ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން މިދިޔަ ހުކުރުދުވަހުގެ ހަވީރު މުލީއާގޭގައި ބޭއްވި ނިއުސް ކޮންފަރެެންސް: އެ ޕާޓީން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް ބުނެ އެ މައްސަލަ އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
03 ޖުލައި 2016 - 18:23
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރާ ކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.
އެ ކޮމިޝަނަށް އެމްޑީޕީން ފޮނުވި ސިޓީއެއްގައި ބުނީ ޕީޕީއެމުން ދައުލަތުގެ އިމާރާތެއް ކަމުގައިވާ މުލީއާގެ އާއި ދައުލަތުގެ މީޑިއާ ޓީވީއެމްގެ ވަސީލަތްތައް ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ބޭނުން ކުރަމުން ގެންދަނީ އެއްވެސް ހުރަހެއް ނެތި ކަމަށެވެ.
ދައުލަތުގެ އެއްވެސް ބިމެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ހަމައެކަނި އެއް ޕާޓީއެއްގެ ބައްދަލުވުންތަކަށް ނުވަތަ ހަރަކާތްތަކަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިގެން ނުވާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަން ވެސް ސިޓީގައި އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ.
ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިންވަންކަމަކީ ކުރިން ހުއްދަ ނެގުމަކާ ނުލައި ބޭނުން ހިފިދާނެ އަސާސީ ހައްގެއް ކަމަށް ގާނޫނުއަސާސީގެ ދަށުން ކަނޑައެޅިޔަސް، ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން އެއްވެސް ފަރާތަކަށް ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ފުރުސުތު ނުދޭ ކަމަށް ވެސް އެމްޑީޕީގެ ސިޓީގައިވެ އެވެ.
އެމްޑީޕީން އިލެކްޝަން ކޮމިޝަނަށް ސިޓީއެއް ފޮނުވާފައި މިވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމެއް މުލިއާގޭގައި މިދިޔަ ހުކުރު ދުވަހު ބާއްވާފައި ވަނިކޮށެވެ. އެ ބައްދަލުވުން ޓީވީއެމުން ވަގުތުން ދެއްކި އެވެ. މި ނޫނަސް ޕީޕީއެމްގެ ބައެއް ބައްދަލުވުންތައް ވަނީ މީގެ ކުރިން ވެސް މުލީއާގޭގައި ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޒަން
04 July 2016
ހިސާބު ބައްލަވާދުވަހު ކުރިންތިބި މީހުން ކަންކުރީ މިހެންނޭ ކިޔާފަ ސަލާމަތެއް ނުވެވޭނެ، ދައުލަތުގެ ޚަޒާނާ ހުސްކޮއްފަ އެމީހުން ހެދީ މިހެންނޭ ބުނަމަކުން ރެކެވޭނެ ކަމައް ހީކުރުމަކީ ޖާހިލް ކަމާއި ނާގާބިލުކަން ބައެއްގެ ބޮލުގައި އިލްޒާމްތަކެއް އެޅުމުގެ އެއްވެސް ޙައްގެއް އަދި ހައިސިއްޔަތެއްވެސް ނެތް
ސައްޕު
04 July 2016
"ދައުލަތުގެ އިމާރާތެއް ކަމުގައިވާ މުލީއާގެ އާއި ދައުލަތުގެ މީޑިއާ ޓީވީއެމްގެ ވަސީލަތްތައް ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ބޭނުން ކުރަމުން ގެންދަނީ އެއްވެސް ހުރަހެއް ނެތި ކަމަށެވެ." މީ ހަމަ އެމްޑީޕީ ސަރުކާރުގައި ވެސް ގަތް ގަނޑު!
ހައިޑް
03 July 2016
މީ އަސްލު ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑު މަސައްކަތްކުރާ އޮފީހުގެ ގުދަންތަކުގައި ހުރީ ޕާޓީ ތަކެތި. ދެދުވަހުން އެއްދުވަހު ޕާޓީ މަސައްކަތުގަ ހުރިހާ މުވައްޒަފުން ގެންދާނެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ދާން މަޖުބޫރު. އޮފީސް ތަކެއްޗާއި މުވައްޒަފުން ބޭނުންކޮށްގެން ޕާޓީ މަސައްކަތް ކުރަނީ.
އެ ބޭ
03 July 2016
މި ރީންދޫ ކުދިންކޮޅު ގެ މޮޔަކަމުން ހީ ޙި ބަނޑަށް ތަދުވޭ' ބަލަ އަދިމިވީ ފަސް އަހަރު ހަނދާންނެތޭހާ ދުވަސް ވެއްޖެތަ
ކަމަނަ
03 July 2016
ތިކަމެއް އެކަންޏެއްނޫނެއްނު ބަލަންވީ! ޖެންޑާ މިނިސްޓްރީގެ ކޮންފެރެންސު ހޯލް މެޑަމްގެ ސަދަޤާތް ފައުންޑޭޝަނުން ބޭނުން ކުރަމުންދާ މައްސަލަވެސް ބަޔަކު ބަލަންވެއްޖެއެއްނު؟
ޙަސަންދީ
03 July 2016
ދައުލަތުގެ ފައިސާއާއި މުދަލައް ޚިޔާނާތްތެރި ވަމުންދާ ބަޔަކައް ތިކަމަކީ އަދި އެއްވެސް ކަމެއް ނޫން، ދެން އޮންނަ މަޖްލީސް ޖަލްސާއައް ނިހާން ހުށައަޅާނެ ދައުލަތުގެ މުދަލާއި އިމާރާތްކާއި ވެހިކަލް ފަދަ ތަކެއްޗަކީ ޕީޕީއެމްގެ ތަރިކަ ކަމައްހަދަން
ޔާގުންޑާ
03 July 2016
އިލްކްޝަން ކޮމިޝަންގަތިބެނީ ޔާމީނު ގެ ޕަޕެޓުން.
އުމަރު
03 July 2016
ވަރަށް ރަނގަޅު ވާހަކައެއް، ކަނޑައެޅިގެން ކޮރަޕްޝަން
ކކ
03 July 2016
މަ ގޭ ދޮރުމަތީ ބައިންދާފައިން ޕިންކް ގޮނޑި ގަނޑުވެސް ކަންމަތީ ޖަސްލާއެއްގަ ކަޓުވާލައިފި
ޝިޔާމާ
03 July 2016
ތިޔަ ސިޓީ ފޮނުވީ ޕީޕީއެމްގެ ގޮތްޕަކަށް!