ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގް (ކ) ވާހަކަ ދައްކަވަނީ: ޝައިނީއަށް ނުކުރެއްވި ހުރި ބައެއް ކަންކަން ވަނީ މައްސަލައެއްގެ ގޮތުގައި ނަންގަވާފައި
27 ޖޫން 2017 - 13:13
ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިސްތިއުފާ ދެއްވުން ކަމަށް މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކް ޕޯސްޓެއްގައި ތޯރިގް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަތިތައް ހައްލު ނުވެ ދިއުމުގެ ޒިންމާ ޝައިނީ ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި އިތުރަށް މަގާމުގައި ހުންނަވައިގެން އެކަމަށް ހައްލެއް ފެންނާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ޝައިނީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް މަހިބަދޫ ދާއިރާ ތަމްސީލް ކުރާ މެމްބަރުގެ ހައިސިއްޔަތުން ދެކޭތީ، ޝައިނީ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަން،" ރައީސް އަބްދުﷲ ޔާމީންގެ އެންމެ ގާތް އެއް މިނިސްޓަރާ ގުޅޭ ގޮތުން ތޯރިގް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިނީ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "ބެޔަސް، ނުބެޔަސް" ސިޔާސަތު ތިން އަހަރު ވެގެން ދިޔައިރު ވެސް ކާމިޔާބުވެފައެއް ނެތެވެ. މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާ ބެހޭ "ރެގިއުލޭޓްރީ ބޮޑީއެއް" އުފައްދަން މަޖިލިހުގެ ޕީޕީއެމް މެމްބަރުން އެދިވަޑައިގެން ނަމަވެސް، އެކަން ވެސް ކުރައްވާފައި ނުވާ ކަމަށް، ޝައިނީ އިސްތިއުފާ ދެއްވަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ތޯރިގު ހިމެނުއްވި އެވެ.
މީގެ އިތުރުން ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާއި މިނިސްޓަރާ ދެމެދު "ޖާއިޒު ނޫން" ގުޅުންތަކެއް އޮންނަ ކަމަށް ގިނަ އަދަދެއްގެ މަސްވެރިން ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ނެންގެވި އެހެން މައްސަލަތަކުގެ ތެރޭގައި މާލޭގެ ފަޅުން މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް މަސްވެރިންގެ ހައްގުތައް ހޯދައި ދެއްވަން ޝައިނީ މަސައްކަތް ނުކުރެއްވުން ހިމެނެ އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހުން މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅި، ފާއިތުވެދިޔަ އަހަރުތަކުގެ ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކުގައި މާލިއްޔަތު ގަވާއިދާއި ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ހުރި ކަންކަން ރަނގަޅު ކުރަމުން ދާކަން އޮޑިޓް ރިޕޯޓުތަކުން ނުފެނެ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ތޯރިގު ވަނީ ކުޑަ ދުވަސްކޮޅަކަށް އެފްއޭއެމްގެ ރައީސްކަން ކުރައްވައިފަ އެވެ. އެކަމަކު އެ މަގާމުން އޭނާ ބޭރުކުރަން ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި ބައެއް މިނިސްޓަރުންގެ ނުފޫޒު އޮތް ކަމަށް، ތޯރިގާ ކައިރި ބައެއް ފަރާތްތަކުން ދެކެ އެވެ.
ފިޝަރީޒް މިނިސްޓްރީ އަށް އެކި ގޮތްގޮތުން ލިބެން ޖެހޭ 39 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ފިޔަވަޅު އަޅާފައި ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ހަރު މުދަލުގެ ރެކޯޑް ރަނގަޅަށް ބަލަހައްޓާފައި ނެތުމާއި މާލީ ބަޔާންތައް މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އޮޑިޓް ކުރަން އޮޑިޓް އޮފީހަށް ހުށަހަޅާފައި ނެތް މައްސަލަ ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީރު ބަހުރު
29 June 2017
ރާއްޖޭގައި ހުރި މަސްބޭރުކުރާ ކުންފުނިތަކުން ބޮޑެތި ޙިއްޞާތައް ނަގައިގެން ކައިބަނޑުފުރާފައި ހުރި ވަރު ދެކިބަލަ: މަސްވެރިން ހަނާވެނިމިއްޖެ 2018 ގައި މަސްވެރިން ވޯޓުލާން ގެންދަންޖެހޭނީ ފުރޮޅުލީ ގޮނޑީގައި! މަސްވެރިންނާއި، ދަނޑުވެރިން ބިކަވެ ނިމިއްޖެ. 10000 ރ އާއި 8000 ރ ބިލާހަކަށްވެ ނިމިއްޖެ.
މަހިބަދޫއެޑަމް
28 June 2017
ޝައިނީގެ ވާހަކަ ގޮވުމުގެ ކުރިން ތިމާހެ ދާއިރާއަށް، ރަށަށް ވޯޓުދިން މީހުނަށް ކޮށްދެވިފަ ވަނީ ކޮނަ ކަމެއްތޯ ސުވާލުކޮށްލާ.. އަތޮޅު ހޮސްޕިޓަލް ހިދުމަތާ އިމާރާތުގެ ގޮތުން ދުވަހެއް ދުވަހަކަށް ދަށަށް، ސްކޫލް ކްލާސްރޫމްތައް ގެއްލިްއްޖެ، މަގުހެދުން ފިނިހަކު ދުވެލީ، ބަނދަެުގެ ވަހަކަ އިންތިހާބު ކެމްޕެިނުގަ އެކަނި އިވެނީ، ފުޓްބޯޅަދަނޑު ހަމަ އޮތް ހާލަތުގައި، ޒުވާނުންނަށް އެއްވެސް ކަމެއް ނުކޮށްދޭ، ރައްޔިތުންނާ ގުޅުމެއ ނެތް، ރަށު ކައުންސިލާ ދިމާ އިދިކޮޅު، ރަސު ކައުންސިލައް އެއވެސްކަމއެއގަ އެއްބަރުލުން ނުލިބޭ، ކައުނސްިލް އިންތިހާބުން ޕާޓީ ފެއިލް
ޕޮގުބާ
28 June 2017
ދިވެރާއްޖޭގެ ރަށްޔެތުންނަށް މިހާރުގެ މިއޮށް ސަރުކާރުން ހުރިހާކަމެއްވެސް ކޮއްދެންވީ ހިލެ މިހާރުގެ މިއޮށް ސަރުކާރުން ރަށްޔެތުންގެ ތަރަށްގީއަށް ބޮޑެތި މަސްރޫޢުތަށް ކުރިއަށް ގެންދާއިރު ރަށްޔެތުންނަށް ކޮންމެވެސް ބާރެއް އަރާނެ ބޮޑި ކަންކަން ނިމުނީމަ ދެން ފުއްޕާފަ ވެރިކަމުއަރާމީހަކަށް ރަށްޔެތުންނަށް މުސާރަ ނުދެވޭނެ ސަބަބެއް ނޯނާނެ ކޮންކުރީޓުން ނޫނީއްޔަ ތަރަށްގީއެއް ނުކުރެވޭނެ ދަޑިފަނަކުން ތަރަށްގީއެއް ނުކުރެވޭނެ މިއުޅެނީ ދަޑިފަނުން އަޅާފަހުރި ތަންތަން ރީތި އިމާރަތް ތަކަކަށް ބަދަލުކޮށްފަ ރަންެތުންގެ ޖީބަށް ލުއިކުރަން
ޕުއްބާ
28 June 2017
ރައްޔެތުންތަ ނޫނީ ރައްޔިތުންތަ؟. ޖުމްލަތައް ވަކިކޮށްލަން ފުލުސްޓޮޕް ޖަހާލިނަމަ ތިލިޔުނު އެއްޗެއް ކިޔާމީހަކަށް ދޭހަވާން ފަސޭހަވާނެ.
އިދިކޮޅު
28 June 2017
ހިތަށްއަރާއެބަ މިމީހުންނަށް ކިހާވަރަކަށް ސަރުކާރުން މަޅަން ލިބުނީމަބާއެ ހިތް ފުރޭނީ
ޢަލީ
28 June 2017
ޝައިނީ ނޫޅެ އީޔޫއަށް ރާއޖެއިން ބޭރުކުރާ މަހުންނަގާ ޑިއުޓީކުޑަކުރާކށްވެސް.
މަހިބަދޫ އިއްސެ
28 June 2017
ކިޔުން ތެރިންނަށް / ރައްޔިތުންނަށް / އަދި ޚާއްސަކޮށް މަހިބަދޫ ދާއިރާ ގެ މީހުންނަށް މި ވާއެތި ސާފެއްނޫންހެން ހީވަނީ،، ބުނެލާނަން އިނގޭ ؟ 2014 ގެ މަޖުލިސް އިންތިޚާބަށްފަހު ކަން ކަން ހިނގަމުން އެނބުރެމުން ހިމޫން ވަމުންގޮސް 2017 ގެ މިހިސާބަށްދިޔައިރު " ޓޮމް " އަށް އިހުސާސް ވިއްޖެ އަނހާ ތަކުރާ މިހާރު ދާއިރާގެ ތާއިދު ވަރަށް ދސށްވެއްޖެ ކަމާއި' ދެން މިކަހަލަ ރޮކެޓެއް ޖަހާއިގެން ނޫން ގޮތަކަށް ދާއިރާގެ ތާއީދު ހިފެހެއްޓެން ނެތްކަން. ވަރަށް ސާފުކޮން މި ބުނީ ވަރަށް ސަލާމް
މާޝާ
28 June 2017
ޝައީނީ ނަގާ ހޫރުވާލާ ދުވަސް އައީސް ޖެހުނީދޯ.. ދެން މީހާރު ރާކަނީމަސް ކެވީފަހުންނާނެ. ވަރައް ރީއްޗެއްނޫން.. ހުރީހާ އެއްޗެއް ކިޔައި ސަރުކާރު ދީފާއު ކުރަން އުޅުނީމަ ލީބުނު ހަދީޔާ ރަނގަޅުދޯ ޝައީނީ..
ދާއިރާ އަހަންމަދު
28 June 2017
ހާދަ އަވަހޭދޯ ތިމާޢަށް ތިމާފެނި ބޮޑާާޥާލެއް؟ ބަލަމަމީ ކަލޭހޮވަން މަސައްކަތްކޮށް ވޯޓްދިން މީހެއް ހޮވުނުފަހުން ދަންނަކަމަށްވެސް ނުހަދާ. ކަލޭ ތިމަގާމުން އިސްތިއުފާ ދީފާ ބޯޅަ ކުޅެން ދިއުމަށް އަހަރެން ގޮވާލަން. އަހަރެންނަކީ ކަލެއަށް ވޯޓް ދިން މީހަކަށް ވާތީ ކަލޭ އިސްތިއުފާދިނުމަށް ގޮވުމުގެ ހައްގު އަހަރެންނަށް ލިބިގެންވޭ. އަވަހަށް އިސްތިއުފާދީ. އަހަރެން ތޯރިގުގެ އިސްތިއުފާއަށް ގޮވާލި ވާހަކަ ފަލަ ސުރުޚީގައި ލިޔެބަލަ.
ފިނިހަކަޖޯޑު
27 June 2017
ޝައިނީ, އަނިިލް, ފަދަ މީހުންނަކީ އަންފިޓް ޒަމާނަށް ނުފެތޭ ހިސާބުގަ ތިބި ފިނިހަކަ ސްޕީޑްގެ ދެމީހުން. ކިހިނެއް މިވެރިންނަށް ރަތްޔިތުންނަށް ކަމެއް ކޮށްދެވޭނީ.
ބިސްބެ
27 June 2017
ޗައިނީވެ ދުވަސް ދަނީހެން ހީވަނީ.