ޚަބަރު / ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ

މަޝްވަރާތަކުގައި އދ ބައިވެރިކުރަން ސަރުކާރުން ދެކޮޅެއް ނުހަދާ: ޝައިނީ

ޕާޓީތަކުގެ މަޝްވަރާއާ ގުޅޭ ގޮތުން ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ

ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކަށް ހައްލު ހޯދަން ބާއްވަން އުޅޭ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އދ. އިން އަދާކުރަން ސަރުކާރުން ދެކޮޅު ހަދާފައި ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އދ. އިން އިން އަދާކުރަން ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހައްދަވާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމަކު މަޝްވަރާގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، ޝައިނީ ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ޕާޓީތަކާ އެކު ވާހަކަތައް ކުރިއަށް ގެންދަން އދ.ގެ އެހީތެރިކަމަށް އެދިވަޑައިގަތީ ވެސް ރައީސް ޔާމީން ކަމަށެވެ. އެ އެދިވަޑައިގަތުމަށް އދ. އިން އެއްބާރުލުންދީފައިވާ ކަމަށާއި އަދި ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު ވާހަކަ ދައްކައިގެން މަޝްވަރާ ފަށާނެ މާހައުލެއް ހޯދަން އދ. އިން އެދިފައިވާ ކަމަށެވެ. އެކަމަކު މަޝްވަރާތައް ނުފެށި ލަސްވަމުން ދަނީ އާއްމު އުސޫލުން، އިދިކޮޅު ފަރާތްތަކުން އަމިއްލަ މަސްލަހަތު އިސްކޮށް ކުރިމަތިކުރަމުންދާ ޝަރުތުތަކަކާ ހެދި ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"ޔޫއެންއިން ރާއްޖެ އަށް އެހީވާން ބޭނުން. ރައީސް ޔާމީން އެދިލެއްވި އެދިލެއްވުމަށް ޔޫއެން އިން އެއްބާރުލުން އެބަ ދެއްވާ. ކިހިނެއްތޯ އެކަން [ޕާޓީތަކާ އެކު މަޝްވަރާ] ކުރިއަށް ގެންދާނީ؟ އަޅުގަނޑުމެން ދެ ބައި މީހުންގެ ތެރޭގައި ވާހަކަ ދެކެވެމުން އަންނަނީ،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އދ. އިން އެދިފައިވާ ގޮތަށް، ވާހަކަތައް ފަށާނެ މާހައުލެއް ހޯދަން ސަރުކާރުން ކެތްތެރިކަމާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ޝަރުތުތަކަކާ ނުލައި މޭޒު ދޮށަށް އައުމަށް އެތައް ފަހަރަކު ސިޔާސީ ޕާޓީތަކަށް ދައުވަތު ފޮނުވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުކުމުގައި ތިބި ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލުމަށް މި މަހު 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ވެސް ދެ ފަހަރެއްގެ މަތިން ޕާޓީތަކަށް ދައުވަތު ފޮނުވާފައިވާނެ ކަމަށެވެ. އެކަމަކު އެ ދައުވަތު ގަބޫލުކުރުމުގެ ކުރިން އެތައް ޝަރުތެއް ކުރިމަތިކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުގެ މަސްލަހަތު އިސްކޮށް އެ ދައުވަތު ގަބޫލުކުރިކަން ރަސްމީކޮށް އެންގީ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޑީއާރުޕީ ކަމަށެވެ. މިއީ ސަރުކާރުގެ ކޯލިޝަން ޕާޓީތަކެވެ.

"އަޅުގަނޑަށް ހީވަނީ އިދިކޮޅު ފަރާތްތަކަށް އެނގެންވާނެހެން، ގަދަކަމަކުން މިހާރު ސަރުކާރު ލައްވައި ކަންތައްތަކެއް ނުކުރެވޭނެ ކަން. އަދި ސަރުކާރު ވައްޓައެއް ވެސް ނުލެވޭނެ ކަން. ދިވެހި ރައްޔިތުންގެ ހައްގުގައި ކަންތައްތަކެއް ރަނގަޅު ކުރަން ހުރި ކަމުގައި ވަންޏާ އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ސަރުކާރާ ވާހަކަ ދެއްކުން،" ޝައިނީ ވިދާޅުވި އެވެ.

ވާހަކަތައް ފެށޭނީ، މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަން ދޫކޮށްލައިގެންނެވެ.

ސަރުކާރުން އެންމެ ފަހުން މަޝްވަރާ އަށް ހުޅުވާލުމުން އިދިކޮޅުން ގިނަ ޝަރުތުތަކެއް ކުރިމަތިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމާ އެއްގޮތަށް ސިޔާސީ ލީޑަރުން ދޫކޮށްލުމާއި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ފުރުސަތު ދިނުމާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ އިތުރުން މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އދ. އިން އަދާކުރުން ހިމެނެ އެވެ.

33 ކޮމެންޓް, 111 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 2%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އީމަަން

23 February 2018

މަޝްވަރާތަކުގައި ޝައިނީ ބައިވެރިކުރަން ދެކޮޅު ހަދަން.

The name is already taken The name is available. Register?

ޑީއީއެފް

23 February 2018

މިހާރު މަޝްވަރާ ކުރާނެ ވާހަކައެއްނެތް.ކަންތަކެއް ކުރަން މިޖެހެނީ.އެއީ ގަދަބާރުން ބަޔަކު ހައްޔަރު ކޮށް ޖަލަޢް ލުމަކީ ވެރިކަން ކރުން ކަމަށް ގަބޫލު ކުރެވޭނަމަ އަވަހަށް ވެރިމީހެކޭ ކިޔާފާ ނުހުރެ އަވަހަށް ރައްކާވުން. މިޢީ ކުރަން ދަތި ކަމަކަށް ވާނަމަ ބޮލަށް ބޭސްކުރުން ވެސް އެބަ އޮތް. ބަޔަކު ވޯޓު ދީގެން ހޮވާފާ ހުރީ ގިނަ ބައެއްގެ ރުހުން ލިބިގެނެއް ނުން. ނިޒާމެއްގެ ތެރެއިން ލިބުނު ލޮޓަރީ ޓިކެޓެއް ކާމިޔާބުވެގެން. އަތަށް ބާރު ލިބު މަކީ ތިމާގެ ގަދަކަން ދެއްކޭނެ ހުއްޖަތެއް ނުން. ރުހުން ނެތް ގިނަ ބަޔަކު ރުއްސަން ނޭގުމަކީ ކުޅަދާނަ ކަމެއް ނުން. އެކަން ނުވީމާ ގަދަ ފައި ވިއްދައިގެން އެމީހުން ދުޝްމަނުންނަށް ހަދައިގެން ހަނގުރާމަ ކޮށް ބަލިވާ ދުވަހަކު ލިބިދާނެ ގެެއްލުމަކަށް ނުވިސްނުމަކީ މޮޔަ ކަމެއް. ވައްކަން ކުރަން ލިބުނު ފުރުސަތަކަށް ހަދައިގެން ދޫނުކުރަންވެސް މިހާރު ރަނގަޅެއް ނުން. ތިގޮތަޢް ގޮސް ނިމިއްޖެނަމަ މިހާރު ލިބިފައި ހުރި އެތިކިޅުވެސް ނުލިބޭނެ

The name is already taken The name is available. Register?

ތަކަންދޫއަހްމްދު

22 February 2018

ޝައިނީ ދައްކާ ވާހަކަ ގަބޫލުކުރަން ހެޔޮނުވާނެ! ކޮބާ ނަގަންބުނި ތެޔޮ؟ ކޮބާ 95 ހާސް ވަޒީފާ. ބަލަ ޕެންޝަން އޮފީހުން ދައްކަނީ ވޭތުވެދިޔަ 4 އަހަރު އިތުރުވީ 11 ހާސް ވަޒީފާކަމަށް. ކޮން ދޮގެއް ތިޔަ ހަދަނީ. ރައްޔިތުން ގުނބޯ ހައްދަން.

The name is already taken The name is available. Register?

falaku ain

22 February 2018

ކޮބާ ކުޑަކަކޫ މައްޗަށް ތިރިވެއްޖެއެއްނޫން ބޮޑުބަސް ބުނެ ފޮނިކަނޑާފާ އުޅެނިކޮށް.

The name is already taken The name is available. Register?

މަރިޔަބު

22 February 2018

ޝައިނީ ތިކިޔާ އެއޗެއްނޭގުނު. ޔާމީން ބުނަނީ އދ ގެ ސެކްރެޓަރީ ޖެނެރަލް ގުޅީ ތިމަންނަބުނީމޭ މިވަގުތު އދ ގެ ބައިވެރިވުމެއް ބޭނުމެއްނޫނޭ. ޝައިނީ ތިބުނަނީ ނޫނޭ ތިމަންނަ އޯކޭ އޭ އެހެންވީމަ ތިއީ ޝައިނީ އަމިއްލަ ބައްދަލުވުމެއްގެ ވާހަކަތޯ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

22 February 2018

ޝައިނީ ތިހެން ވިދާޅުވިނަމަވެސް ކަން އޮތީ ތިޔާހެނެއް ނޫން، ޕޕމގެ ނައިބު ލީޑާރު އަބްދުއްރަހީމު (ރަހީމްބެ) ވިދާޅުވީ، މަޝްވަރާތަކުގަ އދ ބައިވެރި ވަންޏާ ޕޕމ ބައިވެރިނުވާނެކަމަށް، މަޝްވަރާ ކުރަން ޕޕމ ނުދާނެކަމަށް، ދެން މިނިސްޓަރު ތިޔަ ވިދާޅުވާ އެއްޗެއް ސާފެއް ނުވޭ، އަނެއްކާ ޑރޕވެސް ބައިވެރިވާން ތައްޔާރު ދެއްތޮ، ދެން މަ ހީހީހީ އެއްމެ މީހަކަށްވެސް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްގެން ހިންގޭތޯ.

The name is already taken The name is available. Register?

ހޭކެނޑޭ

22 February 2018

ޝައިނީއެވެ. ތަވެސް މިހާރު ތި ހުންނެވީ ފޮށި ތަންމަތި ބަނދެގެން އޮސްޓްރޭލިއާ އަށް ހިޖްރަ ކުރަން ތައްޔާރަށް ދޮތަ! އެކަމަކުވެސް ތަމެން ޤާނުނު އަސާސީ އަށް ޙިލާފް ވެފައި ވާނަމަ މަނިކުފާނުވެސް އަދި އެހެން މީހުންވެސް ޤާނޫނީ ކުރިމައްޗަށް ދުނިޔެތަކުން ގެންނާނެކަން ހަނދުމަފުޅު ބަހައްޓަވައިގެން އުލުއްވައްޗޭ.

The name is already taken The name is available. Register?

އަފޫ ލެވަޓަން

22 February 2018

ސަރުކާރުން މިއަދު މިކުރާ މަސައްކަތް ދިވެހި ރަތްޔިތުން އުފަލާއެކު ފާހަގަ ކުރަން...???

The name is already taken The name is available. Register?

އަފޫ ލެވަޓަން

22 February 2018

މިނިސްޓަރ ސައިނީ ތިކުރައްވާ ހިއްވަރައް ސާބަސް......????

The name is already taken The name is available. Register?

ބޮން

22 February 2018

އިދިކޮޅު ފަރާތްތަކެކޭ އެއްފަދައިން ސަރުކާރުގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަން ވެސް ދޫކޮށްލަން ޖެހެއެވެ. ސަރުކާރުގެ މަސްލަހަތު ހާއްސަކޮށް ރައީސް ޔާމީނުގެ ރިޔާސީ ގޮނޑި ދެވަނަ ދައުރަކަށް ކަށަވަރު ކުރުމަށް އިދިކޮޅު ހުރިހާ ލީޑަރުން ޖަލުގައި ބައިތިއްބުމަކީ ހަމަ ގަބޫލު ކުރާ އެއްވެސް އިންސާނަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ވިމާ، ފުރަތަމަވެސް ކުރަން ޖެހޭ ކަމަކީ ސަރުކާރުގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް އެކިނަންކަމުގައި ދައުވާކޮށް ހުކުމް ނެރެފައިވާ ލީޑަރުން ދޫކޮށްލުމެވެ. އެމީހުންނަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ފުރުޝަތު ދިނުމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454