އުފެދި އެއްރަށުގެ މީހުންނަށް އަނެއްރަށަށް އަރައިފޭބުން ދަތިވާ ހިސާބަށް ކަންތައް ނުދާނެބާއޭ ހިތަށް އަރާ.

The name is already taken The name is available. Register?

ނަސިންޓޭ

06 June 2017

ފޮޓޯ އިން އެބަފެނޭ ޑިންގީ ތެރޭގައި ލައިފް ޖެކެޓްގެ 2 ޖެކެޓްވެސް. އެހެންވީމާ މައްސަލައެއް އެބައުޅޭ

The name is already taken The name is available. Register?

ސަލީމްޢަލީ

06 June 2017

މޫދުގައި އޮވެގެން "އައިފޯނުން" ގަޑި ބެލިވާހަކަ ބުނެފައި އެބައޮތް އަދި އެހީއަށް އެދި ގުޅަންވެގެން މަސައްކަތް ކުރުމުން ޑިސްޕްލޭގައި ފެން ހުރުމުން ޓަޗް ނުކުރެވުނު ވާހަކަ ބުނެފައި އެބައޮތް. ސުވާލަކީ ކީއްވެ ފަޅު ރަށަށް އެރުނީމަ ފޯނުން ގުޅަން މަސައްކަތް ނުކުރީ ؟ އެހާގިނައިރު ވަންދެން ފަޅު ރަށުގައި ތިބިއިރު ފޯނު މަތިން ހަދާން ނެތުނީ ތޯ ؟ ގައިމު ކިތަންމެ ބޮޑު ހާސްކަމެއްގައި ތިއްބަސް ޖީބުގައި އޮތް ފޯނު ބޭނުންކުރުމުގެ ޕޮސިބިލިޓީ މާ ބޮޑުވާނެ އަނެއްކާ މޫދު ހުރަސްކޮށް ޖެހިގެން އޮތް ރިސޯޓަށް އެރުމަށްވުރެ. އެއީ އެބުނާ ގޮތަށް ކަންތައް ދިމާވިނަމަ އެ ޕެނިކް ހާލަތުގައި އަނެއްކާ މޫދަށް އެރެން ޖެހިލުންވާނެ ކޮންމެ އިންސާނެއް ވިޔަސް. މީގައި ސުވާލު އުފެދޭ ބައިވަރު ކަންތައްތައް އެބަހުރި. މިނިވަން ތަހްޤީޤެއް ކުރުމަށް ގޮވާލަން.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454