ޚަބަރު / އަދާލަތު ޕާޓީ

ސަރުކާރުން އުޅެނީ މުދާތައް ފޭރި، ގާސިމްގެ ވިޔަފާރި ބަނގުރޫޓުކޮށްލަން: އަދާލަތު

ގާސިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި. ބޭސްފަރުވާ ކުރެއްވުމަށް މިވަގުތު ގާސިމް ހުންނެވީ ޖަރުމަނުގައި. --ފޮޓޯ/ނިޝާން އަލީ/މިހާރު

ދައުލަތުގެ މުއައްސަސާތަކުން ގާނޫނާ ހިލާފަށް މަސައްކަތް ކުރަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލުމަށް ކަމަށް އަދާލަތު ޕާޓީން ރޭ ބުނެފި އެވެ.

ގާސިމްގެ ވިލާ ޝިޕިން ކުންފުނީގެ ދަށުން ހިންގާ ފަސް ރިސޯޓުގެ ތެރެއިން، ރޯޔަލް އައިލެންޑަށް އެތެރެކުރި ބަނގުރަލާއި އޫރު މަސް ވިލާގެ އެހެން ރިސޯޓަކަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން ވަނީ އިއްޔެ ރޭ އެ ހުރިހާ ރިސޯޓެއް ބަލައި ފާސްކޮށްފަ އެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ މުއައްސަސާތަކާއި މުދަލާއި އެހެނިހެން ވަސީލަތްތައް ގާނޫނާ ހިލާފަށް ބޭނުންކޮށްގެން ގާސިމްގެ ވިޔަފާރި ބަނގުރޫޓުކޮށްލުމަށް ހިންގަމުންގެންދާ ޣައިރު ގާނޫނީ އަނިޔާވެރި ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ގޮވާލި އެވެ.

އަދާލަތު ޕާޓީން ތުހުމަތު ކުރި ގޮތުގައި މިފަދަ އަމަލުތަކަކީ ރައީސް އަބްދުﷲ ޔާމީން އަޑީގައި ހުންނަވައިގެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް މުޅި ދައުލަތުގެ ހުރިހާ ބާރުތަކެއް އެއްކުރައްވައިގެން ހިންގަވާ އަމަލެކެވެ. މިއީ ގާސިމް ކުރައްވާ އިސްލާހީ، ސިޔާސީ މަސައްކަތްތައް ހުއްޓުވާލެއްވުމަށް ހިންގަވާ ފޭރުމުގެ އަމަލެއް ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.

"ހުރިހާ ސިޔާސީ ލީޑަރުން ޖަލު ގޮޅީގައި ބަންދުކޮށްގެން ވެސް، ސިޔާސީ ގޮތުން ކުރިއެރުމެއް ނުލިބުމުން، ރިޔާސީ އިންތިހާބު ބޯމަތިވުމާއެކު ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް ބިރު ދައްކައިގެން އެތައް ބައިވަރު މުވައްޒަފުންގެ ވަޒީފާގެ ބިރުވެރިކަމެއްގެ ތެރެއަށް ހުށަހަޅައިގެން، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިގެން، އަދި ފަތުރުވެރިންނަށް ރާއްޖެއަކީ ބިރުވެރި، ނާމާން އަދި ހަމަނުޖެހުން ބޮޑު ތަނެއްގެ ގޮތުގައި ދެއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ޖުމްލަކޮށް ދިވެހި އިގްތިސާދަށް ނުހަނު ބޮޑުކޮށް ކުރާނެ ކަމެކެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.

އެހެންވެ، މިކަންކަމާ މެދު ލަސްނުކޮށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީސް (މަޓީ) އާއި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ ފަދަ މުހިންމު މުއަސަސާތަކަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ގާނޫނީގޮތުން އަމަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުން ރައީސް ޔާމީންގެ ސިޔާސީ ވާދަވެރިން ނެތިކޮށްލުމަށް ހިންގާ ޣައިރު ގާނޫނީ އަމަލުތަކުން އެއްކިބާވެ، ގާނޫނުގެ ތަރަހައިގެ ތެރެއަށް ވަދެ، މުޖުތަމައުގައި ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ގޮވާލައިފަ އެވެ.

މީގެއިތުރުން ދައުލަތުގެ އެހެނިހެން މުއައްސަސާތައްވެސް ގާނޫނުގެ އިމުގެ ތެރެއަށް ރުޖޫއަވެ، ގާނޫނީގޮތުން ދީފައިވާ ބާރުތަކާއި މަތިކޮށްފައިވާ ޒިންމާތަކުގެ ބޭރުން ހަރަކާތްތެރިނުވުމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް މުއައްސަސާތަކުގެ ވެރިންނަށް ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.

ގާސިމްގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. ކަސްޓަމުން ބުނި ގޮތުގައި ހިދުމަތް ދިނުން ހުއްޓާލީ މީރާ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ އެވެ. އެ ހަތަރު ރިސޯޓަކީ ސަން އައިލެންޑް ރިސޯޓު، ޕެރެޑައިސް އައިލެންޑް ރިސޯޓު، ފަން އައިލެންޑާއި ހޮލިޑޭ އައިލޭންޑް ރިސޯޓެވެ.

އެ ހަތަރު ރިސޯޓުގެ އިތުރުން ވިލާ އިން ހިންގަމުން އަންނަނީ ރޯޔަލް އައިލެންޑް ރިސޯޓެވެ. ކަސްޓަމްސް އިން ރިސޯޓުތަކަށް އަރާ ފާސް ކުރީ، ރޯޔަލް އަށް ގެންދާ ރަލާއި އޫރުމަސް އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ އެވެ. އެކަމަކު ވިލާގެ ވަކީލުން ތަކުރާރުކޮށް ބުނަމުން އަންނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ރިސޯޓުތަކަށް އެތެރެކޮށްފައި ނުވާނެ ކަމަށެވެ.

29 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 14%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙުއްމާ

21 January 2018

ސޭޓް ޔާމީން ވެރިކަމަށްގެންނަން އެހީތެރިވެ ދިނީމަ އޭގެ ޢިނާމް ދެނީ.

The name is already taken The name is available. Register?

21 January 2018

ގާސިމު ވެސް ގަވާއިދުގެ އުޅެންވެއްޖޭނު

The name is already taken The name is available. Register?

ހަބޭސް222

21 January 2018

ތީ މާކުރިންވެސް ޔާމިނު ވިދާޅުވެފަވާ ވާހަކައެއް! "ޤާސިމް ނާށިގަނޑު ހިފައިގެން މާލޭގެ މަގުމަތީ ސަލާންޖަހާވަރު ކުރާނަމޭ"! އެވަރު ޤާސިމަށް ނުވިސްނީ އެހެންވެ ޤާސިމް ޔާމިނުއާއި ބައިއަތުހިފީ! މިހާރު ފިލާވަޅެއް ލިބިފަ ހުންނާނީ! ވަރަށް ހިތާމަވެރި ކަމެއް!

The name is already taken The name is available. Register?

މޯލްޑިވިއަން

21 January 2018

ޤާސިމް ސަރުކާރަށް ދައްކަން ޖެހޭ ލާރީގެ ވާހަކަ އެއްވެސް މީހަކު ނުދައްކައެވެ. ސަރުކާރާއި ދެކޮޅު ހިޔާލުހުންނަށް ކޮށްމެ މީހަކުވެސް ދެކެނީ ސަރުކާރުން ޤާސިމް އަށް ކުޅެނީކަމަށެވެ. އަޅުގަނޑަކީ ސަރުކާރުގެ ވަޒީފާގައި އުޅޭ މީހެކެވެ. ވިޔަފާރިތަކާއި ގުޅުން އޮންނަށް އޮފީހެއްގެ ސީނިމަޤާމެއްގައި ހުރި މީހެކެވެ. ޤާސިމް ސަރުކާރަށް ރިސޯޓުތަކުން ދައްކަން ޖެހޭ ވަރަށް ގިނަ ޓެކުސްތައް އެބަހުއްތެވެ، އަދި މިހާރު ހިނގާގެން އުޅޭ ކަންތައްތަކަށް އަލި އަޅުވާލާ އިރު ޤާސިމް ގެ ރިސޯޓުތަކަށް މާޗުމަހުން ފެށިގެން ރަލާއި އޫރުމަސް ދޫކުރުން ކަސްޓަމްސްއިން ހުއްޓާލާފައެވެ. އެކަމަކު ރޯޔަލް އައިލެންޑް ރިސޯޓަށް ދޫކުރާ ރަލާއި އޫރުމަސްތައް ބާތިލެއް ނުކުރެއެވެ. އެހެންނަމަވެސް ރޯޔަލްއަށް ފޮނުވާ ރަލާއި އޫރުމަސްތައް ޤާސިމްގެ އެހެން ރިސޯޓުތަކަށް ގެންދިއުން އެއީ ވަރަށް ބޮޑު މައްސަލަ އެކެވެ. ސަބަބަކީ ކަސްޓަމްސްއިން ޒަމާންނުސުރެވެސް ބަގުރަލާއި އޫރުމަސް ދޫކުރަނީ އެގްރީމެންޓެއް ހަދާފައެވެ.

The name is already taken The name is available. Register?

މަރީ

21 January 2018

ގާސިމް ސަރުކާރައް ދައްކަންޖެހޭ ލާރި އެއީ އެކުންފުނިން ދައްކަންޖެހޭ ލާރިއެއްތޯ ނޫންތޯ ކަނޑައެޅެން އޮތީ އިންސާފުވެރި މިނިވަން ޝަރީއަތަކުން. ސަރުކާރު ބޭނުންހާ ފިއްތުންތަކެއް ފިއްތާފަ، މީހުންގެ ވިޔަފާރި ބަނގުރޫޓުކޮއްފަ، ދެން އެވިޔަފާރިން ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދެއްކީއޭ ކިޔާފަ މީރާއިން ޝަރީއަތަށް ދިޔަޔަސް އަދި އެއީކީ އިންސާފެއް ނޫން ދޯ. ދެން އަދި ދައްކަންޖެހޭ ފައިސާ ހުރެގެން ނުދައްކަންޏާ، ނިކަން ގަޓްސް ހުރެގެން މުޅި ވިިލާ ވިޔަފާރިތައް ބަންދުކޮއްބަލަ. އޭއްޗެކޭ މީއްޗެކޭ ކިޔާފަ ބިރުދައްކާނެކަމެއް ނެތް. އަދި ވިލާ ރިޒޯޓުތައް ތިޔަބަލާ ފާސްކުރާގޮތަށް އެހެން ބޮޑެތި ރިޒޯޓު ގްރޫޕްތައްވެސް ފާސްކޮއްބަލަ އެތަންތާގަ ހުރިހާކަމެއް ހިނގަނީ ހަމަ ގާނޫނާ އެއްގޮތައްތޯ؟ އަދި ހުރިހާ ވިޔަފާރިތަކެއްވެސް ބަލާ ފާސްކޮއްބަލަ. އެއްމެ މީހެއްގެ ފަހަތުން ނުނެއްޓިގެން މިއުޅެނީ ކީއްވެގެންކަން އެބަ އެނގޭ ދޯ.

The name is already taken The name is available. Register?

އެދުރުބެ

21 January 2018

ރިސޯޓް ވިއްކަން ނުޖެހޭ ގޮތަށް ފައިސާ މެނޭޖް ކުރިނަމަ މިހެން ނުވީސް. އަމއްލަ އަށް ބޯ ބޮޑި .

The name is already taken The name is available. Register?

ސޮކްތެރެޕީ

21 January 2018

ޤާސިމް މުއަޒަފުންނަ ސޯވިސްޗާޖް ނުދީ ތިއުޅެނީ.

The name is already taken The name is available. Register?

ލުއިސް ކްލާރކް

20 January 2018

ބަރާބަރު ސައިޒް އޮޅިގެން އުޅޭ މީހެއް ތިޔަ

The name is already taken The name is available. Register?

އަބްދުއްލާ

20 January 2018

3 މަސްވީ މުސާރަ ނުދޭ މީހުން އުޅެޔޯ ؟9 މަސްވީ ސަވިސްޗާޖް ނުލިބޭ މީހުން އުޅެޔޯ ؟ސިޔާސީ ހަރަކާތަށް ޖޭޕީ އަށް މުސާރަތަކާ ސާވިސްޗާޖުން ހަރަދު ކުރީމަ ބިކަވާން ޖެހޭނެ ދޯ ގާސިމް ވެސް.

The name is already taken The name is available. Register?

ދޮންމަނިކުބޭބެ

20 January 2018

ބަނގުރަލަކީ ހަމައެކަނި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދޫކުރާއެއްޗަކަށްވެފައި، އެތަކެއްޗަކީ ތަކެތި ދޫކުރެވޭއިރު ވަކިތަނަކަށް ގެންދިއުމަށް އިޤުރާރުކުރުމަށްފަހު، ހަމައެކަނި އެތަނެއްގައި ބޭނުންކުރުމަށް ދޫކުރެވޭ އެއްޗަކަށްވެފައި، އެނޫން ތަންތަނަށް އެތަކެތި ގެންގޮސް ވިއްކާ ނުވަތަ ބޭނުންކޮށް ހެދުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. ކަސްޓަމްސް އިން މިހާތަނަށް ބެލިބެލުމުންވެސް އެ 4 ރިސޯޓަށް ޤަވާޢިދާއި ޚިލާފަށް ގިނަ ޢަދަދަކަށް ބަނގުރާ ގެންގޮސް ބޭނުންކުރަމުންގެންދާކަންވަނީ ސާބިތުވެފައެވެ. މިދެންނެވީ ޤާސިމު ކޮށްގެން އުޅޭ އޮޅުވާލުމާ މަކަރުހެދުމާ ޤާނޫނާ ޚިލާފުކަންތައް. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިއަސް ޙަޤީޤަތަކީމީ. އަދި ޤާސިމްގެ ރިސޯރޓްތަކަށް ކަސްޓަމްސްއިން އަރާ ފާސްކުރަން ފުރުސަތު ލިބިގެން އެއުޅެނީ ޤާސިމް މީރާއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެންކަން.

The name is already taken The name is available. Register?

ނީލް

20 January 2018

އަދާލަތުން ބުނެބަލަ ޤާސިމް އުޅުއްވަނީ ކީއްކުރައްވަންތޯ. ރައްޔިތުންނަށް ތި ގާސިމާއި ހެދި ހަމަ ނިދި ނުލިބޭ. ސަރުކާރުގެ އަމާޒު ރަނގަޅު!

The name is already taken The name is available. Register?

ކޮކަޑިކުމާރު

20 January 2018

ތިކަހަލަ ޕީއޭ ނުވަތަ މިހާރު ޕޕމއަށް ފާވެފަވާ ދަރުބާރު ފެކްޝަންގެ 200 އެއްހާ މީހުންނާ ހެދި މި ގައުމުގެ ތިންލައްކަމީހުންނަށް ހަމަނިދިނުލިބޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454