ފޮރިން މިނިސްޓަރު އާސިމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާއާ މިއަދު އިންޑިއާގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ
22 ފެބުރުއަރީ 2018 - 20:04
ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރު ފުރިހަމައަށް ތަންފީޒުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އިންޑިއާ އިން ގޮވާލީ ހަގީގަތް ނެނގި ތިބެ ކަމަށާއި ހާލަތު އޮޅުންފިލުވަން ބޭނުން ނަމަ، އެ ގައުމުން ދިވެހި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓްރީން މިއަދު ދައުވަތު ދީފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް އިންޑިއާ އިން ބުނަމުން ދަނީ އެއްވެސް ހެއްކަކަށް ބެލުމެއް ނެތި ކަމަށެވެ. އެފަދަ ބަޔާންތައް ނެރުމުގެ ބަދަލުގައި މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިންޑިއާ އަށް ގޮވާލައިފަ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނި ގޮތުގައި މި މަހުގެ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ ގާނޫނުއަސާސީގެ ބާރުތައް ހިސޯރުކޮށް، ގައުމީ ސަލާމަތަށް ނުރައްކާވާ ކަން ހިނގަމުންދާ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އެރުވުމުންނެވެ.
ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަންމަން ރައްޔިތުންގެ މަޖިލީހުގެ 38 މެމްބަރުންގެ ވޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމައިފަ އެވެ. އެކަމަކު، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ކަންކަމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެމްބަރުން ހާޒިރުވާ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެ އެވެ. އެއީ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގަ އެވެ.
އިދިކޮޅު ކޯލިޝަނާއި ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި 43 މެމްބަރުން ނެތި ކުއްލި ގަރާރު ފާސްކުރި ކުރުމަކީ ގާނޫނާ ޚިލާފަށް ކުރި ކަމެކެވެ. އެހެންވެ، ކުއްލި ހާލަތު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އިދިކޮޅުން ދެކެ އެވެ. މަޖިލީހުން ވަނީ އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް ވެސް އެދިފަ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމުން، އެ ކޯޓުން ވަނީ އެކަމުގައި އެ ކޯޓުން މަޖިލީހަށް ލަފައެއް ދެންދެން، ކުއްލި ހާލަތުގެ ގަރާރާ މެދު މަޖިލީހުން ނިންމި ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށް އަންގައިފަ އެވެ.
ރާއްޖެ މިހާރު ދެކެމުން ދަނީ ދަތި އުނދަގޫ ދުވަސްވަރެއް ކަމަށާއި މި ދަނޑިވަޅުގައި އިންޑިއާ އާއި ބައިނަލްއަގްވާމީ މުޖުތަމައުން އެއްބާރުލުން ދީ ރާއްޖޭގައި ސުލްހަމަސްލަސްކަން ގާއިމުކުރުމަށް އެއްބާރުލުން ދިނުމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި އެދިފައިވެ އެވެ.
"ސަރުކާރުން ބައިނަލްއަގުވާމީ ފަރާތްތައް، އިންޑިއާ ވެސް ހިމަނައިގެން މަސައްކަތް ކުރާނީ ވީހާވެސް ގާތުން. އިންޑިއާގެ ކަންބޮޑުވުމެއް ހުރިނަމަ، އެކަމަށް ބަލާނަން،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތުން، ބަންދުގައި ތިބި ނުވަ މީހަކު މިނިވަންކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި ކޯޓުގެ އަމުރުން ބައެއް ބާތިލްކޮށް ބައެއް ބައިތަކަށް އަމަލުކުރުން ފަސްކުރުމަށް، ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އަމުރު ނެރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލެޖް ބޯއީ
23 February 2018
ކުއްލި ނުރައްުުުކަލުގެ ހާލަތު ބާއްވައިގެން ސަރުކާރު ފަޅީގެ މީހުނަށް މަގުމައްޗަށް ނުކުމެ ފުލުހުން ގެ ހިމާޔަތުގައި އެއްވުން ބޭއްވޭ. ޓޫރިސްޓުން ވެސް އަންނާށޭ ގައުމު ވަރަށް އަމާނޭ އެބަބުނެވޭ. އިދިކޮޅު މީހުނަށް ފުލުހުން ދޭ ޚިދުމަތަކީ ޕެޕާ ލޮލަށް ސްޕްރޭ ޖެހުން. އަތުގައި ބިޑިއެޅުވުން. ފޯނު އަތުލުން. ކޯޓު އަމުރެއް ނެތި ބޭނުން ތަނަކަށް ގޮސް ހުއްދަ އަކާއި ނުލާ ތަނުގެ ދޮރު ހަލާކުކޮށް ވަދެގަތުން. މިއަށް ކިޔަނީ އަޝްކަރީ ވެރިކަން.
ފާތި
23 February 2018
ވިސްނުނީދޯ އިންޑިޔާއާ ނުލާ މިސަރަހައްދަކު ނޫޅެވޭނެކަން. އެކަމަކު ބުނަންތަ، މިސަރުކާރުގަ ތިބި މޮޔައިން ދައްކާވާހަކަޔަކަށް އިންޑިޔާއެއްވެސް އެހެން ބޭރު ގައުމެއްވެސް ނުހެއްލޭނެ، ދެން ފަހަރެއްގަ ނޯތް ކޮރެއާ ނުހެއްލޭނޭކޭ ނޫން.
ޢަބްދުﷲނާފިޒު
23 February 2018
އިންޑިއާ އަށް ދައުވަތެއް: "ހަގީގަތް އެނގެން ބޭނުން ނަމަ މަޝްވަރާ އަށް އާދޭ" އޭއި އޯއި، ކިހިނެއް މިހާރު ތިވަނީ އައްޗީޑި، ބޭރުގެ ފަރާތްތަކާ ބެހޭ ކަމެއް ނޫނޭ، އެތެރޭގެ ކަންކަމާ ބޭރުގެ ފަރާތްތަކަށް ބަހެއް ނުކިޔޭނެއޭ ކިޔާގޮވަގޮވާފަ މިހާރު ކިހިނެއްތޯ ތިހައްދަވނީ، އަދޯއި އަދޯއި.
falaku ain
23 February 2018
ހަގީގަތް އޮޅިގެން ބަޔަކު އެބައުޅޭތަ؟ އެއަށްވުރެ އުޑުމަތި ސާފު.
ޭއިބުރާހިމް
22 February 2018
ރަނގަޅުވާހަކައެކޭ ސަރުކާރުންއެބުނީ
ޝާޑް
22 February 2018
އީންޑީޔާ އަކައް ހަގީގަތް އޮޅީގެނެއް ނުޅެޔޭ..
ގެރިގުއި
22 February 2018
މައުމޫނާއި ނަޝީދު އިންޑިޔާ ކުރިމަތީ ކުޑަކަކޫޖަހައިގެން އުޅުނީ 33 އަހަރުވަންދެން! އެއްމެކުޑަމިނުން ވަހީދުބޭވެސް އިންޑިޔާއަކަށް ދުލެއްނުކުރި! އިންޑިޔާބުނާހާ ގޮތަކަށް ހަދަން އަހަރުމެންނުޖެހޭނެ!
ކޮކްޓެއިލްރައީސް
23 February 2018
އެހެންވެގެންދޯ އެތެރޭގެ ކަންކަން ބަލަން އަންނަން ދައުވަތުދިނީ، މަޖާކަމެއް އުތަ.
އިހުސާން
22 February 2018
ހިއްވަރު ހުންނާނެބާ. އަޅުގަނޑުމެންނަށް އެނގޭ ކީއްކުރަންކަން ތިޔަބައި މީހުން ތިޔަ އުޅެނީ، އެކަމަކު ވަރަށް ޔަގީން އިންޑިއާ ނޫން ކޮންމެ ގައުމަކަށް ވިޔަސް ގަޢުމާއި ރައްޔިތުންގެ ޙައްގުގައި ރައީސް ޔާމީން ތިޔަބައި މީހުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ.
މުދިމްބެ
22 February 2018
ހަގީގަތް އޮޅުންފިލީމަ އަދި މިހަރަށްވުރެ ވާނީ ނުބައި. ޥަގުތުން 1 ފެބުރުއަރީ ތަންފީޒް ކުރަން ޖެހޭނީ.!!!!
ކޮލަމާފުށި
22 February 2018
ބަލަ މިގައުމައް އަންނާކަށްނުޖެހެޔޭ ވާނުވާ ބަލަން..މުޅިދުނިޔޭގެ ވަރުގަދަ ނޫސްތަކުގެ ބްރޭކިންގ ނިއުސް އަށް މިދުވަސްކޮޅު އަރަމުންދަނީ މިއޮއްފަދަ ކުޑަގައުމުގަ ކުރަމުންދާ ވިޔާނުދާ ތާކުންތާކު ނުޖެހޭ ބޯގޯސް ކަންތަކުގެ ވާހަކަތައް...