މެމްބަރު ސިނާން: އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ސަރުކާރު ވައްޓާލަން ރިޝްވަތުގެ ފައިސާ ނަގައި، ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތު --ފޮޓޯ/މިހާރު
09 ފެބުރުއަރީ 2018 - 19:16
ފުލުހުން މިއަދު ހޯދަން އިއުލާންކުރި ދެ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަން ފުލުހުން އިއުލާންކުރީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ސިނާން ފުލުހުންނާ ހަވާލީ މިއަދު ހަވީރުގެ ވަގުތެއްގައި ފުލުސް އޮފީހަށް އަމިއްލައަށް ވަޑައިގެންނެވެ.
ސިނާން ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް ރިޝްވަތުގެ ފައިސާ ނަގައި، ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތެވެ.
ސިނާނާއި އިލްހާމް ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތުމާ އެކު އެ ދެ ބޭފުޅުން ފުލުހުން ހައްޔަރުކުރި އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ ދެ ބޭފުޅުން މިނިވަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮންދު
09 February 2018
ބޮދުމީހާބުނީ 20 ހައްޔަރު ކޮއްފަ މަޖްލިސް ހުޅުވަނީ
ނޫރީ
09 February 2018
ޙޯދަން ބޭނުންވާ މަޢުލޫމާތެއްވިއްޔާ ހޯދާނެ. ޢެކަމަކު މި ކުރެވެނީ ކީއްކަން އެބަ އެނގެންޖެހޭ. ސިނާން އާއި އިލްހާމަށް ލައްކަ އެއްޗިހި އެނގޭނެ ތިޔަ ހޯދަން އުޅޭ ބާވަތުގެ.
ނަން ނުކިޔާ
09 February 2018
ފަޅި ބަދަލުވީ ދޯ އިއްޒަތްތެރި މެމްބަރު. އަމިއްލަ އަށްގޮސް އެވާހަކަވެސް ބުނެލާ ދެން ހަމަ އޯކޭވާނެ.
ސަންގޭ
09 February 2018
ޕޮލިސް ކޮބާހޭ ލާރި ގޯނި
ރުޅި
09 February 2018
މިހާރު ޕީޕީ އެކުޅޭ ކުޅިއަކީ މީހުންނަށް އަނިޔާކުރުމާއި މަޖީލީހުގެ އަޤުލަބިއްޔަތު ހޯދުން. މިވަރު ގޮށްމުށުގެ ބާރުން ކަންކުރާބައެއް ނުދެކެން. ބައްސާރު ކިޔާމީހަކުވެސް ގައުމެއްގަ ވެރިކަން އެބަކުރޭ. އެކަމަކު ރައްޔިތަކުނެތް
އަހްމްދް.
09 February 2018
ހެހ:ޭ ބިރުން އަމިއްލަޔަށް ފުލުހުންނާއި ޙަވަލުވީ.
ޑިގުކުޅޭ ފައިސަލް
09 February 2018
ކޮންމެ ގޮތަކުން ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރު މަޖްލީހަށް ހުށަހެޅުމުގެ ކުރިން އަޣްލަބިއްޔަތު ސްރުކާރު ފަޅިއަށް ނަގަން ވާނެއެވެ. ކޯޓް ތަކަށް ބުރު ދެއްކުން އިތުރު ކުރާށެވެ.ކޯޓް ތަކުގެ ޤާނޫނު އިސްލާހު ކޮށް ސުޕްރީމް ކޯޓްގެ ބެންޗްގެ އަދަދު 9 އެއް ހަދައު އެ ޤާނޫނު ފާސް ކޮށް ބެންޗް އަށް އިތުރު 4 ފަނޑިޔާރުން ލެވެން އޮތީ މަޖްލީހުގެ އަޣްލަ ބިއްޔަތު ކޮންމެވެސް ގޮތަކަށް ހޯދާގެން ތާއެވެ.
ސޭކުސްތާން
09 February 2018
އެހެންމީހުން ހޯދާކަށް ނުޖަހާ. ހައްޔަރު ކުރަނީ. ދޮރު ވައްޓާލައިގެން ނޫނީ ފުރާޅު ޓިނު ނަގައިގެން. އިލްހާމް އާއި ސިނާން މީ އިންވިސިބަލް ބައެއްތަ؟
ޖަމަލު
09 February 2018
ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ފުލުސް އިދާރާއެވެ. ރިލްވާން، އަފްރާޝީމް، ޔާމީން މި މީހުން އަހަރުމެންނާ ވަކި ކުރުވި މުޖުރިމުން ހައްޔަރު ކޮއްފިންތޯއެވެ؟ ހުރިހާ ކެމެރާ ތަކެއް ކުރިމަތީގަ ސްކޫލް ކުއްޖެއް ގަޔަށް ވަޅި ހެރި މީހުން ހޯދައިފިންތޯއެވެ؟ ލާރި ގޯނި އެމްޕީންނަށް ބަހަން އުޅުނު މީހާ ކޮބާތޯއެވެ.. ދެން ކިޔާނެ ހާ ވާނީ...އަދިވެސް
ސަބްނަމް
09 February 2018
ސަރުކާރަށް ތިޔަ ކަހަލަ ޢަމަލުތައް ހިންގުން ނޫން ކަމެއް ނެތީތޯ؟ އަބަދުވެސް ތިހާލުގަ