ޕީޕީއެމް ހަފްލާއެއްގައި މުހައްމާ ވާހަކަ ދައްކަނީ-- މިހާރު ފޮޓޯ
13 މާޗް 2018 - 12:14
ރިޝްވަތުގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފުލުސް އޮފީހަށް ހާޒިރުކުރުން މާދަމާ އަށް ފަސްކޮށްފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށް ފޯނު އަތުލުމަށް ފަހު ދޫކޮށްލާފައިވާ މުހައްމާ ފުލުސް އޮފީހަށް ހާޒިރުވާން ކުރިން އެންގީ މިއަދު ހެނދުނެވެ. އެކަމަކު ފުލުސް އޮފީހަށް ހާޒިރުކުރުން މިހާރު ވަނީ މާދަމާ ހެނދުނު 10:30 އަށް ފަސްކޮށް މުހައްމާ އަށް ޗިޓު ފޮނުވައިފަ އެވެ.
އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރާ ގުޅިގެން، ދައުލަތުގެ އެކި އިދާރާތައް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި އެ ތަންތަނުގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހަޅައި މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ހުރަސް އަޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބު ވި މުހައްމާ ފަހުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ފަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވައިފަ އެވެ. އޭނާ ޕީޕީއެމުން ވަކިކުރީ އެ މައްސަލައިގަ އެވެ.
އިދިކޮޅު ފަރާތްތަކާ ގުޅުމަށް ފަހު، ސަރުކާރާ ދެކޮޅު އެއްވުންތަކާއި މުޒާހަރާތަކުގައި މުހައްމާ ގެންދަވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
13 March 2018
ވޯޓައް މީހުން ހޯދަން މަސައްކަތް ކުރަނީއެވެ. ބިލްތަކެއް ހުރީމައެވެ.
މަހަށްދޭ
13 March 2018
މުހައްމާ ފުލުސް އޮފީހަށް ހާޒިރު ކުރުން މާދަމާ އަށް ފަސްކޮށްފި ނަމަ މިހާރު ހުންނާނެ ރަނގަޅު ލެސަން އެއް އެކަލޭގެ އަށް ނަގާ ދެވިފައޭ މަމެން ބުނަން ނެތީމު ދޯ. ވެރިކަން ވެއްޓުނު ތޭ ނޫން ނުވެއްޓޭދޯ. ދެން ތަމެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.
ހޯހޯ
13 March 2018
ހާދަވަރަކަށޭ މަހަށް ތި ފޮނުވަނީ.