ލ. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ލ. ގަމުގެ ލިންކް ރޯޑުގައި ދެންމެ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.


ގަމުން ވާހަކަ ދެއްކި މީހަކު ބުނީ، އުމުރުން 50 އަށް ވުރެ މައްޗަށް ގޮސްފައިވާ މީހާ ސައިކަލެއްގައި ދަނިކޮށް، އެ މަގުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އޭނާ ވިއްސައިގެން ދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

"މުދާ އަރުވަން ބާއްވާފައި އޮތް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓެއް އެއީ،" އޭނާ ބުންޏެވެ.

ސައިކަލް ދުއްވި މީހާ އިނީ އެކަންޏެވެ. ހަށިގަނޑު މިހާރު އޮތީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.