ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅޭގޮތުން އާޒިމާ އާއި އަނިލް ސަރުކާރު ދިފާއުކުރައްވައި ވާހަކަ ދައްކަވަނީ: އަބްދުއްރަހީމް ވިދާޅުވަނީ މި ދެ ބޭފުޅުން މާ މޮޅަށް ގާނޫނުއަސާސީ ދެނެވަޑައިގަންނަވާ ކަަމަށް. --ފޮޓޯ/ ރައީސް އޮފީސް
14 ފެބުރުއަރީ 2018 - 20:33
ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރާއެކު ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް (އަދުރޭ)ގެ ދައުރަކީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވުމެވެ؛ ސަރުކާރަށް ކުރާ ތުހުމަތުތަކާ ދެކޮޅަށް ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، އިދިކޮޅުގެ ބޭފުޅުންނަށް ބަހުގެ ހޫނު ހަމަލާތަކެއް ދޫކޮށްލައްވަ އެވެ. އަބްދުއްރަހީމް ފާޑުވިދާޅުވާން ޖެހޭ ބޭފުޅުންގެ ލިސްޓުގައި މިއަދު ގާނޫނީ ވަކީލް މައުމޫން ހަމީދު ވެސް ހިމަނުއްވައިފި އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުން ދޫކޮށްލަން ކުރި އަމުރު ތަންފީޒުނުކޮށް، ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުކޮށް ކުއްލި ހާލަތު އިއުލާން ކޮށްގެން ސަރުކާރުން ހިންގާ ކަންކަމަށް ގާނޫނީ ގޮތުން، މައުމޫން ހަމީދު މާ ގިނައިން ފާޑުވިދާޅުވާތީ، އަބްދުއްރަހީމް ހިތްހަމަޖެހިވަޑައިނުގަތީ އެވެ.
ކޯޓުގެ ހުކުމަކީ "ބަޣާވާތެއް" ކަމަށް އަބްދުއްރަހީމް ވިދާޅުވަމުން ގެންދަވާއިރު އެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވަނީ މައުމޫން ހަމީދެވެ.
އެ ބޭފުޅުންގެ ކުށެއް ނެތް ކަން ސާބިތުކޮށްދެއްވަން ވަކީލެއްގެ ހައިސިއްޔަތުން މައުމޫން ހަމީދު ވަޑައިގަންނަވާ ރަސްމީ އިދާރާތަކުން ދޭ ޖަވާބުތަކާއި ގާނޫނުގައި އެކަން އޮންނަ ގޮތް ހާމަކުރެއްވާތީ އަބްދުއްރަހީމަށް އެއްޗެއް ވިދާޅުނުވެ ނުހުންނެވުނީ އެވެ. ސަރުކާރު ދިފާއުކުރެއްވައި އާއްމުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގެ އެންމެ ބުރަ ޒިންމާ މިހާރު އަދާކުރައްވަން ޖެހިވަޑައިގެންފައި ވަނީ އޭނާ އަށް ކަމަށްވާތީ އެވެ.
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: ސަރުކާރަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއްގެ ދިފާއުކޮށް އޭނާ ގެންދަވަނީ ވާހަކަ ދައްކަވަމުން. --ފޮޓޯ/މިހާރު
އެހެންވެ ޕީޕީއެމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުމޫން ހަމީދަށް ވަނީ ހޫނު ރައްދެއް ދެއްވައިފަ އެވެ. ޕީޕީއެމްގެ ޕްރެސް ކޮންފަރެންސް ހިނގަމުން ދިޔަ ވަގުތު ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް މައުމޫން ހަމީދު މީޑީއާތަކުގައި ވިދާޅުވަމުން ގެންދެވި ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ "މައުމޫނަށް ވުރެން ގާނޫނަށް މޮޅު މީހުން އެބަތިބި" ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ގާނޫނުއަސާސީ އަކީ ހަމައެކަނި މައުމޫން ހަމީދަށް އެނގޭ އެއްޗެއް ނޫނޭ. މައުމޫން ހަމީދަށް ވުރެން މާ ރަނގަޅަށް ގާނޫނުއަސާސީ ދެނެވަޑައިގަންނަވާ ބޭފުޅުން ދިވެހި ސަރުކާރުގެ ވަކީލުންގެ ގޮތުގައި އެބަތިއްބެވި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ބަންޑާރަ ނައިބު ވެސް މާ ރަނގަޅަށް ދެނެވަޑައިގަންނަވާނެ. އާޒިމާ ޝުކުރޫ ވެސް މާ ރަނގަޅަށް ދެނެވަޑައިގަންނަވާނެ. މި ގާނޫނުއަސާސީއަކީ އިދިކޮޅު ފަރާތްތަކަށް އެކަނި އޮތް އެއްޗެއް ނޫން."
އަބްދުއްރަހީމް، އާޒިމާ އާއި އަނިލް އަށް ތައުރީފް ކުރެއްވިއިރު، ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އެރުއްވީ ބަންޑާރަ ނައިބެވެ. އެންމެ މަތީ ކޯޓުގެ އަމުރު ތަންފީޒުކުރަން ނުޖެހެނީ، ބަންޑާރަ ނައިބު ވިދާޅުވެފައިވާ ގޮތުގައި ގާނޫނުއަސާސީގެ ތަރުތީބު ގެއްލި ދައުލަތް ހުއްޓިދާނެތީ އެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވާން ރައީސަށް އެރުވި ލަފައަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ލަފައެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން މި ވަނީ އަނިލް އާއި އާޒިމާ އަށް އަމާޒުވެފަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ދިރާސާކުރަން އެނގޭނީ ވެސް އިދިކޮޅަށް އެކަންޏެއް ނޫނެވެ. އެއަށްވުރެ މާ މޮޅަށް ދަންނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށް ވިދާޅުވި އެވެ.
"އެހެންވެ މި ދައްކާ ވާހަަކަ އަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން. ވެގެން މިއުޅޭ ގޮތަކީ މި ރާއްޖެ އަށް އަންނަ ތަރައްގީއާ ކުރިއެރުން ފެނުނީމަ ހަޖަމް ނުވެގެން މިއުޅެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މައުމޫން ހަމީދު: އޭނާއެކު ގާނޫނީ ބަހުސަކަށް އަބްދުއްރަހީމާއި މުއައްސަސާތަކަށް ވަނީ ދައުވަތު ދެއްވާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އަބްދުއްރަހީމްގެ މި ވާހަކަތަކުގެ ރައްދުގައި، ގާނޫނާ ޚިލާފު ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުން ގާނޫނީ ގޮތުން ސާބިތުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އެގޮތުން، އާއްމުކޮށް ހުޅުވާލައިގެން އެކަމާ މެދު ބަހުސެއް ބާއްވަން އޭނާ ވަނީ ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން އަބްދުއްރަހީމަށް ދައުވަތު ދެއްވައިފަ އެވެ. އެ ބަހުސްގައި ބޭނުން އަދަދަކަށް ވަކީލުން ބައިވެރިކުރަންވީ ކަމަށާއި އެ ހުރިހާ ފަރާތްތަކާ ގާނޫނީ ގޮތުން ކުރިމަތިލައްވާނީ އޭނާ އެކަނި ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
.@agofficemv @PGO_MV @mvpeoplesmajlis @PoliceMv
— Maumoon Hameed (@maanhameed) February 14, 2018
Shall we have a public debate on the legality of the #StateOfEmergencyMV decree? Feel free to bring along as many lawyers as you like.
Oh, and just to make it a more even fight, it'll be just me from this side.
cc @Banafsaa pic.twitter.com/cKl68WfQLO
އެއާއެކު މައުމޫން ހަމީދު ވިދާޅުވީ އޭނާ އަކަށް މައްސަލައަކަށް ވަނީ، އަބްދުއްރަހީމް ވިދާޅުވާ ފަދަ ބޭފުޅުން މާ މޮޅަށް ގާނޫނު އެނގިވަޑައިގެން ތިއްބަވައިގެން ވެސް ގާނޫނާ ޚިލާފު އަމަލުތައް ހިންގަވާތީ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ސައްހަ ކަމާ މެދު ބަހުސަކަށް ހުޅުވާލައްވައި މި ދެއްވި ދައުވަތަށް، އަބްދުއްރަހީމްގެ ދެން ބާއްވަވާ ނިއުސް ކޮންފަރެންސްގައި ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް ބެލެވެ އެވެ. އެއީ، ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ކުރި ހުކުމާއި ސަރުކާރުން ގާނޫނާ ޚިލާފުވަމުންދާ ކަަމަށް ބުނާ އެންމެންނަށް އަބްދުއްރަހީމް މިހާތަނަށް ރައްދު ދެއްވަމުން ގެންދަވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޅޮހު މުދިންބެ
15 February 2018
ބ. އަތޮޅު މާލޮސް މީހުންނަށް އެގޭނެ އެ ބާރައަހަރު މީ ކިހާވަރެއްގެ މީހެއްކަން ފަތިފުށް ވަރަށް ސާފުވާނެ ލޮބުވެތި ރައްޔަތުން އަހާލަބަލަ އެއްދުވަސް ވަރެއްދިޔަ މައުމޫނުވަރެއް ނެތިގެން މިހާރު ޔާމީނު ދެންނޭގެ ވާނެގޮތެއްވެސް އަދިމީގެ އެކަކު އެބައުޅޭ
ޏަން
15 February 2018
ޢަދުރޭ އަކީ ހަމަ ކޮންޑުކިހެއް... ރަނިން މޭޓްް ކަން ހޯދަން އެއުޅެނީ. ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގެ. މޮޅޭ ބުނި މީހުން އެތިބީ ގަނޫނު ފުޑާ ލާފަ
ސަންތިމަރިޔަނބު
15 February 2018
އަބުދުރަޙީމު މީ ހާދަމޮޅަށް ކިޔަވާއިގެ ހާދަމަތީ ފާސްތަށް އޮތް މީހެކޭ ދޯ؟
އުނބުށެން
15 February 2018
ބާރުއޮންނަ ހިނދުގައި ބޭނުންގޮތަކަށް ކަންތައް ކުރެވިދާނެ. އެއީ މޮޅުކަމަކުން ވާކަމެއްނޫން. މޮޅުދެރަ ބުނެދޭން ނޭގުނަސް މީހުން ގަބޫލުކުރަނީ ކޮންވާހަކައެއްކަން މީހުންގެ ޚިޔާލުހުރިގޮތް އެނގޭގޮތްތަކުން ސާފުވޭ. މިސާލަކަށް މިކަންކަމަށް ކުރާ ކޮމެންޓާއި ދޭލައިކްތަކާއި ޑިސްލައިކްތަކުންވެސް ކޮންމެސްވަރަކަށް އަންދާސާކޮށްލެވޭނެ.
ކުލައިބު
15 February 2018
ވިސްނާ ފިކުރު ކުރުން ހުރި، މިކަހަލަ ރޯނު އެދުރުން ގައުމުގައި ބަސްކިޔަންފެށީމަ ގައުމު އޮތް ހާލަތު އެބަފެނޭ ވަރަށް ރަނގަޅަށް. ގައުމުގެ މުސްތަގުބަލު މަދުބަޔަކަށްޓަކައި ގުރުބާންކުރެވެމުންދާކަމީ ހިތާމަހުރިކަމެއް. ބަންޑާރަނާއިބަކީ ގާނޫނަކަށް ދެރަމީހެއްނޫން. ނަމަވެސް އޭނާއަކީ އޭނާގެ މޮޅުކަމާއެކު ގާނޫނުގައި އޮތް އެއްޗެއް ބުނެދެވޭވަރުގެ މިނިވަންކަމެއްގައި ހުރި މީހެއް ނޫންކަން އޭނާގެ ވާހަކަ އަޑުއެހުމުން އެބައެނގޭ. އަބްދުއްރަހީމުގެ އަކަނި ތަނެއްވެސް ނޫން މީކީ އަދި އަބްދުއްރަހީމުގެ އެކަނި ގާނޫނު އަސާސީއެއްވެސް ނޫން މީކީ، ހާދަ ހިތާމަހުރިކަމެކޭ މިއީ، ކޯޓަށް ހުރުމަތެއް ނުބަހައްޓާ މުޅި ސިސްޓަމް އަގުވައްޓަމުން އެދަނީ މީގެ ކަނިތައް ވަރަށް ދުރަށް ބުރައިގެން ގޮސް ބޮޑު ހުޅުގަނޑެއް ރޯވެދާނެކަމެއް މިއީ، އަވަހަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން މިކަން މައިތިރިކުރުމަކީ ދިފާޢީ ފަރާތްތަކުގެ ވާޖިބެއް، މަދުބައެއްގެ ޖީބުފުރާލުމަށްޓަކައި ކުރާ ޢަމަލުތައް ހުއްޓުވާ މިގައުމު ހަމަ މަގަށް އަޅުވާ. ވަކިމީހަކު ހިމާޔަތް ނުކުރޭ
ފަޅުވެރިން
15 February 2018
މައުމޫން ޙަމީދުމެން ކަހަލަ މީހުންނަކީ "މީޑިއާ ވަކީލުން". އެމީހުން ދައްކާ ހުރިހާ ވާހަކައެއް ދައްކާނީ މީޑިއާތެރޭގައި. ކޯޓުގައި ދައްކާނެ ވާހަކައެއް އެމީހުން އަތުގައި ނުހުރޭ! ކާނަލް ނާޒިމްގެ ޤަޟިއްޔާ ކޯޓުތަކުގެ ތިން މަރުޙަލާއިން ފޭލްވީ މައުމޫން ޙަމީދު އޭނަގެ ލީޑް ލޯޔަރަކަށް ހުރެގެން!! މައުމޫން ޙަމީދު މާ ޑިމޮކްރެސީ ވެގަނެގެން އުޅެން ފެށީ އޭނައަށް ޕީޖީކަން ނުލިބުނު ހިސާބުން ފެށިގެން! އޭގެ ކުރިން އޭނައަކީ ދުނިޔޭގައި އުޅޭ މީހެއްކަންވެސް ގިނަ ދިވެހިން ނުދަނޭ!!
ކސކސ
15 February 2018
ކިކިކި މަދިޔަސް ތި ޕޕ މީހުން ބަލިވާ ނެ
ހުއްބުލްވަތަން
15 February 2018
މޮޅުކަމެއް ވާހަ ދެއްކުމުގެ ބޭނުމެއްނެތް، އުފެދުމުގައިވެސް ބާތިލު ކަމަށް ވިދާޅުވި މައްސަލައާ ގުޅިގެން ދިވެހިން އަދާކުރަންޖެހުނު އަގު އަދި ހަނދާނެއް ނުނެތޭ!
ފާސިދު
15 February 2018
ތި އާޒިމާޔަކު ގާނޫނީ މީހަކަށް ހަދައިގެން މިދައުލަތުން ދައްކަންޖެހުނު އަގު އާޒިމާގެ މުނިމުނިދަރިފަސްކޮޅުންވެސް އަދާކޮށް ނުނިމޭނެ.
ހައި ޓްރީޒަން
15 February 2018
އެއްމެ ބޮޑު ކުށަކައްވާންޖެހޭނީ ގާނޫނު އަސާސީ އަމިއްލަ ފައިދާއާއައް މާނަކުރުން. މި ގައުމުގެ ގާނޫނީ ވަކީލުންގެ މެދުގަ ވޯޓެއްލާންޖެހޭ.
ދޮންތުއްތު
15 February 2018
ތެދެއް ބުނެފިއްޔާ ކަލެއަކަށް ހަޖަމެއް ނުވާނެ. އެއީ އަބްދުއްރަހީމް ބުންޏަސް ތެދު. ކަލޭ ހިތްދަތިވެގެން ހިތް ފަޅައިގެން ދިޔައަސް ކުރާނެ ކަމެއް ނެތް.