ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމް، އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖާ އެކު ކުރިން ބޭއްވި ބައްދަލުވުމެއްގައި
18 ޑިސެމްބަރ 2017 - 10:22
ރާއްޖެ އާއި ޗައިނާ އިން ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)ގައި ސޮއިކުރި ނަމަވެސް އަވައްޓެރި އިންޑިއާއާ އެކު އޮންނަ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ރޭ ވިދާޅުވެއްޖެ އެވެ.
އެފްޓީއޭގައި ރާއްޖެ-ޗައިނާ ސޮއިކުރުމުން އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން އިންޑިއާގެ ޓީވީއެއްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އިންޑިއާގެ އަސްކަރިއްޔާ ބޭނުންކޮށްގެން ނަމަވެސް ރާއްޖޭގެ މިހާރުގެ ވެރިކަން ބަދަލުކޮށް، "ކަންކަން ހަމަޔަކަށް އަޅުވަން ޖެހިފައިވާ" ކަމަށް އިންޑިއާގެ ތަޖުރިބާކާރަކު ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ އިންޑިއާ ސަރުކާރުގެ ރަސްމީ ބަހެއް ނޫނެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އާސިމް ވިދާޅުވީ ޗައިނާއާ އެކު ވީ ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެން އެހެން ގައުމުތަކާ އޮންނަ ގުޅުމަށް އެއްވެސް ބުރުލެއް އަރާނެ ކަމެއް ނޫން. ނޫނީ އަރަން ޖެހޭ ކަމެއް ވެސް ނޫން. ހާއްސަކޮށް އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާއަށް ބަލައިލާ ކަމުގައިވާ ނަމަ އެއީ ވަރަށް ޒަމާންވީ، ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް،" އާސިމް ވިދާޅުވި އެވެ.
ތަފާތު ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އޭނާ ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް މުހިންމު ގައުމެއް ކަމަށެވެ.
"އިންޑިއާ އަކީ އަޅުގަނޑުމެންނަށް ތަފާތު ގިނަ ގުނަ އެހީތަކެއް ވެދެމުން އަންނަ ގައުމެއް. އޭގެ ތެރޭގައި ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް. އޭގެ ތެރޭގައި ނޮވެމްބަރު 3 އަޅުގަނޑުމެންނަށް ބަލާލެވިދާނެ. އަދި އެހެން އިތުރު އެހީއަކަށް ބޭނުންވިޔަސް އިންޑިއާއިން އަންނަނީ އަޅުގަނޑުމެންނަށް އެހީތެރިވެދެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައްޔިތުންގެ މަޖިލިހުން އަވަސް އަރުވާލައިގެން އެފްޓީއޭ އަށް ހުއްދަދިނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި އެއީ ޗައިނާ އަށް ރާއްޖެ ވިއްކާލުމުގެ އަމަލެއް ކަމަށްވެސް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.
ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެފްޓީއޭއަކީ "ހަމައެއްލަމައެއް ނެތި" ވިޔަފާރިތަކަށް ހުއްދަ ދިނުން ނޫން ކަމަށެވެ. އެފްޓީއޭގައި ރާއްޖެ އަށް ގެއްލުން ވާނެ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށާއި ބޮޑަށް ފައިދާވާނީ ރާއްޖެ އަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
18 December 2017
މަބާޕޭ ހޮސްޕިޓަލެއް އެޅުމުން ފުދޭނެތަ؟ ބޭސް، ޑޮކްޓަރުން، ހޮސްޕިޓަލް ހިންގަން ބޭނުންވާ ސާމާނު، ދުނިޔޭގެ ގިނަ ގައުމުތަކަށް ހެޔޮ އަގުގައި ބޭސް ފޮނުވާ އެއްގައުމަކީ އިންޑިއާ، ޖޯޖް ބުޝް އިންޑިއާގެ ބޭސް ހުއްޓުވަން އުޅުނު ކުރެވުނުތަ؟
ހީރޯ
18 December 2017
އަޅެ ވާނުވާ ނޭނގިގެން ނޫލޭބަލަ.. އެއީ މަލާބާރީން... ވޯރާ ވިޔަފަރިވެރިން.. ރާއްޖެއަށް ވަންނަ ކޮންމެ ރުފިޔާއަކުން ދެރުފިޔާ އެމީހުން ބޭނުނވާނެ،... މިހާރު އެފްޓީއޭގަ ސޮއިކުރީމާ އެތިބީ ފިތިފެ.. ނަޝީު ބުނާހެން ފައިން އެރިފަ... ދެން ކޮސްވެސް ގޮވާނެ... ބިރުވެސް ދައްކާނެ.. ރާއްޖޭގެ އިގްތިޞާދު ފުނޑައެއްވެސް ނުލެވޭނެ..އިރާދަ ކުރެއްވިޔާ.. މަލާބާރީން އަށް ފެންްނާނެ ދިވެިން ދެކޭ ކުރިއެރުން...
ސާ222
18 December 2017
ސާބަހޭ މިނިސްޓަރ
ވާލުސޮރު
18 December 2017
ގަލްފް ހަނގުރާމައިގެ ދުވަސްވަރު ހުރި އިރާގު ގެ ފޮރިންމިނިސްޓަރ ހަނދާވާކަހަލަ ވާހަކައެއް ދެއްތޯ؟
އަލީ_
18 December 2017
އިންޑިއާގެ ގުޅުމަށް އަރާނެ ބުރުލެއް ބޮޑަށް އިގެވަޑައިގަންނަވާނީ ދިވެހި ސަރުކާރަށް. އިންޑިއާއަކަށް ނޭގޭނެ. ދެން އެންމެން ބާރަށް އަތްޖަހާ.
ރަބަރު
18 December 2017
ފޮރިންގ މިނިސްޓަރު ބުނީ ބުރުލެއް ނައަރާނެއެވެ. ފޮރިންގ މިނިސްޓަރު ބުނަންވާނީ ވެސް އެހެންނެވެ. އެކަމަކު އެއީ ހަގީގަތެއް ހެއްޔެވެ؟ އިންޑިއާއިން އަޅާ ފިޔަވަޅުތަކުން ދަތިވާނީ އާންމުންނަށެވެ. ހަނާވާނީ އާންމުންނެވެ. ބޭސްފަރުވާއަށް ދާ މީހުނަށެވެ. ދަރިންނަށް ކިޔަވައިދޭން ގޮސް އުޅޭ އާއިލާތަކަށެވެ. ފިޔާކޮޅާ ހަނޑުލާ ހަކުރުފަދަ އަސާސީ ތަކެތި ލިބުން ދަތިވާނީއެވެ. މިއިން އެއްވެސްކަމަކުން ފޮރިންގ މިނިސްޓަރަށް ބުރުލެއް ނައަރާނެއެވެ. ދައްޗެއްވެސް ނުވާނެއެވެ. މި ރާއްޖެއާ އެންމެ ކައިރީގައި އޮތީ އިންޑިއާ އެވެ. އެއީ ބިޔަ ގައުމެކެވެ. އަހަރުމެންގެ ނިސްބަތުންނަމަ އެއީ ސުޕަރ ޕަވަރެކެވެ. އެހެންކަމުން އެމީހުންގެ ރުހުން އަބަދުވެސް މިކަހަލަ ކުދި ގައުމަކަށް މުހިންމުވާނެއެވެ. ފާޅުގައި ބަހެއް ނުބުންޏަސް ކިތަންމެކަމެއް ކުރެވިދާނެއެވެ. އެވަރު ނެއެނގޭ ވެރިންތަކެއް ގައުމުގައި ތިބުމަކީ ގައުމަށް ބޮޑު ނުރައްކަލެކެވެ.
މަބާޕޭ
18 December 2017
އެ ދުއްޕާނުން ސަލާމަތް ކޮއްދެން ޔާމީން އެ އުޅެނީ. އެމީހުން ބޭނުންވާ ކަމެއް ނުވާ އިރަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން އެއީ ހަމައެއް ނޫން. ބޭސް ފަރުވާއަށް ދާން ޖެހޭލެއް މަދު ކުރުން އެއީ ފުރަތަމަ ކަންތައް.
ދައްތަ
18 December 2017
މިވެރިމީހާ މިގައުމު ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮއްލާފަ ފިލާނެ އޭރުން އަތެއްވެސް ފައެއްވެސް ނުޖެހޭނެ
ރޮކެޓް ސައިންސް
18 December 2017
ބުރޫ އަރާތޯ ނާރާތޯއެއް ނޫން ބަލަން ބޭނުންވަނީ އެގޭހާވެސް އެއްޗަކީ ޗަިނާއިން ނަގާފަހުރި ލޯނުތަށް ނުދެއްކިގެން ދިވެހިރާއްޖެ ޗައިނާއަށް ވިއްކާލާ ދިވެހިން އަޅުވެތިވާނެކަން.
ނޫސް ކިޔާމީހެއް
18 December 2017
ރާއްޖެ އާއި ޗައިނާ އިން ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)ގައި ސޮއިކުރި ނަމަވެސް އަވައްޓެރި އިންޑިއާއާ އެކު އޮންނަ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ރޭ ވިދާޅުވެއްޖެ އެވެ. ނޫން އަރާނެ . އާއެކޭ ނާރާނޭ . އެކަމަކު މިސަރުކާރާމެދު އިންޑިޔާގެ ހިތެއް ރަނަގަޅެއް ނުވާނެ . ކުދިކުދި ދަތިތަކާ ދިމާވަނީ ދެއްތޯ . ކޮންމެ ސަރުކަރަކާވެސް ގުޅުން އޮންނާނެ .