ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި އިމްތިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
29 އޮކްޓޯބަރ 2017 - 18:44
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ފަހަކަށް އައިސް ހިންގަމުން އަންނަ ހަރަކާތްތަކަށް ޚަރަދު ކުރަނީ ސަރުކާރުން ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ތުހުމަތުކޮށްފި އެވެ.
އިދިކޮޅު ޕާޓީތަކުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައްޔިތުންގެ މާލިއްޔަތަށް ވަމުން އަންނަ ގޮތް، ސަރުކާރުން ރައްޔިތުންނަށް ހިއްސާ ކުރަމުން ނުދާ ކަމަށެވެ. މިއީ "އަނދިރީގެ ތެރޭގައި" ހިނގަމުންދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވި ގޮތުގައި ފެންނަމުން ދަނީ ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބޭނުންކޮށްގެން ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ބާއްވަމުންދާ ތަނެވެ. އެހެންވެ، ސަރުކާރުން އެ ޕާޓީ އަށް ޚަރަދު ކުރާ ގޮތެއް ރައްޔިތުންނަން އެނގެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދައުލަތުގެ މީޑިއާ އިން މި ހުރިހާ ކަމެއް ބްރޯޑްކާސްޓް އެބަކުރެވޭ. ނަމަވެސް އެއީ ސިޔާސީ ޕާޓީއެއްގެ، މުސްތަޝާރުގެ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ފެކްޝަނުން ހިންގާ ކަންތައްތައް މި ގެންނަނީ. އެހެން ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކެއް ނުގެނެސްދޭ،" އިމްތިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް ސަރުކާރުން ހިންގަނީ ނަހަމަ ގޮތުގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ރަށަކަށް ވަޑައިގެންނެވުމުގެ ކުރިން، އިދިކޮޅު ފަރާތްތަކުގެ މުދާތައް ކޯޓުތައް މެދުވެރިކޮށް ނަގަން އަމުރު ކުރަމުން ދާތީ، އެކަމަށް އޭނާ ފާޑު ވިދާޅުވި އެވެ. އަދި ސިފައިންނާއި ފުލުހުން ރަށްރަށަށް އަރުވައި ރައްޔިތުންނަށް ބިރު ދައްކަމުންދާ ކަމަށް ވިދާޅުވި އެވެ.
"ޝުއޫރު ފާޅުކުރުމަކީ ޑިމޮކްރަސީއެއްގައި މައިގަނޑު އެންމެ އެއް އަސާސް، ޑިމޮކްރަސީއަކާއި ހުދުމުހުތާރު ވެރިކަމަކާ ވަކި ކޮށްދޭ އެންމެ ބޮޑު އެއް އަސާސަކީ އިހްތިޖާޖް ކުރުމުގެ ހައްގު. އެ ހައްގު ނެތްނަމަ، މިއީ ޑިމޮކްރަޓިކް ވެރިކަމެއް ހިނގާ ގައުމެއް ނޫނޭ،" އިމްތިޔާޒް ވިދާޅުވި އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިހާރު ވަނީ އަންނަ ބުރާސްފަތި ދުވަހު ހއ. ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވާނެ ކަން އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
30 October 2017
ޕީޕީއެމްގެ ހަރަކާތްތަކަށް ސަރުކާރުން ޚަރަދުކުރާނަމަ އެއީ ވަރަށްބޮޑު ގޯހެއް ، ނަމަވެސް މަނިކުފާނު އެވާހަކަ ވިދާޅުވީމާ ހިނިއާދޭ ، މަނިކުފާނުގެ ރީދޫ ސަރުކާރުގައި ރީދޫ ޕާރޓީގެ ކޮންމެ ހަރަކާތަކަށްވެސް އެއީ ކިތަންމެ ކުޑަކަމަކަށްވިއަސް އެޚަރަދުކުރީ ހަމަސަރުކާރުން އިގޭތޯ މިއީ ވަރަށް ފާޅުގައި އެގޭކަންތައް ، ދެން މިއަދު ޓީވީ ތަކަށް އަރާ ތިވާހަކަތަށް ވިދާޅުވާން ފެށީމާ މީހުން ފޫހިވާނެ އިގޭތޯ
ރަދީފް
30 October 2017
އެޑްމުންޑޯ ގެ ތި ވާހަކަ ރަނގަޅު ، ނަމަވެސް އެމްޑީޕީ ސަރުކާރު ބަދަލުކޮށް ޓަކާ ޓަކާ އޭކިޔައިގެން ޕީޕީއެމް ވެރިކަމަށް ގެނައީ އެފަދަ ކަންކަން ހުއްޓުވާނެކަމަށް ބުނެ ދޯ.ދެން ހަމަ އެއްކަމެއް ދޯ ތަކުރާރުކުރަނީ.މީތި ކަޑަ އިނގޭ ބްރަދާ. ވ.ވެދުން
އަލްޖިބްރާ
29 October 2017
ބާރުއޮތީ މިއަދު އެމީހުންގެ ފަރާތުގަ ! އެހެންވީމާ ބޭނުންގޮތަކަށް ޚަރަދުތައް ކޮށްލެވޭނެ ! މާދަމާއަކީ އެމީހުނަށް އޮތްދުވަހެއް ނޫން !
ހަނދުކޭތަ
29 October 2017
އަހަރެން ޔާމީނަށް ތާއީދެއްނުކުރަން. އެކަމަކު ޕީޕީއެމުުން ކަންތައް އެކުރަނީ ހަމަ އެމްޑީޕީން ކަންތައްކުރިގޮތައް. ސަރުކާރުމުދަލޭ، ކޮރަޕްސަނޭ، މިގައުމުގަ ވެރިކަންނުކުރާ ބަޔަކު މިވާހަކަތައް ދެއްކުން މާރަނގަޅުވާނެ.
ދޫނިދޫ
29 October 2017
އިންތި މިހުރިހާކަމެއްގެ އޯޑިއޯ ވީޑިއޯ އަދި ހެކިތައް އާކައިވް ކުރައްވައްޗޭ. ކޮންމެވެސް ދުވަހަކުން މިމައްސަލަތައް ބެލޭނެ.. ޕީއެސްއެމްގެ އިސްވެރިންގެ މައްސަލަވެސް.
ފޫހި
29 October 2017
ޑިމޮކްރަޓިސްޓް ކޯޑިނޭޓަރ
އދ
29 October 2017
ސަރުކާރު ތިއީ ކޮންޤާނޫނަކުން. ޕީޕީ އެމްއިން ސަރުކާރުން ޚަރަދެއް ނުކުރެވޭނެ.
މެންޓަލިސްޓް
29 October 2017
އެއީކީ ދެންއާކަމެށްނޫނެއްނޫންތޯ ؟؟ އެމްޕީއެލްއިން 77 މިލިއަންރުފިޔާނަގައިގެންނޫންތޯ މަޖިލިސްއިންތިޙާބަށް އަދީބްބުރޯ ޙަރަދުކުރީ ،،، އޭގެފަހުން އަދީބްކުރި ހުރިހާ ޙަރަދަކާއި ބެހިހާފައިސާއަކީވެސް ސަރުކާރުގެ ފައިސާނޫންތޯ ؟؟ ހަމައެއަދީބް ތިޔަބޭފުޅުން ނާޢިބްރައީސްއަކަށް ހޮވައިދިނީމެއްނޫންތޯ ؟؟ މީދިޕޮލިޓިކްސްއޭ ،،، މީދިޑިމޮކްރަސީއޭ ،، މިތާއޮންނާނީ ފައިސާފައިސާފައިސާ ،،،، މަޖިލިސްގައިވެސް ސަލާމަތުން ތިއްބެވީ އިންތިމެންކަހަލަ މަދުބައެއްނޫންތޯ ؟؟ އެހެންއެންމެންވެސް އަދީބް އެންއުކަމުންދިއިރު ބޭނުނެއްނޫންތޯ .... އެހެންވީމައި އަނެއްހެންއޯކޭއެއްނޫންތޯ ؟؟ އޯލްހެޕީއެއްނޫންތޯ .... އެއްކަލަ ކަޅުފައިސާތަށް އިންވެސްޓްކޮށް މިހާރު ހުދަށްވެސް ބަދަލުވެއްެޖެނޫންތޯ ،، އެބަޔަކަށް ކުރެވުނު ގޮތަކަށް ކެމްޕެއިންކޮށް މޮޅުވީމައި ނިމުނީ ،،،، ވަރަށްވެދުން
ޤައުމުގެ ދަރިއެއް
29 October 2017
ނަޝީދުގެ ވެރިކަމުގައި އެމް.ޑީ.ޕީ އަށް ޚަރަދު ކުރީވެސް ސަރުކާރުން.
ހަނދުކޭތަ
29 October 2017
ނަޝީދު 3 އަހަރު ފަހުން އިސްތިއުފާވެސްދިން. ކީއްވެތަ ޔާމީނު އިސްތިއުފާނުދިނީ.
ޙަސަން
29 October 2017
އިންތިމެން ވެސް ކަންތައް ކުރީ ހަމަ އެހެން. ތިޔަތާކު ނެތް ރަނގަޅު އެއްބައެއްވެސް. ތިޔަ އެންމެންނަކީވެސް އަމިއްލަ އެދުމާ ހެދި، އަމިއްލަ އަންބޮނޑި ބޮޑުކުރަންވެގެން ވެރިކަން ހޯދަން އުޅޭ މީހުން.
ސަރުކާރު
29 October 2017
ޕީ.ޕީ.އެމް ގެ ވެރި ކަން. ޕީޕީ.އެމް އަކީ ސަރުކާރު، ސަރުކާރަކީ ޕީ.ޕީ.އެމް. މީތި އޮޅުވާނުލާބަލަ