އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމް ބައްދަލު ކުރައްވަނީ: ރާއްޖެއާ އެކު އޮތް ގުޅުން އިންޑިއާއިން ދަމަހައްޓާނެ ކަމަށް ވިދާޅުވި --ފޮޓޯ/ފޮރިން މިނިސްޓްރީ
27 ޑިސެމްބަރ 2017 - 21:55
އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖޭގެ ފުރަތަމަ އެކުވެރިޔާގެ ގޮތުގައި ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ސުޝްމާ އެގޮތަށް ވިދާޅުވީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި، އެ ކޮމެޓީގެ އިސް މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މެމްބަރުން ސުވާލުކުރީ ރާއްޖެ ފަދަ ކުޑަ ގައުމަކާ ގުޅުން ހުރި ކަންބޮޑުވުންތަކަށް ހައްލު ކުރަން އިންޑިއާ ސަރުކާރަށް ނުކެރިގެން އުޅޭ ސަބަބާ މެދު އެވެ.
އެ ކޮމެޓީއަށް ޖަވާބުދާރީވީ މިނިސްޓަރު ސުޝްމާގެ އިތުރުން ފޮރިން ސެކެޓްރީ ޖައިޝަންކަރާއި އެ މިނިސްޓްރީގެ އިތުރު އިސް ބޭފުޅުންތަކެކެވެ. ރާއްޖެއާ ބެހޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ސުޝްމާ ވިދާޅުވެފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ތަފާތު ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން އެގޮތުގައި އިންޑިއާއިން ދަމަހައްޓާނެ ކަމަށް ސުޝްމާ ވިދާޅުވި އެވެ.
"އިންޑިއާއިން އަބަދުވެސް އޮތީ ރާއްޖެއާ އެކު. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން ދޭންޖެހޭ އެއްބާރުލުމެއް ދޭނަން ރާއްޖޭގެ ފުރަތަމަ އެކުވެރިޔާގެ ގޮތުގައި އިންޑިއާ އޮތުމަށް." ސުޝްމާ ވިދާޅުވި ކަމަށް ދަ ހިންދޫގައި ވެ އެވެ.
މީގެ އިތުރުން 2015 ގައި އިންޑިއާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަން ހަމަޖެއްސި ދަތުރުފުޅު ކެންސަލް ކުރި ކުރުމާ ބެހޭގޮތުން ވެސް ސުޝްމާ އެ ކޮމެޓީގައި ވާހަކަ ދެއްކެވި އެވެ. ސުޝްމާ ވިދާޅުވި ގޮތުގައި މޯދީގެ ދަތުރުފުޅު ފަހު ވަގުތު ކެންސަލްކުރީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އޭރު އައި ބަދަލާ ގުޅިގެންނެވެ.
ރާއްޖެއަކީ ފުރަތަމަ އެކުވެރިޔާގެ ކަމަށް ސުޝްމާ ވިދާޅުވިއިރު ދާދިފަހުން ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އެއް ގައުމު ކަމަށް ވިދާޅުވެ، އިންޑިއާ އަށް ބަދުބަސް ނުބުނަން އިލްތިމާސް ކުރައްވައިފަ އެވެ.
އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) މިއަދު "މިހާރު" އަށް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ މީޑިއާގައި، ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން ނޭދެވޭ ތަފާތު ވާހަކަތަކެއް ފެތުރި ނަމަވެސް ރާއްޖެ-އިންޑިއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހަގީގަތެއް ނެތް ތުހުމަތުތަކުން ދެ ގައުމުގެ ގުޅުން ހީނަރުވިޔަ ނުދެއްވާނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ބެހޭ ވާހަކަތަކުގެ އަޑު އިންޑިއާގެ މީޑިއާގައި ގަދަވެފައިވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ދާދިފަހުން ސޮއި ކުރި ހިސާބުން ފެށިގެންނެވެ. އެކަމުގައި ދެ ގައުމުގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރަން އިންޑިއާ ސަރުކާރުގެ ވަފުދެއް ރާއްޖެ އަންނަ ހަމަޖެހިފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ކުރިން ރިޕޯޓް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިވް
28 December 2017
އެހެން ނުވާނެ، ޓްރިވެންޑްރަމްގައި އިންޑިޔާ ކުދިންނާއި އިނދެގެން އުޅޭމީހުންނަށްވެސް ވަރަށް އުދަގޫ ކުރޭ އެތާނގެ އިދާރާތަކުން. ޓޫރިސްޓުން ގެ ގޮތުގައިދާ ދިވެހިން ސީ ފޯމަކުން ސަލާމަތެއް ނުވޭ. އެއް ހޮޓަލުން އަނެއް ހޮޓަލަށް ދިޔަސް ފޮޓޯޖަހާފައި އެފޯމެއް ފުރައިގެން ޕޮލިސްޓޭޝަނަށް ފޮނުވަންޖެހޭ. ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާކަމެއް ކަން އެނގިފައެއްނެތް ކަމެއް މިއީ. ސިމް ކާޑެއް ގަންނަން ޕާސްޕޯރޓްގެ އިތުރުން ދިވެހި އައިޑީ ކާޑައި ފޮޓޯ ބޭނުންވޭ. ޓޫރިސްޓު ކައުންޓަރަކުން ދިވެއްސަކަށް ޙިދުމަތެއް ނުދޭ. މިހެންގޮސް ކިޔާނެ ކަމެއް ނެތް.
ާއަލިފުތު
28 December 2017
އިންޑިޔާ ބޭނުންވަނީ ސިޔާސީ ފައިދާ ޗައިނާ ބޭނުވަނީ ތަރައްޤީ ދިވެހިން ބޭނުންވަނީ މިނިވަން ގައުމު. އަމިއްލައިން އަމިއްލަ ގާބިލްކަން.
އަލިހޮއްކޮ
28 December 2017
އިންޑިއާ ރާއްޖެ ވާހަކަ ތަކުގަ އެއްމެ ފުރަތަމަ ކަމަކަށް އެމީހުންނަށް ހަނދާން ކޮށްދޭންވީ މިއީ މިނިވަން ގައުމެއް ކަމާ އެމީހުންގެ ސްޓޭޓެއް ނޫންކަން. އެއީ އެމީހުންގެ އަމަލުން މިއީ އެމީހުންގެ ސްޓޭޓެއްހެން ހިވެގެންހެން އުޅޭހެން ހިވާތީ.
އިބުނު މަހުދީ
28 December 2017
މީހުން ރައީސް ޔާމީނޭ ކިޔައިގެން ކޮންމެ އެއްޗެއް ކީނަމަވެސް އަހަރެން ސެލިޔުޓްކުރަން ޔާމީނަށް، އެއީ އެމަނިކުފާނުގެ ލީޑާސިޕްގެ ހަރުދަނާކަމާއި ނުގުޑާ އަޒުމާއި ކައްސާލައިގެން ނުދާ ފޯކަސް އަކީ މިވީތަނަށް މިގައުމު ދެކުން އެންމެ ހަރުދަނާ ކެރެކްޓާ. މިގައުމަކީ ބޮޑެތި ގައުމުތަކުން ބުލީކުރަން އޮތްގައުމެއް ނޫންކަން ހާމަވި ކޮމަންވެލްތުން ވަކިވުމުން. މިހެންބުނަންޖެހެނީ އިންޑިޔާއިން ކަސްމީރުގައި އެތަށް ކުޑަކުދީންނާއި ބޮޑެތި ކުށެއްނެތްބަޔަކު ޕެލެޓްގަން ބޭނުންކޮށްގެން ލޯ ކަނުކުރަމުންދާއިރުވެސް ކޮމަންވެލްތް އޮންނަނީ ނިދާފަ. ކީއްކުރަން ބަޔާންގަނޑެެއްވެސް ނުނެރޭ. އަހަރުމެން ބޭނުންވަނީ ތަރައްގިޔާއި ތަހުޒީބު. ގެރި ނަޖިހުން ފެންވަރަން ބޭނުމެއްނޫން.
ހޮޅި
28 December 2017
ތިބުނީ ރިޔާޒު ރަސީދު މެން ބުނެފަހުރި ބަސްތަކަކީ އެއްޗެއް ނޫނޭ. ހުސް ގުނބޯލުން ގުނބޯ ހެއްދޭތޯ ގައުމުތައްވެސް ހެހެހެ
އައްޔޫ
28 December 2017
އިންޑިއާ އާއި ރާއްޖެ ޖައްސަނީ ވެރިކަމުގެ ބޭނުމުގައި ނަޝިދު
ރަބަރު
28 December 2017
ދެގައުމުންވެސް ނެރޭ ރަސްމީ ބަޔާންތަކާ ކަންތައްކުރާގޮތާ އަޅާބަލާއިރު ބުނެވޭނީ އެވާހަކަތަކަކީ ޑިޕޮލޮމެސީ ބަހުރުވަކަމަށެވެ. ޑިޕޮލޮމެސީ ބަހުރުވައިގައި ގިނަވާނީ ހަގީގަތާ ޚިލާފުވާހަކައެވެ. ހަގީގަތާ އެއްގޮތް ވާހަކަ މަދުުވާނެއެވެ. މުނާފިގުކަން ބޮޑުވާނެއެވެ. މިކަހަލަ ކޮންމެ މައްސލައެއް ދިމާވާއިރު، އިންޑިއާގައިއުޅޭ ދިވެހިންނަށް ވިސާގެ ކަންކަމުގައި ދަތިވެއެވެ. ބައެއް ތަކެތި ރާއްޖެއަށް ގެނައުން އިންޕޯރޓް ކުރުމުގައި ދަތިތަކާ ކުރިމަތިވެއެވެ. އަދިވެސް އަދިވެސް ގިނަކަންތައްތަކެވެ. ތިގޮތަށް ބަލާނަމަ ރާއްޖެއާ އެންމެ ގާތީ ލަންކާއެވެ. ލަންކާ އަށް ދިވެހިން ގޮސްއައިސްވުމުގައި އެއްވެސް ދައްޗެއް ނޯވެއެވެ. ބައެއްފަހަރު ދިވެހިންގެ އަމަލުތައް ހުންނަގޮތުން މައްސަލައެއް ފެންމަތިވެދާނެއެވެ. ކޮންމެ ހަމަހަކުން ވިސާއާނުލާ ވަދެވޭނީ މިވެނިވަރަކަށޭ ނުބުނެއެވެ. މިހާރު މެލޭޝިއާވެސް ރާއްޖެއާ މާގާތެވެ. އަދި ޕާކިސްތާނުވެސް ގާތެވެ. ޕާކިސްތާނުގެ އެތެރޭގެ މައްސަލަތައް ބޮޑުކަމުން ދިވެހިން ގޮސް ނޫޅެނީއެވެ.
މަޑުކޮށްލާށޭ
28 December 2017
އިންޑިއާ އަށް މަމެން ޗައިނާ އާއި އެކު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުން ނުހުއްޓުވޭނެއޭ އިންޑިއާ ޖެހޭނީ ޗައިނާ ގާތު މަހަށް ދާން އިގްތިސާދީ ގޮތުން ވެސް އަދި މިލިޓަރީ ގޮތުން ވެސް އަދި ސިޔާސީ ގޮތުން ވެސް. ދެން ތިޔާވީ ގޮތުން އިންޑިއާ ޖެހޭނީ ހަނދާން ނައްތާލަން އދ. ގެ ސަލާމަތީ މަޖްލީހުގެ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ މެމްބަރު ކަމުން. އިންޑިއާ ހަނދާން ނައްތާލާ އެކަން. ދެން އެ މަގާމް ދޭނީ ހަމަ ޖަޕާން އަށޭ. ޖަޕާނު ކުދިން ނަކީ އެއީ މަމެންނަށް ވަރަށް ހެޔޮ ކުދިންނޭ އޮއޮއޯ އެއޮތް ދަނީ ޖަޕަނީސް ބިއުޓީ ކްއީނޭ މެން ކެޓް ވޯރކް ޖައްސަމުން ބްލޫޖީންސް އަދި ވައިޓް ސިލްކް ޑްރެސް ގައި ދޯ. ރަންކޮޅާ މަޑުކޮށްލާ މަވެސް ގޮވައިގެން ދާން މަޑުކޮށްލާ މަޑުކޮށްލާ މަޑުކޮށްލާ މަބުނީ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ ހޭއް ހޭއް ހޭއް ޔޭއް ޔޭއް ޔޭއް.
ޖެޑް
28 December 2017
އިންޑިޔާއިން ރާއްޖެ ނަމެއްގައި ފުރަތަމަ އެކުވެރިޔާއަށް ބެލިކަމުގައިވިޔަސް އަމަލުން އެކަމެއް ނުފެނޭ. ހައްތަހާވެސް ފެނިގެންދިޔައީ ރާއްޖެ އިންޑިޔާގެ މުށުތެރޭގައި ފިއްތާލަން އުޅުނުތަން. އެހެންނަމަވެސް ރާއްޖެއިން އެކަން އެގޮތަށް ބޭނުންނުވާތީ އިހްލާސްތެރި ހިތަކާގެން ރާއްޖޭގެ ކަންކަމުގައި އެކުވެރިކަމާއެކު އެއްބާރުލުންދެއްވުމާއި އަދި ބަހާއި އަމަލާ ދިމާވާނެ ބައިވެރިޔެއް ހޯދީ ފަހަރެއްގައިވެސް އިންޑިޔާއަށް ދެރައެއްދިނުމަކަށްނޫން. ނަމަވެސް ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހަޤީޤީ އިޤްތިސޯދީ އަދި އިޖްތިމާޢީ ބަދަލްތަކެއް ހަލުވި ސްޕީޑެއްގައި ގެންނަށް ބޭނުންވާތީ. އެކަން އެކުވެރި ޗައިނާގެ ފަރާތުން ވަރަށް ރަގަޅަށް ފެންނަމުންދޭ. އިންޑިޔާއަށް އަދިވެސް އެފުރުސަތު އެބައޮތް. އުންމީދުކުރަނީ އެފުރުސަތުތަކުގެ ބޭނުން އިންޑިޔާއިން ކުރިޔަށްއޮތް ދުވަސްތަކުގައި ހިފާނެކަމަށް.
މަގޭ ހިޔާލު
28 December 2017
އިންޑިޔާއާއި ރާއްޖެ ދޭތެރެ ޖައްސަނީ ނޫސްވެރިން.
ފާތުން
28 December 2017
އިންޑިޔާގެ ނޫސްވެރިންނޭ ބުނޭ. ދިވެހި ނޫސްތަކުން އެވެރިންގެ ނޫސްތަކުގައި ލިޔާ އެއްޗެހި ތަރުޖަމާކޮށްލާފަ ލިޔެލަނީ. އިންޑިޔާގެ ނޫސްތަކުގައި އެވާހަކަތަށް އެގޮތަށް އެލިޔަނީ، ދިވެހިރާއްޖޭގެ އިދިކޮޅު ޕާޓީތަކުން އެކަމަށް އެދި އިންޑިޔާގެ ޓާޓާއާޢި، ޖީއެމްއާރްއާއި އެއްބަސްވެ ފަންޑު ކޮށްގެން. މިދެކުންފުންޏަކީވެސް، ދިވެހިން "ފެލަން" ނިންމައިގެން ތިބި ބައެއް.