އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި މެމްބަރު ސައުދާއި މެމްބަރު އަމީތު: ސައުދު ވަނީ އަނެއްކާވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައި.---މިހާރު ފައިލް ފޮޓޯ
24 ޖޫން 2017 - 01:39
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތުގައި ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސެއިން އަނެއްކާ ވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުސް އޮފީަހށް ހާޒިރުވުމަށް ފަހު، "މިހާރު" އާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ މި ފަހަރު ވެސް ހާޒިރުކުރީ ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ކުރާ ތަހުގީގަށް ކަމަށެވެ.
"މި ފަހަރު ފުލުހުން ބުނީ އެ މައްސަލާގައި އިތުރު ސުވާލު ކުރުމަށް ހާޒިރުކުރީ،" އޭނާ ވިދާޅުވި އެވެ.
ސައުދު ވަނީ ހަމަ މި މައްސަލާގައި މި މަހުގެ އަށްވަނަ ދުވަހުގެ ރޭ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.
ސައުދާ އާއިލީ ގޮތުން ގުޅުން އޮންނަ، އިބްރާހިމް ހަނީފަށް ވެސް ފުލުހުން ވަނީ ހަމަ އެ ތުހުމަތުކޮށް، މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަނީފް ޝަރުތުތަކަކާ އެކު މިދިޔަ މޭ 30 ގައި ހައި ކޯޓުން ވަނީ މިނިވަންކޮށްފަ އެވެ.
ސައުދު ކުރިން ވިދާޅުވެފައި ހަނީފަށް ކުރާ ތުހުމަތުގެ އިތުރުން އާ ތުހުމަތެއް ސައުދުގެ މައްޗަށް ފުލުހުން ކުރާ ކަމަށެވެ. އެއީ އެއީ ފަނޑިޔާރަކު [ޝުޖާއު] ދިގު މުއްދަތަކަށް ޖަލަށް ލުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ.
"އަޅުގަނޑަކަށް ވެސް ނޭނގޭ އެކަން އަޅުގަނޑު ކުރާނެ ގޮތެއް،" ސައުދު ކުރިން ވިދާޅުވެފައިވެ އެވެ. ސައުދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، ޕީޕީއެމުން މިދިޔަ އޭޕްރީލްމަހު ވަކިކޮށްފައިވާ ބޭފުކެވެ. އޭގެ ފަހުން އޭނާ އެރުއްވީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކުގައި ވެސް އޭނާ ވަނީ ފަހުން ބައިވެރިވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމީލާ
25 June 2017
ބަސްނާ ހަނޗާ ގެންދާނެ
މައިތިރި
25 June 2017
ދަތް ދިލުވައިގެން ތިއްބަސް ވެއްޓޭނެ
ކިރިޔާ
24 June 2017
ޝުޖާއު މަރާލަނީ ކީއްކުރަން ބާއެވެ.
ޖުހާ
24 June 2017
ދަރުބާރު ފެކްޝަންގެ ސުލޫކީ ކޮމެޓީ
ހުސެން
24 June 2017
ފުލުހުން ތިޔަ އުޅެނީ ސައުދު ދިގުމުއްދަތަކަށް ޖަލަށްލުމަށް.
ކުރާނަމޭ
24 June 2017
މެމްބަރު ސައުދު އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފިތޭ. އެހެންތޭ. ހާޒިރު ކުރާނެއެވެ. އަދި ހާޒިރު ކުރަން މީހުން ތިބީ އިނގޭތޭ ތަމެންނަށް. މަމެން މިތިބީ ރޯދަ މަސް ނުނިމިގެންނެވެ. ރޯދަ މަސް ނިމުނީމާ ދެން އޮތީ ލާރޖް ކޮށް ޖެއްސުން. ބަލަން ތިބޭތި ތަމެންނަށް ކުޑަ ވެސް ކުރިއެރުމެއް ލިބޭތޯ. މިއަހަރަކީ މަމެން ރާއްޖޭގެ ޕޮލިޓިކަލް ހައުސް ކްލީން ކުރާނެ އަހަރު ކަމަށްވާތީވެ މަމެން މިކަން ކުރާނަން ތަމެން އޮބާބާއްވާފައި ނަމަވެސް.
އަމާޒު ލާހޫރޭ
24 June 2017
ޔާމިނުއައް ވެދުންސަލާމް ތިޔަގޮތައް މީހުންނައް ވޯޓުދިން ރައްޔިތެއްގެ ހައިސިއްޔަތުން އެދެން މިހާރު މިސަރުކާރަކީ އެއްވެސް ހައިސިއްޔަތެއް އޮތްސަރުކާރެއްނޫން ކޯލިޝަން ރޫޅި އަމާޒު ލާހޫރޭ ސަރުކާރެއް އެމްޑީޕީ އަދިމައުމޫނު ޖުުހޫރީޕާޓީ އަދާލަތު އެކުވުމުން ދަރުބާރު ފެކްޝަން ކުޑަވައިއިނގިލި ބޮއެބޮއެތިބުން ރަނގަޅުވާނީ
މާފުށި މަންޑޭލާ
24 June 2017
މިފަދަ މީހުން ދެން މަޖިލަިހަށް ނުހޮވުމަށް ދާއިރާގެ ލޮބުވެތި ރށްޔިތުންނަށް ނަސޭހަތްތެރިވަން.
ޤަވްމު
24 June 2017
މީ ހޮވަން ޖެހޭ މީހުން ނަކީ
ފޮށިތަންމަތި
24 June 2017
ހީވާގޮތުން ސަރުކާރު އުޅޭނީ ސައުދާއި ހިތާވެގެން. މިގޮތަށް މިސަރުކާރާއި ދެކޮޅު މީހެއް ހުރިއްޔާ އެމީހަކާއި ހިތާވެގެން ނެއްޓެން ނޭގިގެން އުޅޭވައްތަރުން ވަރަށް ހިނިއާދޭ. ސަރުކާރުގެ ބޮޑުން ދެންއެންމެރަގަޅުވާނީ 2018 އަށް ފޮށިތަންމަތި ބަނުމުގެ މަސައްކަތް ފެށިއްޔާ.
ޢަބްދުﷲނާފިޒު
24 June 2017
ފޯރިއެއް އެބަހުއްޓެއްނު އުތަ، މީ މަޖާކަމެއް.