ޚަބަރު / ހުޅުމާލެ ހައުސިން

ފްލެޓް ދިން ގޮތުގެ ތަހުގީގު ލަސްވާ ސަބަބެއް އޭސީސީން ނުބުނި!

ހުޅުމާލޭގައި އަލަށް އިމާރާތްކޮށްފައިވާ ފްލެޓްތައް: މި ފްލެޓްތައް ދިން ގޮތާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ އޭސީސީން އަންނަނީ ތަހުގީގު ކުރަމުން.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދޫކުރީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށް ބުނެ، ބައެއް އާންމުން ހުށަހެޅި މައްސަލަތަކުގެ ތަހުގީގު ލަސްވާ ސަބަބެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނުބުންޏެވެ.

އެ މަޝްރޫއުން ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، މައްސަލަ ބަލައި އިންސާފުވެރި ހައްލެއް ހޯދައިދޭން އެދި އެތައް ބަޔަކު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އޭސީސީ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަން ތަހުގީގުކުރަން، އޭސީސީގެ ހާއްސަ ޓީމުތަކެއް ހައުސިން މިނިސްޓްރީގައި ވެސް ހަރަކާތްތެރިވި ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މި ތަހުގީގު ކުރިއަށް ދަނިކޮށް، ފްލެޓް ލިބުނު މީހުންނާ ތަޅުދަނޑި ހަވާލުކޮށް، އެ ތަންތަނުގައި ވަނީ ބައެއް މީހުން ދިރިއުޅެން ވެސް ފަށައިފަ އެވެ. މިއީ، ހައްގު ގެއްލުން ކަމަށް ބުނެ އޭސީސީ އަށް މައްސަލަ ހުށަހެޅި ބައެއް މީހުން ދަނީ ޝަކުވާ ކުރަމުންނެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް އެބަދާ ކަމަށެވެ. ލަސްވާ ސަބަބާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް ހުޅުވައިލުމުން 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 661 މީހަކަށް ކަމަށް ބުނެ ހަތަރު އަހަރު ފަހުން ލިސްޓު އާއްމުކުރީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް ވެސް ނޭނގެ އެވެ. މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބޭ މީހުންގެ މައުލޫމާތު އާއްމުކުރެ އެވެ.

ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ވަނީ އަމާޒުވެފަ އެވެ. ކުރިމަތިލީ އެއް ބަޔަކު ބުނާ ގޮތުގައި، ފްލެޓް ލިބުނު މީހުން އިއުލާން ކުރުމުގެ ކުރިން، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަންތޯ އަހަން ޕީޕީއެމްގެ ކެމްޕޭން އޮފީހެއްގެ ނަމުގައި ފޯނު ކޯލްތަކެއް އަ އެވެ. އަދި ފްލެޓްތައް ބަހާފައި ވަނީ އެ ކެމްޕޭން އޮފީހުގެ ނުފޫޒާ އެކު ކަމަށާއި 100 ޕޮއިންޓް ލިބުނު މީހުން ތިއްބައި އެއަށް ވުރެ މާ މަދުން ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ. ހެއްކެއްގެ ގޮތުގައި ބައެއް ލިއުންތައް ވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ.

އެކަމަކު މި ތުހުމަތުތައް ހައުސިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްލެޓް ދިނުމުގެ ހުރިހާ ކަމެއް ވެސް ދިޔައީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މިހެން ބުންޏަސް، ފްލެޓް ދިނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށް ކަން ބުނަން އެ މިނިސްޓްރީން ވަނީ އިންކާރުކޮށްފަ އެވެ. އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުން އެދުމުން އެ މުއައްސަސާ އަށް ވެސް އެ މައުލޫމާތު ފުރަތަމަ ހިއްސާއެއް ނުކުރި އެވެ.

7 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 8%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިމޭން

11 February 2018

ތިމައްސަލަ ބަލާނީ ކިހިނެއް. އެއް އާއިލާ އަކުން ދެމަފިރިންނަށާ ތިން ދަރިންނަށްވެސް ތިފްލެޓް ގެ ތަޅުދަނޑި ޙަވާލުކޮށްފި

އަބްދުއްލާ

28 January 2018

ފްލެޓް ތަކުގެ ތަހުގީގު ނިންމާކަށް އޭސީސީ އަކަށް ނޭގޭނެ . ސަބަބަކީ 80 ދީފައިވާ ދެމީހުން ގެވެސް ދިރިއުޅުމުގެ ހާލަތު ތަފާތުވާނެ. ހައުސިން މިނިސްޓްރީން މިފަހަރު ދިރިއުޅޭތަންތަން މޮނީޓަރު ކުރުމަށްޓަކާ ޓީމުތައް ފޮނުވާ އެތަންތަން ބެއްލެވި 80 ލިބޭ 2 މީހުން ކުރެ 80 ލިބުނު އެކަކީ ކުއްޔަށްއުޅޭ އިރުވެސް އެއާކޯނުގާ އެންމެ ފެންވަރުމަތީ ދިރިއުޅޭ ވީކެންޑް ގާ ބޭރަށް ގޮސްހަސާއާއިލާ އެއް . 80 ލިބުނު އަނެކަކީ ދަތިހާލުގާ ދިރިއުޅުމުގެ ފެންވަރު ދަށް މީހެއް އެއާކޯނެއް ނެތް ވީކެންޑާ ޗުއްޓީގަ ތަންތަނަށްދާނެ ފައިސާ އެއް ނުހުންނަ މީހެއް ވީމާ މީގެތެރެއިން ފްލެޓް ނުވަތަ ސޯސަލް ހައުސިން ހައްގީ ކާކަށް .ހައުސިން މިނިސްޓްރީ މީހުން ހޮވުމުގާ މިހާވަރަށް މޮނީޓަރު ކުރެއްވި އޭސީސީ އަށް މިހާރު މިކަން ކުރެވޭނެތަ ؟ ވީމާ ފްލެޓް ހައްގުވާފަރާތް އެގޭނީ ހައުސިން އަށް އޭސީސީ އަކަށް ނޭގޭނެ.

ގެގުރި

29 January 2018

ފުރެންޑޫ ..ފުރަތަމަ ތިދެމީހުނަށް އެއްވަރަށް މާކުސް ލިބިގެންވެސް ނުވާނެ.

ހޭކެނޑޭ

28 January 2018

އޭސީސީ އިން ކީކޭ ބުނާނީ. ތިމާމެން މަޤާމުގެ ދަހިވެތިކަމުގަ ތިބެ މުލި ޤައުމު ފުޑާލަނީ.

ސޮމަދު

28 January 2018

ކިހިނެއް ބުނާނީ ރަގަޅައްވިއްޔާ ތިތާތިބިއެއްމެންވެސް ހުންނާނީ ތިފުލެޓުތައް ނަގާފަ އެހެންވީމަ ބުނާނެ އެއްޗެ އޮންނާނެތަ

ޢަލިމަނިކުފާނު

28 January 2018

ފްލެޓް ދިން ގޮތުގެ ތަހުގީގު ލަސްވާ ސަބަބެއް އޭސީސީން ނުބުނި! އޭސީސީން ނުބުނީ ބުނެވޭނެ އެއްވެސް ގޮތެއް ނެތީމާ ކަމަށް ބުރަވެވެނީ. އެހެންވެދާނެބާ

ބެއްޔާ

05 February 2018

ކޮބާތަ ތިބުނާ ލިސްޓު.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454