ޚަބަރު / ގައިސަރު ނަސީމް

އަމުރާ ޚިލާފުވީ ކަސްޓަމްސް، ކޯޓު އަމުރާ ނުލައި މުދާތައް ނުގެންދެވޭނެ: ވިލާ

ގައިސަރު "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސަން އައިލެންޑް ރިސޯޓުން،  މުހައްމަދު ޔާމީން، މިހާރު

21 ޖެނުއަރީ 2018 - 07:46

23 comments

ފަން އައިލެންޑް ރިސޯޓުގައި ހުރި ބަނގުރަލާއި އޫރުމަސް ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ، ކަސްޓަމްސްއިން ޚިލާފުވެފައިވާ ކަމަށާއި އެ ރިސޯޓުގައި ހުރި ރާތައް ގެންދިޔައީ ގާނޫނާއި ގަވައިދުތަކުގެ ބޭރުން ކަމަށް ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް ފަން އައިލެންޑަށް ގެންދާ ކަމަށް ބުނެ، ގިނަ އަދަދެއްގެ ރާފުޅި ކަސްޓަމްސްއިން ރޭ ވަނީ އެ ރިސޯޓުން ބާލައިފަ އެވެ. ފަން އައިލެންޑުން ބުނީ ގެންދިޔަ ރާފުޅިތަކުގެ އަދަދެއް އަދި ސާފުނުވާ ކަމަށާއި އެކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފަން އައިލެންޑް ރިސޯޓުގެ ގުދަނުގައި ހުރި ރާ ގެންދަން ކަސްޓަމްސްގެ އޮފިސަރުން ރޭ މަސައްކަތް ކުރަނީ.

މި މައްސަލާގައި، ސަން އައިލެންޑުގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ގައިސަރު ވިދާޅުވީ، ފަން އައިލެންޑުގައި ހުރި މުދާތައް ބޭރު ކުރުމުގެ ބާރެއް ކޯޓު އަމުރުން ކަސްޓަމްސްއަށް ދީފައި ނެތް ކަމަށެވެ. އަދި މުދާތައް ރިސޯޓުން ބާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ގައިސަރު ވިދާޅުވި އެވެ.

ސަން އައިލެންޑްގައި ޗުއްޓީ ހޭދަކުރަން އައިސް ތިބި ދެ ފަތުރުވެރިއަކު އިއްޔެ ހިނގާފައި ދަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެއީ ގާނޫނާއި ގަވައިދާ ޚިލާފަށް ތަންތަނަށް ގެނެސްފައި ހުރި ތަކެއްޗެއް ނޫން. އެބޭފުޅުންގެ [ކަސްޓަމްގެ] ތެރެއިން މިތަނަށް [ސަން އައިލެންޑަށް] އައި ބޭފުޅުން ވެސް ވިދާޅުވި ރަނގަޅަށް ކަމަށް އެތެރެކޮށްފައި ހުރީ. އެއް ރިސޯޓުން އަނެއް ރިސޯޓަށް ބަދަލު ކުރެވޭނެ ކަމަށް ކަސްޓަމްގެ ބޭފުޅުން ވިދާޅުވި،" ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރު ގައިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒް ކުރުމާ ގުޅިގެން، ރޯޔަލް އައިލެންޑް ފިޔަވައި ވިލާގެ އަނެއް ހަތަރު ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ ކަސްޓަމްސްއިން ހުއްޓާލާފައިވާ ކަމަށެވެ.

ރޯޔަލް އައިލެންޑް ރިސޯޓު އުފައްދާފައި ވަނީ އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުން ކަމަށް ވިޔަސް، އެ ރިސޯޓު އޮޕަރޭޓް ކުރަމުން އަންނަނީ ވިލާއިން ކަން ގައިސަރު ފާހަގަކުރެއްވި އެވެ. ރޯޔަލް އައިލެންޑުން އެހެން ރިސޯޓުތަކަށް ރަލާއި އޫރުމަސް ފަދަ ތަކެތި ގަވާއިދުގެ ތެރެއިން ގެންދެވޭ ކަމަށާއި މިހާތަނަށް ވެސް އެކަން ހިންގީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މީހެއްގެ މުދާ، އަޅުގަނޑުމެން ފައިސާ ދީފައި، ދައްކަން ޖެހޭ ޓެކުހާއި އެއްޗެހި ދައްކައިގެން މިތަނަށް ގެނެސްފައި ހުރި އެއްޗެހިތައް [މިއީ]. އެހެންވީމަ މީހެއްގެ މުދާ އެގޮތަށް ފޭރިގަނެގެން ނުގެންދެވޭނެ. ގާނޫނުއަސާސީގައި މީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް ދިނުމަށް ވަރަށް ބޮޑަށް ބާރު އަޅާފައި އޮންނަނީ،" ސަން އައިލެންޑްގައި ހުންނަވައި ގައިސަރު ވިދާޅުވި އެވެ.

ސަން އައިލެންޑްގެ ބާ ތެރޭގައި މީހަކު މަސައްކަތް ކުރަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި، ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ވަނީ ހުއްޓާލާފަ އެވެ. އެ ފިޔަވަޅު އެޅީ ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި، މީރާ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ ރަލާއި އޫރުމަސް ދޫކުރަމުން ގެންދަނީ ވަކި ތަނަކަށް ގެންދިއުމަށް އިގުރާރު ވުމަށް ފަހު ކަމަށް ވާއިރު އެ ތަކެތި އެހެން ތަންތަނަށް ގެންގޮސް ވިއްކައި، ބޭނުން ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

އެކަމަކު ވިލާ ކުންފުނިން ބުނަނީ އެހެން ރިސޯޓަކަށް އެތެރެކުރާ ރަލާއި އޫރުމަސް އެ ކުންފުނީގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ރޯޔަލްއަށް ގެންދާ ރަލާއި އޫރުމަސް ވިލާގެ އެހެން ރިސޯޓުތަކަށް ގެންދަނީ، އުސޫލުތަކެއްގެ ތެރެއިން އެ މައުލޫމާތުތައް އެންޓާ ކުރުމަށް ފަހު ކަމަށާއި ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ ކަމަށް ވިލާއިން ބުނެފައިވެ އެވެ.

ކަސްޓަމްސްއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެސް ވިލާގެ ރިސޯޓުތަކަށް އަރައި ބަލައި ފާސްކޮށްފަ އެވެ. އެކަމަކު އެރޭ ރިސޯޓުތަކުން ރާ ނުބޭލި ނަމަވެސް، ކަސްޓަމްސްއިން ރޭ ފަން އައިލެންޑް ރިސޯޓަށް އަރައި ރާ ގެންދިޔައީ ކްރިމިނަލް ކޯޓުން ހޯދި އާ އަމުރެއްގެ ދަށުންނެވެ. އެކަމަކު އެ އަމުރުގައި ވެސް ފަން އައިލެންޑުގައި ހުރި އެއްވެސް މުދަލެއް ގެންދެވޭނެ ވާހަކަ ނެތްކަން ވިލާގެ ވަކީލުން ފާހަގަކުރެ އެވެ.

23 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 10%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަގޭ ހިޔާލު

21 January 2018

ތީ ކިހާ ހެއްވަަ ގޮތެއް. ޓެކްސްތައް ނުދައްކާތީ އިމްޕޯޓް ލައިސަންސް ހިފަހައްޓާ އެކައުންޓް ފްރީޒް ކުރަނީ އަދަބު ދިނުމުގެ ގޮތުން. ޢެކަމަކު މަކަރުވެރިކަން ބޮޑު ކަމުން އެހެން އިމްޕޯޓް ލައިސެންސްއަކުން އިމްޕޯޓުކޮށްގެން މި ވިއްކަނީ އެހެން ރަށެއްގައި. ކީކޭ ބުނާނީ.

The name is already taken The name is available. Register?

ޢަލީކޮ

21 January 2018

ވިލާއިން ކުށެއްކަމަށް ނުދެކުނަސް ކުށެއް ވާނީ ހަމަކުށަކަށް. ރަލާއި އޫރުމަސް ހުންނަންޖެހޭނި ހުއްދަނަގައިގެން ގެންދާތަނުގަ. އެހެން ރިސޯޓުތަކަށް ބަހާނުހެދޭނެ.

The name is already taken The name is available. Register?

ދޮންމަނިކުބެ

21 January 2018

ޤާސިމް ސަރުކާރަށް ދައްކަން ޖެހޭ ލާރީގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ. ސަރުކާރާއި ދެކޮޅު ހިޔާލުހުންނަށް ކޮށްމެ މީހަކުވެސް ދެކެނީ ސަރުކާރުން ޤާސިމް އަށް ކުޅެނީކަމަށް. ޤާސިމް ސަރުކާރަށް ރިސޯޓުތަކުން ދައްކަން ޖެހޭ ވަރަށް ގިނަ ޓެކުސްތައް އެބަހުރި. އަދި މިހާރު ހިނގާގެން އުޅޭ ކަންތައްތަކަށް އަލި އަޅުވާލާ އިރު ޤާސިމް ގެ ރިސޯޓުތަކަށް މާޗުމަހުން ފެށިގެން ރަލާއި އޫރުމަސް ދޫކުރުން ކަސްޓަމްސްއިންވަނީ ހުއްޓާލާފަ. އެކަމަކު ރޯޔަލް އައިލެންޑް ރިސޯޓަށް ދޫކުރާ ރަލާއި އޫރުމަސްތައް ބާތިލެއް ނުކުރޭ. އެހެންނަމަވެސް ރޯޔަލްއަށް ފޮނުވާ ރަލާއި އޫރުމަސްތައް ޤާސިމްގެ އެހެން ރިސޯޓުތަކަށް ގެންދިއުން އެއީ ވަރަށް ބޮޑު މައްސަލައެއް. އޮޅުވާލުމާ މަކަރުހެދުމާ ޤާނޫނާ ޚިލާފުވުން.

The name is already taken The name is available. Register?

ސަޅިބައިސާ

21 January 2018

ޓެކުސް ނުދައްކާތީ ރިސޯޓަށް ރަލާއި އޫރުމަހާއި ގެސްޓުން ގެނައުމުގެ ހުއްދައެއްނޫން ބާޠިލްކުރާނީ. ޝަރީޢަތަށް ގޮސްގެން ޝަރީޢަތް މެދުވެރިކޮށް އެފައިސާ ނަގާނީ. ރެސޯޓު ވިއްކާލައިގެންވިއަސް ޝަރީޢަތުން ނަގައިދޭނެ. ކީއްވެތަ ކޯޓަށް މައްސަލަ ހުށަހަޅަން ނުކެރެނީ. ތިކަމުންވެސް އެނގެނީ ޓެކުސް ނުދައްކައޭ ކިއައިގެން ދައްކަނީ އަސްލެއްނެތް ބަހަނާއެއްކަން. މައްސަލައަކީ ތިއަކަހަލަ ޖަރީމާ ހިންގާ މީހުން އިންސަފުގެ ކުރިމައްޗަށް ނުގެނެވޭކަން.

The name is already taken The name is available. Register?

ހަޑިގިއްލާ

21 January 2018

'އެމްޑީޕީ މީހުން ޤާސިމްގެ ބޮލަށްއެރިގެން ޤާސިމް ހަލާކު ކޮށްލަނީ' މިހެންބުނުމުން ޔާމީން ހުދުކާފޫރަށް ވެދެއެވެ.

The name is already taken The name is available. Register?

ލައިން

21 January 2018

ބުރޯ ގާނޫނު އެނގ8ގެން ޤާނޫނޭ ކޯޓު އަމުރޭ ކިޔާ ހަޅޭލަވާނި.. ޤާނޫނުގަ އޮންނާ ބަލާ ފާސްކުރަންދެވޭ އަމުރެއްގެ ދަށުން ހެކި ނުވަތަ ހެއްކެއްކަމުގައި ބެލެވޭ ކޮންމެ އެއްޗެއް އެ އަމުރުން ބާރު ލިބިދެވޭ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންދެވޭނެކަމަށް..

The name is already taken The name is available. Register?

އަލީ_

21 January 2018

ރަލާއި އޫރުމަސް އެތެރެކުރުމުގެ ގަވައިދުގައި އޮންނަނީ އެތަކެތި ގެންގުޅެ ވިއްކުމުގެ ހުއްދަ އޮންނަ ސަރަހަދަކުން ބޭރަށް ނުގެންދެވޭނެ ވާހަކަ. އެހެންވީމާ ރިސޯޓަކުން އެހެން ރިސޯޓަކަށް ގެންދިއުމަކީ މަނާ ކަމެއް ނޫން.

The name is already taken The name is available. Register?

އަހަންމާބެ

21 January 2018

މުޅި މަންޒަރު ބަދަލުކޮށްލަން ތި މަސައްކަތްކުރަނީ، ތިޔަ ބުނާ ޤަވާޢިދެއްގައެއްވެސް ތިހެނެއް ނޯންނާނެ، އެއީ ރާއްޖޭގެ އިމްޕޯޓު މުދާ ވިއްކުމުގެ ހުއްދަ އޮންނަ ގޮތަށް ހިނގާކަމެއްނޫން، އެއެއްޗެހި ބޭނުންކުރަން އެތެރެކުރި ތަނެއްގައި އެއެއްޗެއް ބޭނުންކުރެވޭނީ، ބޭނުންވީމާ އެތަނަށް ދީފަ، މިތަނަށް ފޮނުވާފަ އެހެނެއް ނެހެދޭނެ، އޮޅުވާލަން މަސައްކަތްނުކުރޭ.

The name is already taken The name is available. Register?

ޤަވާއިދު

21 January 2018

ޢާންމު ޤާނޫނަކީ ރަލާއި އޫރުމަސް ވިއްކުމާއި ބެހުން މަނާކަމަށް. ޤަވާއިދުން ދެނީ އެކްސެޕްޝަންތަކެއް. އެއީ އެތެރެކުރުމުގެ އެކްސެޕްޝަންއާއި، ރީއެކްސްޕޯޓު ކުރުމުގެ އެކްސެޕްޝަންއާ، ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ވިއްކުމުގެ ނުވަތަ ސަރވް ކުރުމުގެ އެކްސެޕްޝަނާއި، އެހެން ބެނުންތަކަށް ވިއްކުމުގެ އެކްސެޕްޝަން. މިއިން ކޮންމެ ކަމަކުން ކުރެވޭނީ އެބުނެފަ އޮތް ކަމެއް އެކަނި. އެހެން ބޭނުންތަކަށް ވިއްކުމުގެ ހުއްދައަކީ ހަމައެކަނި ޑިއުޓީ ފްރީއާ ބޮންޑަޑް ވެއަރ ހައުސްއަށް ދޭ އެއްޗެއް. ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ވިއްކާނަމަ ވިއްކަން ޖެހެނީ އެބޭނުމަށް އެކަނި. އެހެންވިއްކާއިރުވެސް، އެރިސޯޓެއްގެ ކެއިން ބުއިމުގެ ޚިދުމަތްލިބޭ ސަރަޙައްދުތަކުން ބޭރަށް ދިޔުމަކީ މަނާކަމެއްކަމަށް ބުނެފަވޭ. މިއިން ކޮން ހުއްދައެއްގެ ދަށުންތޯ އެހެން ރިޒޯޓަކަށް މުދާ ދިނުމުގެ ނުވަތަ ވިއްކުމުގެ ހުއްދަ ލިބެނީ؟ ޤާސިމަކަސް، ކާސިމަކަސް ޤަވާއިދު ހިނގަން ޖެހޭ.

The name is already taken The name is available. Register?

ސޫފިޔާން

21 January 2018

މޮޔަނުގޮވާ މިހާދުވަހު ތިބީކީއްވެ އެކަން އެގިތިބެ

The name is already taken The name is available. Register?

ރިނީ

21 January 2018

ހަމައެގޮތަށް އޮވޭ ހިއުމަން ރިސޯރސް ވެސް އެވަޒީފާ ކަނޑައަޅާތަނަކު ނޫނީ މަސައްކަތްނުކުރެވޭނެ ކަމަށް. އެކަމަކު އެއްކުންފުންޏެއްގެ ރިސޯރޓަކަށް ވަކިދުވަސްކޮޅެއްގައި މުވައްޒަފުން ގިނައިން ބޭނުންވާހިނދު އެގޮތަށް މުވައްޒަފުންވެސް ގެންގޮސްފަ އެބަހުރި. ގަބޫލުކުރަން މީ ގާސިމް ބަޣާވާތްކޮށްގެން އޭނަ އަމިއްލަޔަށް ބުއި ބޮނޑިއެއްކަން. ނަަަމަވެސް ކުށްވެރިޔަކާމެދުވެސް އިންސާފުވެރިވާންވާނެ. ދިވެހިންގެ އުސޫލަކީ ތިމާޔަށް ނާއިންސާފާ ކުރިމަތިލާން ނުޖެހޭހާ ހިނދަކު ލޯމަރައިލައިގެން ތިބެ ތިމާ ނުރުހޭމީހެއްނަމަ ނާއިންސާފުވެސް އޯކޭވެފަ އަދި ރުހޭމީހެއްނަމަ އިންސާފޭ އިންސާފޭ ގޮވުން. ގާނޫނާގަވައިދުގެ ހައްދުގެތެރޭން ބޭރުވާނަމަ އެއީ ރައްޔިތުންނަށް އޮތް ބޮޑުވެގެންވާ ވަބާއެއް.

The name is already taken The name is available. Register?

އެފް އެމް

21 January 2018

ޓެކްސް ނުދައްކައިގެން ހުއްދަ ބާތިލް މިވީ ރަލާއި އޫރުމަސް އެތެރެކުރުމުގެ ވިއްކަމުން މިދަނީ އެހެން ބައެއްގެ ނަމުގައި އެތެރެކޮށްފައިހުރި ރަލާއި އޫރުމަސް އެތަކެތި އެތެރެކުރީ ވަކި ތަނެއްގައި ބަހައްޓައިގެން ވަކިތާކު ވިއްކަން ހުއްދަ ބާތިލްވެފައިވަނިކޮށް މި ވިއްކަނީ އެތަކެތި އެހެންކަމަށް ވަންނާ ނެތް ހުއްދަ އަކަށް ވިއްކާ ތަކެއްޗެއް ގާނޫނާއި ގަވާއިދުގެ ދަށުން ވިއްކޭނެ ހަމައެއް ނެތް އެވިއްކެނީ ވަގަށް ވިއްކޭ ތަކެއި

The name is already taken The name is available. Register?

އާދަނު

21 January 2018

ސަރުކާރުން ބިރުދައްކައިގެން ގާސިމު ސައިޒުކޮށް ރިޔާސީ އިންތިހާބުގައި ވިން ކުރުމަށްޓަކައި ހިންގާ ޖަރީމާތަށް މިއީ. މިއީ ހުތުރު، އަދި ނާތަހުޒީބީ އަމަލެއް. ސެލެކްޓިވް ޖަސްޓިސް އިޒް ނޯ ޖަސްޓިސް. މިގައުމުގައި އިންސާފެއް ހިމާޔަތެއް ނެތް. ޕިންކު މީހުން މިކަމަށްވެސް ތާއީދުކުރާނެ. ސިޔާސީ ތައައްޞުބަކީ ހާދަ ސުންޕާ ބައްޔެކެވެ. މި ގައުމު މިހާރު ގެރި ކޮއްޓެއްފަދަ. ހުރި ހިތާމައެއްގެ ބޮޑުކަމާއެ.

The name is already taken The name is available. Register?

ދީދީ

21 January 2018

ދެން 7 ދުވަސް ފަހުން ތީ ވީކަމެއް ކަންވެސް ދިވެހި ވިޔަފާރިވެރިން ހަންދާނެއް ނުހުންނާނެ، އަދި ތިޖަރީމާހިންގި މީހުންނާމެދު ދުވަހަކުވެސް ފިޔަވަޅެއް ނާޅާނެ. ޜޯމާ ދުވާލެ ބަގާވާތެއް ހިންގީވެސް ދީނޭ ކިޔައިގެން ބަގާވާތުގެވެރިން އެތިބީ ވެރިންނައްވެފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454