08 ފެބުރުއަރީ 2018 - 21:47
ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން މިރޭ އިންޒާރު ދީފި އެވެ.
ސުޕްރީމް ކޯޓުން މި މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަކާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހު ނުތަނަވަސް ވެފައިވަނިކޮށް ރާއްޖެ އަށް އެހެން ގައުމުތަކުގެ ސިފައިން އެރުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އަދި އެ އަމުރުގެ ސަބަބުން ސަރުކާރު ހިންގަން ދަތިވާ ކަމަށް ބުނެ، މި މަހުގެ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ވަނީ 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތާއި ކޮންޓެންޓް ހާމަކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެފަދަ ފަރާތްތަކާ މެދު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"ޤައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލާޒިމުކުރާ ގާނޫނީ ވާޖިބުތައް އަދާކުރުމަށްޓަކައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ މަޢުލޫމާތާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ގައުމުގެ އަމަންއަމާންކަން ގެއްލޭ ފަދަ މައުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ނަސޭހަތްތެރިވެ އިންޒާރު ދެމެވެ. އަދި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާނެކަން އަންގަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އަސްކަރިއްޔާގެ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި ސިފައިން ދެމިތިބޭނެ ކަމަށާއި ގައުމު އިސްކުރުމަށް އެ ބަޔާނުގައި ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު ކުއްލި ހާލަތުގެ އަމުރު ނެރެފައިވާ އިރު ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތާއި އިތުރު ބޮޑެތި ތުހުމަތުތަކެއްގައި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ރިޝްވަތުގެ ތުހުމަތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
10 February 2018
ކޮން ގާނޫނަކުންތޯ މީޑިޔާއަށް ފިޔަވަޅު އެޅުމުގެ ބާރު އެމްއެންޑީއެފަށް ލިބެނީ؟ ކުއްލިނުރައްކަލުގެ ހާލަތުގައިވެސް އެފަދަ ބާރެއް ލިބޭ ގާނޫނީ ހަމައެއް އަޅުގަނޑަކަށް ނުފެނޭ.
ބޯގޯސް
10 February 2018
ޤައުމަ ނުރައްކާވާނެ ދޮގު ހަދަންޏާވެސް. އެހެންވީމަ ފުރަތަމަ ޝަޢިނީއަށް ފިޔަވަޅު އަޅާ.
ދެކުނުތަރި
09 February 2018
މީކީ ހަމައެކަނި ވެރިކަމަުގަތިބި މީހުންގެ ޤައުމެއްނޫން. ޤާނޫނާ ޚިލާފަށް ކުރި ކަންތައް ކޮންމެވެސް ދުވަހަކުން ފެންނާނެ.
ހނގޖ
09 February 2018
ލަދުގަނޭ ފެނިފާ މިހާރު.
ފަހު ކަބީލަ
09 February 2018
ޤައުމުގެ( ދައުލަތުގެ 3 ބާރު ) ތެރެއިން 2 ބާރު އެވަނީ ބަޔަކު ހައިޖެކްކޮއްފަ. ފިޔަވަޅު އަޅަންވީ ކޮންބަޔަކައްކަން ރައްޔިތުންނަށް ވަރަށްސާފު. ޤައުމީ ސަލާމަތައް ނުރައްކާވަނީ މި ސަބަބާހެދި.
ފަހު ކަބީލަ
09 February 2018
ޑިފެންސް މިނިސްޓްރީން މިހާރު ތިތިބީ ކޮންމެ ގޮތަކުންވެސް މި ސަރުކާރު ބުނާގޮތަކަށް ހަދަންކަން ތި ބަޔާނުންވެސް ފާހަގަކުރެވޭ. އެހެންވީމާ އަހަރެންވެސް ގަބޫލްކުރަނީ ދެން މި ރާއްޖެ ސަލާމަތްކުރެވޭނީ ބޭރުގެ އެހީޔާއެކުކަން. ރައްޔިތުންގެ މަލިސް ހިސޯރުކޮއްފަ، ސްޕްރީމްކޯޓްގެ ދެފަނޑިޔާރުން ގަދަކަމުން ހައްޔަރުކޮށް ޖަލައްލާ، ސަރުކާރު ބޭނުންވާގޮތައް ހަދަމުންގެންދަނީ ސިފައިންނާ ފުލިހުން އެ ފުރުސަތު ސަރުކާރައް ދޭތީ. ރައްޔިތުންގެ އެއްވެސް ބާރެއް ކަރާމާތެއް މިތާކުނެތް. ދައުލަތުގެ ދެ ބާރުވަނީ ސިފައިން ހިސޯރުކޮއްފަ.
މަރީ
09 February 2018
ޜައްޔިތުންނޭ'، އަމަނޭ، ތިޔަބޭފުޅުން ކީމަ ގަންނަނީ އަމަށަކު ލަދެއް ނޫން. ޟޭމް ޟޭްމް
ބިރު
09 February 2018
މަމީ ދަރިން ބަލަން ގޭގަ އިނަސް ވަރަށް ހިތަށް ބަރު ވާތީ ހިޔާލް ފާޅު ކުރާ ހިތުން ކޮމެންޓް ކުރާ މީހެއް. އެކަމަކު މިވީ ގޮތުން ކޮމެންޓް ކުރަން ބިރުގަނޭ. އެއީ އަނެއްކާ ދަރިންކޮޅު އުކާލާފަ ޖަލަށް ދަމާ ކޫއްތާފަ ގެންގޮސްދާނެތީ.
ދޮޅިދާން
09 February 2018
ދަށު ކޯޓެއްގެ ޤާޒީ ހައްޔަރުކުމަށްވުރެ ގައުމުގެ ބޮޑު ފަނޑިޔާރު ގެ ހުޅުބު ދުއްވާލައިގެން ރައިޓްގިއަރުގަ ވަގަށް ނެގުން މާ ނުބާ!
ޖަމަލު
09 February 2018
ޔާމީނުގެ ވެރިކަމަށް ނުރައްކާ ވަންޏާއޭ ބުނެބަލަ. ކީޕް ރައްޔިތުން އެންޑް ގައުމް އައުޓް އޮފް ދިސް